ހދ ހަނިމާދޫ ސިއްހީ މަރުކަޒުން، އެއަތޮޅު ކުޅުދުއްފުއްޓަށް ފޮނުވި މާބަނޑު އަންހެނަކު ލޯންޗުތެރޭގައި ވިހައިފި އެވެ.
އަންހެން މީހާ ވިހެއީ މިއަދު ހެނދުނު 07:10 ކަންހާއިރުއެވެ. ކުޅުދުއްފުށީގެ ޚަބަރުތައް ގެނެސްދޭ "ކޭއޯ" ގައި ބުނެފައި ވަނީ އަންހެން މީހާ އާއި ތުއްތު ކުއްޖާގެ ހާލު ވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެނޫހަށް މައުލޫމާތު ދިން މީހަކު ބުނީ ހަނިމާދޫ ސިއްހީ މަރުކަޒުން ކުޅުދުއްފުއްޓަށް ފޮނުވި މީހެއް ކަމަށާއި ވިހެއީ ލޯންޗު ކުޅުދުއްފުށީ ފަޅުތެރޭގައި އޮއްވާ ކަމަށެވެ. ސީކްއީން-03 ނަމަކަށް ކިޔާ ލޯންޗު ކުޅުދުއްފުއްޓަށް އައިރު އެމްބިއުލާސް ބަނދަރުމަތީގައި ތައްޔާރަށް އޮތެވެ.
އެ މީހާ ވިހެއިރު ހަނިމާދޫ ސިއްހީ މަރުކަޒުގެ ދެ ސިއްހީ އެހީތެރިޔަކު ލޯންޗުގައި ތިއްބެވެ. ވިހެއީ އެމީހުންގެ އެހީތެރިކަމާއިއެކުއެވެ.
އެ މީހާ ވިހެއީ ކޮން ކަހަލަ ކުއްޖެއްކަމެއް އަދި އެ އަންހެން މީހާގެ އުމުރު ވަނީ ސާފުނުވެފަ އެވެ. އެމްބިއުލާސްއަށް ލައިގެން ގެންދިޔައިރު ދެ މައިންގެ ހާލުވެސް ރަނގަޅު ކަމަށްވެސް މައުލޫމާތުލިބެ އެވެ.
މިކަމާއި ގުޅިގެން ހޮސްޕިޓަލްގެ ބަހެއް އަދި ނުލިބެއެވެ.
މުޅިނިޒާމު ފެއިލް ވެއްޖެ. ހެލްތު މިނިސްޓަރު އިސްތިއުފާދީ މިކަން އިގޭ ވަރު ގައިގަ ވަރުހުރި ތައުލީމީ ބޭފުޅަކާ ހަވާލު ކުރަންވީނު.
އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއެވެ ކެރަފާނަސީމު ލެލްތުމިނިސްޓަރަކައްހުރެ ދިވެހިރައްޔިތުން ސިއްހީގޮތުން ނިކަމެތިކޮއްފިއެވެ.ވީމާ އޭނާއެމަގާމުންދުރުކޮއް މޑޕ ގެ ގާބިލްޒުވަން ހިންގުންތެރި ބޭފުޅަކައް މަގާމުދެއްވާށެވެ މޑޕ އަކީވަރައްގިނަތައުލީމީ ޒުވާންމެމްބަރުންގިނަޕާޓި އެކެވެ. ކެރަފާއާއިލާބެލެހެއްޓުމަކީ ލާޒިމުކަމެއްނޫނޭވެ.