ރައްޔިތުންގެ މަޖިލިސް ގޮއްވާލާނެ ކަމުގެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މަޖިލީހުގައި ބޮމެއް ގޮއްވާލާނެ ކަމުގެ އިންޒާރު މީސް މީޑިއާގައި ދިން އުމުރުން 28 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިފަދަ އިންޒާރުތަކާއި ނިރުބުވެރިކަމާއި ގުޅުން ހުރި ކަންކަން ފުލުހުން ވަރަށް ސީރިއަސްކޮށް ބަލާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މެއި މަހުގެ 17 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ދަނިކޮށް ޖަލްސާ ލައިވްކުރި ފޭސްބުކް ސްޓްރީމަކަށް ކޮމެންޓު ކުރި މީހަކު ވަނީ، މަޖިލީހަކީ ގޮއްވާލަން ޖެހެ ތަނެއް ކަމަށް ބުނެފަ އެވެ. އަދި މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ ހަރާން ލާރި ކާ ބައެއް ކަމަށާއި، އެފަދަ ބަޔަކު ތިބޭ ތަނެއް "ބަހައްޓާނެ ކަމެއް" ނެތް ކަމަށް އޭނާ ބުންޏެވެ.

މަޖިލިސް ގޮއްވާލާނެ ކަމުގެ އިންޒާރު ދިނީ ހަސަން އަލާން އަލީ ނަމަކަށް ކިޔާ މީހެކެވެ.

އޭނާ ހައްޔަރު ކުރަން ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވެސް ބައެއް މެންބަރުން ވަނީ ގޮވާލާފައެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި މަހުގެ 06 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއަށް ފަހު ރާއްޖޭގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކޮށްފައެވެ. އޭގެ ފަހުން މިހާތަނަށް ގިނަ ބަޔަކު ހައްޔަރުކޮށް، އެމީހުންގެ މައްޗަށް ނިރުބަވެރިންގެ ތުހުމަތުކޮށް ތަހްގީގު ކުރިއަށް އެބަގެންދެއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ރައްޔިތުން މަޖިލީހުގެ ސަލާމަތީ ކަންކަން ވެސް ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. މަޖިލީހުގެ އިދާރާ ވަށައިގެން ހަތިޔާރާއިއެކު މިހާރު އަބަދުވެސް ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. އެމަންޖެ

    ރަނގަޅު އެހެން ބުނިމީހާ އެއީ، އެކަމު ބޮންގޮއްވާ ވާހަކައެއް އެސޮރު ނުބުނޭ ބޭނުމިއްޔާ ސުކުރީން ސޮޓްވެސް ފޮނުވަފާނަން ފަހުން އެކޮމެންޓު ފޮހެފަ މާފައްވެސް އެދިފަވޭ ، މަޖިލިސް ބޭފުޅުން އޯކޭ ކޮންމެ ކަމެއް ކުރިޔަސް ހާއްސަކޮއް ކެނެރީ ނަޝީދު ، ދެން މިހެން ބުނެގެން އަވަހައް އާދޭ އަޅުގަނޑު ހައްޔަރު ކުރަން.

    29
    3
    • Anonymous

      ރައީސުލްޖުމްހޫރިއްޔާގެ ނުބައި ނުލަފާކަން މިހުތިހާވެސް ކަމަކީ. އޭނަ ފޮނުައިގެން ފުލުހުން މީހުން ނިދާފަ ތިއްބަ ގެދޮރަށް ވަދެ މީސްމީހުން ދަމާ ނެރެގެން އެގެންދަނީ.

      14
      2
      • ހާމުދުބެ

        ހަމަ ހެޔޮކޮށް ތިބުނީ.. ފުލުހުން ލައްވާ މިގައުމަކީ ބިރުވެރި ތަނަކަށް ހަދަމުންދަނީ މިހާރު ވެރިކަމުގައި ހުރި އިބުރާހީމް މުައްމަދު ސާލިހް

    • ޣގގގ

      އިސްލާމްދީން ފޮހެލުމަކީ ވެރިއަކަށް ހުރި ސްލޯލިހުގެ އެޖެންޑާގެ އެންމެ ހައި ޕްރިއޮރިޓީ ވީމަ ހަމީދު އެކަން ތަންފީޒު ކުރަނީ.

      12
      1
      • ޢަހުމަދުވަގާރު

        ޢިސްލާމްދިނކި ފޮ ހެވޭ އެއްޗެއްތަ

  2. ފައްޔާޒު

    މަޖިލިސް އޮވެގެން ރައްޔިތުންނައް ވާފައިދާއެއްނެތް ތިތަން އުވާލާފަ ނިކަމެތިންނައް ގައުމު ހިންގަންދީ އެމީހުން މާރަނގަޅައް މިގައުމު ހިންގާނެ.

    33
    2
  3. ރައްދު

    މިޖެހުނީ އަނެއްކާ ރާއްޖޭގެ އުޅޭ ގޮވާތަކެތި ހައްޔަރު ކުރަން ވާލާ ފަޒުނާކޮވެއްޔާއި ގޮޑު ދޮށުގައި އުޅޭ ފިދަނަމާރިޔާ އަދި ބުޅާ ....... މިޔަދު ތިޔަ ޒުވާނާ ހައްޔަރު ކުރީ މަޖިލީހުގެ ފުރާޅުމަތީގަ ކާޅެއް އިދެ ގޮވާ ފިއްޔާމު ފުލުހުން ކާޅު ހައްޔަރު ކުރާނެދޯ

    24
    3
  4. ކިޔުންތެރިޔެއް

    ހަބަރެއްގެ ނޭދެވޭ އަސަރު ބައެއްގެ ދިރިއުޅުން ހަލާކު ކޮއްލަފާނެ އެސޮރު ނުލިޔޭ މަޖިލިސް ބޮމަކުން ގޮއްވާ ވާހަކައެއް އެތަން އެއީ ބޭކާރު ތަނެއްވާހަކަ ހާމަ ކޮއްދިނީ އިރު ކޮޅެއްނުވެ އެ ކޮމެންޓް ޑިލީޓުވެސް ކޮއްލި ނަމަވެސް މޑޕ ގެ ބޭފުޅެއް އެކޮމެންޓުގެ ސުކުރީން ސޮޓެއް ނަގައިގެން މުޅި މީސް މީޑިޔާގަ ފަތުރާފަ ވަނީ، އަޅުގަނޑައް ގޯސްވަނީ އެހަބަރު ފެތުރި ބޭފުޅެއް.

    27
    3
  5. މަހީ

    ތި ހުރިހާ ކަމަކަށް ވުރެވެސް ނުރައްކާ މަސްތުވާ އެއްޗެހި، އެ އެތެރެ ނުވާނޭހެން އަދި ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދީބަލަ. ތި ހުރިހާ އިންޒާރު ތަކެއްވެސް ނެތިދާނެ އިސާހިތަކު.

    26
    1
  6. ޒާ

    އިސްލާމް ދީނުގެ ދިފާއުގާ ހައްގުބަސް ނުބުނެވޭގޮތަށް މަޖިލީހުން ގާނޫނު ހަދާއިރު އެހުށަހެޅި މީހަކަށާ އެއާ އެއްކޮޅަށް ވޯޓުދޭ ބަޔަކަށް ވިސްނެންވާނެ ތިމާމެންނަށް އެ ކުރެވޭކަންތައް.

    29
    1
  7. ސޯސްތުބުޅި

    ހައްޔަރުކޮށް ކުޑަގޮޅިއައްލާ

    6
    26
  8. އަލްޖިބްރާ

    ހަރު ކައްޓޭމެން ތެޅޭ ފާޑުދޯދެން

    15
    8
    • Anonymous

      މަޑުކަށިތަކަށް ރޮވެނީ މިއޮއް ދެން. އަވަހަށް މަޑުކަށި ބަލި ރާއްޖޭގަ ފަތުރާ ނިންމާދެން.

    • Anonymous

      ހަރުކަށިވުމަކީ ﷲ ގެ މަގުގައި ތިބުން ކަމުގައި މިހާރު ބަލަނީ.. ވަރަށް ދެރަވަރުކަންކަން މިހުންނަނީ.

      8
      1
  9. ހހހހ

    މިހުރިހާވެސް ކަމަކީ ލާދީނިއްޔަތު ފަތުރަން ސަރުކާރުން ކުރާ މަސައްކަތް. ހަރުކަށި ފިކުރޭ ކިޔައިގެެން ކަމާ ނުބެހޭ މީހުންނަށް އަނިޔާ ދިނުން. މިގައުމު ހަލާކު ކުރަނީ.

    7
    1
  10. ޙައުލާ

    މިނުބައި ސަރުކާރުން މިގައުމު ހަލާކުކޮށް ނިންމައިފި. އިންޑިޔާ އަށް އަޅުވެތިކޮށްފި. ގައުމު ބައިބައިކޮށްފި. ލާދީނީނފިކުރު ހިމާޔަތް ކޮށް އިސްލާމް ދީން ނައްތާލުމަށް ތެޅިފޮޅެނީ.

    8
    1
  11. Anonymous

    މި ސޯލިހުގެ ސަރުކާރުން މުޅި ގައުމު ފަސާދަ ކޮށް ނިންމައިފި.

    8
    1
  12. Anonymous

    ގައުމުގެ ރައީސްގެ ލާދީނީ އެޖެންޑާ. އޭނަ އެޓަރނީ ޖެނެރަލް ލައްވާ އިސްލާމް ދީނާ ދެކޮޅު ގާނޫނުތައް ޑްރާފްޓް ކުރަނީ. އޭނަ ތަސްދީގު ކުރީމަ ގާނޫނަކަށްވަނީވެސް. އެއީ ހުތިހާވެސް ނުބަޔަކީ. ހިންނަވަރު އިބިލީސް.

    7
    2
  13. ބޭޗާރާ

    އެއްވެސް ތަނެއް ހަލާކުކުރާކަށް ތަނެއްގައި ހުޅުޖަހާކަށް މީހަކަށް އަނިޔާވެރިވާކަށް އެއްބަހެއް ނުވެވޭނެ. އެކަން ހުއްޓުވަންވެސްޖެހޭނެ. އެކަމަށް މަސައްކަތްވެސް ކުރަންޖެހޭނެ. ނަމަވެސް ވަރަށް ވަރަށް ހިތާމައާއެކު އަދި ހިތްދަތިކަމާއެކު ބުނެވެން މިހާރު މިރާއްޖޭގައި މިއޮތް ރައްޔިތުންގެ މަޖިލިސް އަވަހަށް އުވާލައި މަޖިލީހުގެ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠު ކަނޑައަޅާފައި އެޝަރުޠުގެ ތެރެއަށް އަޚުލާޤު ރަނގަޅު މީހަކަށްވުން ބަލާނެ މިންގަނޑެއް ލުމަށްފަހު މީހުންނަށް މަޖިލީހަށް ކުރިމަތިލެވޭގޮތަށް ހަމަޖައްސާފައި އިންތިޚާބެއް އަވަހަށް ބާއްވައިގެން ނޫނީ ދެނެއް މިގައުމަކަށް ނޭވާލެވިދާނެއޭ މަގޭ ހިތެއް ނުބުނާ ވާހަކަ. ތިޔަ މަޖިލީހުގައި ގިނައިން މިހާރު ތިބީ ދުލަށްއައިހައި އެއްޗެއް ގޮވާ ބަހުލޫލުންނާއި އަދަބެއް އަޚުލާގެއް ފެންވަރެއް ނެތް އަކަޔަންބޯއާއި ގައުމިއްޔަތެއް މިއްލަތެއް ނެތް އެކަން ނުދަންނަ އިއްޒަތްތެރިން.

    16
  14. ޝަރުމަމް، ޕެންސިލް

    ހާދަ ރީޗޭ ރާއްޖެ ސިފައިން ކުދިން ސޯ ކިޔުޓް

    3
    3
  15. ހުސެން

    ޤާސިމް މަރަން ބުނި އެމްޑީޕީ މީހާ ގޭގަ.ރައީސް ޔާމީން މަރަން ބުނި މީހާ ބުނީ މަޖަލަކަށޯ އޭނާ ގޭގައި .ޤާނޫނަކީ ވަކި ބަޔަކަށް ހިގާ ވަކި ބަޔަކަށް ނުހިގާ އެއްޗެއްތޯ ؟

    9
    1
  16. ވަހީދު

    މިގައުމުގެ ހަރު ކަށި ޖަމިއްޔާތަ ކާ ގޭންގްތައް ނައްތާލަން ޖެހޭ މީދެން ކިހާދެރަ ކަން ކަން

  17. ޙހހ

    ސުޕަރ މެޖޯރިޓީ ގުރޫޕް ދެކެ ދިވެހިރައްޔިތުންފޫހިވެ. ކުރި އިތުބާރު ގެއްލިއްޖެ.

    1
    1
  18. ާލދނ ސރކރ

    ކަލޭމެންގެ ނުބައި ނުލަފާކަމުގެ ސަބަބުން އަހަރެމެންގެ ލޯބިވާ ދަރިން ދުނިޔެ ދޫކޮށްދާއިރު ކަލޭމެން ތި ތެޅެނި ތަނަކުން މީހަކު ކޮމެންޓެއް ޖަހާލާއިރަށް އެމީހަކު ހިފާ ހައްޔަރުކުރެވޭތޯ!!!! މި ވެރިކަން ނިމޭނެ ވަގުތެއްގެ އިންތިޒާރުގައި ދުޢާކޮށްލަ ކޮށްލާ މި ހުންނަނި!!!!

  19. ޢިހުުސާސް

    ޢަޅުގަނޑު ހިތައްއަރާ ފާޅުގަ ދީނަށް ފުރައްސާރަ ކުރާމީހުން ވަގުތުން ވަގުތަށް ހައްޔަރު ނުކުރެވިގެން މިަުލެނީ ކީއްވެބާއޭ....؟؟؟
    ދީނެއް މުހިއްމެއް ނުވި ދެއްތޯ؟