މިމަހުގެ ހަތަރު ވަނަ ދުވަހު އިންޑިއާގެ ތްރިވަނަންތަޕޫރަމް އިން، ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ދިވެހިން، ހެކި ހޯދުމަށް އެމީހުން އުޅުނު ބައެއް ހޮޓެލްތަކަށް ފުލުހުންގެ ބެލުމުގެ ދަށުން ގެންގޮސްފިއެވެ.

މަސްތުވާތަކެއްޗާއި އެކު އިންޑިއާއިން އަތުލައިގަތް ތިން ދިވެހިން، އިންޑިއާގެ ބައެއް ތަންތަނަށް ގެންދިޔައީ، އެމީހުންގެ ހާޒިރުގައި ތަހުޤީޤަށް ބޭނުންވާ ބައެއް ހެކި ހޯދުމަށް ކަމަށް އެޤައުމުގެ އޮފިޝަލުންނާއި ޙަވާލާދީ ނޫސްތަކުން ބުނެފައި ވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ޝަނީޒް މާހިރު (27) އާއި އައިމަން އަހުމަދު (24) އާއި އިބްރާހީމް ފައުޒާން ސާލިހު (29) އެވެ.

17 ކިލޯގެ މަސްތުވާތަކެއްޗާއި އެކު އިންޑިއާއިން އަތުލައިގަތް ތިން ދިވެހިން

ތްރިވަނަންތަޕޫރަމް ސިޓީ ފުލުހުންގެ އިދާރާއިން ބުނީ، މި މީހުންނަށް މަސްތުވާތަކެތި ފޯރުކޮށްދިނީ ގޭންގަކުން ކަމަށާއި، މިވަގުތު އެމީހުން އަތުލައިގަތުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އަދި މި އޮޕަރޭޝަން މިހާރު ކުރިއަށްދާއިރު، ތަހުޤީޤަށް ކުރިއެރުން ލިބެމުން އަންނަ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މަސްތުވާތަކެއްޗާއި އެކު އަތުލައިގަތް ތިން ދިވެހިން އިއްޔެ ހެކި ހޯދުމަށް ބައެއް ތަންތަނަށް ގެންދިޔައިރު، އެ ތިން މީހުންގެ ހާޒިރުގައި ތްރިވަނަންތަޕޫރަމްގައި އެމީހުން އުޅުނު ދެ ހޮޓަލެއްވެސް ބަލައި ފާސްކޮށްފައި ވެއެވެ. ނަމަވެސް އެތަނުގެ ތެރެއިން މައްސަލައާއި ގުޅުންހުރި އެއްޗެއް ފެނުނު ކަމެއް ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

މި ތިން ދިވެހިން އަތުލައިގެންފައި ވަނީ، މަސްތުވާތަކެއްޗާއި އެކު ތްރިވަނަންތަފޫރަމް އެއާޕޯޓަށް ވަންނަން ދަނިކޮށެވެ. އިންޑިއާ ފުލުހުން މި ތިން މީހުން ހައްޔަރުކުރީ، އެމީހުންގެ ޙަރަކާތްތައް ތިން ދުވަސް ވަންދެން ބެލުމަށްފަހު ފުރަން އުޅެނިކޮށެވެ. ފުލުހުން ބުނީ އެމީހުން ދިޔައީ އެ ތިން ދުވަހުގެ ތެރޭގައި އެކި ހޮޓެލްތަކަށް ބަދަލުވަމުން ކަމަށާއި، މަސްތުވާތަކެއްޗާއި އެކު އެމީހުން ޙަރަކާތްތެރިވީ ދުރާލައި ރާވައިގެން ކަމަށެވެ.

އޮފިޝަލުންނާއި ޙަވާލާދީ ނޫސްތަކުން ބުނީ، މި ތިން ދިވެހިންގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހޭޝް އޮއިލްގެ ބަރުދަނުގައި 17 ކިލޯ ހުރިއިރު، އޭގެ އަގު 50 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous
  2. Anonymous

    ކޮން ރަށެއްގެ ބައެއްތަ

  3. ކެޔޮޅު

    މަލޭ ބަޔަކަށް ނުވާނެ.

  4. ޛސޖސހ

    ތިމީހުން ރާއްޖެއާއި ހަވާލު ނުކުރާތީ. ޖަލުގައި މަރުވަންދެން ބާއްވާ. ރާއްޖެ ފޮނުވައިފިޔާ ތީ ހަމަ މިނިވަނުން.

    2
    1
  5. ނިންނަ

    ދެވޭ އެންމެ ބޮޑު އަދަބެއް ދީ. ތީ ގައުމުގެ ހަލާކު

  6. މީމް

    ހާސް މީހުން މަރާލާ މީހާވެސް އުމުރު ދުވަހު ޖަލުގަ ނޯވޭ . ދެން ކިހިނެއް އެމީހުން އުމުރަށް ޖަލުގަ ތިބޭނީ. އެމީހުންނަށް ބަލާފަވެސް އެކަން އަހަރެމެންނަށް އެބަ އެނގޭ.

  7. ތޫސީ

    މިމީހުން ރާއްޖެއަށް ނުފޮނުވާތި އަޅެ ހެޔޮ

  8. މީމް

    ކަލެއަށް ހަޤީގަތް ހަޖަމް ނުކުރެވިގެން މަގޭ ކޮމެންޓް ޕޯސްޓް ނުކުރެވުނީ ދޯ...؟ ހައްހައް

  9. ބެއްޔަ

    ދެން ދިވެހި ޑުރަގު ސަރުކާރުން ތި 3 އިބިލީހުން ރާއްޖެއައް ދޫކޮއްލަން އިންޑިޔާގެ ދެފައިބުޑައް ވެއްޓި ރޮއިހޭރިގަނޭ. ތި 3 އިބިލީހުނަން އިންޑިޔާއިން ރަގަޅައް އަލިފާން ކާންދޭނެ މިފަހަރު. ޝައިތާނުންނައް ހަމަ މިހާރު ކަރަންޓުޖައްސާ މަރައްވީ.

    • ޒާހިދު - ޓްރަވިންޑްރަމް

      މަ މިކުދިންގެ ކަންކަން ވަރަށް ގާތުން ބަލާފިން. ލޯޔަރާވެސް ދިމާވި. ތި މައްސަލާގައި ޝަނީޒުއާއި އިބްރާހިމް ފައުޒާންގެ ބައިވެރިވުމެއް ނެތް. މީ ޔަގީންކަމެއް. އައިމަނު އާއި ފުލުހުންނާދެނެދު ހިނގައިގެން އުޅޭ ކަންތައްގަނޑެއްމީ. ނޫސްތަކުގަ ހުރީ ވަރަށް ބޮޑަށް އޮޅުވާލާފަކަން ކުޑަ ދުވަސްކޮޅަކުން ހާމަވާނެ.

  10. އަނީސް

    އިންޑިޔާގެ ނޫސްތަކުގަ ހުރީ އަސްލު ކަންހިނގައިދިޔަ ގޮތާއި މުޅީން އިނދިކޮޅަށް ލިޔެފަ. މަ ޓްރަވިންޑްރަމްގަ ދިރިއުޅޭތާ 14އ ވެއްޖެ. މިބުނި ވާހަކައިގެ ހަގީގަތް ފެންނާނެ މި މައްސަލަ ކޯޓުގައި ހިނގައިގަތީމާ. ފުލުހުން ޕްރޮމޯޝަން ހޯދަން ކުރާ ކަންކަމުގެ ތެރެއިން ކަމެއް މިވެސް