ދީނަށް ފުރައްސާރަ ކުރީ މީހުންނަށް ލާދީނީ ގޮވުން ކުށަކަށް ހެދުމާއި ދެކޮޅަށް ވާހަކަދައްކާނަން ކަމަށް މާލޭ ކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ނަފްރަތު އުފެއްދުން މާނަކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލެއްގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެބިލްގައި ބުނެފައި އޮންނަނީ ޢާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމަކީ ވެސް ކުށެއް ކަމަށެވެ.
ސަރުކާރުން ހުށަހެޅި ބިލާއި ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ލާދީނީ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ސަރުކާރުން ހުށަހެޅި ބިލެއް ކަމަށެވެ.
ބިލްގެ މައްސަލަ ހޫނުވެފައި ވަނިކޮށް ކައުންސިލަރު ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުސްލިމެއްގެ ގޮތުގައި ހުރެ ދީނަށް ފުރައްސާރަ ކުރާ މީހަކަށް ލާދީނީ މީހެކޭ ގޮވުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައަޅަން ހުށައެޅި ބިލާއި ދެކޮޅަށް ހުޅުމާލެ ކައުންސިލަރު ފާޅުގައި ވާހަކަ ދައްކާނެ ކަމުގައި ޔަޤީންކަން ހުޅުމާލެ ރައްޔިތުންނަށް އަރުވާ ކަމަށެވެ.
މުސްލިމެއްގެ ގޮތުގައި ހުރެ ދީނަށް ފުރައްސާރަ ކުރާ މީހަކަށް ލާދީނީ މީހެކޭ ގޮވުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައަޅަން ހުށައެޅި ބިލާއި ދެކޮޅަށް ހުޅުމާލެ ކައުންސިލަރ ފާޅުގައި ވާހަކަ ދައްކާނެ ކަމުގައި ޔަޤީންކަން ހުޅުމާލެ ރައްޔިތުންނަށް އަރުވަން.☝🏼#މީމަގޭރާއްޖެ@ProgressPartyMV pic.twitter.com/Vh9R7Hxvxt
— Ibrahim Shujau (@IbrahimShujaau) June 1, 2021
ޢާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމަކީ ވެސް ކުށެއް ކަމަށް ކަނޑައަޅަން ސަރުކާރުން މަސައްކަތް ފެށުމުން ކުރިމަތިވި ފާޑުކިޔުންތަކާއިއެކު ވެސް ބިލަށް ބަދަލެއް ގެންނަން އަދި ސަރުކާރުން ނުނިންމައެވެ. މިހާރު ސަރުކާރުން ހުށަހަޅާފައި އޮތް ގޮތައް ބިލް ފާސް ކުރުމާއިއެކު ސަރުކާރުން މިހާރު ވަނީ އިތުރު ބިލެއް މަޖިލީހަށް ހުށަހަޅަން ނިންމާފައެވެ.
އެއީ ދީނަށް ހަޖޫ ޖެހުމުގެ ކުށް އިތުރަށް ސާފުކޮށްދިނުމަށް ހުށަހަޅާ ބިލެކެއެވެ. މިބިލް ފާސްވި ނަމަވެސް އަދިވެސް އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް މީހެއްގެ މައްޗަށް ތުހުމަތުކުރުމަކީ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ.
ހެއް ހެއް! ކަލޭމެން ދުވަހަކު ވެސް އެއްކޮޅަށް ވާހަކަ ދެއްކިންތަ؟
ހެޔޮ ކުށަކަށް ހެދިއަސް. ގޮވާނަން ލާދީނީ އޭ. ލާދީނީ ދު.
މީ އެމް އެމް ޕީ އާރުސީ ގެ ފައިސާގައި ޖެހުނު މީހުންގެ ލިސްޓުގައި އޮތް ބޭފުޅެއް. މައްސަލަ ކޯޓަށް ވައްދަން ވާއިރަށް އެބަލަނީ ....
އމއމޕއރސ ފައިސާ ގިނައިން ނަގައިން ތިބީ މިސަރުކާރު ކުދިންކަން ހަނދާން ކޮއްލަދެން.
ސާބަސް ސުޖާ ގޮވަންވީ މަވެސް ގޮވާނަން
ލާދީނީ ނުލާދީނީއަ ކަށްނުވާނެދޯ ؟
ކީ ކޭ ޝުޖާބުނާނީ ؟ މިބައިގަނޑު މިތިބައުޅެނީމޮޔަވެގެން.
ކާފަރުވީމާ ކާފަރެކޭ ބުނެވޭނެ. މުރުތައްދުވީމާ މުރުތައްދުވެފައޭ ހުރީ ބުނެވޭނެ. ލާދީނީވީމާ ލާދީނީ މީހެކޭ ބުނެވޭނެ. ވައްކަންކުރީމާ ވަގެކޭ ބުނެވޭނެ. ރާބުއިމާ ރާބޯ މީހެކޭ ބުނެވޭނެ. މަސްތުވާތަކެތީގެ އަޅަކަށްވީމާ މަސްތުވާ މީހެކޭ ބުނެވޭނެ. މިހެން ނުބުނެވޭނެ ކަމަށް ގާނޫނު ހަދަން ނުކުމެ ތިބޭނީ ފައްކާ ޖާހިލުން. ޖާހިލުން ހަދާ ގާނޫނެއް ނުހިނގާނެ.
ޔޭސް ގޮވޭނެ މަޖިލީހުން އަބުރުގެދައުވާ ބިލް އުވާލުމުގެ ބޭނުން ބުނެދީ. ކުރާނެކަމެއް ނޭގިގެން އުޅޭހެން ހީވަނީ
މީހުންގެ ގުދަނުގަހުންނަމުދާ ވަގަށް ނަގައި ރަށުބޯޓަށް އުރުވުމާ ގޭންގް އޮޕަރޭޓް ކުރުމަ ކީ ކޮންދީނެއްގައޮއްނަ ކަމެއްބާ.
ބުނާމީހާ ދޯ ގޯސްވަނީ....ގޮތްގޮތަށް އުޅޭ މީހާ އެއްނޫން...ސަދޫމް އިންސާފް...ހިމާރުގެ ވެރިމީހާ ގޯސްވީ ހިމާރު ވަގަށްނެގި މީހާ އެއްނޫން
ކައުންސިލަރުންގެ ޒިންމާއަކީ ލާދީނީ މީހުން ހޯދުމެއް ނޫނެވެ. ކަލޭމެން ދީންވެރިވަނީ ވަކިމީހަކާ ޖައްސާލަންވީމަ އެވެ. އިސްލާމްދީން ހިމާޔަތް ކުރެވޭނީ ދީނުގައި އަންގަވާފައި ވާގޮތަށް އުޅެގެންނެވެ. ފާޑުފާޑަށް މީހުންނަށް ފުރައްސާރަކޮށް، ތިމާ ނުރުހޭ މީހަކަށް ލާދީނީ އޭ، ކާފަރެކޭ ބުނުމުގެ ޙައްޤެއް އިސްލާމްދީނަކު ނުދެއެވެ. ފުރައްސާރަ ކުރުމަކީ އިސްލާމްދީން ނަހީ ކުރާ ކަމެކެވެ.