ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ދިރިއުޅުއްވާ ރިޔާސީގަނޑުވަރު މުލީއާގޭގެ ގޭޓް ގޮއްވާލާނެ ކަމުގެ އިންޒާރު ލިބުމުން ރިޔާސީގަނޑުވަރުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށް "ރާއްޖެޓީވީ" އިން ރިޕޯޓް ކޮށްފިއެވެ.

އެޗެނަލް އިން އި ބުނީ މުލިއާގޭގެ ގޭޓް ގޮއްވާލާނެކަމުގެ އިންޒާރު މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ލިބިފައިވާ ކަމަށާއި، އެމައުލޫމާތު ލިބުމާއެކު މުލިއާގޭގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިކަމާއި ގުޅިގެން އަދި ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް ނުލިބެއެވެ.

މުލީއާގެއަކީ ރިޔާސީގަނޑުވަރު ކަމަށްވާތީ އަބަދުވެސް ސިފައިން ހަތިޔާރާއިއެކު އެގަނޑުވަރުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދެއެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށްފަހު އިތުރަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ސިފައިން އިތުރު ހަތިޔާރާއިއެކު ސަލާމަތީ ފިޔަވަޅުތައް ބަލަހައްޓަން މުލީއާގޭގެ ބޭރުގައި ވެސް ތިބޭ މަންޒަރު ފެނެއެވެ.

ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން މުޅި ރާއްޖޭގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

ނަޝީދަށް ދިން ހަމަލާއަށް ފަހު ނިރުބަވެރި ހަމަލާތަކުގައި ކުރިން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި، ދީނީ ހަރުކަށި ފިކުރު ގެންގުޅޭ އެތައް ބަޔަކު ހައްޔަރު ކޮށްފައި ވެއެވެ.

ރައްޔިތުންގެ މަޖިލިސް ކުރާގެ ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މީހަކު ވެސް ރޭ ހައްޔަރު ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. .....

  ގަހަކުން ފަތެއް ހެލިލިޔަސް ބިރުން އުޅޭހެން ހީވަނީ...ދޮރު ނައްޓާފަ އެބަޔަކަށްދީފަ ބުނެބަލަ ފަޅު ރަށަކަށް ގެންގޮސް ގޮއްވާލާށޭ....

  14
  1
 2. ކޮވިޑް

  ރާއްޖެ ޓީވީ ތީ މި ސަރުކާރުގެ ރަސްމީ އިދާރާ އެކޭ. މިހާރު އިންޓަލް މައުލޫމާތު ރާއްޖެ ޓީވީ އަށް ދަނީ ތޯއްޗެއް.

  17
  1
 3. އެމަންޖެ

  އެހެންބުނިމީހާ ހައްޔަރެއް ނުކުރެވޭތަ އަދި ، މިސަރުކާރައް އޮންނާނީ ރައްޔިތުން ލޮލުގަ އަނދުން އެޅުވުން ކޮންމެވެސް މޮޅު ޑުރާމާއެއް ކުޅުން.

  18
  1
  • ޑޫރާމާ ގެރި

   ބުއްޅަޔާ ގެރި ސަރުކާރުން ކޮންފަދަ ފިލްމުތަކެއްބާ މިކުޅެނީ މިސްކިތްތައް ބަންދުކޮއްގެން

 4. ޢަޒު

  މުލިއާގެ ގޮއްވުމުމުގެ އެއްވެސް ބޭނުމެއް ނޯންނާނެ މައްސަލައަކީ މުލިއާގެއެއް ނޫނޭ މައްސަލައަކީ އިސްލާމްދީނަށް ޙަރާމްކޯރުވަ މުނާފިގް ވެރިން މިއެންމެންނަށް ހެޔޮބުއްދި ދެއްވާ މިބައިމީހުން ﷲ ގެމަގަށް ރުޖޫޢަ ކޮއްދެއްވާނދޭއެވެ.

  17
  1
 5. ދޮންބުޅާ

  މުލިއާގެ ސެކިޔުރިޓީގަ އިންޑިޔާގެ ޓެކްނީޝަނުންވެސް ތިބެޔޯ ކިޔާ...އެއުޅޭ ސަންޖޭ މުނީރެއްވެސް ދެއިރު ދެދަޅަޔަށް ވަދެއޮންނަނީ މުލިއާގޭގަޔޯ..އިބޫ ގެންގުޅޭ ބުޅާތަކާކުޅެން...

  15
 6. ވިސްނާލުމަށް އެދެމޭ

  އައްޑޫގަ ކޮންސިއުލޭޓް އޮފީސް ހުޅުވަން ދިވެ ހިން ދެކޮޅު....އިންޑިޔާ ސިފައިން ރާއްޖޭގަތިބުމާވެސް ދެކޮޅު...އެމީ ހުން ފޮނުވާލާ..އިންޑިޔާ މިލިޓަރީ އައުޓް.،

  19
  1
 7. ސީނު

  މިގައުމުގަ ވަކި މީހެއްގެ ފުރާނަ މާއަގުބޮޑު ވެގެން އުޅޭ މަންޒަރު މި ފެންނަނީ. ކޯވިޑްގައި އިމަޖެންސީވެގެން އެމްބިއުލާންސަށް ނާދެވޭނަމަ ސަލާމަތީބާރުތަކުން އެކަން ނުކުރަންވީކީއްވެ

  41
  2
 8. ކަންކަށި

  މުލިއާގެ ގޮއްވާލަން އިންޒާރުދޭނީ ރައީސް ޞޯލިހާ ދެކޮޅަށް ހޭޓްސްޕީޗް އުފައްދާ ސިފައިންނާ ފުލުހުންގެ އަގުވައްޓާލަން ހުއްޓާނުލާމަސައްކަތްކޮށް ސަލާމަތީބާރުތަކުގެ އިތުބާރު ކަނޑުވާލަން މަސައްކަތްކުރާ ބަޔަކު ހަރުކަށީގެ ޓެގު އަޅުވައިގެން ސޭފް ސައިޑްގައި ތިބެގެން ކަމަށް ބެލުމުގެ ޗާންސް ނިކަން ބޮޑު.

  6
  2
 9. ނުރަބޯ

  މި ހުރިހާ މައްސަލައަކީ ވަގެއް ގެއަށް ބަދަލުކުރިފަ ހުން ވީކަންކަން. ޔާމިނު ޖަލަށް ބަދަލުކުރޭ

  3
  21
  • ކޮވިޑް

   ބަލަ ނުރަޖެހީ ރީއްޗަކަށްތަ؟ ހޭބަލިވެގެން ވަނުނާގަ ތިހުރީ؟ ރޔ ބަދަލު ކޮށްބަލަ ޖަލަށް ހަމަ ހިތްވަރައެކު ހުންނަވާނެ ޖަލުގަވެސް.މައިބަދަ ނުގުޑާނެ ހޭނުނެތޭނެ ﷲ ރަހުމަތް މިންވަރު ކުރައްވާށި، ކަމެއްވާއިރަށް ރޔ ، ކުރީސަރުކާރު ، މިދެން މި ރީންދޫ ވަކަރުގޭ ބައިގަންޑުގެ ސަހާދަތައްވެޖެއްނު، ކަލޭ ދޭ ބޯހުދު ކުރަން، ރޔ ނުބެހި.

 10. ސެންޗޯ

  އަހަރެން ބުނެލަން އޮތީ ގޮށްވާ ލައިގެން އެކަން ކުރި ބަޔަކު ހޯދާ ގޮށްވާ ލައްޗޭ އޭރުން ތިކަހަލަ ކަންތައްތައް ހުއްޓުވޭނީ

 11. ހ މ ޒ

  އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ ރައީސް އިބްރާހިމް މުހައްމަދު ސޯލި އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  5
  1
 12. Anonymous

  ބަޔަކު ބިރުންވެސް އެބަތެޅޭ.

 13. Anonymous

  ގުޅާލީމަ އެމްބިއުލަންސެއް ނުފޮނެވޭނެ ބަޔަކަށް ތި ވަރު ގުރުބާނީ އެއް ސިފައިން ވެސް ވާނެ ކަމެއްނެތް ސޯލިހު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ..

 14. ރާއްޖެތެރެމީހާ

  އަންނި ބުނީ ތިއެނމެދޮގުހަދާ ދޭތެރެޖައްސާޓީވީއޭދޯ