ކައިވެނި ކުރުމުން ދެވޭ ހަދިޔާއިން ޓެކްސް ނަގަން ޖެހޭ ގޮތަށް އާމްދަނީން ނަގާ ޓެކްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ހުށަހަޅުއްވާފައިވާ ބިލުގައި ވަނީ ކައިވެނީގެ މުނާސަބަތުގައި ލިބޭ ހަދިޔާ ކަމަށް ބަލާނީ ކައިވެނި ކުރާ މީހުންނަށް އެ އެއްޗެއް ލިބުނީ ކައިވެނި ކުރާ ދުވަހުގެ 30 ދުވަސް ކުރިން ނުވަތަ ކައިވެނި ކުރާ ދުވަހުގެ ކައިވެނި ކުރިތާ ގިނަވަގެން 30 ދުވަސް ފަހުން ހަދިޔާ ލިބުމުން ކަމަށެވެ.

މި ބައި އިތުރު ކޮށްފައި ވަނީ ޓެކްސް ނެގުމުން އިސްތިސްނާވާ އާމްދަނީއަށެވެ. މީގެ ކުރިން އެ މާއްދާގައި ވަނީ ކައިވެނީގެ މުނާސަބަތުގައި ލިބޭ ހަދިޔާއިން ޓެކްސް ނުނެގޭނެ ކަމެވެ. އެކަމަކު މިހާރު އިތުރުކޮށްފައިވާ މާއްދާގައިވާ މުއްދަތުގެ ކުރިން ނުވަތަ ފަހުން ކައިވެނީގެ ހަދިޔާގެ ގޮތުގައި ލިބޭ އާމްދަނީން ޓެކްސް ނަގާނެއެވެ. އެއީ ދައުލަތުން ހަދިޔާގެ ގޮތުގައި ނުބަލަން ވެސް ހިމަނާފައި އޮތީއެވެ.

މި ބިލުގައި ހިމެނޭ މިފަދަ މާއްދާތަކަށް އަންނަނީ ވަރަށް ބޮޑެތި ފާޑުކިއުންތަކެއް ވެސް އަމާޒުވަމުންނެވެ. މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރެއްވި ބައެއް މެންބަރުން ވެސް ވަނީ ބިލުގައި ހިމެނޭ މިފަދަ މާއްދާތައް އުނިކުރަން ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފައެވެ. އެކަމަކު ބިލު ބަލައިގަނެ ކޮމިޓީއަކަށް ދިރާސާ ކުރަން ފޮނުވަން އެމްޑީޕީގެ މެންބަރުން ތާއީދު ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. މަ

  އަދިވެސް އަދިވެސް ރައްޔިތުން ފެލޭތޯ!!

  39
 2. އޭނަ

  ލާ ޖަނގިޔަލުން ވެސް ކޮންމެ ދުވަހަކު ޓެކްސް ނަގަން ފެނޭ!

  41
  1
 3. ހަސަނު

  މިވަރުންދަންޏާ އަދި ކައިވެނިކުރެވޭނީވެސް ސަރުކާރަށް -/50،000ރ ވަރު ނަގައިގެން. މިއަށްވުރެ ގައުމާއި ރައްޔިތުންނަށްވެސް މާ ރަނގަޅުވީސް މަޖިލިސް މެމްބަރުންގެ މުސާރަ -/35،000ރ އަށް ކުޑަކޮއްލިނަމަ.

  44
  1
 4. ޓަކިބެ

  ރަނގަޅު. ލާ ކޮންމެ 10 ނޭވާއަކުން 2 ނޭވާއިން ޓެކްސް ނަގަން ފަށަންވެސް ވެއްޖެ.

  37
 5. ..

  މި ގައުމައް ނޭވާލާތީވެސް ޓެކްސްނަގާބަލަ.. ކައިވެންޔަކީ އެމީހަކު އަމިއްލަކަމެއް އެއިން ސަރުކާރައް ބައިއަޅާކައް ނުޖެހޭނެ ކޮންމެހެން

  44
 6. ހަސަނު

  އަދި އެއްދާންކުރުމުގެ ޓެކްސް ވެސް ތައާތަފްކުރާނެތޯޗޭ. ފުރަތަމައިނުންވެސް އެނގޭ މިއަށްވުރެ ޖާހިލު މަޖިލިހެއް ކުރިންވެސް ފަހުންވެސް ނާންނާނެކަން. މަދުބައެއްނޫނީ ތަންދޮރުވަކިވާ ބަޔަކު ތިޔަމަޖިލީހަކު ނެތް.

  40
 7. މަގޭސުވާލު

  ކައިވެނިކުރާދެމީ ހުންގެއަތުންވެސް ޓެކްސް ނަގަންވީނުން؟

  27
 8. ޖާބެ

  ދާޙިލީ ހަމަނުޖުން އުފެދޭނެ ހުރިހާކަމެއް އެބަފުރިހަމަވޭ ، މުހައްމަދު އަމީންގެ ތާރިޙް އިޔާދަވެދާނެހެން ހީވަނީ

  30
 9. ހޭބަލި

  ކަލޯމެން ފަޤީރަކަށްދޭ ޞަދަޤާތަކުންވެސް ޓެކްސް ނަގަންވީނުން ، ހޭބަލިވިޔަސް ފުކެއް ބޮޑުވަރު

  36
 10. އަރާއިރު

  ވަރަށްގިނަފައިސާ ބަޖެޓަށްވަންނާނެ!!

  26
 11. ލލ

  ރައްޔިތުންގެ މުދާ ފާޑު ފާޑުގެ ޓެގު އަޅުވައިގެން ކަނީ، ރައްޔިތުންގެ މުދާ މިބައި މީހުނަށް ދޭންޖެހޭ ސަބަބަކީ ކޮބައިތޯ، ތިޔަ ކަހަލަ ތާކުން ތާކު ނުޖެހޭ ބިލް ހަދަން ނުތިބެ ހަލާލު ރުޒުޤު ހޯދައިގެން ކާންބޯން މަހަށްދިޔަޔަސް ރަގަޅުވާނެ !

  31
 12. ގައްބު

  ރައްޔިތުން ފެލާ ސަރުކާރު

  32
 13. މެމްބަރު

  މިދަންނަވާ ޓެކްސްތައްވެސް އިތުރުކޮއްލަންވީނުން
  - ބަލިވެ އިނުމުން ނަގާ ޓެކްސް
  - ވިހެއުމުން ނަގާ ޓެކްސް
  - ދަރިފުޅަށް ނަންކިޔަން ބަހާ ބޮނޑިބަތްތަށިން ނަގާ ޓެކްސް
  - ބާރތުޑޭ ޕާޓިން ނަގާ ޓެސް
  - އިންސާނާ ދިރި ދުނިޔޭގައި ހުންނާތީ ނަގާޓެކްސް
  - މަރުވީމަ ސަހަރާގައި ވަޅުލާތީ ނަގާ ޓެކްސް
  - ބަލިމީހާއަށް ގޮވާލަން ގެންދާ އާފަލުފަޅިންވެސް ޓެކްސް
  މީ ދެން ކޮންފަދަ މުޞީބާތެއްތަ މި ޤައުމަށް ޖެހިފައި މިއޮތީ ، ރައްޔިތުން ފެލާގެން ނޫންގޮތަކަކަށް ފައިސާ ހޯދަން ނޭގެންޏާ އިސްތިއުފާދީފަ ރައްކާވެބަލަ🤬🤬

  46
  1
 14. ހުސޭނުބޭ

  ނު! މަޖިލީހުގައި ތި ތިބޭ މުއްސަދިން އަތުން ޓެކްސް ނަގާބަލަ!
  މާދަމާ ޓެކްސް ނަގާނީ ކައިވެނީގެ ސުހާގުރާތުން ދޯ!

  30
 15. ވަތަނަބެއްޔާ

  ކަލޯ ކައިވެނީގެ ރަނުންވެސް %200 ޓެކްސް ނަގަންފެނޭ، އީދު ހަދިޔާއާއި، ބަތުޑޭ ހަދިޔާއިން ވެސް %200 ރަނގަޅުވާނެ، ދެން ކޮން ހަދިޔާއެއްތަ ޓެކްސް އަށް އިތުރުކުރަންވީ.... އާ ވެލަންޓައިންޑެ، ކައިވެނީ އެންވާސަރީ.....

  19
 16. ސާބަސް

  ޙިތާނަ ކުރީމަ ވެސް ނަގަން ވީނު ވަރިވީމަޔަ އަންހެނުން ކިޔާ ރަނުން ވެސް

  13
 17. ޙަހަހަހަހަހަ

  ކޮބާ އަލަތު ކައިވެނި ކުރާ މީހުންނަށް ދޭ ފުލެޓް، މިތުބި ބީތާއިންނޭ

  16
  1
 18. އަލަތު ކައިވެނީގެ ކުރީރޭ

  ފުރަތަމަ 30 ދުވަހު ރޭކުރާ ވަރު ބަލާފަ ކޮންމެ ރެއަކު ވަގުތު ހޭދަ ކުރި ނިސްބަތުން ސަރުކާރަށް ޓެކުހެއް ނަގަން ފެނޭ.

  19
 19. ލޯބި ވ

  ވަރި މަދު ކުރެވޭތޯ ކަލޭ މެން ވަރިން ޓެކުސް ނަގަން އުޅެ ބަލަ

  17
 20. ފުކެއްބޮޑު

  ލާރިޔާހެދި ބޫތުކައިފަ

  11
 21. ދޮންސޮރު

  ބައް މީ ..ކަލޭމެންނައް ކުރާނެ ކަމެއް ނޭންގެންޔާ އިސްތިއުފާދީފަ ގޭގަ ތިބޭ ތަނެއް ދޮރެއް ނުދަންނަ ބީތާއިން ތަ ތީ

  12
 22. މާކުން

  ރައްޔިތުން ފެލައިގެންވެސް ގައުމު ހިންގޭތޯ ބަލާ.ވަގުން އަރާ ގައުމު ދަވާލަފި.އަދިވެސް ޔާމީނު އާ އަޅައިގެން ނެެއްޓެން ނޭގިގެން އުޅެނީ.

  11
 23. ދރ

  ރާާއްޖެއަށް ނޭވާ ލާތީ ނަގާ ޓެސް ވެސް އަދި އަންނާނެ.

  10
 24. އައްޑޫ މީހާ

  އެއްދާން ޓެކްސް ނަގަން ފެނޭ

 25. އާކާޝް

  ރާއްޖޭގައި މަސައްކަތް ކުރާ ފަރާތްތަކުން ބޭރުކުރާ ފައިސާއިން ޓެކްސް ނަގާނަމަ ކާވެނި ޕާޓީ ގެ ހަދިޔާ ތަކުން ލިބޭ އެއްޗެއްގެ 1000 ގުނަ އިތުރަށް ލިބޭނެ. ކާވެނި ހަދިޔާ އިން ޓެކްސް ނެގުމާ ދެކޮޅު.

 26. ޖޮބޭ

  މިކަމަށް ފާޑު ނުކިޔުން އެދެވިގެންވޭ.
  ޢެހެނީ މިކަމަކީ މީއީއ އަހަރުމެން ބޭނުންވި ގޮތެވެ.
  މިފަދަ ޖާހިލުންނާ އި ޤައުމު ހިންގަން ހަވާލު ކުރީ އަމި އްލަޔަށެވެ.

 27. މިހައްމަދު

  މިވަރުގެ ކުޅޭކުޅޭ މަޖިލީިހެއް އުމުރުގަވެސް އަދި ނުފެނޭ،
  މިނިވަންކަން އިންތިހާއަށް ފުޅާކުރުމުގެ ނަމުގަ މަޖިލިސް ހޯއްދަވައިގެން ހުރިހާ ބާރެއް އެތަނުގެ ތެރެއަށް ވައްދާ ރައްޔިތުންގެ ދިޔަފެލާލަން ތިޔަކުރާ މަސައްކަތުގެ ނަތީޖާ ވަރައްވެސް ހިތިވާނެ.
  ރައްޔިތުން ރުޅިއަރުވާފަ ރައްޔިތުން ލައްވާ ގޯސްހައްދުވާފަ ގައުމު ފަސާދައިގެ ތެރެއަށް ވައްޓާލާފަ ފިލައިގެން ގޮސް މިކަން މިގޮތައް ކުރުމަށް ބާރުދީ އުޅުނުމީހުންގެ އަރިހުގަ ތާއަބަދަށް އުޅެވޭނެ ކަމަށް ތިޔަކުރަނީ ކުއްހީއެކެވެ.

 28. ފަކުރު

  ކައިވެނި ނުކުރަން ބިލެއް ހުށައަޅަން ވީނު

 29. މިތުރާ

  އަޅެ ޓކުސްނަގާ ގޮތް ކޮންމެވެސްމީހަކު ދަސްކޮށް ދޭންވެއްޖެ،،މިބައިމަިހުނަށް......ޓެކުސްނަގަން ވީ ކާވެނީގެ ރަނަކުންނޫން،،،،މަޖިލިސް މެމްބަރުން ގެ މުސާރައިން،،