ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީއާއި ސަލާމަތާ ގުޅުން ހުރި ސިއްރު މައުލޫމާތުތައް ނޫހަކަށް ސަލާމަތީ ޚިދުމަތުގެ ތެރެއިން ލީކު ކޮށްލީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރު މާރިޔާ ދޮގު ކުރައްވައިފިއެވެ.

"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" ސުރުޚީގެ ދަށުން "މިހާރު" ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ނަޝީދުގެ ސެކިއުރިޓީއާއި އެމަނިކުފާނުގެ ގެކޮޅު ކަމަށް ގ.ކެނެރީގެ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތަކެއް ހިމެނެއެވެ.

މި މައުލޫމާތު އެ ނޫހަށް ދިނީ ސަލާމަތީ ޚިދުމަތުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް އެ ރިޕޯޓްގައި ހިމަނާފައިވާއިރު، މައުލޫމާތު ދިން މަސްދަރު ވަނީ ސިއްރު ކޮށްފައެވެ. އެ މައުލޫމާތު ދިން ބޭފުޅަކީ މިނިސްޓަރު ކަމުގައި ބުނެ މީސް މީޑިއާގައި ދަނީ އެކި ވާހަކަތައް ފެތުރެމުންނެވެ.

ބައެއް ނޫސްތަކުން ވެސް މި ކަން ރިޕޯޓް ކޮށްފައި ވަނިކޮށް، "ވަގުތު" އިން ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ނަޝީދުގެ ސަލާމަތާ ގުޅުން ހުރި ސިއްރު މައުލޫމާތުތައް "މިހާރު" ނޫހަށް ދިނީ އެކަމަނާ ނޫން ކަމަށެވެ.

"އަޅުގަނޑޭ ކިޔައިގެން ފަތުރަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް،" އިތުރު ވާހަކަތަކެއް ނުދައްކަވައި މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ސެކުއިރިޓީއާއި ގެކޮޅު ކަމަށްވާ ގ.ކެނެރީގޭގެ ސަލާމަތާ ގުޅުން ހުރި ގިނަ މައުލޫމާތުތަކެއް ހިމެނޭ ރިޕޯޓެއް ނޫހެއްގައި ޝާއިއުކޮށްފައި މި ވަނީ، މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދީފައި ވަނިކޮށެވެ. އެމަނިކުފާނުގެ ސެކުއިރިޓީ ބަލިކަށިވުމުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

"މިހާރު" ނޫހުގައި ޝާއިއު ކުރި ރިޕޯޓާ ގުޅިގެން 241 ކޮމިޓީން އެ މައްސަލަ ބަލަމުންދާ ކަން މަޖިލީހުގެ އިދާރާއިން މިދިޔަ ހޮނިހިރު ދުވަހު ވަނީ ހާމަކޮށްފައެވެ. މި ކަމާ ގުޅިގެން ނޫހަށް މައުލޫމާތު ދިން މަސްދަރު ހޯދަން މަސައްކަތް ކޮށްފާނެތީ ދިވެހި ނޫސްވެރިން ތަމްސީލް ކުރައްވާ ޖަމްއިއްޔާތައް ކަމުގައިވާ އެޑިޓާސް ގިލްޑްއާއި، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ އިތުރުން މީޑިއާ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

241 ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި އެ ކޮމިޓީން ނޫހަށް މައުލޫމާތު ދިން މަސްދަރު ހޯދުމަށް ނޫސްވެރިޔާ ހާޒިރުކޮށް އަދި ނޫސްވެރިޔާގެ މައްސަލަތައް ބަލަމުން ދާން މަސައްކަތް ނުކުރެއެވެ. އެ ކޮމިޓީން މަސައްކަތް ކުރަނީ އެފަދަ ސިއްރުތައް ލީކު ކޮށްލުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މިއަދު

    މިނިސްޓަރ މާރިޔާއަކީ ހެޔޮ ވިސްނުމާއި ދުރުވިސްނި ވަޑައިގެން ހުންނެވި ތައުލީީމީ ކަނބަލެއް، މިފަދަ ކަންކަމާ ގުޅުވައިގެން މިނިސްޓަރ ގެ ހިތްވަރު އެލުވާލަށްވަން މަސައްކަތް ކުރިޔަސް އެކަމެއް ކާމިޔާބެއް ނުވާނެ.

    13
    74
    • ޑަބިޔާ

      ހޮޔޮވިސްނޭ ގާބިލް މީހާ ގާނޫން އަސާސީ އަށް ފައިން ނާރާނެކަން ޔަގީން

      64
      2
  2. ޢިއްޔެ

    މުޅި މުއައްސަސާއިން ސިއް ރުތައް ލީކު ކު ރިޔަސް މާ ރިޔާ ދީދީތިޔަފަދަ ތާކުންތާކު ނުޖެހޭ މޮޔަ ކަމެއް ނުކު ރުއްވާނެ ގާނޫނު އަސާސީމައްޗަށް ކޮޅުފައިން އަ ރާވަޑައިގަތަސް ނަޟީދުގެ ކަމެއްގަ މާ ރިޔާ ތިޔަފަދަ ކަމެއް ކު ރުއްވަފާނެބާއޭ އުފެދޭ ސުވާލެއް !!!!!!!!!!!!!!!!!!!؟؟؟؟؟؟؟؟؟؟

    27
    16
  3. .....

    ސަލާމަތީ ސިއްރަކީ ކޮބައިތަ ތިބުނާ...

    33
    2
  4. ކަންކަން

    މާރިޔާ އަކީ ޤާނޫނީ ގޮތުން ފުންނާބު އުސް ފަރާތެއް، ހާމަކުރަންޖެހޭ ވާހަކައާއި ހާމަ ކުރަން ނުޖެހޭ ވާހަކަ އެކަމަނާއަށް ވަރަށް ރަގަޅަށް ސާފުވާނެ.

    11
    43
  5. ޖޫން

    ސާބަހޭ މިނިސްޓަރ، އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނާޅުއްވާތި، ސާބިތުވެ ހުންނަވާތި.

    8
    35
  6. ވަޠަން

    މާރިއާ ހެޔޮވިސްނޭތީ ދޯ އިއްޒަތްތެރި މެމްބަރުކަމުގައި ހުރިއިރު ޤާނޫނުއަސާސީއަށް ފައިން އަރައި މޮޔައެއްހެން މަޖިލީސް މޭޒުމައްޗަށް ކޮޅަށް އެރީ؟

    40
    2
  7. އައްޔަ

    އަޅުގަނޑެއްް ނޫން އަލުގަނޑުގެ ކޮއްކޮ ރުގީ. އެހާ ކައިރީ އިދެފައި ނުވާނެދޯ

    21
  8. ސެންޗޯ

    ސާބަސް މިނިސްޓަރ ގައުމާގެން ކުރިޔަށް އަބަދުވެސް އަހަރުމެންގެ ތެރޭގައިި ސައިތޯނާ އުޅޭނެކަން ހަނދުމަފުޅު ބަހައްޓަވާތި

    7
    15
  9. ރާ

    މި މެސެޖް ތައް ލިޔެފަހުރީ މާރިޔާ

    18
    2
  10. ރަޝީދު.

    މާރިޔާ ޤާނޫން އަސާސީގެ ކޮޅުފައި އަރާވަޑައިގަތަސް އަދި ދިވެހި ޤައުމު އިންޑިޔާއަށް ހިފިދާނެކަމަށް ވިދާޅުވިޔަސް ތިޔަފަދަ ކަމެއް ނުކުރައްވާނެ! މާރިޔާއަކީ ޤާނޫނު ދަންނަ ބޭކަނބަލެއް! އެހެން ކަމުން އަންނިއަށް ދެރަވާ ގޮތަކަށް ކަމެއް ނުކުރައްނެ.

    14
    18
  11. ހެނދުނު

    ބަޔަކު މޭކަރާގެން ޑިފެންސް މިނިސްޓަރަށް ހައްގެންނެތި ބަސްބުނެ އުޅޭތަން މިފެންނަނީ. ވަރަށްވެސް ހިތާމަހުރި.

    4
    4
  12. ީަިި

    ޙޭހޭ މޮޔަވެދާނެ

    3
    2
  13. ކަޅުބެ

    މާރިޔާ އަށް ވިސްނެނީ އެއްމެކަމަކަށް އެއީ ގައުމު އިންޑިއާއަށް ހިފިދާނެކަމަށްބުނިވާހަކަޔަށް........މިފަދަތާކުންތާކު ނުޖެހޭ މީހުންނަށް މިނިސްްްޓަރުކަންދޭން އުނބުށޭމާ ހެޔޮނުވާނެ.

    13
    1
  14. ބޮޑުވަޒީރު

    މަށޭކިޔާތަ؟

    7
    1
  15. އަބޫ

    މިސްކިތުގަ ހުޅުޖެހީ މަށެއްނޫން

  16. ޙަކީމީބޭސް

    މާރިޔާއެއް ނުކުރާނެ ތިކަމެއް،ތި ރޯ ބުހުތާނު ދޮގު.

    1
    1
  17. ާައަޒުމު

    ކޮން އިރަކު އިސްތި އުފާ ދެނީ ތިހާ ނާގާބިލް
    ވަޒީރެ އް ނުދެކެން .