މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި އެ ގާނޫނަށް އިސްލާހު ގެނައުމުގެ އިތުރު ބިލެއް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްހުމްހޫރިއްޔާގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ފޮނުވި އެ ބިލާ ގުޅިގެން، ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ބިލުގައި ވަނީ ގާނޫނުލްއުގޫބާތަށް މާއްދާތަކެއް އިތުރު ކުރަން ހިމަނާފައެވެ. އެ ގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި އޮތީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާއި ހިލާފަށް ނުވަތަ އިސްލާމް ދީނާއި ހިލާފު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އަގީދާއާ ގުޅުވައި މުޖުތަމައުގައި ވަކި މީހަކާ މެދު ނަފްރަތު އުފެއްދުމާއި، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަ ކުރުމުގެ ބައިވެރިވުމާއި، އާންމު ތަނެއްގައި މުސްލިމަކީ ކާފަރެއްގެ ގޮތުގައި ސިފަ ކުރުމަކީ ވެސް ކުށެއް ގޮތުގައި ކަނޑައަޅުމަށް ބުނެފައިވެއެވެ.

އެ ބިލާއި ގުޅިގެން މިއަދު ސަރުކާރުން ހުށަހެޅި އާ ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުއުގޫބާތުގެ 617 ވަނަ މާއްދާގައި މިހާރުވެސް އެކުލެވޭ ކުށެއް ކަމުގައިވާ "އިސްލާމްދީނާ އިދިކޮޅު އަމަލުތައް" އިތުރަށް ތަފްސީލުކޮށް، އެ ކުށުގެ އަމަލުގެ ތެރޭގައި، އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް އެ މާއްދާގައި ބަޔާންކުރުމަށްޓަކައި، އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހު ގެނައުމަށް ކަމަށެވެ.

އެގޮތުން، މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި، ބަހުން ނުވަތަ އަމަލުން، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅިގެން ބަޔާންކުރުމަށް އެ ބިލުގައި ހުށަހަޅާފައިވާނެ އޭޖީ އޮފީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޢާލިމް

    އާނ، އެބަ ރަނގަޅުވޭ

    23
    2
  2. ހެހެހެކެކެ

    ލާދީނީ މޑޕ

    27
    1
  3. ކެޔޮޅު

    ކުއްސާބިތުކުރަން ނިޔަތައް ބަލާނަމަ ފެނިވަޑައިގަންނަވާ މީހަކައް ދައުވާކުރާނީ އޮންނަންވާނީ ވަރައްސާފުކޮއް ބުނިނުވަތަ ލިއުއްވި ބަހައް!!

    13
  4. ޝަހުދީން

    ދީނައް ފުރައްސާރަކުރާކަން ހޯދަން ޑެފިނިޝަނެއް އެއްވެސް މުސްލިމަކައް ބޭނުމެއް ނުވޭ. ތިއުޅެނީ ލާދީނީ ސެކިއުލަރިސްޓުން ސަލާމަތް ކުރަން ހަނި ޑެފިނިޝަނެއް ހަދައިގެން އެމީހުންނައް މިނިވަންކަންދޭންވެގެން. ޚަބަރު ދާރު. ހިތައް ނާރުވާތި ދީނައް ފުރައްސާރަކުރުން ތިހެން ޑެފިނިޝަން ހަދައިގެން އޮޅުވާލައިގެން ދެވިދާނެކަމައް. މިއޮތްފަދަ ކޮވިޑުގެ ބަލިމަޑުކަމާއި އިގުތިސޯދީ ވަޅުގަނޑުގައިވެސް ކަލޭމެންނައް އެނގުނީ ދީނައް ޖެއްސުން ކުރަން.

    34
    2
  5. ނަން

    100% ސަރުކާރަކަށް ތިކަމެއް ނުވާނެ

    24
    1
  6. Anonymous

    އެބިލް ފާހެއް ނުވާނެ. އެއީ އެބިލް ފާސް ކުރަން ތިބި މީޙުންނަކީ ލާދީނީ ބައެއްވީމަ

    26
    1
  7. Anonymous

    މިގައުމު މިހާރު ހަވާލްވެގެން ތިބި މީހުންނަކީ ލާދީނީބައެއް. އިސްލާމްދީން ދެކެ އިންތިހާއައް ރުޅިއަންނަ ބައެއް. މިގައުމުގެ މިސްރާބް ހުރީ ތުރުކީ ހަލާކްކޮއްލިހެން ހަލާކުކޮއްލަން ލާދީނީ އެމްޑީޕީ އިން ހިފާފަ އެހުރީ

    26
    2
  8. ކާފަބޭ2020

    ތިޔަބިލުގެބޭނުމަކީ ޕަޓުނަރުހުށައެޅިބިލުއޮތްގޮތަށްބާއްވާފަ ދެބިލުއެއްކޮށްހުށައެޅުމެވެ. އޭރުންތިޔަބިލުއޮންނާނީ މަތާރަންފިލާ މަތީގަހިރަފުސްއަރަންބާއްވާފައެވެ. އަމަލުހިގާނީޕާޓުނަރުގެބިލަށެވެ. ދަގަނޑުއެއްރުފިޔާގެދެފުށް ދެރުފިޔާއަކަށްނުވާނެއެވެ. ތިޔަދެބޯގެރިއެހެންތަނެއްގަދުއްވޭތޯ ބަލާށެވެ. ތިޔައީ އަމިއްލައެދުމުންފޯވެފަވާބައެކެވެ.

    21
  9. ލލ

    ރައްޔިތުން ކަންކަން ރަގަޅު ކުރަން އުޅެފިއްޔާ ހުރިހާކަމެއްވެސް ދާނީ ހަމަރަގަޅަށް ސީދަލަށް އޮލަބަށް !

    17
    1
  10. ޚިޔާލު 3

    މަޖިލީހުން ބޭނުންހާ ގޮތަ ކަށް ގާނޫނުތައްހަދައި އެ މައްޗަށް ރައްޔިތުން އަމަލު ކުރަން ލާޒިމުކުރުވަން ޖެހޭނީ ދީނުގައި އެ ކަމެއް އޮންނަ މިނަވަރަކަށެވެ. އުނިއިތުރުވާ ގޮތަ ކަށް ހަދައިގެންނުވާނެއެވެ.ގާނޫން އަސާސީގެ ބޭނުމަ ކީވެސް ދީން ރައް ކާތެރި ކުރުމެވެ. ފަސާދަ އުފައްދައިގެން ނުވާނެއެވެ.

    21
  11. އަލްޖިބްރާ

    ގާނޫނުންނާ ކަޑިބަޑިން ދޯ މިޖެހެނީ ސުލްހަވެރިދީން ހިފަހައްޓަން

    2
    5
  12. މޫސާ

    މަނި ކުފާނު ހީފުޅު ނު ކުރައް ވާތި ތިމަންނަ މީ މާމޮޅު މީހެއް ކަމަ މަނި ކުފާނު ވެސް އަދި ހުރިހާ ޖިންނީނާ އިންސީގެ ވެރިފަރާތަ ކީ ﷲ އިންސާނާ އުޅެން ވާގޮތާ ދަކަންޖެހޭ ވާހަ ކަ ﷲގެ ފޮތްތުގަ ހަމަޔަގީ ނުންވެސް އޮންނާނެ މަނި ކުފާނަ ވެރިކ ކަމާ ބާރާ ސަރަފު ދެއްވީ މަ ނި ކުފާނު އިންތިހާނު ކުރުމައް
    މަނި ކުފާނު ﷲ ބިރުވެތި ވޭ

  13. ރާކަނި

    ސާބަހޭ. ދެބޯގެރި ދުއްވާސަރުކާރު. ހަތްބޯރާއްސަށް އަޅުކަންކުރާ މީހާގެ އަތުން ކިހާއެއްޗެއްބާ ޖަމާވީ. މީ ރައްޔިތުންނަށް ފައިދާކުރާ އެއްޗެހި ފާސް ކުރާބަޔެކޯ. ކަލްޓް ލީޑަރުގެ ކޮންމެ ގުނަވަނަކަށް ބިލް ހަދައިގެން ފާސް ކުރެވޭތޯ ބާލާތި ދައުރު ހަމަވަންވާއިރަށް.

    6
    1
  14. އެޑަމް

    ބަލަ އޭ ޖީ. ތިއޮތީ ތައުހީނުކުރުމުގެ ނިޔަތުގައޭ. ނިޔަތް އިގެނީކާކަށްތަ. އަނެއްބިލުގަ އޮތީ ކާފަރުކުރުމުގެ ނިޔަތުގައެކޭނޫނޭ.

  15. ކޮރަލް

    ދީނަށް ފުރައްސާރަ ކުރިކަމަށްވާނީ ހަމައެ ކަނި އެންމެން ކުރިމަތީ ﷲ އަށް ނޫނީ ރަސޫލާ އަށް ބަދުބަހެއް ބުނުން. މިނޫން އެއްވެސް ކަމެއް ނުހިމެނޭނެ. މި ކަންވެސް ސާބިތުވެ އަދަބުދޭންވާނީ ކޯޓު މަރުހަލާނިމިގެން ޝަރީއަތުން. މޮބު ޖަސްޓިސް ހޯދަންޔާ ދޭ ޕާކިސްތާނަށް

  16. ކަލްމޫ

    ބަޔަކު ކުށެއް ހެދިޔަސް ނެހެދިޔަސް އިސްލާމް ދީނުގައި ކަންޑައެޅިފައިވާ ފާފަތަކާއި ކުށްތަށް ވާނީ ކުށަކަށް، މިމީހުނަށް ހީވާކަހަލަ މިމީހުން ހެދީމަ ވާއެއްޗެއްހެން !

  17. މުހައްމަދު

    ޙިވަނީ ތީވަރަށް ބޮޑު އޮޅުވާލުމެއް ހެން މިހާރ ތިއޮތް މަޖިލިހުން ތި ކުރިއަށް ދާނެ ބާ ؟ ވ

  18. Anonymous

    އެސޮރު އެތައްޔާރުކުރާ ބިލަކުން އަސްލާމްދީނައް ލިބޭނެ ކުރިއެރުމެއް ނޯންނާނެ އެވެސް ހީލަތްތެރިކަމާއެކު ދީނައް ފުރައްސާރަ ކުރުމަށް ބާރުއެޅުމަށް ކުރާކަމެއް. ލާދީނީ ބައިގަނޑު. ހަލާކުހުރި

  19. އަހްމަދުބިންސައީދު

    މިހާރު ތިޔަ ހުށަހަޅަންއުޅޭ ބިލުގެ ސަބަބުން އަޅުގަނޑުގެ ހިތުގައި ވަރަށް ބޮޑަށް އެބަ ނަފްރަތު އުފެދޭ. އެހެންވީމާ ތިޔަބިލް ހުށަހަޅާ މީހާ ތިޔަބިލް ގާނޫނަކަށްވުމުން ކުށްވެރިވާން ޖެހޭނެ.