22:56

ނަސީމް: މިހާރުގެ ހާލަތު އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. އަތޮޅުތެރޭގެ ރަށްރަށުގައި އަޅުގަނޑުމެންގެ ކެޕޭސިޓީ ވާނީ މިހާރު ވަނީ އިތުރުވެފައި.

22:54

މިޝްކާ ނިޔާވުމުގައި އިހުމާލު އެބައޮތް - ނަސީމް

https://twitter.com/VaguthuOnline/status/1400148191027154946

22:44

ނަސީމް: އަޅުގަނޑުގެ އިހުމާލެއް އޮތްތޯ ބަލާނަން.

އިސްތިއުފާ ދިނުމަށް ވިސްނަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވާނީ އޭގެ ފަހުން ކަމަށް ނަސީމް ވިދާޅުވިއެވެ.

22:42

ނަސީމް: އަބަދުވެސް މިދަނީ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން. މިދޭތެެރެއިން ދިމާވި ކަންކަމާއި ގުޅިގެން ބޮޑު ދިރާސާއެއް ކުރަމުން މިދަނީ. އަހަމިއްޔަތުކަން ދޭން ޖެހޭ ކޯލްތައް ދެނެގަތުމުގެ ކަންކަން ކުރިއަށް އެބަދޭ. ކޯލް ސެންޓަރުގެ ކަންކަން އެކަށީގެންވާ ގޮތެއްގައި ކުރިއަށް އެބަދޭ. މާދަމާގެ ނިޔަލަށް މިކަންކަން ނިމޭނެ.

22:39

ނަސީމް: ކުރިއަށް އޮތް ދެހަފްތާ ދުވަސް ތެރޭގައި އެކަށީގެންވާ އަދަދެއްގެ ސިއްހީ އެހީތެރިންނަށް ވަޒީފާ ދެވޭނެ. އުއްމީދަކީ ހުރިހާ ސިއްހީ ހިދުމަތްދޭ ތަނެއްގައި އެކަށީގެންވާ އަދަދެއްގެ ސިއްހީ ހިދުމަތްތެރިން ތިބޭނެ ކަމަށް.

22:37

މިއަދު ކޮވިޑަށް ފައްސިވީ 704 މީހުން

https://twitter.com/VaguthuOnline/status/1400144367122194434

22:34

މިނިސްޓަރ ނަސީމް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.

22:21

މިނިސްޓަރު ނަސީމްގެ ނޫސްވެރިންގެ ބައްދަލުވުން އަދިވެސް ނުފަށާ. 22:00 ގައި ނޫސްވެރިންގެ ބައްދަލުވުން ފަށާނެ ކަމަށް ކުރި ބުނިނަމަވެސް ނޫސްވެރިންގެ ބައްދަލުވުން ފެށުން ލަސްވާ ސަބަބެއް ނޭނގޭ.

21:58

ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެ.

21:37

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު ބޭރަށް ނުކުމެ ކަސްރަތު ކުރުން ހުއްދަ ނޫންކަމަށް ދިވެހިން ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެ.

18:45

ގދ. ފަރެސްމާތޮޑާގެ މުޖުތަމައު ތެރެއިން ބަލި ފެނި މިހާތަނަށް އަށް މީހަކު މި ބައްޔަށް ފައްސިވެއްޖެ

16:46

ރ. މީދޫން ކަރަންޓީނުގައި ހުއްޓާ ކޮވިޑް-19 އަށް ފައްސިވި މީހަކާއި ގާތުން އެއްތާވި ބަޔަކު ބައްޔަށް ފައްސިވެއްޖެ

15:25

ދިމާވާ ކުއްލި ހާލަތަކާއި ގުޅިގެން ކަމެއް ސާފު ކޮށްލަން ބޭނުންވާނަމަ ޓުވިޓާގައި ޓެގު ނުވަތަ މެސުޖު ކުރައްވުމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު އަލީ އެދިވަޑައިގެންފި.

15:18

ކޮވިޑް-19 ޖެހިގެން އިތުރު އަންހެނަކު ނިޔާވެއްޖެ

https://twitter.com/vaguthuonline/status/1400033799002476544?s=21

10:22

އިންޑިއާ ކަންބޮޑުވުމުން ކޮވިޑުގެ ވައްތަރުތަކަށް ކިޔާ ނަން ބަދަލުކޮށްފި.

10:14

މި ފަހަރުގެ ކޮވިޑް ރާޅުގައި ކުޑަކުދިންވެސް ވަރަށް ބޮޑަށް ބަލިވާންފަށައިފި - ޑރ.ފައިސަލް

09:59

ޑަބްލިއުއެޗްއޯއިން ޗައިނާގެ ސިނޮވެކް ވެކްސިން ބޭނުންކުރަން ހުއްދަދީފި.

03:56

ކޮވިޑް-19 ޖެހިގެން މިރޭ ނިޔާވި އުމުރުން 10 އަހަރުގެ އަންހެން ކުއްޖާގެ އާއިލާގެ ކިބައިން ސިއްހަތާއި ބެހޭ ވަޒީރު އަހުމަދު ނަސީމު މައާފަށް އެދިއްޖެ.

01:50

ކޮވިޑް-19 ޖެހިގެން ފަރުވާ ދެނިކޮށް ނިޔާވި ކުޑަކުއްޖާ ބަލާ އެމްބިއުލާންސް ދިޔައީ ދެގަޑިއިރު ފަހުން ކަން "ވަގުުތު"އަށް އެނގިއްޖެ

01:16

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ފުރަތަމަ ފަހަރަށް ކުޑަކުއްޖަކު ނިޔާވެއްޖެ

މިއަދަކީ ފާއިތުވި މަހެއްހާ ދުވަސް ތެރޭގައި މާލެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ހާހުން ދަށަށް ގޮސް، އަދަދުތައް މަދުވަމުން އަންނަ މަންޒަރު ފެނުނު ނަމަވެސް މިއަދު ވެސް ކޮވިޑް ޖެހިގެން އަށް މީހުން ވަނީ ނިޔާވެފައެވެ.

އެހެންކަމުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވުމަކުން އަދި ލިބޭނެ ހިތްހަމަޖެހުމެއް ނެތެވެ. ކޮވިޑުން ދިފާއުވުމަށް ކުރަން ޖެހޭ މަސައްކަތްކޮށް، ހައިރިސްކް މީހުން ބަލިން ސަލާމަތް ކުރުމަށް ކޮންމެ މީހަކުމެ ފަރުދީ ޒިންމާ އަދާކުރަން ޖެހެއެވެ.

މިއަދު 5685 މީހުން ކޮވިޑަށް ޓެސްޓް ކޮށްފައި ވެއެވެ. މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %13 މީހުންނެވެ. އެހެންކަމުން އިއްޔެ އަށްވުރެ މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ގިނަވި ނަމަވެސް ކޮށްފައިވާ ޓެސްޓް ބަލާއިރު ކޮވިޑަށް ފައްސިވި މީހުންގެ ނިސްބަތް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.

އިއްޔެ ކޮވިޑަށް ފައްސިވީ 710 މީހުންނެވެ. އެއީ އިއްޔެ ކޮވިޑަށް ޓެސްޓް ކުރި 5310 މީހުންގެ %13 އެވެ.

ހޮސްޕިޓްލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު މިއަދު ވަނީ އިތުރުވެފައެވެ. މިއަދު 208 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އިއްޔެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އައީ 204 މީހުންނަށެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގަމާރު

    އެއްގޮތަކަށްވެސް ޓެސްޓު ނުކުރީމަ. ކޮވިޑަށްފައްސި ކޭސް ނުފެންނާނެ.

  2. ކަލްމޫ

    ޢަރަބި އިންޑިޔަން ކަޑު އޮޅީގައިވާ ޖަޒީރާ ރައްތަށް ކަމުގައިވާ ދިވެރާއްޖެ ދުނިޔެއަށް ފެންނަން ފެށީ 1965 ގައި ދިވެހި ދިދަ އދ ގައި ވިހުރުވާލި ވުމާއިއެކު، ދިވެހިރާއްޖޭގެ ޖަޒީރާތަކަކީ ވެސް ވަރަށް ގިނަގުނަ ކާރިސާތަކާއި ބަލި މަޑު ކަމާއި ތަދުމަޑު ކަމާއި ވޭނާއި ކެކުޅުން ތަހަމަލް ކޮށްފައިވާ ޖަޒީރާ ޤައުމެއް، އެކިދުވަސް ވަރުގައި ސިޔާސީ އޮއިވަރު ވެސް ލައިގަނެ ފައިވާ ޤައުމެއް، އަބަދުވެސް ދުނިޔޭގެ އިސްތިއުމާރީ ބާރުތަކުންވެސް އަތްގަދަ ކުރަން ބޭނުންވާ ސަރަހައްދެއް، !

  3. އޯގާ

    އަދަދު ދައްކުރެވިދާނެސިޔަސީ ބޭނުމަށްޓަކައި ރިޒަލްޓާ މެދު އިހުމަލުވެ، އެ ފޮރުވާފައި ބަހައްޓައިގެން. އަދި ސިއްހީ އިދާރާއިން އަޅާ ނުލާތީއާއި އެމީހުން ކައިރިއަށް ގެންދިޔައިމާ އާއިލާއާ ހެޔޮއެދޭ މީހުންނަށް ވެސް ނުފެންނާތީ ހޮސްޕިޓަލަށް ނުދާނެ. ގޭގައި ވިއްޔާ އާއިލާއަސް ފެންނާނެ. ސަރުކާރުގެ އިދާރާތައް ފެއިލްވެ ބޭނުން ކެނޑިއްޖެ. މަޖްލީހުންވެސް މަސައްކަތް ކުރަނީ ހަމަ އެކަނި އެ ވެރިންގެ އަމިއްލާ ކޮންމެސް ކަންތައްތަކެއް ނުވެގެން. އެހެން ގޮތެއް ހޯދުން ހޯދުން މަޖުބޫރު ވެއްޖެ

  4. އާދަމުގެދަރި

    ހެލްތު ސެކްޓަރ ފެއިލްވެއްޖޭ ރައްޔިތުން ގޮވާތާ އެތައް ދުވަހެއް ވެއްޖެ. ކޮވިޑް ޖެހިގެން ގެއެއްގައި ހިއްޕާލާ ކަރުދާސްކޮޅު ނައްޓާލަން ސަލާންޖަހަން ޖެހިފައި، ގެއިން ނުކުންނަ ކަރުދާސްކޮޅު ހޯދަން ސަލާންޖަހަން ޖެހުނީމާ އެއޮތީ ފެންވަރު ފެންނަން. ކޮއްޓެއްގައި ހައްޔަރުވެފައި އޮތް ވިސްނުމަކުން ކަންކަންކަން ރަނގަޅުވާނެބާ. އެންމެ ފަހުން ފުރާނަތައް ދާން ފެށީމާ މާފަށް އެދިފައި އައްދިއްޔޯއް މިގޮވަނީ. އެކަމަކު ކުރިން މާބާރަށް ބޮޑެތި އިއްޒަތްތެރިން ގޮވީ އޮތީ ވަރަށް ތައްޔާރުވެފައޭ، ފްލޯޓިންގ ހޮސްޕިޓަލް އޮތީ ތައްޔާރަށޭ ކިޔައިގެން ހުވަފެން ދެއްކީ. އެ ނާނާ ހުވަފެންތައް ހިފައިގެން އަކަޔަންބޯތައް ޓީވީތަކަށް އަރައި ސަޅިބައިސާ ބުރުއްސީ.