ޅ. ކުރެންދޫން ފްލޫ ކްލިނިކަށް ދެއްކި ކުޑަ ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ސިމާއު "ވަގުތު" އަށް ވިދާޅުވީ، އަލާމާތްތަކެއް ހުރެގެން ރަށު ފްލޫ ކްލިނިކަށް ދެއްކި ކުޑަ ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.

ސިމާއު ވިދާޅުވީ، އެކުއްޖާ ފައްސިވުމާއި ގުޅިގެން ގާތުން އެއްތާވި މީހުންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ. އެގޮތުން ބެލި ބެލުމުން މިހާތަނަށް ގާތްގަނޑަކަށް 22 ވަރަކަށް ގެ ކަރަންޓީނު ކޮށްފައިވާ ކަމަށް ސިމާއު ވިދާޅުވިއެވެ.

ކުރެންދޫން ކަރަންޓީނުގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން މިވަގުތު އެރަށަށް އަރާ ފޭބުން މަނާ ކޮށް، މޮނިޓަރިންގެ ހާލަތަށް ވަނީ ގެނެސްފައެވެ. އަދި ރޭގަނޑު 21:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ނިންމާފައިވާ ކަމަށް ވެސް ސިމާއި ވިދާޅުވިއެވެ.