ކޮވިޑް-19 ޖެހިގެން ރާއްޖެއިން ފުރަތަމަ ފަހަރަށް ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.

"ވަގުތު"އަށް ޢެނގިފައިވާގޮތުން ނިޔާވެފައި ވަނީ 10 އަހަރުގެ އަންހެން ކުއްޖެކެވެ.

އެނގިފައިވާގޮތުން އެ ކުއްޖާ އަކީ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ ކުއްޖެކެވެ.

އެ ކުއްޖާ ނިޔާވެފައި ވަނީ ފަރުވާދެމުން ދަނިކޮށް މިރޭ 12:10 ގައެވެ. ނިިޔާވެފައި ވަނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ކުއްޖެކެވެ.

ކޮވިޑްގައި އުމުރުން ދިހަ އަހަރުގެ ކުއްޖަކު ނިޔާވި ނަމަވެސް އަދި އެކުއްޖާގެ މަރާއި ގުޅޭ ގޮތުން އެޗްޕީއޭ އިން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ކޮވިޑްގައި ނިޔާވާ މީހުންގެ މައުލޫމާތު އެޗްޕީއޭ އިން ވަގުތުން އާއްމު ކުރަމުން ގެންދިޔަ ނަމަވެސް މިކުއްޖާ ނިޔާވިކަން ވެސް އަދި އެޗްޕީއޭ އިން އިއުލާނެއް ނުކުރެއެވެ.

މިއީ ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި 170 ވަަނަ ފަރާތެވެ. އަދި މިއީ ގާތްގަނޑަކަށް 21 ގަޑިިއިރު ތެރޭގައި ރާއްޖެއިން ކޮވިޑްގައި ނިޔާވި ނުވަ ވަނަ މީހާ އެވެ. އިއްޔެ ރާއްޖެއިން އަށް މީހަކު ވަނީ ކޮވިޑްގައި ނިޔާވެފައެވެ.

ކޮވިޑް-19 ގައި ކުޑަކުއްޖަކު ނިޔާވިއިރު ރާއްޖެ އިން ކޮވިޑަށް ފައްސިވާ ކުޑަކުދިންގެ އަދަދުވެސް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ދިހަ އަހަރުން ދަށުގެ ހަތްހާހަކަށް ވުރެ ގިނަ ކުދިންނަށް ރާއްޖެ އިން ކޮވިޑް ޖެހިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އައާނިނީޔާ

  އަދިވެސް ފަންޑުކުރިމީހާ ހޯދަން މުޅިގައުމުގެ ރީސޯސަސް ދުއްވާލާ. ހުރިހާމެންބަރުންވެސް ބިލްތައްފާސްކޮއްލަ ކޮއްލާ ތިބޭ. ރައްޔިތުން ހަނާވިޔަސް އޯކޭ ވެރިކަމުގަ ތިބެވެންޏާ

  67
  1
 2. ޢޮފްބެ

  إنا لله و إنا إليه راجعون..

  23
 3. Happy 322

  ތަފާތުކުރުމުގެ ނަތީޖާ...އާދައިގެ ރައްޔިތެއްވީމަ 2 ގަޑިއިރު... ހއި ޕްރޮފއިލް ސިޔާސީ މީޙެއްވީމަ ވަގުތުން އެޓެންޑުވެވޭ...އެވެސް އިންސާނެއް މިވެސް އިންސާނެއް.. އެވެސް ފުރާނައެެއް މިވެސް ފުރާނައެއް! 🙁

  23
  1
 4. ސޯލިހު

  އަޅުގަނޑުގެ 10 މަހުގެ ދަރިފުޅުވެސް ޕޮސިޓިވް ވީއިރު އިނީ ޓެސްޓެއް ހަދަން ބުނެފަ ޑޮކްޓަރުން. ޢެޗްޕީއޭން ބުނީ ކޮވިޑް ޓެސްޓް ހަދަައިގެންނޭ ދެވޭނީ ޓެސްޓް ހަދަން. ޢެޗްޕީއޭން ސާންޕަލް ނަގަން އާދެވުނީ 2ދުވަސް ފަހުން. ރިޕޯޓް ލަސްވެގެން ގުޅާގުޅާ 5ދުވަސް ފަހުން ބުނީ ސާމްޕަލް ގެއްލުނީޔޯ...

  14
 5. މޭޔަރު

  ޓީވީއެމުން ކޮންމެދުވަހަކު ފޮނުވާ ރިޕޯޓެއްގައި ކިޔާ ސަރުކާރުންއެޅި ހަރުދަނާ ފިޔަވަޅު ތަކުގެ ސަބަބުން ކޮވިޑް ވަނީ ކޮންޓްރޯލް ކުރެވިފައޭ.

  20
  2
 6. ޟަ

  ފުރާނަދާންހުރި ވަގުތަކު ދާނެ. ޙަމަ އެންބިއުލަންދިއުންލަސްވެސް ވެދާނެ. މީގެމާނައަކީ ސަރުކާރު ގޯސްކުރުމެއްނޫން. މާންބަފާން ކީއްވެތޯ 2 ގަޑިއިރު މަޑުކުރަންވީ އެމަޖެންސީގަ ؟

  • ވާނުވާ

   މައިން ބަފައިން ވެސް ޕޮސިޓިވްވެ ކަރަންޓީން އުސޫލާ ހިލާފް ނުވެ ތިބީ. އެންބިއުލާންސް އަންނަނީ އެހެން ސްޓޭޓަކުންތަ ގަޑި ދެގަޑިއިރު ވާން؟ އަސްލު ވީގޮތަކީ އެންބިއުލާންސް ފޮނުވަނިޔޭ ކިޔަ ކިޔަ ދޮގުހަދަން ތިބީ އެޗްޕީއޭއިން. ކަލޭ ހުރޭ ސަރުކާރަށް އަތް ޖަހަން.