ކަރަންޓީނު އުސޫލުތަކާއި ހިލާފަށް ކަރަންޓީން ކޮށްފައި ހުރި ގެއިން ނިކުމެގެން ގޮސް ހިލޭ އަންހެނެއްގެ ކައިރިއަށް ވަން މީހަކު ކ.ގުރައިދޫން އަތުލައިގަނެ، ޓާސްކްފޯސްގެ ބެލުމުގެ ދަށުން އޭނާ އަނެއްކާވެސް ކަރަންޓީން ކޮށްފިއެވެ.

ގުރައިދޫން "ވަގުތު" އާއި ވާހަކަ ދެއްކި މީހަކު ބުނީ، އެހާދިސާ ހިނގާފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައި ކަމަށާއި އެ ފިރިހެން މީހާ އަކީ އެރަށު އަންހެނަކާއި ކައިވެނި ކޮށްގެން އުޅޭ އެހެން ރަށެއްގެ މީހެއް ކަމަށެވެ.

އޭނާ ބުނީ، އެ ފިރިހެން މީހާ އެރަށަށް އައިސްފައިވަނީ މާލެއިން މީހަކު ނިޔާވެގެން އެމީހާގެ މޫނު ބެލުމަށް ފަހުގައި ކަމަށާއި އެހެން ނަމަވެސް އޭނާގެ އަނބިމީހާ ހުރީ މާލޭގައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިރިހެން މީހާއަކީ އުމުރުން 30 އަހަރާއި 35 އަހަރާއި ދެމެދުގެ މީހެކެވެ. އޭނާ ވަން އަންހެން މީހާއަކީ 40 އަހާރާއި 50 އަހަރާއި ދެމެދުގެ އުމުރެއްގެ މީހެކެވެ.

އޭނާ ބުނީ، އެހާދިސާ ހިނގުމުން ފުލުހުންނާއި ޓާސްކު ފޯހުގެ މީހުން އައިސް އޭނާ އެމްބިއުލާންސަށް ލައިގެން ކުރިން ކަރަންޓީނުގައި ހުރި ގެއަށް ލާފައިވާ ކަމަށެވެ. އަދި އެ އަންހެން މީހާގެ ގެ ވެސް މިވަގުތު ކަރަންޓީނު ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ދެންމެ ވިދާޅުވީ ގުރައިދޫން ކަރަންޓީން އުސޫލާއި ހިލާފުވި މީހަކު މިއަދު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ކަރަންޓީންގެ އުސޫލާއި ހިލާފުވާ މީހުންގެ ސަބަބުން މިހާރު ވެސް ވަރަށް ގިނަ ރަށްރަށުގައި ކޮވިޑް ފެތުރިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖާބިރު

    ވަ ކިވަރަ ކަށް ދޯ ކެއް ކުރެވޭނީ.....
    ބަންދުން ފިލާ ގޮތެއް ނެތް

    24
    5
  2. ގަނޑިޔަ

    މައިތިރި ވެގެން ނުހުރެވެންޔާ ރަށުން ބޭރުކުރޭ

    29
    5
    • ޒަރޫރީ

      އެ އަންހެންމީހާ ވެއްދީމަތާ އެ ވަނީ