ކޮވިޑް-19 ޖެހިގެން މިރޭ ނިޔާވި އުމުރުން 10 އަހަރުގެ އަންހެން ކުއްޖާގެ އާއިލާގެ ކިބައިން ސިއްހަތާއި ބެހޭ ވަޒީރު އަހުމަދު ނަސީމު މައާފަށް އެދިއްޖެ އެވެ.

ކުޅުދުއްފުއްޓަށް ނިސްބަތްވާ އެ ކުއްޖާ ނިޔާވެފައި ވަނީ މިރޭ 12:10 ހާއިރު އެވެ.

އާއިލާއާ ގާތް މީހަކު "ވަގުތު"އަށް މައުލޫމާތު ދެމުން ބުނީ، އެ ކުއްޖާގެ ހާލު ގޯސްވެގެން މިދިޔަ ހޯމަ ދުވަހު އާއިލާއިން އެމްބިއުލާންސަށް ގުޅި ފަހުން، އެ ކުއްޖާ ބަލާ އާދެވުނީ ދެ ގަޑިއިރާއި 25 މިނިޓު ފަހުން ކަމަށެވެ.

އެ ކުއްޖާގެ ހާލު ގޯސްވެގެން އެމްބިއުލާންސްއަށް އާއިލާގެ ފަރާތުން ގުޅާފައި ވަނީ އެ ރޭ 9:00 ޖެހި އިރުއެވެ.

އެ ކުއްޖާގެ އާއިލާގެ ފަރާތުން "ވަގުތު"އަށް މައުލޫމާތު ދިން މީހަކު ބުނީ، އެކަމާއި ވަޒީރު ގުޅުއްްވާފައި މާފަށް އެދިވަޑައިގެންނެވި ކަމަށެވެ.

އަދި މައްސަލަ ތަހުގީގު ކުރައްވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވި ކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހާ ބުންޏެވެ.

ކުޑަކުއްޖެއްގެ ހާލު ސީރިއަސް ވެގެން އެމްބިއުލަންސަށް ގުޅުމުން އެމްބިއުލަންސް ދިއުމަށް އެތައް އިރެއް ހޭދަވިއިރު ގޮވިޑްގެ ބަލިމަޑުކަން ރާއްޖެ އިން ފެނުނު ފަހުން، ސިއްހީ އެހީތެރިކަން ހޯދަން އެމްބިއުލަންސަށް ގުޅުމުން ހިދުމަތް ލިބެން އެތައް އިރެއް ހޭދަވާ މައްސަލަތައް މީގެ ކުރިން ވެސް ފާހަގަ ކުރެވިފައި ވެއެވެ. އެފަދަ ބައެއް ކަންކަން މީޑިއާގެ ސަމާލުކަމަށް އައުމުން އެފަދަ މައްސަލަތައް ބަލާނެ ކަމަށް މީގެ ކުރިން ވެސް ސަރުކާރުން އެތައް ފަހަރަކު ވިދާޅުވެފައި ވެއެވެ. ނަމަވެސް އެއިން އެންމެ މައްސަލައެއްގައި ވެސް އެއްވެސް މީހަކާއިމެދު ފިޔަވަޅެއް އެޅިގެން އަދި އެނގޭކަށް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

76 ކޮމެންޓް

 1. ރަޝީދު

  ކަމެއް ކުރިމަތިވީމާ މިއެގެނީ ސިއްޙީ ދާއިރާގެ ޙާލަތު ދަށަށް ގޮސްފައިވާ މިންވަރެވެ.ހަމަ އެކަނި މަޢާފަށް އެދުމަކުން ނުފުދެއެވެ.ކަމުގެ އަހުލިއްޔަތު ނެތް މީހުންނަށް ވެރިކަން ދިމާ ދާއިރާއަށް ލިބިފައިވާ ނިކަމެތިކަން މިދަނީ ފެންނަމުންނެވެ.

  187
  6
  • މިނިސްޓަރ

   ދެން އެންމެން އަތްޖަހާފަ ރީނދޫ ގަމީސް ލާބަލަ. އަދިވެސް އޮތްހާ ވޯޓެއް އަޅާލާ ތިލަފަތަށް.

   63
   4
   • ޙަސަނުލް

    ހެޔޮކޮށް ތި ބުނީ އެ ގުނބޯ ތައް ތިބޭނެ އަތް ޖަހަން އެންމެ ބާރަށް އަތް ޖަހާނީ ދީނަށް ފުރައްސާރަ ކުރީމަ

    28
    1
   • އަތްތަޅާ

    ނޫނޭ ހިންގާ ޔާމީން ދޫކޮއްލަންދެން މަގުމަތި ހަލަބޮލި ކޮއްލަންދާން ނުތާންތި...

    6
    11
  • ބޭބެ

   ކަލޭމެން އިސްތިއުފާދީފަ ރައްކާވާށޭ މިގައުމުގެ ރައްޔިތުން ބުނަމުން މިގެންދަނީ!! މަޢާފެއްނުކުރެވޭނެ ކަލޭމެންނަކަށް!! ކޮންމެފަދަ ނުބަައިނުލަފާ ކަމެއްކޮށްފަވެސް މައާފަށް އެދުމަކުން ނުނިމޭނެ!!

   52
   2
 2. މޮޔައިން

  ކުޅުދުއްފުށީ ސިޓީ ކައުންގެ މެޖޯރިޓީގެ އިތުރުން އާބާދީވެސް އމޑޕ އަށް ސޮއެކޮއްލާ އަވަހައް.

  159
  5
  • އަތްޖައްސަވާ

   ކުޅުދުއްފުށީ ހުރިހާ ރައްޔިތުން އެކީ އެކައްޗަށް ނުކުމެ އަތްޖައްސަވާފައި ސާބަސް ދެއްވާ!

   75
   1
 3. ނިޔާވުން

  މަރުވީމަށް މާފައް އެދުނީމަށް ނިމުނީކީނޫން އެކުއްޖާގެ މަރުގެ ދިޔަވެސް ދޭންޖެހޭނެއް.

  160
  9
  • އެހެންތޯ؟

   މަރުގެ ދިޔަ ދޭން ޖެހެނީ ގަސްތުގަ މަރާލީމަ ނޫންތަ! މާ ބޮޑަށް އެނގިގަނެގެން ނޫޅެބަލަ ހެޔޮ ނުވާނެ !

   19
   73
   • ވާނުވާ

    އެވެސް ބެލެވޭނީ ހަމަ ގަސްތުގަ މަރާލީކަމަށް.

   • ޙފހހ

    ގަސްތުގަ އެެއީ

 4. ފެއްސޭ

  އަވަސްވީ ގޮތަކުން މިބައިގަނޑު އަތުން ވެެރިކަން އަތުލަންވީ. މީ ދިވެހިންނަށް ހެޔޮވެރިކަން ކޮއްދޭށޭޭ ކިޔައިގެން އައިސް ލާރިކާން ތެޅޭ ބައިގަނޑެއް. އިސްތިއުފާ ދީފައި ފެއްސޭ!!

  184
  8
  • އެނޯނިމަސް

   ޔާމީނުގެ ބާވަރުގަނޑުތައްވެސް ފެއްސެންވީ ބޮޑު ބައްޔަކަށްވެއްޖެޔޭ މިކަން ހުވާ

   5
   45
  • ޢަހޫ

   ޥަގުން ދެން ވެރި ކަން ކުރަންޖެހޭނީ ހުވަފެނުގަ. ޙިޔަންޏަށް މުޑިނެގުމަކީ މޮޔަކަމެއް.

   7
   41
  • ޢަހޮމަދު

   ބޭފުޅާ މޮޔަފުޅުވީތޯ ލާރި ކޭބަޔަކު ނޭގިގެން ތިއުޅެނީ.

   39
   2
  • އަތުލުން ގަނޑު

   ކިހިނެތް ވަނީ އިސްތިއުފާ ދީފަ ފެއްސުން ގަނޑު؟

   45
   7
  • ޡުލްފާ

   ތެދެއް ތިބުނީ.ހިލޭ ޗައިނާއިން ވެކުސިން ދިނީމަވެސް އިންޑިއާ މީހުން ރުޅިއައިސްދާނެތީ ނަގާކަށް ނުކެރުނު.މިއޮތީވާ ސަރުކާރެއް.

 5. Anonymous

  ނަސިީމު މަާފައް އެދިގެން ނުފުދެޭ ކަލެޭ ިސްތިއުފަާދިީ

  43
  1
 6. ހަނި

  ކކކކކކދ ކުޑަ ކުދިންގެ ބަގިޗަ އިރުމަތީމަގްފްރާ ކާރަ ޖިޕް ކޮވިޑް ބަލިމިހުން އުފްލާން ސެ ކިޔަފާ، ބޮޑްއަގްގާ ނަގާފާއެހެރީ ކގ ކީވެ އަވަސް ހިދުމަތް ނުދެން ވެވީ އެހާވަރަށް ރުފިޔާ ހަރަދު ކުރާއިރު މިސަރު ކަރު އިސްތިއުފާ

  29
 7. Anonymous

  މި ކުއްޖާ އެޑުމިޓް ކުރީ ކުރިތާ އެއްދުވަސް ފަހުން ނިޔާވީ

  3
  15
 8. ފުދިއްޖެ

  ޙަމަމިހާރު އިސްތިއުފާ ދީ. ޝޭމް އޮން ޔޫ. އެމްޑީޕ އަށް ކުރި ތާއީދު މިހާރު ގެއްލިއްޖެ. ގައުމު ހަލާ ކުގެ ތެރެއަށް ވެއްޓި ގަރަގުވަނީ. ކާކ ކު ޒިމްމާނެގީ ؟؟

  37
  1
 9. އައްޑޫ ސިޓީ

  ތިޔައަކީ ހައިރާންވާންވީ ކަމެއްނޫން ތިޔަސޮރަކީ ނަވާރަ ދިވެހިންގެ ލޭބޯލައިގެން ހުރިސޮރެކޭ ދިވެހިންނަކަށް ހެވެއްނޭދޭނެ. ތިޔަސޮރައް ނިކަންވިސްނުންތެރިކަމާއެކު ބަލާލަބަލަ އޭނަގެހުރި ނުބައިކަން މޫނުމަތިން ފާޅުވާނެ.

  37
  3
 10. މަބޫރު

  ފަހުން ރަނގަޅުވާނޭ ހައްގުވާމިންވަރު

  16
  1
 11. އިޒަމް

  މައާފަށް އެދޭވަރުގެ ނާގާބިލުކަން އަމިއްލައަށް ގަބޫލުކުރެވުނީމަ އިސްތިއުފާވެސް ދޭންޖެހޭނެ! މީހާގެ ކަމެއްނެތްކަން ސާބިތުވެފައި ތިއޮތީ. 2.30 މިނިޓު މީ ދެންކޮންފަދަ ބޮޑު ވެލާވެރި ކަމެއްތޯ!

  27
  1
 12. މިނިސްޓަރ

  ތެދެއް އެބުނީ

  15
  1
 13. ބޮލުރޮދި

  އަދިވެސް ފެއިލްވެފަ ވާކަމަށް ޤަބޫލު ނުކުރާތި

  24
  1
 14. ޢޮފްބެ

  2 ގަޑިއިރު ވީމާ ތަންކޮޅެއްގިނައިރު ... އންބިޔުލެނސް އެޑީކޭވެސް ބަލާލެވުނު ނަމަ ރަގަޅުވީސް ޢެއްގޮތެއް ނުވީޔާ އަނެއްގޮތް ވެސް ހޯދުން ބުއްދިވެރި އެމެޖެންސީ ހާލަތުގަ!

  26
  1
 15. ޟމ

  އެންމެ ގޯސް ހާލަތަށް ތައްޔާރު ވެފަ އޮތް މިންވަރު ތިޔަ ފެނުނީ، ރައްޔިތުންނަށް އޮޅުން ފިލުވަ ދެއްވާ މި މާލޭގަ ބަލިމީހުން އުފުލުމަށް ސަރުކާރުން ތައްޔާރު ފެފައިވާ މިންވަރު، ވަގުތު ނޫހުގެ ފަރާތުން މި ސުވާލު ކޮށްލަ ދެއްވުން އެދެން
  1- ކޮވިޑްގެ ކުރިން ބަލިމީހުން އުފުލުމަށް ސަރުކާރުގެ ކެޕޭސިޓީ އަކީ ކޮބައިތޯ އާއި އަދި ކޮވިޑް ބަލީގެ މި ޙާލަތުގައި އެ ކެޕޭސިޓީ އިތުރު ކޮށްފައިވާ މިންވަރަކީ ކޮބައިތޯ

  27
 16. ހޯހޯ

  ނަސީމް އިސްތިއުފާ ދޭންޖެހޭ! މިހާރު 3 ވެސް ވެއްޖެ ކުއްޖަ ކު ކޮވިޑު ޖެހިގެން ބަހައޓާފަ ހުރިތާ އެއީވެސް އެލާޖީވާ ކުއްޖެއް އެޗްޕީއޭން މި ނޯޓް ކުރަނީ މިހެން ކިޔާލަ ކިޔާލާ 3 ފުވަސް އަދި ބޭސް ސިޓިއެއް ވަރުވެސް ނުދެވެ.މީތޯ ޒިންމާދާރު ކަމަކީ އަދިވެސް މީހުންލާފަ ބަހައްޓާ އާއިލާތަކުން ތެޅި ފޮޅެނީ ސިއްހީ ހިދުމަތް ނުލިބިގެން. ޢަމިއްލައަށް ޖެހެނީ ކޮންމެ ކަމެއް ކުރަން.ނ.މާފަށް އެދުނަސް ނުވާނެ

  20
  1
 17. Anonymous

  ކެރަފާ ނަސީމޫ އިސްތިއުފާދީ.
  ވަލިއްޔުލް އަމުރު ވެސް އިސްތިއުފާ ދޭންވީ.
  ފެއިލްވެފައި ތިޔަހުރީ. ދެކިލަބަލަ މިޤައުމުގެ ޙާލަތު
  ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަތުމަށް ތިޔަމީހުން ދުރައްދާންވީ. އަދިވެސް އިންޑިޔާ އާއި ޣައިރު މުސްލިމުން ރުއްސޭތޯ. މިސްކިތްތައް ބަންދުކޮށް. ކޮންފަދަ ކަމެއްވީ.

  24
  1
 18. ޙަމީދު

  ނަވާރަ ދިވެހިންގެ ލޭބޯލަފަހުރި މީހަކަށް ވަޒީރުކަންވެސް ދީފަ ތިހުރީ ރައްޔިތުން ލޭ އެންމެ ފަސޭހައިން ބޯލެވޭތަނުން ދުވާލަޖަށް 50 މީހުންފެ ލޭ ބޯލިއަސް ކެރަފާ ނަސީމްގެ ބަޑެއްނުފުރޭނެ

  17
 19. ޢަހޮމަދު

  ބޭފުޅާ މޮޔަފުޅުވީތޯ ލާރި ކޭބަޔަކު ނޭގިގެން ތިއުޅެނީ.

  11
  1
 20. ކަނބުލޮ

  ތަޤްދީރުގާއެކަމެއްވާންހުރިގޮތަކަށްވާނެއެވެ ހަ.ގީގަތްްދެނެވޮޑިގެންވަނީމާތްﷲއެވެ . ކެއްތެރިވެޝުކުރުކުރާށެވެ. ކުރިމަތިވާކަންތަށްތަކުންއިބުރަތްހާސިލްކުރާށެވެ.

  13
  1
 21. މަ

  ހިތާމަހުރި. ތަހުގީގު ކުރިޔަސް ދެން އެކުއްޖާ އެނބުރި ނާންނާނެ.

  38
  1
 22. ޙޔބ

  އެމްބިއުލާންސައް ގުޅާފަ އަވަސް ހިދުމަތް ބޭނުންނަމަ ތިމަންނަ އަ ކީ ރޯޔަލް ބޭފުޅެ ކޭ ބުނޭ.
  😢

  42
  2
 23. ޚ

  މަރުހޫމާ އަށް ސުވަރުގެ މިންވަރު ކޮށް ދެއްވުން އެދި ދުޢާ ކުރަން، އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން.
  ހާލަތަކީ ބަދަލު ކުރެވޭ އެއްޗެއް އެކަމަށް ވާތްގަށް އެދިގެން މަސައްކަތް ކޮށްފިނަމަ، މިކަމުގަ ޒިންމާ ރައްޔިތުން ނަގަންޖެހޭ ސަބަބަކީ ތިމާގެ އަމިއްލަ ވިސްނުން އިސްނުކޮށް ބައެއްގެ ދަޅައަށް ހެއްލި ކޮންމެ ކަމެއް ވަރިހަމަކޮށް ކަން ފަސޭހަ ކޮށްލުމުން. އަދި ވަކިން ޚާއްޞަކޮށް ކުޅުދުއްފުށީގެ ޒިންމާމިކަމުގަ ބޮޑު ތި ރަށަކީ މިގައުމުގެ ހިމާޔަތުގަ އަމިއްލަ ނަފުސު ގުރުބާން ކޮށްލި ޝަހީދު ހުސެއިން އާދަމްގެ ރަށަށް ވުމުން. އެދުވަހު ހުސެއިން އާދަމް މިޤައުމުގެ ދިފާއުގަ ހަނގުރާމަ ކުރަންޖެހުނު މީހުނަށް މިއަދު އަހަރަމެން މިތިބީ ވެރިކަންދީ ކަންކަން ނިންމުމުގެބާރުދީގެން. އެހެންވެ މިކަންކަމުން ރެކެވޭނެ މީހަކުނެތް.

  40
  4
 24. އަހުމަދު ނީޒް

  ހަމަ މިހާރުން މިހާރަށް އެ ކަން ބަލާ ފިޔަވަޅު އެޅުމަށް އަމުރު ކުރަން. ސަރު ކާރު އިސްތިއުފާ

  35
  1
 25. މޖ

  ޢެމްބިޔުލާސް އަކި ބުރިޖް މަތީ ބާރު ސްބީޑްގަ ފިނި ބުރު ޖަހަން އޮންނަ އެއްޗެއް

  27
  1
 26. ސޮއި

  އެމްބިއުލަންސް ރަނގަޅަށް ފަންކްޝަން ކުރޭތޯ ވީކްލީ ބްރީފިންގްތަކުގައި މިނިސްޓަރ ބެލިތަ؟ ނުބަލަންޏާ ވަގުތުން އިސްތިއުފާ ދީ.

  އެކަކުވެސް ހީކޮށްގެން ނުވާނެ މިނިސްޓަރު އެލެވެލްގެ ކަންކަން ބަލަން ނުޖެހޭނެއޭ.
  ބަލަންޖެހޭނެ. ގައުމުއޮތީ ސިއްހީ އެމަރޖެންސީއެއްގައި. ވީމާ އެމްބިއުލާންސް މަދުހެން ހީވަންޏާ ވަގުތީގިތުން ސަރުކާރުގެ ވެހިކަލް ތައް ބޭނުންކުރެވޭނެ ނިޒާމެއްވެސް އިނސރޖެންސީ ޕްލޭންގައި އޮންނަންވާނެ.

  45
 27. އަލިބެ

  މާފަށް އެދުނަކަސް ނުވާނެ ދޯ. އިސްތިއުފާ ދޭންވީ. މިވަރުވީމާ. އެމްބއުލަންސެއް އަންނަން 2 ގަޑިއިރު މީ ބޮޑުވަރު މިއަށް ކިޔަނީ އިހްމާލް

  34
 28. އާދަމުގެދަރި

  މިވަގުތު ރާއްޖޭގެ ޞިއްޙީ ނިޒާމު އޮތީ ފެއިލްވެފައި. އެންމެ އާދައިގެ ކަރުދާސްކޮޅެއްގައި ލިޔެފައި ގޭގެ ދޮރުގައި ހިއްޕާލާ ކަރުދާސްކޮޅު ނައްޓާލަން މިޖެހެނީ އާދޭސް ދަންނަވައިގެން ދެފައިގައި ހިފައިގެން. ދެން އެހެން ކަންކަން އޮންނާނެ މިންވަރު ހިތަށް އަރުވާލާފައި ވަޒަންކޮށްލައްވާ! މި ދަނޑިވަޅުގައި ބައެއް ރަށްރަށުގައި މީހުން އުޅެނީ ވަރަށް ދަތި އުނދަގޫ ހާލުގައި. އާސަންދަ އޮތް ނަމަވެސް ބަލިމީހާގެ ފަރުވާއަށް ބޭނުންވާ ބޭހެއް ނުލިބޭ. ޖެހެނީ ގަންނަން. ލާރިއެއް ނުހުރޭ. ސަލާންޖަހައިގެން މީހަކު ހެޔޮހިތުން ދިނިއްޔާ ނޫނީ ލިބޭނެ އެއްވެސް ގޮތެއް ނިކަމެއްޗަކަށް ނެތް. ކަނޑައަޅާފައިވާ ވަކި ތަނަކުން ނޫނީ ކޮވިޑް ޖެހޭ މީހަކަށް އާސަންދައަކުން ބޭހުގެ ފަރުވާއެއް ނުލިބޭ. އެންމެ ކުޑަމިނުން އިންހޭލާވެސް ޖެހެނީ ގަންނަން. މިހާވަރުވީމާ މި ނިޒާމު ފެއިލްވެއްޖޭ ނުބުނެ ދެން ބުނަންވީ އައްސަރިބަހާއި ސާބަހޭތޯ؟

  31
 29. Anonymous

  އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން ރައްޔިތުންނަށް ޖެއްސުންކުރަމުން ގެންދާކަށް ފާހަގަކުރެވޭ. އެގޮތުން އެޗްޕީއޭއިން ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށް އިތުރު ތަކްލީފްތައް ރައްޔިތުންނަށް ކުރިމަތުކުރުވަމުންގެންދޭ. ބާރުދީފައި ނެތްކަންކަންވެސް ބާރުގެ ބޭނުންކޮށް ރައްޔިތުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭކަންވެސް ފާހަގަކުރެވޭ. ޕާޓީ ނުވަތަ އެމީހުންނަށް ތާއީދުކުރާ ރައްޔިތުމީހާއަށް ވަކިގޮތެއް އުޞޫލުތަކާއިވެސް ޚިލާފްގޮތްތައް ހަދާކަން ފާހަގަކުރެވޭ.

  27
  1
 30. ބިސް

  މާފަށް އެދުނީ؟ ނަސީމު ގެ ބޮޑާކަމާ ކިބުރުވެރިކަން ހާމަވޭ ވެކްސިންއާބެހޭ ގޮތުން ބޭރުގެ ނޫހަކަށް ދިން އިންޓަވިއު ކިޔާލިޔަސް. ތިއެދުނު މާފުގައެއް އެއްވެސް އިޙުލާސް ތެރިކަމެއް ނުވާނެ.

  37
  1
 31. އައްޑޫ މީހާ

  ކުއްޖާގެ ފުރާނައަށް ރަހްމަތް ލައްވައި އާއިލާއަށް ކެއްތެރިކަން ދެއްވާށި އާމީން މާއާފަށް އެދުނީމަ ހުރިހާކަމެއް ފުރިހަމަވީ ދެން ތަހުގީގު ކުރާނަމޭ ބުނީމަ އެނިމުނީ ތިތަންތަނަށް ލާފަ ތިބޭ މީސްމީހުން ޒިންމާ އަދާ ނުކުރެއޭ ނިކަމެތި ރައްޔިތުމީހާ ކަމަކަށް އެދުނީމަ ޖެއްސުންކޮށް ފުރައްސާރަކުރުން ކަމަކަށް އޮންނަނީ ކޯލް ސެންޓަރުގައި ކޮންވެސް ތަނަކުން ދާމީހަކު ބަހައްޓާފައި އެމީހުންނަކަށް ވާނުވާ ނޭގޭ ތިމަންނަމެން މެސެޖް ފޯވަރޑް ކޮށްފީމޭ ހަރާމުންހަރާން ކުރާ ކަމެއް ބަލާނެ މީހަކު ހުރީކީ ނުން މިކަހަލަ ހިތާމަވެރި ކަމެއް ދިމާވީމަ ވަޒީރު ހޮހޮޅައިގައި އޮވެފަ ނިކުމެ ވީދެނީ

  24
  1
 32. ޟހވ

  ކޮން ކަމަކާ މާފަަށް ތި އެދެނީ؟؟؟ ކަލޭ ބުނީމެއްނުން އަދީ ނިސްބަތުން ރާއްޖެއިން މީހުން މަރުވިގޮތް މަދޭ!! ކޮން ހެވެއް މި މީހުން ރާއްޖެއަށް އެދޭނީ މީގެ ކުރިންވެސް އެތައް މައުސޫމް ދިވެހިން މަރާލާފަ ތިބި ބައެއް. މާތްﷲ އަދި މި މީހުންނަށް އެ ދުވަސް ދައްކަވާނެ، ދައްކަވާނދޭ އާމީން!!!!!!!

  32
  1
 33. ޖޮބޭ

  މި ކަމުގައި މަޢާފަށް އެދުމުން ނުފުދޭނެ. ޢެ ޢާއިލާ ކުރާ ހިތާމަ ކިހިނެތް ފިލާނެތަ. ހާދަ އަސަރެއް ކުރާނޭ

  41
  1
 34. އަހްމަދު

  އަދިވެސް ނާގާބިލް މީހުން ތަންތަނުގެ އިސްވެރިންނަށް ލާފައި ބަހައްޓާ! ސަރުކާރު ބަދުނާމުވަނީ މިކަހަލަ އެކްޓްވިސްޓް ނާގާބިލް މީހުންގެ ސަބަބުން!
  ދެންވެސް އުޅެބަލަ މިކަހަލަ ހިތާމަވެރި ހާދިސާތައް ވިޔަނުދޭން!

  32
 35. ނަސްރުގެދުވަސް

  މަރުވީމާ މާފަށްއެދުން ނުފުދެއި މިހާރު ދެވަނަޑޯޒު އިންޑިއާއިންނޫނީ ނުގެންނަންވެގެން ތިމަރުދެނީ ކިތަށް މީހުންއެތިބީ ވެކްސިން ނުދެވިގެން ބިރުން ފިއްކެނޑިކެނޑިޚިދުމަތްނުދެވެންޏާ އިސްތިއުފާ

  32
 36. ނަށީދު

  1ނަންބަރު ކައިރީ އެތުރި އެމްބިއުލާންސް ތައްކޮބާ؟ އެވެސް ޔާނު ހަމަޖެއްސި އެއްޗެއް ލިބުނީ ވެރިކަން ބަދަލު ވިފަހުން،
  ކަމެއް މެނޭޖް ކޮއްލަން އިނގޭ މިހަކު ނެއް.

  14
 37. ދަރަނި ދަންތުރަ

  ނަސީމު ތަފާތު ދައްކާނެ ، ކިހާތަފާތު 2.25 މިނިޓުން އެމްބިއުލާން އައީ ، ލިލީ މަގަށްވެއްޓުނު ގަސް ނެގުން ލަސްވެގެން އުޅުނު ރީނދޫ ގުރޫޕު ކޮބައިބާ ....

  16
 38. ހުވާ މިބުނީ...

  ވަރަށް ދެރަ އެވެ! އެންމްބިއުލާންސަށް ގުޅުން ރަނގަޅެވެ. އިރުކޮޅަކު އިންތިޒާރު ކުރިޔަސް 2 ގަޑިއިރު ވަންދެން މަޑުކުރީ ކީއްވެގެން ހެއްޔެވެ؟ ތިފަދަ ޙާލަތެއްގައި، 119 ނުވަތަ 118 އަށް ނަމަވެސް ގުޅައިގެން ސިފައިންގެ އެހީތެރިކަން ވެސް ލިބޭތޯ ބަލަން ވާނެއެވެ. މަގުމައްޗަށް ނިކުމެ ޢާއްމުންގެ އެހީތެރިކަން ވެސް ލިބޭތޯ ބަލަންވާނެ އެވެ. ޓެކްސީއަކަށް ގުޅި ހެއްޔެވެ؟ ހުވާ މިބުނީ، މަގޭ ގާތް މީހެއް ނޫނަސް، މަހުންނަ ތަނެއްގައި ތިފަދަ އިމަރޖެންސީ ކަމެއް ދިމާވެއްޖެނަމަ، އެމްބިއުލާންސަކަށް ނުބަލާނަމެވެ! މަގުމައްޗަށް ނިކުމެ ހޯބޯ ލަވައިގެން ނަމަވެސް ދުއްވާއެއްޗެއް ހޯދާނަމެވެ.

  11
  1
 39. ޒޫނާ އަބްދުލް ވައްޙާބު

  ކެރަފާ އިސްތިއުފާ ދޭންވީ

  20
 40. މާބޭބެ ނޭފަރު

  ޒިންމާ ނަގޭ ނިމުނީ. ވަރަށް ސަލާން

  10
  4
 41. ޔާމިން

  ކުޑަކުއްޖެއްގެ ހާލު ސީރިއަސް ވެގެން އެމްބިއުލަންސަށް ގުޅުމުން އެމްބިއުލަންސް ދިއުމަށް އެތައް އިރެއް ހޭދަވިއިރު ކަލޭއިސްތިޔުފާދޭންޖެހޭނީ

 42. Anonymous

  މިއެގެނީ ސިއްޙީ ދާއިރާގެ ޙާލަތު ދަށަށް ގޮސްފައިވާ މިންވަރެވެ.ހަމަ އެކަނި މަޢާފަށް އެދުމަކުން ނުފުދެއެވެ.ނިކަމެތިކަން މިދަނީ ހަނާވަމުން ކަލޭޖެހޭނީއިސްތިޔުފާދޭން

 43. ޢަލީ

  ތީ އާ ކަމެއްނޫން ވައިގެމަގުން ގެނެވެ ބަލި މީހުން ބަލާ އަންނައިރު ވެސް އެތައް ވަގުތެއްވެ އައުމުގަ އަދި އައިސްފަ ނައްޓާލުމުގަ އެހާ ވަގުތު ހޭދަވެ. ޢަންނައިރު ގިނަފަހަރު ބެނުންވާ ސާމާންނުގެނޭ، ގެންނަ އެއްޗެހި މަސައްކ ކަތް ނުކ ކުރާތަންވެސް އާދެ މީހެއްގެ ފުރާނަނުދާތީވެ ނޭގެނީ

 44. އުޖާލާ

  ދިވެހިންނަކީ އޯކޭ ބައެއް....
  ގައުމު ވިއްކާލިޔަސް އޯކޭ
  ސަރުކާރުގެ ނަމުގަ ގައުމުގެ ހަޒާނާ ދޮވެލިޔަސް އޯކޭ
  ރައްޔިތުމީހާ ހާލުގަ ޖެހުނަސް އޯކޭ
  އަގަޔާ އަތާދިމާނުވިޔަސް އޯކޭ
  އިސްލާމްދީން ފޮހެލުމަށް އެމްޑީޕީ ކުރާ މަސައްކަތަށްވެސް ހަމަ އޯކޭ
  ރައްޔިތުން ނުކުމެ އޯކޭ އެބަޖެހޭ ހުރިހާކަމަކަށް އޯކޭ ނޫންކަން އަންގާދޭން.

 45. އަހްމަދު

  ބޭބޭ ބޭބެމާފައްއެދެންވީކީނޫބޭބެއިސްތިއުފާދޭންވީ މަށައްވާނޭކިޔާފަ ބޯގަޅާލިއަކަސް ކަމަކުނުދާނެ މާފައްއެދުނީމައެފުރާނަސަލާމަތްވީތަ

 46. ކަރީމް

  އަހަރެން އެމްބިއުލެންސް ފޮނުވަނިއްޔޭ ބުނެގެން 5 ގަޑިއިރު މަޑުކުރިން އެންމެފަހުން އެމްބިއުލެންސް ނައިސްގެން ހުޅުމާލެ ހޮސްޕިޓަލަށް ދިޔައީ ގޭ މީހަކާއެކު ސައިކަލްގަ.އޭރު ނޭވާކުރުވެ ރަނގަޅައް ނޭވާވެސް ނާދޭ. ވަގުތުން އޮކްސިޖަންގުޅަފަ 4 ދުވަސް ބޭއްވި އޮކްސިޖަން ނުހިފަހައްޓާތީ. އެމަޖެންސީ ވާނެވަރު ވިސްނާ.

 47. ނިމުނީ

  އިސްތިއުފާ މިހާރުން މިހާރަށް ދީ. ނޫނީ މުޒާހަރާ އަށް އެންމެން ނި ކުންނަމާ؟

 48. ކުރަފި

  ކަލޭ މާފަށް އެދުނީމަ ނިމުނީއެއްނޫ މީ އިސްތިއުފާދީފަ ގޭގަ އޮވެބަލަ މީހާރުވެސް އޮންނަ ގޮތަށް.

 49. ފިޔަވަޅު

  މަށަށް ހީވަނީ މިހާރު މިވެރިންވެސް ގެއަށް ވަޑައިގަންނާވަން ވެއްޖެހެން .

 50. އެމަންޖެ

  ތިކަލަ މީހުނައް މާފް ހައްގެއްނޫން ރައްޔިތުންގެ ލާރި ކައިގެން ގައުމު ހަލާކު ކުރަމުންދަނީ މިސަރުކާރު.

 51. މަޖުލިސްމެމްބަރަށް ސީވީ

  މަޖުލިސް މެމްބަރުންނާއި ރައުސީއަށް ސީވީ ދީގެން ވަޒީފާ ދީފައި ތިބި މީހުން ތީހުސް. މި ރާއްދޭގައި މޮޅު އަދި އިނގޭ ޒުވާނުން ތިބީ ބިކަހާލުގައި.

 52. ާޒްލާ

  ކާކު ބުނީ އިބުސޯލިހަށް 2018ގަ ވެރިކަންލިބުނޭ އީސީ ޝަރީފް ބައިވެރިވެގެން ހިންގި ޖަރީމާއަކުން އިބޫ ސޯލިހު ވެރިކަމަށް އައީ 50000 ވޯޓުން ވެރިކަން ލިބޭތަ؟ވޯޓް އޮޅުވާލުމުން އިބޫ އަށް އާދެވުނީ ވެރިކަމަށް ދެން ކޮން ހޮޑެއްލަވާކަށް

 53. ޙަސަނާ

  ހެޔޮނުވާނެ މޑޕ ގަ ވެސް ވަރައްތައުލީމީ ގާބިލްޒުވާން ބޭފުޅުންއެބަތިބި އެފަަދަ ބޭފުޅުންނައްފުރުސަތުދެއްވާފަ 70ގެ އަހަރުތަކުގައޮއްސިފަހުރިމީހަކު ދުރައްޖެހިބަލަ މުޅިއޮޑީގަހަސަނުދެފައޭ ބުނާފަދައިން މިހާރު މުޅިދައުލަތުގަބަގުޑިލަމުންދާ ކެރަފާ އާއިލާގެ މުސީބާތުން މި ދިވެހިގައުމު ސަލާމަތްކުރައްވާންދޭ ތީއެއކަމެއްވެސް ދަންނަމީހެއްނޫން އިސްތިއުފާދެއްވާ..

 54. އިއްބެ

  މީ ކިހާބޮޑު ބަލާ މުސީބާތެއް މިމީހުން ވެރިކަން ދޫކޮށްފަ ބަޗާކަށް ނުވޭތަ

 55. ނަފްސު

  މިކަމުގެ ޒިންމާ ނަގާނީ ކާކު. ހާދަދެރައޭދޯ މިގައުމުގަ ކަންތައްތައް ވަމުންދާ ގޮތުން.

 56. ބަބޫ

  އިހުމާލުން ވެފަ އޮތް ކަމެއް ވިއްޔާ މާފަށް އެދިގެން އޯކޭއެއް ނުވާނެ. ފުރާނައެއް އެދިޔައީ. ޖިނާއީ ދައުވާކުރެވެން ޖެހޭނެ. ތިޔައީ އިހުމާލެއް. ވަޒީރު އިސްތިއުފާދީ އަވަހަށް.

 57. ޚިޔާލު 3

  އެމްބިއުލާންސް 30 މިނިޓަށް ވުރެ ލަސްވެއްޖެނަމަ ދެވެން އޮތް ވެ ހިކަލެއްގައި ހޮސްޕިޓަލަށް ގެންދެވުނުނަމަ ރަގަޅު އެފަދަ ހާލަތުގައި އެޗް.ޕީ. އޭ އާއި ޕޮލި ހުންގެ އަމުރަށް ތަބާވެގެން ތިބެވޭކަށް ނޯންނާނެ އެއްވެސް ހާލަތެއްގައި ދިރިހުރުމުގެ ހައްގުން މަ ހުރޫމްވާފަދަ ކަމަކަށް ހުރަހ ހެއް ނޭޅޭނެ. މިޢީ ﷲ ގެ ގަދަ އަމުރުފުޅެއްކަން މުސްލިމުން ދަންނަށްޖެ ހޭނެ.

 58. ޢެޖެންޑާ 19

  އިސްތިއުފާ ދީ އަވަހަށް

 59. ނުޖެހޭނެ

  އެމްބިއުލާން އަވަހަށް އަންނަން ޖެހޭނެ ކަމަށް ގަބޫލް ކުރަން. އެކަމަކު ހާލު އެހާ ސީރިޔަސްވީއިރު ހަމަ އެމްބިއުލާންސްއަށް މަޑުކޮށްގެން ތިބުމުގެ ބަދަލުގަ ޓެކްސީއެއް ވިޔަސް، މަގުމައްޗަށް ނިކުމެ ފުލުހުންގެ ވެހިކަލްއެއްްވިޔަސް ހޯދަން އުޅުންނަމަ ދޯ. މަނަމަ ނުހުންނާނަން އެވަރުވަންދެން އެމްބިއުލާންސަށް މަޑުކޮށްގެން. އަހަރެން އުޅެނީ ހުޅުމާލޭގަ. މަށަށް ފެނޭ އިރުއިރުކޮޅާ އެމްބިއުލާންސް ސައިރެން އަޅާފަ ދާތަން. މިހާރުގެ ހާލަތު އޮތްގޮތުން ސިއްހީ ހުރިހާ ހިދުމަތްތަކެެއް ހުރީ ނުކަތާވަރަށް އޯވަރލޯޑްވެފަ ކަންވެސް ގަބޫލްކުރަން ޖެހޭ.

 60. ޝިރޯ

  މިޤައުމު ފައިލްވެއްޖެ މިވެރިކަން ފެއިލްވެއްޖެ ނިކުމޭ ސިފައިނާއި ފުލުހުން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން ރައްޔިތުންނާއިގެން ނިކުމޭ މާރިޔާ ރައްޔިތުން ހައްޤައްޓަކައިވެސް ނިކުމޭ މޮޔައިބޫ ހިފާ ހައްޔަރުކުރޭ އިޒުރޭލު ނަސީމް ހިފާ ހައްޔަރުކުރޭ މުޅިގައުމު ނާމާންވަނީ ބަލަން ނުތިބޭ ގައުމު ނާމާންވަނީ ނުތިބޭ އަވަސްކުރޭ

 61. މުލުވަގު

  ހެލްތް މިނިސްތްރީގަ ތިބީ ވަރަށް މޮޅު ބޭފުޅުން ...މިހާރު އެތާ އިސްސަފު ބޭރނުކޮށް މިކަމެއް ރަނގަޅެއްނުކުރެވޭނެ

 62. ނޫސްކިޔާމީހާ

  ޓްރާންސިޝަނަލް ޕީރިއަޑް ގަ ސަރުކާރާއި މިނިވަން މުވައްސަސާ ތަކުން މީމިހުން އެއްކުރިހާ މައުލޫމާތު ކުރިސަރުކާރުގެ ކުށްހޯދަން ކުރިހާ މަސައްކަތް ނޫސްތަކުގަ މިހާރުވެސް ފެންނަން ހުންނާނެ. އެއިރު ދެދަޅައަށް ނޫސްކޮންފަރެންސްތައް ދީދީފަ ކިޔާ ރަނގަޅު ކުރންވީ ކަންކަން ވަރަށްސާފު ވެއްޖޭ. ވީކަމެއް ޙަރާމް. އެންމެބޮޑަށް ބޮއްސުންލާފަ އޮތީ ސިއްޙީ ދާއިރާ. ދުަވަހަކު ނުވާވަރަށް މިހާރު ބޮއްސުން ލައިފިކަން އެންމެ ނަށް އެނގޭ. ކުރީގައި ހުރި މިނިސްޓަރުގެ ކަމަކީ ބޭކާރު މަހާސިންތާތައް ބޭއްވުން. ހެޑްލައިން ނިއުސް ހެދުން. ނޫސްވެރިންނަކަށްވެސް ނުކެރޭނެ އެސެސްމެންޓެއް ހަދާލާކަށް މިމިހުން ދެއްކިހާ ޚިޔާލީ ބޮޑމަންޒަރު ކީ ކޮބައިތޯ ބަލާކަށް. މިހާރު އޮއްއެޖެންޑާއަކީ ރީނދޫ ކަލްޓް ލީޑަރު ހިމާޔަތްކޮށް އިންޑިޔާގެ އަޅުވެތިކަމުގެ ދަށަށް ދިވެހިން ގެންދިއުން.

 63. ދެރަވޭ

  މިކަމުގަ މަޖިލިސް އެމް.ޑީ.ޕީ މެމްބަރުންގެ އިހުވާލު ވަރަށް ބޮޑު. ކޮވިޑްއަކީ އާދައިގެ ރޯގާއެކޭ ކިޔާ، އެޗް.ޕީއޭ އަށް ކަންކަން ކުރަން މަޖުބޫރު ކިރުވީ. މިނިސްޓަރ ނަސީމު ވެސް ހުންނަވަނީ ކުޑަކަކޫ ޖައްސަވައިގެންނޭ ބުންޏަކަސް ދޮގަކަށް ނުވާނެ. އެއްވެސް ބާރެއް ނެތް ކަންކަން ކުރާކަށް. ހުރިހާވެސް ބާރެއް އޮތީ މަޖިލީހުގަ. އާއިލާއަށް ކެތްތެރިކަން ދެއްވާށި. އެކުޑަކުޑަ ފުރާނައަށް ޖަންނަތު މިންވަރު ކޮށްދެއްވާށި. امین