ކޮވިޑް- 19 ގެ ސަބަބުން މާލެ ސަރަހައްދުގައި ފިޅަވަޅުތައް ވަރުގަދަކުރެވިފައިވާ މި ދަނޑިވަޅުގައި ވެސް ދިވެހިންނަށް ފަސޭހަކަމާއެކު މެޑިކަލް ވިސާ ލިބޭނެ ގޮތް ހަމަޖައްސަމުން އަންނަ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިންޑިއާ ވިސާ ރާއްޖެއަށް ދިނުމާއި ގުޅޭ ގޮތުން ފެތުރޭ ވާހަކަތަކާ ގުޅިގެން ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރާއްޖެއަކީ އިންޑިއާއާއި އެކު ވިސާ-ފްރީ އެގްރީމެންޓް އޮންނަ ނުވަ ގައުމުގެ ތެރެއިން، އައިއޯއާރް ސަރަހައްދުގައި އޮންނަ ހަމައެކަނި ގައުމު ކަމަށެވެ.

އިންޑިއާގެ ވިސާ ފެސިލިޓޭޝަން ރެޖީމްގެ ދެވަނަ އޯޑަރުގައިވާ އީ-ވިސާ ސްކީމްގެ ދަށުން ވިސާ އެޕްލިކޭޝަން އަދި ޕްރޮސެސިން އޮންލައިންކޮށް ކުރިއަށް ގެންދެވެއެވެ. އެސްކީމް މައިގަނޑު ގޮތެއްގައި ބޭނުންކުރެވެނީ އިންޑިއާ އާއި އެކު ފުޅާ ބައިލެޓަރަލް ވިސާފްރީ އެއްބަސްވުމެއް ނެތް ގައުމުތަކުގައެވެ.

ހައިކޮމިޝަނުން ވިދާޅުވީ، އިންޑިއާ-ރާއްޖެ ދެމެދު 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ގައި ސޮއިކުރެވުނު ވިސާ ފެސިލިޓޭޝަން އެއްބަސްވުމުގެ ދަށުން ދިވެހި ރައްޔިތުންނަށް ފަތުރުވެރިކަމާއި، ބޭސްފަރުވާ އަދި ވިޔަފާރި ބޭނުންތަކަށް ވިސާއާއި ނުލާ 90 ދުވަހުގެ މުއްދަތަށް އިންޑިއާއަށް ދަތުރުކުރެވޭނެ ކަމަށެވެ. އަދި ސްޓޫޑެންޓް ވިސާ ހިލޭ ފޯރުކޮށް ދެެވޭ ކަމަށް ބަޔާނުގައިވެއެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މާޗް ގައި މުޅި ދުނިޔޭގެ ދަތުރުފަތުރު ހުއްޓުމަކަށް އައުމުގެ ކުރިން އެތައް ހާސް ދިވެހިންނެއް ދިއައީ ވިސާ އާއި ނުލާ އިންޑިއާއަށް ދަތުރުކުރުމުގެ ހުއްދައިގެ ބޭނުން ކުރަމުންނެވެ.

ކޮވިޑް ފެތުރެން ފެށުމާއެކު އިންޑިއާގެ ބޯޑަރުތައް ބަންދުކުރެވުމުގެ ސަބަބުން އިންޑިއާއިން ވަނީ ހުރިހާ ކެޓެގަރީއެއްގެ ވިސާ ސަސްޕެންޑް ކޮށްފައެވެ. އޭގެ ތެރޭގައި އީވިސާގެ ހިދުމަތާއި ވިސާ ފެސިލިޓޭޝަން އެއްބަސްވުންތައް ހިމެނެއެވެ.

އެ ރިސްޓްރިކްޝަންތަކަށް މަޑުމަޑުން ލުއިދެވެމުން އައިސް މިދިޔަ އަހރުގެ އޮކްޓޯބަރު ގައި އިންޑިއާ އިން ވަނީ ބޭރުގެ ފަރާތްތަކަށް ވިޔަފާރި، ތައުލީމު އަދި ސިއްހީ ބޭނުންތަކަށްޓަކައި އެތެރެވެވޭނެ ގޮތުގެ ގައިޑްލައިންތައް އާންމު ކޮށްފައި ކަމަށް ހައިކޮމިޝަނުން ވިދާޅުވިއެވެ.

ނަމަވެސް އެ ގައިޑްލައިންތަކުގެ ދަށުން އިންޑިއާއަށް އެތެރެވެވެނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މިޝަންތަކާއި އެމްބަސީތަކުން ވިސާ ހޯދައިގެންނެވެ. އަދި މިދިޔަ އަހަރު މާޗުން ފެށިގެން އަދާ ހަމައަށްވެސް ޓޫރިސްޓު ވިސާ ސަސްޕެންޑް ކުރެވިފައިވެއެވެ.

އެ ގަވާއިދު ވުޖޫދައް އައުމުގެ ކުރިންވެސް ކްރިޓިކަލް ސިއްހީ ފަރުވާއަށް އިންޑިއާއަށް ދިއުމުގެ ހާއްސަ ހުއްދައެއް ދިވެހިންނަށް ވަނީ ފޯރުކޮށްދީފަވެ. އަދި އެ ހާއްސަ ހުއްދައިގެ ދަށުން މިދިޔަ އަހަރުގެ މެއި މަހާއި ޖޫން މަހުގެ ދެމެދު 8000 މެޑިކަލް ވިސާ ދިވެހިންނަށް ދޫކުރެވުނު ކަމަށް ހައިކޮމިޝަނުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. މަބޭ

  މައިސަރުކާރުން އެނިންމީ ވިސާކަންކަން ރަންގަޅަށޭދަނީ ދެން ބާރައް އަތްޖަހާ

  16
  3
  • ދޮންބެ

   އިންޑިޔާއައުޓް#

   12
 2. ހަގީގަތް

  ހުސް ދޮގު އަހ ހަރެން މެޑިކަލް ވިސާ އަށް އެދިގެން ވިސާ ނުދިން. ދެފަ ހަރު އެދުނިން

  15
  1
 3. ޖުއްޅޭއި

  ކޮންވިސާއެއްގެ ވާހަކަ މީހުން އޮޅުވާލަން އަނެއްކާ މިހާރު ތިދައްކަނީ މިއުޅެނީ މީހުން މަރުވާތީ އެމީހުންގެ ފުރާނަ ސަލާމަތް ނުވެވިގެން ވިސާ ވިސާ ވިސާ އެބަކިޔާ ގަމާރު އިބޫ ކޮވިޑުގެ އެކަކު ދުނިޔާހުއްޓާ ގަމާރު އިސްތިއުފާ ނުދޭތި ކޮބާއިތަ ޝައިނީ ޝައިނީމެން އަދީބުމެން އަނީލްމެން ގައުމުގެ ރައްޔިތުންގެ ހައްޤުގައި ތެދުވެބަލާ މިއޮތް އެންމެން މަރުވަނީ ހިތަކަށް އަސަރު ނުކުރޭތަ އެކަކު ދެކެ އަންނަރުޅި މުޅި ގައުމަށް ތިޔަދައްކަނީ (ޝައިނީ އަދީބު އަނީލް) (ހުރިހާ ކަމެއް އެގޭ ބޮޑުން ވިސްނުމެއް ނެތި ކޮށްފިކަމަކުން އެންމެފަހަރަކު ދޭހުގައި ގިސް ގިސް ގިސްލަމުން ހިތި ކަރުއޮއްސަން ޖެހިދެޔޭ އުމުރަށް މުޅިން) ތެދުވޭ ވީކަމެއްވީ ހިގިކަމެއް ހިގީ ރައްޔިތުން ހައްގުގައި މިވެރިކަން ނިމުމަކަށް ގެނޭ

  17
 4. ވަހީދުބެ

  ތިހާ ހެޔޮއެދޭބައެއްވިއްޔާ ދިވެހިންނަށް އޮންއެރައިވަލް ވިސާ ދޭން ނުކުރިގެން ތިއުޅެނީ ކީއްވެ؟

  20
 5. މެކް

  ވިސާ ހޯދުމަކީ ފަސޭހަކަމެއްނޫން އެމީހުން ބުނާހާ ލިކުތަކާއި ބެންކުގާ ފައިސާ ހުންނަވަރައްދާންދެން އެމީހުންނައް އަންގަންޖެހޭ ބޮޑު އުދަގުލައްވެފާ އިނަންނީ ތިވިސާ ހޯދުމަކީ އަދި އިންޑިޔާގެ އިމިގްރޭސަންނަކުގާ މަސައްކަތްކުރާ އޮފިސަރުންގެ ބަލާވެރިކަންވެސްޖެހޭ އެމީހުންނައް ހީވެފާ އޮންނަނަނީ ނުވަތަ ފެންނަނީ ދިވެހިން އެއީ ބޮޑު ބިރުވެރި ކަމެއްގެތުގާ

  16
  1
 6. ޙފ

  ކިތައް ދިވެ ހި އާއިލާ އިންޑިޔާގަ ނޫޅެވިގެން ސިޔާސީ ދުއްޕާންކޮށް ފުލުހު ހުންގެ ބަލާބޮޑުވެ، ވިސާކަންތަކުގަ ރާއްޖެ ބަދަލުވީ، .... ތިޔަ މީ ހުން މިތާ ތެޅެނީ އެމީހުންގެ އަމިއްލަ ގައުމަށް ވުރެ މާ ގައްޑާކޮށް...މިއޮތީ ފައިދަށުލާ ފިއްތާލާފަ.

 7. މޯދީ

  މި ހާރު އެއުޅެނީ އައްޑޫގަ ހަދަންއުޅޭ މަކަރުވެރިހިޔަޅު ކޮންސިއުލޭޓް ހެދުމަށް ދިވެ ހިން ހައްލަންވެގެން ޖަ ހާމަޅި މި ހުރި ހާދުވަ ހު ވެސް ވިސާކޮބާ!

 8. ޝޮކްތެރަޕީ

  އެތައް މުސްލިމުންނެ މަރާފަ ހުރިމީހާޔައް ދިނީ ރައްޖޭގެ ޝަރަފުވެރި އިނާމު ކީކޭ ބުނާނީ

 9. ފަރު

  ކަލޭނޭ މިއުޅެނީ ވިސާނުލިބިގެންތަ؟ ނޭވާހޮޅިޔައްއެޅި މަންމަ ބައްޕަގެންގޮސް ފެސިލިޓީއައް މަރުވާންދޫކޮއްލާފަ ވިސާހޯދާމީހެއް އަދިނުދެކެން

 10. އައްޑޫ މީހާ

  ހަހަހަ ދެންވީ ހަމަ ގަބޫލުކުރަން؟ އަޖައިބެއް ބަލަ އިހައްދުވަހުއޭ މިދިޔައީ ވިސާ ޖަހަން ދާއިރަށް ފައްސާލީ އެތަކެއް އާދޭސް ކޮށްގެން ވެއްދީ އޭރުވެސް އެތާގައި އެތައް ބަޔަކުތިބި އާދެސްކުރަން ދޮގުހެދޔަސް ތަންފުކެއް ބޮޑުވަރު

 11. ލަކިވާ

  އެއްކަލަ އިންޑީއާ ، މީދެން ކިހާދެރަކަމެއް . މޯދީޖީއާ މިއޮންނަ ގޮތްނޭގޭ އަޑިނޭގޭ ގުޅުންް މި އެމްޑީޕީ ބައިގަނޑަކީ މީކިހާ ގޮތްނޭގޭ ބަޔެއްތަ. ކެރަފާ ، ކެނަރީ އާއިލާ އެމެން އަވަހަށް އިސްތިއުފާދިނުން އެދެން.

 12. ސެންޗޯ

  ހުރިހާ ކަމެއްވެސް ރަނގަޅަށް ދަނީ ހަޖަމު ނުކުރެވިގެން އުޅޭ ކުދިންނަށް އިންޑި އާއިން ލައްޑޫގެނެސް ކާންދޭންވީ

 13. ޖާބެ

  ދިވެހިންވެއްޖެ މިނުންގަޢުމެއް ޙިޔާރްކުރަން