ކޮވިޑް-19 ގައި ރޭ ނިޔާވި އުމުރުން 10 އަހަރުގެ އަންހެން ކުއްޖާ ބަލާ އެމްބިއުލެންސް ފޮނުވުން ލަސްވި މައްސަލަ ހެލްތު މިނިސްޓްރީން ތަހުގީގު ކުރަން ފަށައިފިއެވެ.

ރޭ މެންދަމު، އައިޖީއެމްއެޗް އެމެޖެންސީ ރޫމްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ ފާތުމަތު މިޝްކާ މުހައްމަދު 10، އެވެ. ކޮވިޑް-19 އަށް ފައްސިވެ ހޯމް ކަރަންޓީނުގައި ހުރި މިޝްކާ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސް ގުޅުމުން ވެހިކަލް ގޮސްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ އެމްބިއުލާންސަށް ގުޅިތާ ދެ ގަޑިއިރާ 25 މިނިޓް ފަހުންނެވެ. އެ ކުއްޖާ ނިޔާވީ ރޭ 12:10 ހާއިރުއެވެ. މިޝްކާ އަކީ ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި އުމުރުން އެންމެ ހަގު ކުއްޖާއެވެ.

މިޝްކާގެ ޖަނާޒާގެ ވެސް ފަހުން ހެލްތް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އެމްބިއުލާންސް ޑިޕްލޯއި ކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް މިނިސްޓްރީން އަދި ނުދެއެވެ.

އެކަމާއި ގުޅިގެން އެޗްއާރްސީއެމުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ، ބަލީ މީހާއަށް ލިބެންޖެހޭ ހިދުމަތް އަވަސް މިނެއްގައި ފޯރުކޮށް ނުދެވި ފުރާނައެއް ވަކިވެ ދިޔުމުން އެކަން ކުށްވެރިކުރާ ކަަމަށެވެ.

ކުޑަކުއްޖެއްގެ ހާލު ސީރިއަސް ވެގެން އެމްބިއުލަންސަށް ގުޅުމުން އެމްބިއުލަންސް ދިއުމަށް އެތައް އިރެއް ހޭދަވިއިރު ކޮވިޑްގެ ބަލިމަޑުކަން ރާއްޖެ އިން ފެނުނު ފަހުން، ސިއްހީ އެހީތެރިކަން ހޯދަން އެމްބިއުލަންސަށް ގުޅުމުން ހިދުމަތް ލިބެން އެތައް އިރެއް ހޭދަވާ މައްސަލަތައް މީގެ ކުރިން ވެސް ފާހަގަ ކުރެވިފައި ވެއެވެ.

އެފަދަ ބައެއް ކަންކަން މީޑިއާގެ ސަމާލުކަމަށް އައުމުން އެފަދަ މައްސަލަތައް ބަލާނެ ކަމަށް މީގެ ކުރިން ވެސް ސަރުކާރުން އެތައް ފަހަރަކު ވިދާޅުވެފައި ވެއެވެ. ނަމަވެސް އެއްވެސް މައްސަލައެއްގައި މީހަކާއިމެދު ފިޔަވަޅެއް އެޅިފައިނުވާއިރު، ސަރުކާރަށް މި ކަންތައްތަކުގައި ގެންގުޅެނީ ދޯހަޅި ސިޔާސަތުތަކެއް ކަމަށްބުނެ އެތައް ބަޔަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ދައުލަތުން ސިއްހީ ދާއިރާއަށް އެތަކެއް ހަރަދުތަކެއް ކުރަމުންދާއިރު އެންމެ އެކަށީގެންވާ ވަރަށް ނަތީޖާއެއް ނުނެރެވެއެވެ. ސިއްހީ މާހިރުން ދޭ ލަފާވެސް ސަރުކާރުން އެންމެ ރަނގަޅަށް ބަލައިނުގަންނަ ކަމަށްބުނެވެސް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

އެ ހުރިހާ ކަމެއް މިހެެން އޮތަސް ކޮވިޑް މެނޭޖް ކުރުމުގައި ރާއްޖެ ފެއިލްވި ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. Anonymous

    މިއުސޫލް އެބައިގެން ޖެހޭ.

    36
  2. ޞިއްދީޤް

    ތިޔައީ މުޅިންވެސް ރިވިއު ކުރާ ބައެއްއް. ކޮބާ މީގެ މަހެއް ކުރިން އައްޑޫ އެއިމްސް އިން ޑޯޒް މަތިކޮށް ބޭސްދީގެން އޯގަނސް ތައް ފެއިލްވެގެން ނިޔާވި މީހާގެ ގެ ރިވިއު؟ ރިވިއު ރިވިއު ކުރަން އެބަޖެހޭ ނޫންތޯ؟

    49
    1
  3. ޙހހހ

    އެއްއާރުސީއެމްއިން ކުށްވެރިކޮށްލީމަ މިމަހުގެ މުސާރަ ތިޔަ މީހުންނަށް ހައްޤުވީތޯ ، ހަމައެކަނި ރިބާ އެއްނޫން ނަރަކާގެ ދަރަކީ

    37
    3
  4. ޢާލިމް

    ޚިދުމަތް ލިބިގަންނަން ތިބޭ ފަރާތްތަކަށް އެނގެންޖެހޭ އެއްޗެއް ނޫންބާ ތި ވިދާޅުވާ އުސޫލުތަކަކީ؟

    31
  5. ރުއް

    އެ އުސޫލަކީ އެމީހުންގެ ތިމާގެ މީހުންނަށް އިސްކަންދިނުން ، ވިއްސާރަ ދުވަހު ހޮސްޕިޓަލްގަ އުޅޭ މީހުން ގެއަށްލާން ދިއުން

    37
    1
  6. ނިކަމެތި ކުއްޖާ

    ތީ އަބަދުވެސް ރާއްޖޭގަ ކަން ހިނގާ ގޮތް. ތިކަހަލަ ހިތާމަވެރި ހާދިސާއެއް ހިނގީމަ ދެން އުޅެނީ ހައްލު ހޯދަން. މާތް ﷲ އެ ލޯބި ލޯބި ކުއްޖާގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވާށި. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން 😢

    43
    1
  7. ނާއްޓެ

    ސޯލިހް އިސްތިއުފާ ދީފަ ގެއަށް ދޭ ތިޔަހުރީ ފެއިލުވެެފަ ކަލޭ ކުރާ ވެރިކަމެއް ބަލައެއްނުގަންނަން

    50
    6
  8. ޖުލައި

    ބަލަ ،ކޮން އުސޫލެކޭތަ ތި ކިޔަނީ. މީހަކު ބަލި ހާލު ބޮޑުވެގެން ގުޅީމަ އެވީ އަވަހަށް އެތަނަކަށް އެމްބިޔުލެންސް ފޮނުވާކަށް ނޫންތަ ، އަދި އަމުދުން އެއްވެސް ކަމެއްގައި ހުއްދަނެތި ބޭރަށް ނުކުތުން މަނާކޮށް ކާފިއު ހިންގާފަ އޮންނަ އިރު. ކެރަފާ ނަސީމު މަގާމުން ވަކިކުރަން ޖެހޭ.

    38
    1
  9. ކަލޭފާނު

    އެކަމާއި ގުޅިގެން އެޗްއާރްސީއެމުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ، ބަލީ މީހާއަށް ލިބެންޖެހޭ ހިދުމަތް އަވަސް މިނެއްގައި ފޯރުކޮށް ނުދެވި ފުރާނައެއް ވަކިވެ ދިޔުމުން އެކަން ކުށްވެރިކުރާ ކަަމަށެވެ.
    ދެން ތި ނިމުނީ ދޯ ކަލޭމެން ގަދަ މިހާރު މުސާރަ ޖަމާވެފަ ހުންނާނެ އަވަހަށް އޭގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާ

    20
  10. ބުނަން

    އެއްވެސް މީހެއް ދެން ތި އެންބިއުލަންސްތަކަށް މަޑުކުރާނެކަމެއް ނެތް ސައިކަލްތަކަށް ލައިގެންވެސް ދާންވީ. ޕޮޒިޓިވިޔަސް ބަލާނެކަމެއް ނެތް

    48
    1
    • މަގޭގޮތް

      މަށެއްމުކުރާނަން މަޑެއް.. ކޮން ކާފިއުއެއް... ދަރިފުޅުގެ ފުރާނަވިއްޔަ...

      22
  11. Anonymous

    ސޯލިހް އިސްތިއުފާ ދީފަ ގެއަށް ދޭ

    މީވާ ހިތްދަތި ވެރިކަމެއް 😢މާތްކަލާކޯ މި ބަލާވެރިކަމުން އަޅަމެން ސަލާމަތް ކޮށްދެއްވާންދޭ😭😭😭😭

    43
    5
    • އިއްބެ

      އަދިވެސް ވޯޓްދޭތި އެމްޑީޕީއަށް

      10
  12. ދެރަ

    ގޯސްމިވީ ގަވައިދު! އަލަށްތޯ އެމްބިއުލާންސްގެ ދަތުރެއް ކުރަން ޖެހުނީ؟

    12
  13. ބައު

    ޢެއްވެސް ކުށެއްނެތް ފުރާނައެއް ގެއްލުނީމަތޯ ފިޔަވަޅު އަޅަން އެިނގެނީ؟
    މީ މަރަކުން ނޫނީ ރަނގަޅު ވާން ހުރި ކަންތައްތައް ކަމަށް ވާނަމަ ކިތައް ފުރާނަތޯ ޤުރުބާންވީ؟
    ދެރަކަމަކީ ފުރާނައެއް ގެއްލި ކަމެއް ރަނގަޅުވަނީ ކުޑަދުވަސް ކޮޅަކަށް!!

  14. ހސހހސ

    ކަން ކަން ރަގަޅުކުރަނީ. ކަމެއް ދިމާވުމުން. ކުރީބައިގަ ރަގަޅުކުރަން މަސައްކަތެއް ނުކުރަނެ. އެހެން ވަނި ރިޓަޔަރކުރަން ގާތްވެފަިއވަ މިހުން ތަންތަނަށް ލިމަ. ވަނުވާނޭނގެ. ދެން މަފުކުރަށޯ.

    10
  15. ސަޓޯ

    އަންނި ޖަރުމަނަށް... ނިކަމެތި ރައްޔިތު މީހާ ހުރި ދިމާ މައްޗަށް ދޯ ؟؟؟

    12
  16. ޟިދުހާ

    ޙަމަ ހުސް ލާރިކަނީ ފަރުބާރުގޭތެރޭ ތިބެ ބޭކާތު ހަރަފުކޮށް މުޅި ގައުމްނހުސްކޮށްފި

  17. ގާނިމް

    އަވަހަށް ރިޔާސީ ކޮމިޝަނެއް ހަދާބަލަ. އެތަނަށް ޝިފާ ލާފައި ރަގަޅަށް ކޮމިޝަންގަނޑު ހިންގާލަބަލަ. 2 އަހަރެއްވަރު އަދިވެސް އެބައިނެއްނު

  18. ދެރަމީހާ

    ބައްޕާ ވެސް ނިޔާވީ މިކަހަލަ ގޮތަކށް އެމްބިއުލަންސް އަށް ގުޅައިގެން ނުވެސް ފޮނުވަދިން

  19. ޢަލީ

    ކަންހިނގި ގޮތް ބަލާނުލާ ކޮމެންޓް ކުރާ މީހުންނަށް ހެޔޮ ވިސްނުން ދެއްވާށި.

    1
    5
  20. ވެރިޔާ

    މިކަމަށްވެސް ގާނޫނެއް

  21. ޥަކިމީހާ

    އެމްބިއުލާންސްއަށް ނުދެވެންޏާވެސް ޕޭޝެންޓް ފަރުވާއަށް ގެންދެވޭނެ ގޮތަކާ ތަނެއް ހަމަޖެއްސެން އެބަޖެހޭ. ކޮވިޑް އޭ ކިޔާފަ ބޭނުންވާ އެމަރޖެންސީ ފަރުވާދޭން އިންކާރު އެބަކުރޭ ބައެއް ހޮސްޕިޓަލްތަކުން. އެހެންވީމަ އެހެން ގޮތެއް ހަމަޖެހެން އެބަޖެހޭ މިކަމުގަ. މިކަހަލަ ހިތާމަވެރި ހާދިސާތައް ހިނގަނީ އިހުމާލުން ހަމަ. ތި އެމަރޖެންސީ ނަންބަރަށް ގުޅީމަ ފޯނު ނަގަނީ އެޗް.ޕީ.އޭ ނޫނީ މެޑިކަލް ޓީމް ސްޓާފުންނެއް ނޫން. އެކުއްޖަކުވެސް އަނެއްކާ މިޖެހެނީ ރިކުއެސްޓް އެޗް.ޕީ.އޭ ސްޓާފަކަށް ފޮނުވަން އަދި ގިނަ ފަހަރު ސީރިއަސްވެގެން ގުޅިޔަަސް އެހާ ސީރިއަސްކޮށް ނުނަގާކަން ފާހަގަކުރަން. މިކަހަލަ އުނދަގޫ ގޮތަށް ކަންކަން ރޭވިފައި އޮތުން އޭ ކަންކަން ލަސްވެގެން ގޮސް ހިތާމަވެރި ހާދިސާތައް ހިނގުމަށް މެދުވެެރިވާ ކަންތައްތައް. ކަމެއްވާއިރަށް ކޮން އިންވެސްޓިގޭޓެއް މިކުރަނީ. ދުނިޔެ ދޫކޮށްފަ ދިޔަ ދިޔަ މީހަކު އަނބުރާ އަންނާނެތަ އިންވެސްޓިގޭޓް ކުރިއަސް؟ ފެއިލްޑް ސިސްޓަމް މުޅިން.

  22. މުޙައްމަދު

    ކޮވިޑް ކަންތައްތައް މެނޭޖް ކުރުމުގައި މިވަގުު ޙަރަކާތްތެރިވަނީ ހަމައެކަނި ސެޓްފިކެޓް ލިބިފަ ތިބި ބައެއް. ތަޖުރިބާއެއްނެތް. ރާއްޖޭގެ ހުރިހާ ދިމާލެއްގެވެސް ހާލަކީ މީ. އެމީހުން އަތުން ގޯހެއް ހެދުނީމަ ކުށްވެރިވާނީ އެކަމެއް ދިމާވި ފަރާތެއް. އަދިވެސް މަ ބައިގަނޑި ޤަބޫލެއް ނުކުރޭ ތިމަންނަމެންގެ ސަބަބުންކަން ގޯސްވަނީ. ތިމަންނަމެން މިތިބީ ފެއިލް ވެފަކަން. ކުޑަ މައުސޫމް ދަރިފުޅަށް ސުވަރުގެ މިންވަރު ކުރައްވާ ޢާއިލާއަށް ފާގަތި ދުވަސްތަކެއް ދައްކަވާށި. އާމީން.

  23. ނަންނި

    ކާކު ކޮންކަމެއްގައި ކަންހިނގިގޮތް ބަލަންބޭނުންވަނީ؟
    ލޯމައްޗަށް ފާޅުކޮށްހުރި ކަންކަމުގައިވެސް މިއުޅެނީ ހަގީގަތާއި ހަމައަށް ވާސިލްނުވެވިގެން. އެމީހަކު ގަބޫލުކުރަންބޭނުންވާގޮތަކަށް ގަބޫލުކުރާ ޒަމާން މިއޮތީ.

    5
    1
  24. މަށަކަށް ނޭނގެ އެހެން މީހެއްގެ ގޮތެއް

    ދަރިޔަކު އަތްދަނޑިމަތީ މަރުވާއިރު، ޒިންމާވާން ޖެހޭ މިނިސްޓަރަކަށް، މީހަކު ހަދާފަ އޮންނަ ގަވާއިދަކަށް، ކޮށްފަ ހުންނަ ކަރަންޓީނަކަށް، މަށަށް ޖެހިފަ ހުންނަ ބައްޔަކަށް، އާދޭސްކޮށް ސަލާންޖަހަންޖެހޭ އެޗް.ޕީ.އޭ އަކަަށް، އަންނަން ޖެހޭ އެމްބިއުލެންސަކަށް ބަލާކަށް އެންމެ މިނެޓެއްވަންދެންވެސް މަށެއް ނުހުންނާނަން.. މަގޭ ދަރިއައިގެން މަށަށް ވީވަރެއް ކުރާނަން..
    އާއިލާއަށް ކެތްތެރިކަން ދެއްވާށި..