ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދު ހެނދުނު ބާއްވަން ނިންމައިފިއެވެ.

އަދާލަތު ޕާޓީގެ ތަރުޖަމަނާ އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު މި ކަން ކަށަވަރު ކޮށްދެއްވަމުން ވިދާޅުވީ އެ ބައްދަލުވުން ތާވަލުކޮށްފައި ވަނީ ހެނދުނު 9:00 ޖަހާއިރަށް ކަމަށެވެ.

ކުއްލި ބައްދަލުވުމަކަށް ވާތީ އެޖެންޑާއެއް ނެތް ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ.

މި ކުއްލި ބައްދަލުވުން ތާވަލުކޮށްފައި މި ވަނީ، އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅައެއްގައެވެ.

އަލީ ނަޒީރު ވެސް ވިދާޅުވީ ބައްދަލުވުމުގެ ވަކި އެޖެންޑާއެއް ނެތް ނަމަވެސް މިފަދަ ބިލަކާ ގުޅިގެން އާންމުންގެ ވެސް ގިނަ ކަންބޮޑުވުންތަކެއް އޮތުމުން، އެ ބިލާ ގުޅޭ ގޮތުން މަޝްވަރާ މަޖިލީހުގައި މަޝްވަރާ ކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެެވެއެވެ.

"ކުއްލި ބައްދަލުވުމަކަށް ވާތީވެ އޭގެ އެޖެންޑާއެއް ނެތް ފޮނުވާފައެއް، އެހެންވިޔަސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަ ބިލަށް ވަރަށް ކަންބޮޑުވުން އޮތުމުން އެ ކަމަށް އަލި އަލުވާލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ،" ނަޒީރު ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމާފައިވާއިރު، އެ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެފައިވަނީ މި ބިލުގައި ދީނާ ޚިލާފު އެއްވެސް ކަމެއް ހިމެނިފައިވޭތޯ ދިރާސާ ކުރުމަށް ފަތުވާ މަޖިލީހަށް އެ ބިލު ފޮނުވާފައިވާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ފޮނުވި އެ ބިލާ ގުޅިގެން، އޭގައި ލާދީނިއްޔަތު ފެތުރުމުގެ ޖާގަ އޮތް ކަމުގައި ދެކި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ބިލަށް ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވެފައިވާއިރު، ހިސާނާއި ބިލުގެ ދިފާއުގައި ވެސް އެމްޑީޕީގެ ސަޕޯޓަރުން ނުކުމެ މީސްމީޑިއާގައި ދަނީ އަޑުއުފުލަމުންނެވެ. ހިސާނަށް އެކި އިންޒާރުތައް އަންނާތީވެ އޭނާއަށް އެމްއެންޑީއެފުން ސެކުއިރިޓީ ދޭން ވެސް ވަނީ ފަށައިފައެވެ.

ބިލު މިހާރު މި އޮތް ގޮތަށް ފާސްކުރަން އެމްޑީޕީގެ ބައެއް މެންބަރުން ވެސް ދެކޮޅެވެ. ބިލަށް ތާއީދު ކުރައްވަން ދަތި ކަމަށް ވިދާޅުވެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވާހަކަ ދެއްކެވިއިރު، ދުވާފަރު ދާއިރާގެ މެންބަރު އަހްމަދު އިސްމާއީލް (އިއްސެ) ވެސް ވަނީ ދީނަށް ފުރައްސާރަ ކުރުން އާންމު ކަމަކަށް ނުހެދޭނެ ކަމަށް ވިދާޅުވެ ފޭސްބުކްގައި ޕޯސްޓެއް ކުރައްވައިފައެވެ. އެކަމަކު ބިލަށް ތާއީދު ނުކުރައްވާ ކަމަށް އިއްސެ ސީދާ ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ރަދީފް

  ދިވެހިރައްޔިތަކު މީހުންނާ ދިމާލަށް ކާފަރެކޭ ކިޔާފަވާނަމަ އެހެން އެންމެ ގިނައިން ގޮވި މީހަކަށް ވާނޭ އިމްރާން.ފުރަތަމަ މީނަ ހިފާ ހައްޔަރުކުރޭ.

  21
  1
 2. ނަޝީދު

  އޭ ދިވެހި ރައްޔިތުންނޭ ކަލޭމެން ހޭއަރާކައް ނުވޭތަ މި އިސްލާމީ މުޖްތަމައު ހަލާކުގެތެރެއަށް ވެއްޓިގެންދާއިރު އަދިވެސް މަޖާވެފަ އަތްޖަހަން ތިބެންވީތަ ސަރުކާރު ލިބި މަޖްލިސް މެޖޯރިޓީ އެމް ޑީ ޕީ ކަހަލަ ލާދީނިއްޔަތަށް ލޯބިކުރާ ބަޔަކަށް ދިނީމަ ވާނެއެތި މިހާރު ތިފެންނަނީ ރައްޔިތުން މަގުތަކަށް ނިކުމެ މިކަމުގައި އަޑު އުފުލަން ޖެހޭ.........

  29
  • ކޮވިޑް

   ނަޝީދު ދިވެހި ރައްޔިތުންނޭ ވިދާލުނުނޭ މިސަރުކާރަކީ ވޯޓުން ވައްކަން ކޮށްގެން އައި ސަރުކާރެއް ރައްޔިތުންގެ ވޯތަކުން އައި ސަރުކާރެއްނޫން މީ. މީދެ ޒިންމާ އިސީ ޝަރީފް ނަގަން ޖެހޭ އިންޝާ ﷲ އެދުވަސް އަދި އަންނާނެ. މަގުތަކަށް ނުކުމެ އަޑުއުފުލަން ވީ ހަމަ މިހާރު މި ޤައުމު ހައްދު ފަހަނާ އަޅާ ގޮސްފި.

 3. ގައުމިއްޔަތު

  މި އަންނި ގެ އައުވާނުންނަށް މި ނޫން ސަކަރާތެއް އެބަ ޖެހޭތަ އަޅެ، އެހެންޏާ މިއުޅެނީ ބޮޑު ޕެންޑަމިކެއްގަ އެންމެން ހާސްކަންމަތީ ހަދާނެ ގޮތްހުސްވެގެން އެކަމަކު ވެސް ނޭވާއެއްލެވޭފަހަރަކުވިއްޏާ ދީނައްއުޅޭމީހުންނަށް ކޮންމެސް ފުރައްސާރައެއް އެބަކޮއްލައި

 4. އުގުރި

  އަދާލަތު ގެ ވާހަކަ ދެއްކިޔަސް ތީކީ ވަކިރަގަޅު ބަޔެއްނޫ ތި މީހުން ތިބެ ވަކި ވީ މޮޅެއް ނެއް އެ މްޑީއެ މް
  މައްސަލަ ވެސް ބޭލީ މަ އެގޭނެ . މިސާލަކަށް މީ ޔާ މީން ވެރިކަން ނަ މަ މިއި މުރާނު ގެއަށްވެސް ނުވަނީސް..

 5. އަލީ

  މިސަރުކާރުން ކުރާ ކޮންމެކަމެއްގަވެސް ކޮއެލިޝަންގައި ތިބި މީހުންގެ ޒިއްމާ އޮންނާނެކަން ހަދާން ކުރޭ. ހަޑިވެފައިވާ ފާހާނާއެއް ސާފުކުރެވޭނީ ފިހިގަނޑު ހިފައިގެން އެތެރަށް ވަދެގެންނޭ ބުނި މީހުން މަށަށް ހީވަނީ މިއަދު ތިބީ ފާހާނާތެރޭގަ ނިދިފަހެން. ނަޖިހަކަށްފަހު ނަޖިހެއް އެޅެމުންދާއިރު އެމީހުންނަކަށް މިހާރު ވަސްވެސް ދުވާކަމަކަށް ނުވޭ. މިއީ ބޮޑުވަރު.

 6. ޢަޒު

  ސަރުކާރު ބެނުންވާ ހުރިހާ ކަމެއް ކޮށްދީ ހިރިހަ ވަލުޢީ ގާނޫނުތަކަށް ކަލޭމެން އަދާލަތު ޕާޓީން ތާއިދު ކޮށްް މަގާމު ދިފާޢު ކޮށް ކޮށް ތިބޭ ސުވާލު ވެވޭނީ ވަކިބަޔަކާތަ؟

 7. Anonymous

  ފަލަސްތީނުގެ މައުސޫމު ރައްޔިތުން އިޒްރޭލު ސިފައިން ނަތަންޔާހޫގެ އެންގުމަށް މަރަމުންދާތީ، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫވެސް ކަންބޮޑުވުމުގެ މިހަކަލަ ބައްދަލުވުން ބާއްވާނެ.

 8. އަޙްމަދް

  ޤައުމު ފަނާކުރާފިކުރު އެމްޑީޕީ ފިކުރު.

 9. ލލ

  މީ ރައްޔިތުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފައްދަން ހަދާ ޤާނޫނުތަށް، މިހާރު ހެދިފަ ހުރި ޤާނޫނު ތެރެއިންވެސް ބޭނުން ކަމެއް އެބަކުރެވޭ !