ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް (އަސްރާ) އަށް ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސައިގެ ތަހުގީގު ފުލުހުން ނިންމައި، ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
އީސައާ ދެކޮޅަށް ފުލުހުން ތަހުގީގު ކުރީ ކުރީގެ އަނބިކަނބަލުން ގައިގައި ތަޅައި މާރާމާރީ ހިންގުމާއި ދަރިފުޅު އަސްރާގެ އަތުން ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް، މަގު މައްޗަށް އެ ކުއްޖާ ދިއްކޮށް ވައްޓާލައި މަރާލާނެ ކަމުގެ އިންޒާރު ދިން އަސްރާ ތުހުމަތު ކުރެއްވި މައްސަލައެވެ. ފަހުން އަސްރާ ވަނީ ދަރިފުޅުގެ ހައްގުގައި ކަމަށް ވިދާޅުވެ، އެ މައްސަލަ ކުރިއަށް ނުގެންދަން އެދިވަޑައިގެންފައެވެ.
ނަމަވެސް ފުލުހުން ކުރިން ވިދާޅުވީ ވަކި މީހަކު ބުނެގެން ޖިނާއީ މައްސަލައިގެ ތަހުގީގު ހުއްޓާ ނުލާނެ ކަމަށެވެ.
އެ މައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް މިއަދު ފޮނުވާފާއިވާ ކަމަށެވެ.
އީސަގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތުތައް އޭނާ ދޮގުކުރައްވައެވެ.
ދެން ތިހިސާބުން ކުރިއަށް އޮތް 3 އަހަރުވެސް ތިއަށްވުރެ ކުރިއަކަށް ތިކަން ނުދާނެ. ބަލަންހުރެ
ސާބިތެއް ނުވާނެ އަނިޔާ ލިބުނުކަމަށް ބުނާ މީހާ ހުރީ ކޯޓަށް ހާޒިރުވެ ބަޔާން ދޭގޮތަކަށް ނޫން ހެކިންވެސް.. އެހެންވީމަ ތި ފޮނުވައިގެން ކޯޓުތަކުގެ ވަގުތު ބޭކާރުވުން ނޫންކަމެއް ނުވާނެ
ދިވެހިރައްޔިތުންނަށް އެނގޭ ޖަމަލު ފޮޑިގައި ވަސް ނުހުންނަކަން.
ކޯތުން ތިކަން ނިމޭނެ.ބުނާނެ މައްސަލަ ހުށަހެޅިފަރާތުން މައްސަލަ ކުރިޔަށް ގެންދަން ބޭނުންނުވާތީ މައްސަލަ ބެލޭކަށްނެތޭ.އެއިރުން ފުލުހުންވެސް ތަހުގީގު ނުކުރާކަމަކަށް ނުވާނެތާ...
މިގައުމުގައި މީހެއްގެ ފަރާތުން އަނިޔާ ލިބުނު ހާދިސާއަކީ ހަމަ އެކަނި މީކަމަށްވެފައި އެހެން ކޭސްއެއް ނެތީމާބާ މިހާ ފާސްޓްކޮށް މި ނިމުނީ؟