މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި ދީނަށް ފުށު އަރާ ބައެއް ހިމެނޭތޯ ބަލައި ދިނުމަށް ފަތުވާ މަޖިލީހަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަންގަވައިފިއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ފޮނުވި އެ ބިލާ ގުޅިގެން، އޭގައި ލާދީނިއްޔަތު ފެތުރުމުގެ ޖާގަ އޮތް ކަމުގައި ދެކި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި ޑރ. ޒާހިރު "ވަގުތު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެ ބިލުގައި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް ނުވަތަ އެހެން އެއްވެސް ގާނޫނަކަށް ފުށު އަރާ ކަމެއް ހިމެނޭތޯ ފަތުވާ މަޖިލީހުން ބަލާނެ ކަމަށެވެ.

ދީނަށް ފުށުއަރާ ކަމެއް ފާހަގަވެ އެ ކަމެއް ރަނގަޅު ކުރަން ޖެހޭނަމަ ފަތުވާ މަޖިލީހުން އެކަމުގެ ލަފާ އަރުވާނެ ކަމަށް ވެސް ޑރ. ޒާހިރު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ބިލު ދިރާސާ ކުރާ މަރުހަލާގައި މަޖިލީހަށް މިނިސްޓްރީން އެ ކަން ޚިއްސާ ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފަތުވާ މަޖިލީހަކީ ފަސް އިލްމުވެރިންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ. ފަތުވާ މަޖިލީހުގެ ރައީސަކީ ޑރ. މުހައްމަދު ރަޝީދު އިބްރާހިމްއެވެ. ދެން ތިއްބަވަނީ ޑރ. މުސާ އަންވަރު، ޝޭހް ހަސަން ތައުފީގް އަދި ޝޭހް އިބްރާހިމް އަހްމަދު އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާ ޝޭހް އިސްހާގު މުހައްމަދުފުޅުއެވެ. މި ބިލާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ސަރުކާރުން އެ ބިލު ހުށަހެޅީ ވަކި ފަޅިއަކަށް ބުރަވެގެން ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެ ބިލުގެ ސަބަބުން ދީނަށް ފުރައްސާރަ ކުރުން އާންމު ވާނެ ގޮތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބިލަށް ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވެފައިވާއިރު، ހިސާނާއި ބިލުގެ ދިފާއުގައި ވެސް އެމްޑީޕީގެ ސަޕޯޓަރުން ނުކުމެ މީސްމީޑިއާގައި ދަނީ އަޑުއުފުލަމުންނެވެ.

ހިސާނަށް ވެސް އެކި އިންޒާރުތައް ލިބެމުންދާތީވެ އޭނާގެ ސެކުއިރިޓީގެ ކަންކަން އެމްއެންޑީއެފުން ދަނީ ގާތުން ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

 1. Anonymous

  ބައްލަވާ ރަނގަޅަށް ބައްލާފައި ވިދާޅުވާތި.
  މަޤާމު ހަނދުމަފުޅު ކުރައްވާފައިވެސް ޙައްޤު ބަސްފުޅު އިއްވަދެއްވައިފިއްޔާ ދެދުނިޔޭގައިވެސް ހާއުފާ. މިދުނިޔެ މީ ވަގުތީ ތަނެއް.ދުނިޔެއަށް ޓަކައި އާޚިރަތް ވިއްނުލައްވާށެވެ.

  28
  1
  • ޙައުލާ

   ބޮޑުތާ ޖައްސަން ދޯ މިއުޅެނީ. ބަލަ ތިއީ ކަލޭމެން މުސާރަވދީފަ ކަލެމެން ބޭނުން އެއްޗެއް ނެރެން ބާއްވާފަ އޮތް ތަނެކޭ. މުރުތައްދަކަށް ކާފަރެކޭ ނުބުނެވޭނެ ގޮތެއް ނުހެދޭނެ. ލާދީނީ ބައިގަނޑު ހިމާޔަތް ކުރަން ހިތައްވެސް އަރުވައިގެން ނުވާނެ!

  • ހރހހެހ

   ދީނުގެ އަދުއްވުން ހިމަނައިގެން ތިސަކަރާތެއް ޖަހަނެ ކަމެއްނެތް!!!! ދިވެހި ރައްޔިތުން ތި ލާދީނީ ގްރޫޕަށް ހަމަނކާފަރެކޭ މުތުތަދެކޭ މުނާފިގެކޭވެސް ގޮވާނެ. އަމިއްލަ ދުލުންނާ އަމިއްލަ ނަމުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރީމަ ލައްކަ އެއްޗެހި އަހަރެމެން ގޮވާނަން.

 2. Anonymous

  ކުޑަކުއްޖަކަށްވެސް އެނގޭ ދީނާ ހިލާފު ލާދީނީ މީހުން ރައްކާތެރިކޮށްދޭ މުނާފިގު ބިލެއްކަން އެއީ.

  41
  2
 3. Anonymous

  މޑޕ ގެ ގުންޑާއިން ލައްވާ ތިކަން ކުރުވީމަ ކޮންމެ އެއޗަކަށްވެސް ޕޮޒިޓިވް ޖަވާބު ދޭނީ!

  33
  1
 4. ކާފަބޭ2020

  ތިޔަފަތުވާކޮމެޓީއަށް ފެންނާނެއެއްޗެއްނޯންނާނެ! އެއްޗެއްފެންނާނެނަމަ ދީނަށްފުރައްސާރަކޮށްނެރުނުބަޔާނުން އެއްޗެއްފެނުނީސް މިހާރުތިޔަފަތުވާކޮމިޓީއަށްއިތުބާރުކުރާ މީހުނަށްވުރެނުކުރާމީހުންގިނަވާނެ އެއީ ގިނަމީހުންނަކީ ފަތުވާ މަދުރުފިޔާފައިސާކޮޅަކަށް ވިއްކާމީހުންކަމަށްވެފައޮތީމަ

  25
 5. މސްދަރު

  މިވަރުކަން ނޭގެންޏާ މަގާމުން އިސްތިއުފާދީފަ ގެއަށް ދާށެވެ. ލިޔަންކިޔަން ނޭގޭ މީހުން މަގާމުތަކަށް އިސްކޮށްގެން ކަމެއްމެދުވެރިވާ ކޮންމެފަހަރަކު ކޮމިޝަން ހެދުންނޫންކަމެއް މިސަރުކާރަކަށް ނޯވެއެވެ.

  24
 6. ސަކޫން

  ތިޔައީ ވި ކިފަ އޮތް މަޖްލިސްއެއް އެމްޑީޕީއިން ކޮންމެ އެއްޗެއް ހުށައެޅި ޔަސް ތިޔަބައިގަނޑު ބުނާނެ ފުށުއަރާ ކަމެއްނެތޭ ވަރަށް ފުރިހަމަޔޭ. މަގާމްގެ ދަހިވެތި ކަމުގައި ދީން ވިއް ކާބަޔެއް
  ތިޔައަދާލަތަ ކީ ޢިޔާޒް ފިޔަވައި އޭނާ އަށްވެސް މިނިސްޓަރ ކަމެއް ނުލިބޭތީ ނޫން ކަމެއްވެސްނޭނގެ. އަދި ވަރަށް އިޚްލާޞްތެރި ކޮށް ވާހަ ކަތައް ހުންނަނީ

  16
 7. ބޮލުރޮދި

  އަނެއްކާ ކޮންބިލެއްބާ؟ ފެންބިލް، ކަރަންޓުބިލް، ފޯނު ބިލް ބެއްޔަކަސް އެއްޗެއް ނުފެންނާނެ އިނގޭތޯ،

  20
 8. އަހްމަދު

  އިހްލާސްތެރިކަމެއްހުރިނަމަ ތިޔަބިލްމަޖިލީހާހިސާބައް އަންނައްވާނީވެސް ތިޔަހުރިހާދިމާއަކުންވެސް ބަލައި ރަނގަޅުގޮތްހޯދުމަށްފަހުކަންނޭގުމަކީ ކާކުގެނުވަތަކޮންބައެއްގެއުނިކަމެއްބާ

  21
 9. މަބޭ

  ފަތުވާ މަޖުލިސް ކޮންމެލަފަޔެއް ދިނަސް ތިޔަބިލް ފާސްކުރާނީ ނަސީދައްފެންނަގިތަކައް

  20
 10. މާސޭ

  ފަތުވާ މަޖިލީހަށް ފެންނާނީ އަންނީ. ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނާނީ އަންނީ.

  16
 11. Anonymous

  ނަފްސު ވިއްކައިގެން އުޅޭބައެއް ތި ފަތުވާ މަޖިލީހުގަ ތިބީ

 12. ޚިޔާލު 3

  އެ ކަށީގެންވާ ސަބަބުތަކ ކާއި އެ ކު ތުހުމަތެއް ދަވްލަތުގެ އިދާރާއަ ކުން ނުވަތަ ފަރުދަ ކުވިއަސް ކުރުމަ ކީ ކުށެއްނޫނެވެ.އަދި އެ ތުހުމަތެއް ރައްދުވާފަރާތަ ކީ ތުހުމަތު ކުރެވުމަ ކުން ކުށްވެރިއެއްވެސް ނޫނެވެ. ކުށަ ކަށްވާނީ ޝަރުޢީ ހު ކުމަ ކުންނެވެ.ދީނުގެ ވާހަ ކަ ދައްވކަންވާނީ ހުރުމަތާއި އެ ކު ދީނުގެ ހުއްޖަތު ދެއް ކުމާއިއެ ކުއެވެ.

  2
  1
 13. Anonymous

  ފިރުއައުނާ ހާމާނާ ގާރޫނުގެ ސިފަބަޔާން ކޮތްދިނުމައް ފަހު މައުމޫނަ ކީ އެމީހުންގެ ސިފާގެ ހުރި މީހެ ކަން ބަޔާން ކޮއްދޭން މަސައްކަތް ކުރި ސޭހް ހުސަން ރަސީދު މިއަދު ކޮބާ

 14. ސަލާމް

  ނޯންނާނެ ކަލޭ މެންގެ ދުވަސް ކައިރި ވަނީ

 15. ޢަލި

  ޙީހީ ހަލާކު އެންމެނައް އެނގޭ ފަތުވާ މަޖިލީހުގެ ޖަވާބު😂

 16. ލޮލް

  ގާނޫނުންނާ ކަޑބަޑިން ހިފަހައްޓާ ދީން ކޮންދީން؟

  2
  3
 17. އާދަމުގެދަރި

  ކުދިންނޭ ހަނދާން އެބަހުރިތަ. އަންނި ރައީސަކަށް ހުރއިިރު ބިރަކާނުލައި މަޖާކޮށް ޖުވާކުޅެންވެގެން ތިޔަ މަޖިލީހަކަށް ފޮނުވި ހަނދާން. މިވެސް އެކަަހަލަ ޑްރާމާއެއް މިކުޅެނީ. ތިޔަ ބިލުގައި މިހާރު ތިހުރީ ދީނާ ޚިލާފުވިޔަސް ނުވިޔަސް އިޔަހޫދި ވާހަކަތަކެއް. ތިޔަ ބިލެއް މިގައުމަކަށް ބޭނުމެއް ނުވޭ. ނުބައިކޮށް އުޅޭ ކިޔަމަންނުވެގެން އުޅޭ އަޅުން ކިޔަމަންވާންވީ. މިއަކު ހަރުކައްޓެއް މަޑުކައްޓެއް ގުދުކައްޓެއް އަރިކައްޓެއް މަހުކައްޓެއް ތަފާތެއް ނެތް. ކޮންމެ ކައްޓެއް ހުއްޓަސް މައިތިރިވާންވީ. ބިލެއް ހަދަންޏާ އެބިލުގައި ލިޔަންވީ ކޮންމެ ކައްޓެއް ހުއްޓަސް ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަށާއި އިސްލާމްދީނަށް ހަޖޫނުޖެހުމަށް. ވައްސަލާމް ނިމުނީ.

 18. ބައްލަވަންތިއްބަވާ

  ފަތުވާ މަޖިލީހުގެ ވިސްނުން ހުންނާނެ ގޮތް ދެނެގަނެވުމުން މަޖިލީހުގެ ބަސް އޮންނާނެ ގޮތް ވަރަށްސާފު: ހައްގުބަސް ބުންޏަސް އެއަކަށް ޢަމަލެއްނުކުރާނެ. ޢަމަލުނުކުރުމުގެ އިތުރުން މަޖިލީސް ވުޖޫދުން ފޮހެވެސްލާނެ. އެހެން ނުހެދިއްޔާ، "ޑިސްއޮނަރަބްލް"ކޮށް ހުރިހާ މެންބަރުން ގެޔަށް ފޮނުވާލާނެ. މި ދެ ދެރަ ލިބިގަތުމަށްވުރެ، ރުހުންލިބޭކަހަލަ ބަޔާނެއް ނެރެލާފައި މިހާރެކޭ އެއްގޮތަށް ޕޭރޯލްގައި ތިބެލުން އައުލާކަން ބޮޑުކަމަށް "އިޖްމާޢު"ވާތަން ފެންނާނީ. ފަހުން އަނބުރާ ހޭރިޔާކޮށް "ދިންނަވާނޭމަގުން" ހިނގާ ގޮތަށް. އުމުރުގެ ބާކީ ގެރެންޓީކޮށްދީފައި އޮންނަނީ ތޯއްޗެއް!

  3
  1
 19. އައްޑޫ މީހާ

  ތިޔަ ތަނުން ކިތަންމެ ވަރަކަށް ބެލިކަމުގައި ވިޔަސް ހިޔެއް ނުވޭ ތީގެން ގޯހެއް ފެންނާނެ ހެނެއް ތީގެން ގޯހެއް ފެނިއްޖެއިޔާ މަގާމު ގެއްލޭނެކަން ޔަގީން މަގާމުގެ ދަހިވެތި ކަމުގައި ދީނަކަށް ނުބަލާނެ ތިޔަ މީހުންނެއް

 20. އަބްސީ

  ފަތުވާ މަޖްލިހޭ، ހަމައެއްބައެއްތީ؟ އެކަކުގެ ކަނާއަތުން ވައަތަށް ދިނީމަ ކިހިނެއްވާނީ؟ ނިކުންނާނީ އެއްޖަވާބެއް

 21. ޢަޒު

  ތިބިލު ދިރާސާކޮށް ނިމޭއިރު ތިބިލު ވާނީ އެންމެ ފުރިހަމަ ބިލަކަށް މަގާމުގެ ބެނުމުގަވެސް ތިބިލު ރަނގަޅުވާނެ ކުށެއް ނުފެންނާނެ ރޯނު ބްރާންތިމެން

 22. ލާދީނީ

  1- ތިޔަ ފަތުވާ މަޖިލީހުގައި ތިބެނީ ކަނު، ބީރު އަދި މަންމަން ބައެއް.
  2- ލާދީނީ ސަރުކާރަށް ވިކިފައި ތބި ޖާހިލު ބައެއް.

 23. Anonymous

  ދީނުގެ އިލްމު އުނގެނިގެން ތިބެ އިސްލާމް.ދީން ހަލާކުކުރާ ތިނޫންވެސް އެތައް ބަޔަކު އެބައުޅޭ. ސައްޔިދު ވަސީމް ރިޒްވީ އާ ސަލްމާނު ރުޝްދީއަކީވެސް އޭގެ މީހުން.

  4
  1
 24. Anonymous

  ޝޭޚް އިލްޔާސް ކޮބާތޯ މަނިކުފާނު. ދުޢާ ދެއްވި ވެރިއެކޭ ވިދާޅުވެފައި ތިޔަ ހުންނަނީ ހަމަ ބަހެއް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެވެސް ނުކިޔަންތޭ. މިޤައުމުގެ މައްސަލަ ތައް
  މިހާރު އެނގިވަޑައި ނުގަންނަވަނީތޯ ނޫނީ ދެނެ ހުރި ކަމަށްވެސް ނަހައްދަވަނީތޯ

 25. ވާނުވާ

  ފަތުވާމަޖިލީހާ މިނިސްޓްރީއަށްވުރެ ވަކިވަކިން މަސައްކަތްކުރާ އިލްމުވެެރިންވެސް ރަނގަޅުހެން ހީވަނީ މިހާރު. އެމްޑީއެންމައްސަލާގައިވެސް އެމީހުން ކުރިވަރުވެސް ނުވޭ މިއިންބަޔަކަށް. ބާރުވެރިކަން އޮންނަ އިރުވެސް ފިޔަވަޅެއް އަޅަންވެސް ނޫޅެ ހަމަ ތިބެނީ.

 26. ހަމްދު

  ރައްޔިތުންގެ މަޖިލީހުގެ އިއްޒައްތެރި މެމްބަރުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ދަންނަވަން. އެއްވެސްމީހަކީ ލާދީނީމީހެކޭ ބުނެފިނަމަ އެމީހާ ކުއްވެރިވޭ. އެހެނެއްކަމަކު އިސްލާމް ދީނާދެކޮޅު ވާހަކަދެއްކުމުން އެމީހާ ކުއްވެރިވަނީ ވަކިގޮތަކުން ސާބިތުކޮށްގެން އެގޮތުން ދީނަދެކޮޅަށް ވާހަކަދައްކާމީހާގެ "ނިޔަތަކީ" ކޮބައިތޯބަލަންޖެހޭ. ނަމަވެސް ލާދިނީއޭ ކިޔައިފިނަމަ "ނިޔަތެއް" ބަލާކަށް ނުޖެހޭ އެމީހާ ކުއްވެރިވީ. ވީހިނދު މި "ނިޔަތަކީ" ސީދާ ދީނާދެކޮޅު މީހުނަށް ފުރުސަތުދިނުން ކަމުގައި އަޅުގަނޑު ދެކެން.

 27. Anonymous

  ދެން ފަތުވާމަޖިލިސް ކީއް ކުރަން މަތިން ބާވާލެއްވިޔަސް މިއުޅޭ ހަރު ކަށި މީހުން ގަބޫލެއް ނު ކުރާނެ އެހެންތާވާނީ ސިޔާސީ ބައިގަޑެއްވިއްޔަ. ފަތުވާ މަޖިލިހުން ނިންމާނިންމުން ބަލައިގަންނަން ޖެހޭނީ ހަމަ!!

  • ހެޔޮވިސްނަވާ

   "މަތިން ބާވާލެއްވި ގޮތް" މިހާރުވެސް ގަބޫލުނުކުރެވިގެން އުޅޭ މީހުންނަކީ، ހަގީގަތުގައި ހަރުކަށިވިސްނުމުގެ ސިޔާސީ ބައިގަނޑަކީ. ހިތުން މާމޮޅު ވާހަކައެއް ބުނެލައިގެން މުސްލިމްދިވެހި ރައްޔިތުންގެ ބޯކާލެވިދާނެކަމަށް ހީކުރާނަމަ، އެ ކުރެވެނީ ވަރަށްމޮޔަ ކަމެއް!

 28. ވޯޓްވަގު

  މުޅި އޮޑީގަ ހަސަނުގެ ދެފައި، ހުންގާނުގަވެސް ހަސަނު، ފަލިޖަހަންވެސް ހަސަނު، ކުރިބަލަންވެސް ހަސަނު، ދަންމާނު ގެންނަންވެސް ހަސަނު، ދިޔަވަތުގަވެސް ހަސަނު، އޮޑިވެރިޔަކީވެސް ހަސަނު، ދެން ކޮން ފަތުވާ މަޖިލީހެއް، އާދެ މަސާހިބު ވިދާޅުވިގޮތެއް.