ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އަހުމަދު މުހައްމަދުފުޅަށް ކޮވިޑް ޖެހުނުކަން އެނގުނީ ބަލީގެ އަލާމާތްތައް ހުރެގެން ހުކުރު ދުވަހު ހެދި ޓެސްޓުތަކުންނެވެ.

އޭނާގެ އަންހެން ދަރިފުޅުވެސް ވަނީ ބައްޔަށް ފައްސިވެފައެވެ.

"ވަގުތު" އާ ވާހަކަ ދައްކަވަމުން އަހުމަދު މުހައްމަދުފުޅު ވިދާޅުވީ މި ވަގުތު ހުންނެވީ ގޭގައި އަމިއްލައިން އެކަހެރިވެވަޑައިގެން ކަމަށެވެ. ހާލުވެސް ރަނގަޅު ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް 65،164 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މި ބަލީގައި 170 މީހަކު ވަނީ ނިޔާވެފައެވެ.