މާލޭ ގެއެއްގެ ތެރެއިން ނިޔާވެ، ކުނިވެފައި އޮއްވާ ފެނުނު ޒުވާން އަންހެން މީހާ ދިރިއުޅުނު ގެއިން ނުބައިވަސް ދުވާތީ އެކަން އަވައްޓެރިން ތިން ދުވަސް ކުރިން ފުލުހުންނަށް ރިޕޯޓް ކުރި ކަމަށް އަވައްޓެރިން ބުނެފިއެވެ.

ނިޔާވެ، ގިނަ ދުވަސްތަކެއް ވުމުން ކުނިވެފައި އޮތް ހަށިގަނޑު ގެއިން ނެރުނީ ރޭ މެންދަމު އެވެ.

ހަށިގަނޑު ފެނުނު ގޭގެ އަވައްޓެރިން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ގެއިން ކުނިވަސް ދުވާތީ ތިން ދުވަސް ކުރިން ފުލުހުންނަށް އެކަން ރިޕޯޓް ކުރި ކަމަށާއި ނަމަވެސް ފުލުހުންގެ ޚަބަރެއް ނުވާ ކަމަށެވެ.

ނިޔާވި މީހާ ފެނުނު ގެ ފުލުހުން ކޯޑަންކޮށްފައި. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ގެއެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނީ 28 އަހަރުގެ ޒުވާން އަންހެނެކެވެ.

އޭނާ ގެއިން ނުފެންނަތާ ހަފްތާއެއްހާ ދުވަސް ވެދާނެ ކަމަށް އަވައްޓެރިން ބުނެއެވެ. އެހެންކަމުން ބެލެވެނީ އޭނާ ނިޔާވެފައި އޮންނަތާ ހަފްތާއެއް ވެދާނެ ކަމަށެވެ.

"ކުނިވަސް ދުވާތީ ފުލުހުންނަށް އަހަރެން ވެސް ރިޕޯޓް ކުރިން. އެކަމަކު ފުލުހުންގެ އެއްވެސް ޚަބަރެއް ނުވި." އަވައްޓެރިއަކު ބުންޏެވެ. އޭނާ އަކީ ނިޔާވި ޒުވާނާ ދިރިއުޅޭ ގެއާއި ޖެހިގެން ހުރި ގޭގައި ދިރިއުޅޭ މީހެކެވެ.

ޒުވާން އަންހެނަކު ނިޔާވި މައްސަލަ އާއި ގުޅިގެން ފުލުހުން އަދި މައުލޫމާތު ހާމައެއް ނުކުރެއެވެ. ފުލުހުން ރޭ ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކުނިވަސް ދުވާތީ ފުލުހުންނަށް ކުރި ރިޕޯޓާއި ގުޅިގެން ފުލުހުން އެގެއަށް ނުދާކަމަށް ބުނާ ރިޕޯޓާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ޒުވާނާ ނިޔާވާން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ދިރިއުޅެމުން އައީ އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. ރަދީފް

  ހުރިހާ އިންސްޓިޓިއުޝަންތައް މިވަނީ ފެއިލްވެފަ.އެއްވެސް ކަހަލަ އިހްލާސްތެރިކަމެއް ނެތް މީހުން ތަންތަން ހިންގަން ތިބީމަ މިފަދަ ކަންކަން މެދުވެރިވާނެ.ދުއާއަކީ މުސްތަގްބަލުގަ މިފަދަ ކަމެއް މެދުވެރިނުވުން.ވ.ވެދުން

  108
  1
 2. ކޮވިޑް

  މިހާރު ދިވެހި ފުލުހުންގެ މައްސޫލިއްޔަތަކަށް ވެފަ އޮތީ ރައްޔަތުން ޖޫރިމަނާ ކޮށްގެން ސަރުކާރަށް ފައިސާ ހޯދުމާ ހަރު ކަށި މީހުން ހޯދުން އެހެން ވީމަ ތިހެން ކުރާ ރިޕޯޓް ބައިނުގަނެވޭނެއްނު. މިހާރުވެސް ރިޕޯޓް އެއް ކޮށްބަލަ ހަރުކަށި މަޑުކަށި ރިޕޯޓެއް ވަގުތުން އެލާޓް ގަ ވައްޓާލާނެ.މުނާފިގެއްގެ ދަށުން ލާދީނީ ވެރިން އެތާ އެތިބީ.

  119
  2
 3. ސަފީނާ

  އަޅެމިޤައުމުގަ ރ.ނަސީދުގެ ސެކުއުރިޓީއާއި އެމީހުންނައް ލިބެންޖެހޭ ހައްގުތައް ހޯދަދިނުންނޫ އިތުރު ރައްޔިތަކައް އަޅާލުމެއް ހުރި އެއްވެސް މުއައްސަސާއެއް އެބަހުރިތަ؟
  ތިކަމުންވެސް ބަރިއްޔަވާނެ ކޮންމެވެސް ބޮޑުދޮގެއް ހަދައިގެން އެމީހުންތިބޭނީ ސަލާމަތުން.
  ރައްޔިތުންނައް އެތައް ދޮގު ވައުދުތަކެއްވެގެން ވެރިކަމައް އައިސްސަ ތިބި މީހުން ކުރާހާވެސް ކަމަކީ އަމިއްލަހިމާޔަތާއި އަމިއްލަ ފުދުންތެރިކަން ފުރިހަމަކުރުން.
  މިވަރުންވެސް ތިމަންނަ ފެއިލްވިކަމަކައް ގަބޫލެއް ނުކުރަމޭ ރޮއެރޮއެކަރުނަފުޅު ބުނާނެ ލޮލައް ފިޔާދިލަ އަރުވައިގެން ފެންކަޅިވެހުރެ.
  އަނެއްކާ މީ ނަފުރަތު އުފެއްދުންކަމައް ވެދާނެބާ! އެހެންވެއްޖިޔާ ސޮރީ! މީ މަބުނި އެއްޗެއްނޫން މިގޯސް ހެދީ މަގޭ އަތް މަ މިކަމުން ބަރިއްޔަވަން މަ ފެއިލްވީކީނޫން މަގޭ އަތް ފެއިލް ވުމަކުން މަ އެއްކޮއް ފެއިލްވި ކަމަކައް މަށެއް ގަބޫލެއްނުކުރަން..

  89
  2
 4. އައްޑޫ މީހާ

  އަޅެ އޭނަގެ ފެމެލީ މީހުންވެސް އޭނަގެ ހަބަރެއް ނުވީމަ ބަލާލަން ކިއެއްތަ ވާނީ މީހެއްގެ މަރަކީ އެނގޭނެ އެއްޗެއްނުން މީގެން އެނގެނީ އާއިލީ ގުޅުން ކުޑަކަން ފުލުހުންވެސް މިހާރަށްވުރެ ބޮޑަށް މިފަދަ ކަންކަމުގައި ސަމާލުވާން އެބަޖެހޭ ރައްޔިތުން މައުލޫމަތެއް ދިނީމަ އޭގެ ވާނުވާ ބަލަން އެބަޖެހޭ

  86
 5. ްައަހްމަދު

  ތިންދުވަސްކުރިން ރިޕޯޓްކުރިނަމވެސް ޚަބަރެއްނުވާނެތާ މިހާރުހުރިހާމީހުންވެސްއުޅެނީ ވަރަށްބިިޒީސެޑިއުލެއްގަވިއްޔާ ދިމަދިމާލުން ބޮންގޮއްވާލާނެކަމަށް ބުނާއަޑުތައްގަދަވީމަ އިސްކަންދެވޭނީ އެކަމަށްދޯ ރޭގަކުޑަކުއްޖާހާލުބޮޑުވެގެން އެންބިއުލާންސައްގުޅީމަ އެންބިއުލާންސްފޮނުވުންލަސްވީވެސް އެހެންވެގެންކަމަށްބެލެވެނީ

  65
  7
 6. ދުންމާރި

  ދެން ފުލުހުން ކަމުންރެކޭން ބަޔާޏެއް ނެރެލާނީ 3 ދުވަސްކުރި ްރިޕޯޓު ކުރިކަމަކަށްވެސްނުވާނެ މި ޤައުމުގެ މުއައްސަސާތަކުން ދުވަނީ ވަކިބައެއްގެ ހިމާޔަތުގަ ހީވާކަހަލަ ވަކިބަޔަކުނޫނީ ދިވެހިރައްޔިތުންނަކަށްނުވާހެން ކިތަންމެ ނިކަމެއްޗަސް ދިވެހިރައްޔިތެއްކަމުގައިވާނަމަ ހަމަވާނީ ދިވެހި ރައްޔިތަކަށް ކިޔާ ނަމަކުން އުފަންވީ އާއިލާއަކަށް މުއްސަނދިކަމަކަށް ބަލާކަށްނުޖެހޭނެ

  51
  1
 7. އަހުމަދު

  މިކަހަލަ ހަބަރެއް ލިޔާއިރު މީގެ ހަޤީގަތް ބަލަން ވާނެ

  22
  4
 8. ކިޔުންތެރިޔާ

  ކޮބާތަ ހޯމް މިނިސްޓރު އިމްރާން ޚާންގެ ބޭނުން؟ ބޮޑު މުސާރަ ނަގާ އިނދެގެންއުޅޭ އަނބިމީހާ އާކުރުން ނޫންކަމެއް ނުކުރެވޭ. މުޖުތަމައުގަ ހުންނަ މިފަދަ ކުދި ކުދި ކަންތައްތަކަކީ ވަގުތުން އެޓެންޑުވާންޖެހޭ ކަންކަން. އަންނިގެ މައްސަލަ ނޫނަސް މި ގައުމުގަ މައްސަލަ ހުންނަކަން ސިފައިންނާއި ފުލުހުން ދަންނަންޖެހޭ!

  65
  1
 9. Anonymous

  ފުލުހުންނަށް ތިހާވަރަށް އެއްޗެހި ނުކިޔަބަލަ.
  ކޮވިޑް ޖެހިގެން ވ. ގިނަ ޢަދަދެއްގެ ފުލުން ޚިދްމަތާއި ދުރުގައި ތިބިވާހައެއް އަޑުއެހިން. އެވެސް އިންސާނުން ނޫންތޯ. ބަލިވެސް ވާނެނު. ވަރުބަލިވެސް ވާނެނު. ޝުކުރު ކުރާބަޔަކަށް ވެބަލަ. ކޮންމެ ކަމެއް ޖެހުނަސް އެމީހުން ނޫންތޯ އުޅެނީ ރައްޔިތުން ގެ ޙައްޤުގައި

  30
  41
  • އަދުނާނު

   ކޮންމެ މަހަކު ލިބޭ މުސާރަވެސް އެނަގަނީ ރައްޔިތުންގެ ހައްގުގަތަ؟

  • މީމަ

   ރަނގަޅު އެކަމު ތިބާ އާއިލާ އާޖެހުނީމަ ފުލުހުންގެ މަސައްކަތް ހަނދާން ހުންނާނެބާ؟؟

 10. ފަރީދު

  މިސަރުކާރު ވަރަށް މޮޅިވާނެ ގޮތްނޭންގެ މަރުތަކުގެ ތަފްސީލު މަޢުލޫމާތު ހޯދުމަށް

  52
 11. ޢަބުދުލް ހަންނާނު

  ޢަޖާބުވަނީ ފުލުހުން މަގުމަތީގަ އުޅެނީ ކީއްކުރަން ކަން ނޭގޭތީ..!

  16
  1
 12. ފޭކް ވެކްސިން

  ދެންކިޔާ ތިހެން! ކޮޓަރި ތަޅުނުލާ 5 ދުވަސް ވީއިރު ބަލާވެސް ނުލާ! އަނގައޮތިއްޔާ އެއްޗެކޭ ކިޔާތި!

  16
 13. މަރީ

  ވަސްދުވާތީ ފުލުހުންނަށް ގުޅަނީ އެއީ ތަންތަން ސާފުކުރާ މީހުންތަ؟ އަޅެ އެ ގެއަށްގޮސް އެއްފަހަރުވެސް ތިވާހަކަ ބުނެގެން އެކަން ބެލިނަމަ.

  12
  14
  • ބަރީ

   ހަމަ ހީކުރި ގޮތައް މިވީ. އެންމެ ފަހުން ގޯސްވާނީ ވަސްދުވާތީ ރިޕޯޓް ކުރިމީހުން. ބަލަ ތިތަނަށް ވަންނަމަ އޭނަގެ މަރުގެ ޒިންމާ ނަގަން ނުޖެހޭނެ ކަމެއް ކިހިނެތް އެނގެނީ؟

 14. ޢާއްޓޭބެ

  ލޮނުމަޑު ސަރުކާރުގައި ރަހަލައްވަން ހުރީވެސް ލޮނުމަޑު ވެރިޔެއް! ދެކޮޅަށް ދެމިދެމި ރައްޔިތުން ހަނާވާތަން ބަލާ އަތް ޖަހަޖަހާ ތިބޭ! މިދުވަސް ވެސް ދާނެ!

  28
  3
 15. Anonymous

  މިގައުމުގަ ލާދީނީ ކަންކަން ފެތުރޭތޯ ސާރިދޯޅުން އުޅެނީ.

  24
  1
 16. ޒަންޖީ

  އެމީހުނައް ތިކަން ރިޕޯޓް ކުރިކަމަކައް ވެސް ނުވާނެ މީރުކޮއް ކައިގެން އެތާތިބެ ކުރަނީ އެހެންކަމެއް ދެ ޖިންސުވަކިން ކިހާދެރަކަމެއްމީ ރައްޔިތުއްނައް ރަގަޅަކައް ކަމެއް ކޮއްދޭން އުޅޭބައެއް ނޫން

  17
 17. ޙހހ

  އަޅެބުނެބަލަ މިވެރިން ވެރިކަމަށް އެރިފަހުން އެއްވެސް ހަމައެއްވެސް ކަމެއް ރަގަޅަން އެބަދޭތަ. ކިހާ ހިތާމަހުރިކަންތައްތައް މިހިގަނީ. ޢެއްވެސް ކަމެއް މެނޭޖުނުކުރެވި ފަތުވާކުޑަވެގެންދަނީ. ރައްޔިތުން މިކަންކަމަށް ހައްލެއްހޯދަން ވިސްނާކަށްނުވޭތޯ. ފެއިލްނުވަނީ ކޮންގޮތަކުންތޯ؟ ވެރިކަމަށް ހޮވުނުރޭވެސް ނަށާވަރުން ހީވަނީ އެހެންކަމެއްހެން.

  17
  1
 18. ތުއްތޫ

  ތަނުގެ ފެންވަރާއި، ސިކުނޑި ތަހުޒީބުވިކަން އިނގޭނީ ފަހުގެ އައިފޯނު ގަންނަން ހަދާ ދިގު ކިއު އަކުން ނޫން. ޢެކަން ހާމަވާނީ މިފަދަ ކަމަކާދިމާވީމަ. މިގައުމުގަ އެއްވެސް މުއައްސަސާކު ހަރުދަނާ ބަޔަކުނެތި ކުލައިގެމީހުން މިތިބެނީ ވަޒީފާދީފަ. މިއޮތީ ބޮއްސުންލާނިމިފަ. ޔާގުން ހުއްޓަސް މިނޫން ގޮތެއް ނުވާނެ ސަބަބަކީ މިއީ މަނީ ލޯންޑަރ ކުރަން އޮތް ކަރަޕްސަނުގެ އައްޑާއެއް.

  7
  3
 19. ޢިސްޓިކާ

  ފުލުހުން ވަރަށް ބާރަށްދިޔައީސް ނުބައި ޒޯނެއްގަ ޕާރކް ކޮށްގެން އެބައުޅޭ ބުނިނަމަ. ޖޫރިމަނާ ކޮށްްލަން އިސްޓިކައެއް ޖަހާލަން ވެއްޖެއްޔާ ހައްޓަކު ހެޔެެއްނުހުންނާނެ ބޫންކަނޑާލާފަ ދާނެ

  11
  1
 20. ލީނޯ

  ހަމަ ރަގަޅަށްވެސް ނިދާފައި އޮތް ސަރުކާރެއް.

  10
 21. ތުއާ

  ތަނަކުން ވަހެއް ދުވިޔަސް ފުލުހުން.. ދެމަފިރިން ޒުވާބު ކުރިޔަސް ފުލުހުން.. މިގައުމުގަ އުއްޑުން އޮންނަނާށި ބަންޑުން ކުރަން ވިޔަސް ފުލުހުން އެކަން ކުރަންދެން ރައްޔިތުން ތިބޭނީ ބަލަން .. ތިމާ ދިރިއުޅޭ ގެއިން ނުވަތަ އަވައްޓެރިޔާ ގެއިން ކުނިވަސް ދުވާނަމަ އަމިއްލަޔަށް ހޯދާލުން ނޫނީ އަވައްޓެރިޔާ ގާތުން ސުވާލުކޮށްލުން ކީއްވާނީ؟؟ އާއިލާގެ އެއްބަޑު އެއްބަފާ މީހުން އެކަކު އަނެކަކު ފެންނަ ހިސާބުގަ އުޅުނުއިރު ކޮއްކޮ އަކީ ފިޓްޖެހޭ މީހެއްކަން އެގޭއިރު އެއަށްވުރެ ބޮޑަށް ބަލާލެވުނު ނަމަ..

 22. ނައްސި

  ފުލުހުންނަކީ ރަތްޔަތުންގެ ހިދުމަތުގަ ތިބޭ ބައެއްނުން އެކަމުން ރަތްޔަތުންގެ ފައިސައިން މުސާރަ ކައިގެން ރަތްޔަތުންނަށް ހަރާންކޯރުވާ ބައެއް ތި ފުލުސް އާލާތުންނަކީ .ޑްރަގް ވިޔަފާރި ފާޅުގަ މަގުމަތީކުރާއިރު ފުލުހުން އެކަމަށް އަދިރި ، ނުފެނޭ ، ފުލުހުން ގެ ސިނިޔާ މީހުން އުޅޭގެ ތަށް ކަރިން ޑްރަގްވިޔަފާރި ފުޅާކޮށް ކުރާއިރު ފުލުހުންނަކީ ނުފެނޭ ، އެހެންވޭރުކޮޅުގަ ސަހަރާއާއި ދިމާލުގަ މިކަން ކުރަނީ ރެއާއި ދުވާލު އެމީހުންނުނިދާތިބެ، ކޮބާތިފުލުހުން،