ހއ. ދިއްދޫން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެރަށު ހޮސްޕިޓަލުން ދިން އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، އެރަށުން މިއަދު 13:30 އާ ހަމައަށް އިތުރު ހަތް މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 142 އަށް އަރާފައެވެ.

އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން މިހާރު ބަލިޖެހިފައި ތިބީ 22 މީހެކެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުން ދަނީ ކޮވިޑް ފެސިލިޓީގައެވެ.

އެރަށުން ކޮވިޑަށް ފައްސިވި 121 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، އެރަށުން ކޮވިޑް ބަލީގައި އެކަކު ވަނީ ނިޔާވެފައެވެ.

ކޮވީޑާއި ގުޅިގެން އެރަށުގައި ހަރުކަށިފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު