އައްޑޫ ސިޓީން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެ ސިޓީން އިތުރު ހަތަރު މީހުން ކޮވިޑަށް ފައްސިވުމާއެކު އެ ސިޓީން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 297 އަށް އަރާފައެވެ.

އެ ސިޓީގައި މިހާރު 163 މީހަކު ކޮވިޑަށް ފައްސިވެފައި ތިބިއިރު، އެ ސިޓީން ބަލިން ރަނގަޅުވެފައި ވަނީ 132 އަށް އަރާފައެވެ.

އެެ ސިޓީން މިއަދު ފައްސިވި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ފައްސިވެފައި ވަނީ ހިތަދޫންނެވެ. އަދި މަރަދޫން މީހަކު ފައްސިވެފައި ވެއެވެ.

އައްޑޫން ފައްސިވި މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްފައެވެ. އަދި އެ ސިޓީން އެ ބަލީގައި ދެ މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު