ކޮވިޑް-19 ޖެހިގެން ފަރުވާ ދެނިކޮށް ނިޔާވި ކުޑަކުއްޖާ ބަލާ އެމްބިއުލާންސް ދިޔައީ ދެގަޑިއިރު ފަހުން ކަން "ވަގުުތު"އަށް އެނގިއްޖެއެވެ.

އައިޖީއެމްއެޗްގެ އެމާޖެންސީއަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ އުމުރުން 10 އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ނިޔާވެފައި ވަނީ މިރޭ 12:10 ހާއިރު އެވެ.

އާއިލާއާ ގާތް މީހަކު "ވަގުތު"އަށް މައުލޫމާތު ދެމުން ބުނީ، އެ ކުއްޖާގެ ހާލު ގޯސްވެގެން މިދިޔަ ހޯމަ ދުވަހު އާއިލާއިން އެމްބިއުލާންސަށް ގުޅި ފަހުން، އެ ކުއްޖާ ބަލާ އެމްބިއުލަންސް ދިޔައީ ދެ ގަޑިއިރާއި 25 މިނިޓު ފަހުން ކަމަށެވެ.

އެ ކުއްޖާގެ ހާލު ގޯސްވެގެން އެމްބިއުލާންސްއަށް އާއިލާގެ ފަރާތުން ގުޅާފައި ވަނީ އެ ރޭ 9:00 ގައެވެ.

އެނގިފައިވާގޮތުން އެ ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ.

އެއީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ކުއްޖެކެވެ.

ކުޑަކުއްޖެއްގެ ހާލު ސީރިއަސް ވެގެން އެމްބިއުލަންސަށް ގުޅުމުން އެމްބިއުލަންސް ދިއުމަށް އެތައް އިރެއް ހޭދަވިއިރު ގޮވިޑްގެ ބަލިމަޑުކަން ރާއްޖެ އިން ފެނުނު ފަހުން، ސިއްހީ އެހީތެރިކަން ހޯދަން އެމްބިއުލަންސަށް ގުޅުމުން ހިދުމަތް ލިބެން އެތައް އިރެއް ހޭދަވާ މައްސަލަތައް މީގެ ކުރިން ވެސް ފާހަގަ ކުރެވިފައި ވެއެވެ. އެފަދަ ބައެއް ކަންކަން މީޑިއާގެ ސަމާލުކަމަށް އައުމުން އެފަދަ މައްސަލަތައް ބަލާނެ ކަމަށް މީގެ ކުރިން ވެސް ސަރުކާރުން އެތައް ފަހަރަކު ވިދާޅުވެފައި ވެއެވެ. ނަމަވެސް އެއިން އެންމެ މައްސަލައެއްގައި ވެސް އެއްވެސް މީހަކާއިމެދު ފިޔަވަޅެއް އެޅިގެން އަދި އެނގޭކަށް ނެތެވެ.

ކުޑަކުއްޖަކަށް ފަރުވާ ދިނުން ލަސްވެ، އެންމެ ފަހުން އެކުއްޖާ ނިޔާވެފައި ވާއިރު، މިކަމުގައި އިހުމާލުވާ ފަރާތްތަކާއިމެދު ފިޔަވަޅުއަޅަން އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ާަަަްައަލީ

  ކޯލް ސެންޓަ މީހުން ކޮބާތަ؟ފޯނު ނެގީވެސް 1 ގަޑިއިރު ވިފަހުން ވިޔަ...

  62
  1
 2. ތުނިޔަ

  ހާދަ ދެރައޭ...އާއިލާއިން ޓެކްސީއެއް ހޯދަންވެސް މަސައްކަތް ކުރާނެ ޔަގީން.

  66
  2
  • މިނިސްޓަރ

   އިމަގެންސީގައި ގުޅާނީ އެމްބިއުލާންސް. އެއީ އެކަމަށް ހަދާފަ ހުންނަ އެއްޗެއް.

   20
   5
 3. ނޫރު

  މިއީ އެއްގޮތަކަށްވެސް ޤަބޫލްކުރެވޭނެ ކަމެއްނޫން. މިއީ ސިޔާސީ ކަންތަކެއްނޫން.
  ސިއްހީ ހާލަތު މުޅިން ފެއިލްވެ މިދަނީ އެކުއްޖާ އަށް ވާއެެއްޗެއްވާނެނުން 2ދެެގަޑިވާއިރު . އިމަރޖެންސީގައި އެމްބިއުލާންސްތަކާއި މީހުން ނެތް ނަމަ ރަށު ޕިކަޕްގަ ނަމަވެސް އުފުއްލަންވީ ނުން. މިވަގުވެސް ރައްޔިތުން ޖޫރިމައިނާކޮށް އާމްދަނީ ނުހޯދާ ސިފައިންނާއި ފުލުހުން މިކަންތަކަށް ނެރެ ބަލަ.

  78
  1
 4. ޒާ

  ޓިޔަހެންވެދާނާނެ. ކާފިއުގަޑިވީމާ މަގުތައް ފުރިމަ އޮތީމާ. ލަދެއްވެސް ނެތެއްނު. ނަސީދު ޖަރުމަނަށް ފުރުވަން 3 ގަޑިއިރު ކުރިން ބޮޑު ފުލީޓެއް ފޮނުވި. ނިކަމެތި ކުއްޖެއް ވީމާ ނިކަމެތި ކޮށްލީ ގަސްތުގަ.

  149
  1
  • ހުދު ހުދު

   ތެދުވަހަކައެއް. ހަމަގއިމުވެސ އެ ފްލީޓް ދިޔައީކީ ނަޝީ އަމިއްލަ ޚަރަދަކުން ނޫން..

   36
   1
 5. ޚެރަފާ

  ދެން ކޮންމެއަކަސް ދެރަ ކަމެއް. މި އައިޖީއެމްއެޗް ގެ އެމްބިއުލާންސް ކަންތައް މީ ވަރަށް ދަށުގައި އޮތް ކަމެއް. މިހާރު ގުޅާފަ ކިޔަިދޭންޖެހޭ ކާ ބޭސް ތަކަށް ދާންދެން. މ8ހޤގެ އިސްކޮޅަށް ދާންދެން.

  14
 6. ށުމަން

  މިކަމުގަ ރައްޔިތުން ހަނު ތިބެއްޖެ ނަމަ މާދަން ތިބޭފުޅުން ގެ 2ލޮލުގެ ނޫރު ފަދަ ދަރިން ނަށް ވެސް ހަމަ މި ގޮތް ވާނެ.. ނަސީމް މިހާރުން މިހާރަށަ އިސްތިއުފާ ދޭން ޖެހޭ!!

  31
 7. ހާލަތު

  މި އިމަރޖެންސީ ޙާލަތުަގައި ގައުމުގެ ސަލަމަތީ ބާރުތައް ކޮބާ؟ ަރުކަރުގެ ބޭނުން ކެނޑިއްޖެ. ސިޔސީ މީހުންކޮޅެއްގެ ކަންކަން ހަމަ ޖެއްސުމގައި އވަަދި ވެެތި ހަތިޔާރާ އެކު ސަލާމަތީ ބާރުތަކުން އަވަދިނެތި އުޅުމުގެ ބަދަލުގައި ރައްޔިތުންނަށް އެހީތެރިވާން އެބަ ޖެހޭ. އިންސާނީ ވަސީލަތުގެ އިތުރުން އެހެން ހުރިހާ ވަސީލަތެއްވެސް އޮތީ ސަލާމަތީ ބަޜުތަކުގެ ބަރުގެ ދަށުގައި

  17
 8. އަލި

  ކެނެރީގޭ ލާދީނީ މީހާގެ މައްސަލަ 2 ދުވަހުން ނިންމާލާއިފި. ކުއްވެރިން ހޯދައިފި.. އެކަމް ނިކަމެތި މީހާއަށް ނިކަމެތި ގޮތް... ކާފަރެއް ވާނީ ކާފަރަކަށް މުސްިމެއް ވާނީ މުސްލިމަކަށް... ކިތަންމެ ވަރަކަށް ދޮން ކުރިއަސް ދުނބުރިއެއް އަނބަކަށް ނުވާނެ.

  38
  2
 9. އަހުމަދު ނީޒް

  ފަރުވާ ކުޑަވެގެން ހިނގާފަވާ ކަމެއް ނަމަ އެ ކަމަށް ފިޔަވަޅު އަޅާ. އަދި މެނޭޖްމެންޓް. ޢިޝޫއެއް ނަމަ ސިޔާސީ މީހުން ބޭރު ކުރޭ.

  28
 10. ރުއް

  ތީހަމަ ސިއްހީ ދަްއިރާގަ އުޅޭ މީހުންގެ ފެންވަރު ރަނގަޅު އެކަކުވެސް ނޫޅޭނެ ރާއްޖޭގެ ހޮސްޕިޓަލެއްގަ ރައްޔިތުންގެ ލާރި އެލަވަންސް އޭ ކިޔާފަދީ އަދިވެސް ގިނައިން

  24
  2
 11. ހައްޗޭ

  ބެލެނިވެރިޔާ ނުޖެހޭނެ އެއްވެސް އުސޫލަކައްބަލާކައް ދަރިފުޅު ފުރާނަޔައް ނުރައްކާވާ ހާލަތުގަ،

  20
  2
 12. ޖަޒީރާބޯއީ

  ދިވެހިން ވާނީ ދިވެހިންނަށް އަދިވެސް އެމްޑީޕީ އާއި އެމްޑީއެން ކިޔާފަ އެމީހުންނަށް ވާގިވެރިވާން ތެޅިއަރުވާ. އެމްޑީޕީ އަށް ސަޕޯރޓްކުރާ ކޮންމެމީހެއް މިކަންކަމުގައި އިހުމާލްވާންޖެހޭނެ، އިހުމާލް ކުރުވަންޖެހޭނެ.

  15
 13. އުސްމާނުބެ

  އެހާ ސީރިޔަސް ވިއިރު ކީއްކުރަން ނުގޮސް ތިބީ، ޕޮލިހުންނައްވެސް ގުޅޭނެ ، އަދި މަގުމަތިންވެސް ގަވެސް ޑިއުޓީ ގައި އުޅޭ ފުލުހުން ނުވަތަ ސިފައިންގެެ ފަރާތުންވެސް އެހީ ލިބުނީސް........... އެންބުލަންސް ލަހުން އައުން އެއީވެސް މައްސަލައެއް އެކަމަކު މިހާ ސީރިޔަސް ވާއިރު ބަލަން ނުތިބެ ދިޔަނަމަ.
  އެއްރަށުން އަނެއް ރަށައް ދަންޔާ އިގޭ އުދަގުވާނެކަން ދާން ، އެކަމަކު މިތާގަ ނުދެވެންވި ސަބަބެއް ނޭންގެ

 14. އަލިބެއްޔާ

  އެންބިއުލަންސް އަންނަން ދެކަށް ތިބެނީ ކީއްކުރަން.. މަގު މައްޗަށް ނުކުންނަން ވީ.. 119 އަށްވެސް ގުޅަންވީ.. 118 އަށްވެސް ގުޅަންވީ.. ވާނެ އެއްޗެއް ވާނީ ފަހުން.. ދައުލަތުގެ. ހޮސްޕިޓަލެއް ހިންގާ ވެރި އެއްގެ އިހުމާލު އޮތް ކަމަށް ދައުލަތުން ނިންމާނެ ކަމަށް ވިސްނުމަކީ އަހަރުމެންގެ މޮޔަކަން..

 15. އިބިލީސް

  އަހަރެންގެ ދެލޮލުން ފެނިއްޖެ ތި އައިޖީއެމްއެޗް ކޮވިޑޭ ކިޔައިގެން ގަންނަ ގަނޑު. 20000 ތިރީސްހާހުން މިކަންތައްގަނޑު ލާރި ބައްކޮންގެން ދެއިރަށް ޓިިވިޓަރގައި ޕީޕީއީ ސޫޓް ލައިގެން ވަރުބަލިވެއްޖޭ ކިޔާމޮޅި ވާހަދައްކާއިރު ތިތަނަނށް ދާއިރު ފެންނަނީ ގްރޫޕް ގްރޫޕަށް ކޮފީބޮއެ ހީ ސަކަރާތް ޖަހާ ސެލްފީނަގަން ދުވާތަން. މީ ހަޤީގަތުގައި މިމީހުން ބުރައޭކިޔާފަ ޖަހާ ސަކަރާތް. މަގޭ ހިތަށް އެރި ބޭރުގައުމުތަކުގަްި ނަރުހުންނާއި ޑޮކްޓަރުން ހޭނެތިގެން ވެއްޓި 7 ދުވަސް ވާއިރު ނުނިދާ ތިބޭ އިރު އެމީހުން ތަޙައްމަލު ކުރި ބުރައީ ވޭނ މިމީހުން ތަޙައްމަލު ކުރަންޖެހިއްޖެއްޔާ ކޮބާ ބާއޭ މިމީހުންގެ ހާލު އޭރުން.

 16. އެމަންޖެ

  މިސަރުކާރަކީ ފެއިލް ވެފަ އޮތް ސަރުކާރެއް.

 17. އަފީ

  ފައިސާގެދަހިވެތިން ކަންކަމަކައްފަރުވާލެއްނުދޭނެ
  ކާފަމިނިސްޓަރަކައްއެއްޗެއްއިގެނީކީނޫ ތިތަންތަނައްގެންދާ
  އެއްމެން މިދުނިޔެދޫ ކޮއްއެދަނީ މިކާފަމިނިސްޓަރުގެއިހު
  މާލުން ޒިއްމާނަގަންޖެހޭ ނީއެކުއްޖާ ނުވަތައުމުރުން
  ދުވަވީމީހާގެއާއިލާ މީމިގައުމުގެހާލަތުހުރިގޮތް ކީތްކުރާނީ
  މާތްﷲއާވަކީލުކޮއްލާ ގެން މިކަމުން މިންޖުވޭތޯﷲގެ
  ހަލްރަތުގަދުވާދެއްނެވުންނޫގޮތެއްނެތް އެކުޑަކުޑަ ފުރާނަ
  ޔަތްސުވަރުގޭގެދާއިމީނިއުމަތްދެއްވާ އާއިލާއައްކެއްތެރިކަން
  މިންވަރުކުރައްވާށި އާމީން

 18. ވާނުވާ

  ދެން އެންބިއުލާންސް އަށް ބަލަން ނުތިބެ ޓެކްސީ އެއް ނަގައިގެން ގެންދިޔަނަމް

 19. ދަރި

  ކެރަފާ ނަސީމަކީ މިގައުމަށް ޓުއަރިސްޓުން ނާންނާން ގޮވާ ޖަރުމަންގެ ބާލިން ފެއަރގައި ލޭފްލެޓް ބެހި ޚާއިނެއް އަދި އިންޑިޔާގައި ހުރެ ދިވެހި ރާއްޖެ ހިފަން ގޮވި ގައްދާރެއް
  މިހާރު ކޮވިޑްގައި ގިނަ މީހުން މަރުވަނީ އަޅާނުލެވި މީނާގެ އިހުމާލުން ވަގުތުން އިސްތިއުފާ އަހަރެމެން ކެރަފާ ނަސީމް އާއި ދެކޮޅަށް ދައުވާ ކުރާ ދުވަސް އޮތީ ވަރަށް ގާތުގައި މިވަރު ވާއިރު ކޮބައިތަ ބޮޑު މުސާރަ ދީފައި ތިބޭ އެޗް އާރު ސީއެމް ގެ މީހުން
  ކޮބައިތަ ޓްރާންސް ޕޭރަންސީގެ މީހުން ނިދާފަތަ ކޮބައިތަ ކުރިން ހައްގުތަކަށް ގޮވި މީހުން

 20. އަސްވާނު

  ފަރުވާކުޑަބައެް ޖެހޭނީ އަމިއްލައަށް ސައިކަލުގަ ގެންދަން ޑރ އިޔާޒް ހެއްދެވި ގޮތަށް