ނޫސްވެރިންގެ ނަމުގައި ޕާރޓީތަކުގެ އެކްޓިވިސްޓުން އުޅޭ ކަމަށް ވިލިމާލޭ ދާއިރާގެ އިއްޒަތްތެެރި މެންބަރު ނިހާން ހުސެއިން މަނިކް ވިދާޅު ވެއްޖެއެވެ.

ރޭ "ޤައުމަށްޓަކައި މަގޭ މޭ އައްޑަނައަކަށް"ނަމުގައި ޕީ.ޕީ.އެމްއިން ރުމާލު 2 ޖަގަހައިގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވެފައިވަނީ ނޫސްވެރިންގެ ނަމުގައި ޕާރޓީތަކުގެ އެކްޓިވިސްޓުން އުޅޭކަމަށާއި މިހާރު އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާތަށް ކުރަންވީ ތަންވެސް ދައްކަނީ އެބޭފުޅުން ކަމުގައެވެ.

" އެއްކަލަ ނޫސްވެރިންގެ ނަމުގައި އުޅޭ ޕާޓީގެ އެކްޓިވިސްޓުން. ބަލަގަ އެރޭ ހަތަރު ދަމު މުޒާހަރާ ކުރާނެ ތަންވެސް ދައްކަނީ އެމީހުން. މުޒާހަރާ ކުރަނީވެސް އެމީހުން. އަޅުގަނޑު އިނީ ބަލަން އެރޭ ރާއްޖެ ޓީވީ. ހުސްކޮށް ހުންނަ މަގުގެ ކަންމަތި ދައްކާފަވެސް ބުނޭ މުޒާހަާގަ މިއޮތްހާ މީހުން ބަލާބަަލާށޭ." ނިހާން ވިދާޅުވިއެވެ.

ނިހާން އިތުރަށް ވިދާޅުވީ މުޒާހަރާ ކަވަރު ކުރަން އުޅުނު ނޫސްވެރިޔަކަށްް ފުލުހުން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެތެރެ ހަށިގިރުވާލީ ކިހިނެތްތޯ ބަލަންބޭނުންވާކަށެވެ. އަދި ނޫސްވެރިޔާ ގަޔަށް ކޮންސެންޓްރޭޑެޓް ސަލްފިއުރިކް އެސިޑް އެޅީތޯވެސް ނިހާންވަނީ ސުވާލު އުފައްދަވާފައެވެ.

ނިހާން އިތުރަށް ވިދާޅުވީ، ރާއްޖެއިން ފަރުވާ ނުދެވިގެން އޮޅުދޫކަރަށް ދިޔަ ނޫސްވެރިޔާއާއެކު ރައީސް ނަޝީދު ނަންގަވާފައިވާ ފޮޓޯއެއްް މީސްމީޑިޔާއިން ފެނުނު ކަމަށާޢި ނޫސްވެރިޔާއިނީ އެދެއްގެމަތީގައި ހޭންކަމަށެވެ. ނިހާން މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، ރާއްޖެ ޓީވީވެ ޖާރްނަލިސްޓް ހަސަން ހުސައިން ވަނީ މުޒާހަރާ ކަވާރ ކުރުމުގައި ލިބުނު ކަމަށްބުނާ އަނިޔާތަކަށް ބޭސްކުރުމަށް ރާއްޖެއިން ބޭރަށް ގޮސްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ވިސްނާ

    ރައްޔިތުންގެ ޚާދިމުންގެ ނަމުގައި މަޖިލީހަށް އިންތިޚާބުވެގެން އަމިއްލަ ފައިދާއަށް މަސައްކަތްކުރާ މެމްބަރުންވެސް އުޅޭ..

  2. ސަަާފޯ

    ނިހާން އަދި ދަރުބާރު ފެކްޝަން ގެ އިސްކޮއް ތިބި މީހުންނަކީ ރޯނުައެދުރުންނޯ މިވެރިންނަށް އެކަނިއޯ ހުރިހާ ޤާނޫން އެއް އެގެނީ އެހެންވެ ހައްޕު

  3. އާޒިމާ ބިންތު އަނިލް

    ނިހާނު އެބުނީ ހަމަތެދެކެވެ. ޗެނިލް13ކިޔާ ޗެނެލެއްގައި، ނޫސްވެރިންގެ ނަމުގައި މަސައްކަތް ކުރަނީ ދަރުބާރު ޕެޓިސަނުގެ އެކްޓިވިސްޓުންނެވެ.

  4. ފާތުން

    ބޭކާރު ވާހަކަ ނުދައްކާ އިސްތިއުފާ ދެއްވާ. ތިތިބީ ފެއިލް ވެފަ. މަތި މައްޗަށް ގާނޫނާއި ހިލާފް ވެފަ.

  5. ާަައަލީ ތ.އަތޮޅު

    ރ.ޓީވީ ގަ އުޅޭނެ މުރު.. ކިޔާ މީހެއް، އޭނައަކީ އެމް.ޑީ.ޕީ ޖަގަަހަ ތަކުގަ ނިދާ ކައި ބޮއެ ހަދައިގެނަ ނޫސް ވެރިއަކަށް ވެފަހުރި މާ ގަޓް މީހެކޯ

  6. ހަސީ

    ޕީޕީއެމް ގެ ޕާޓީ އެކްޓުވީސްޓުން އެބައުޅޭ ސަރުކާރުގެ އޮފީސްތަކުގަޔާއީ ކުންފުނީތަކުގަ ގަޑުބަޑު ހީނގަންވެސް..އަދީ ޕީއެސް އެމްގަވެސް.. އެހެންވީމާ ނޫސްވެރީން ތީބޭނެ އެހެންޕާޓީތަކުގެ އެކްޓީވީސްޓުންގެ ގޮތުގަވެސް..ޕީޕީއެމް އަކައް ވަކީ ޚާއްސަ ހައްގެއް އެކުސްކުލޫސީވުކޮށެއް މީކަމުގައީ އެއްވެސް ގޮތަކަށް ލީބީފަކާއެއްނޯންނާނެ.. ވީމާ ބޭކާރު ވާހަކަ ނުދައްކާ..

  7. ހޮޅިން

    ހާއްސަގޮތެއްގަ ރާޖެ ޓީވީ. ހުސެން ހަސަން އަށް ލައިވްގައި ކިޔުނީވެސް އަހަރަމެންގެ މީހުން މިތަނަށް ޖަމާވަމުން އެބަދެއޭ.

  8. ގާދިރު

    ތި ހުސައިންމަނިކު ކަންނޭގެ ތިބުނާއެކުޓިވިސްޓަކީ