އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ތާއީދު ނުކުރަން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލަކީ ލާދީނިއްޔަތު ފަތުރަން ޖާގަ ލިބޭ ގޮތަށް އޮތް ބިލެއް ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދު ހެނދުނު ވަނީ ބާއްވައިފައެވެ.

ބައްދަލުވުމަށް ފަހު އަދާލަތުން އާއްމުކޮށްފައިވާ ބަޔާނެއްގައި ވަނީ، ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހިޔާލުފާލުކުރުމުގެ މިނިވަންކަމުގެ ހައްގު ދިފާއުކޮށް ދަމަހައްޓަންޖެހޭ އެންމެ މުހިންމު ސަބަބަކީ، މުޖުތަމަޢުގެ ކަންކަމާމެދު ބަހުސްކޮށް ބަސްބުނެ ލަފަޔާއި އިރުޝާދު ދިނުމަކީ މުޖުތަމައުގެ ބަދަހިކަމާއި ގައުމުގެ ކުރިއެރުމާއި ތަރައްގީ އަށް ކޮންމެހެން ލާޒިމުކަމެއް ކަމުގައިވެފައިވާތީ ކަމަށެވެ.

އެ ބިލުގެ ނަތީޖާއެއްގެ ގޮތުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބޭތީއާއި، ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނާއި ދީނީ މުއައްސަސާތަކާއި، ދީނީ ޖަމްއިއްޔާ ޖަމާއަތްތަކަށް ދީނާ ގުޅުންހުރި ކަންކަމުގައި ބަސްބުނެ ހެޔޮކަންކަމަށް ގޮވާލުމާއި މުންކަރާތްތައް ނަހީކުރުމަށް ހުރަސްއެޅިދާނެ ފިޔަވަޅުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމުގައި ދެކޭ ކަމަށް ބަޔާނުގައިވެއެވެ.

ބައިނަލް އަގްވާމީ ޖަމާޢަތްތަކުންނާއި، އިޖުތިމާއީ އިލްމުވެރިންނާއި، ފަންނީ މާހިރުން ފާހަގަކުރާ ގޮތުގައި ނަފްރަތުގެ އަމަލު ހިންގުން ފަދަ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގައި ޢަދުލުގެ ނިޒާމުގެ ތެރެއިން ޖިނާއީ ފިޔަވަޅު އެޅުމަށް އިސްކަން ދިނުމުގެ ބަދަލުގައި، ކަނޑައަޅާ ތަންފީޒުކުރެވޭ އިޖުތިމާއީ ސިޔާސަތުތަކެއްގެ ތެރެއިން ނަތީޖާ ނެރުން ކަން އަދާލަތު ޕާޓީގެ އެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހަސަނު

    ރަނގަޅު ނިންމުމެއް.

  2. އަސްވާނު

    ރަނގަޅު> ޢަދާލަތުން އެބަޖެހޭ ޕާރޓީއަށް ދީފައިވާ ނަމާއި އެއްގޮތަށް ދީނީ ކަންތަކުގަ ޢަމަލުކުރަން، މިހާރު މިއޮތް ނޭއްގާނީ ސަރުކާރުގެ ބައިވެރި ޢަދާލަތަކީ، އަސްލު ބައިވެރިވެގެންނުވާނެ، ރާއްޖޭގެ މީހުންގެ އަގަލަކަނޑުވާ ހުސްކޮށްފި މިމީހުންތައް

  3. އައްޔަ

    ތީނަމެއްގަކިޔާއަދާލަތެއް. ލާރި ކޮޅެއް ދޭންބުނާއިރައް ވޯޓްދޭނެ

    6
    1
  4. ނިންމު

    ނިންމުންރަނގަޅު މަރުޙަބާ ލާދީނީ ގޮވޭނެ

    11
  5. Anonymous

    ޖަހާލަތުން ވާނެ ތާއީދު ކުރަން،

    4
    1
  6. އަޒީ

    ތިއީ ސެކިއުލިޒަމް ތަޢާރަފު ކުރުމުގެ ބިލު ތީކީ ނަފުރަތު އުފެއްދުން ހުއްޓުވުމުގެ ބިލެއްނުން ކޮންމެ ނަމެއްކިޔަސް ތިބިލަށް ތާއީދުކުރަން ނުވަތަ ނުކުރަން ޢަދާލަތުގައި ކިތައް މެންބަރުން އެބަތިބިތޯ؟

  7. ކެސް

    ތި ގޯސްވީ އިމްރާން ބޭރުކުރޭ!

    3
    1
  8. ދޮގެއްތޯ

    މިހުރިހާ ކަންތަކެއް ކުރިމަތިވުމުގައި ޢަދާލަތު ޕާރޓީގެ ރޯޅެއްވެސްއުޅޭ. ޚާއްސަކޮށް ޢިމްރާންގެ.

    ޢަދާލަތު ޕާރޓީ ރީތިކޮށް ތިބިނަމަ ފެންނާނީ އެހެންމަންޒަރެއްހެން ލަފާކުރެވެނީ.

  9. ކާފަބޭ2020

    ބަލައިމް ރާނޫ މިހާ ރުއެބިލުއޮތްގޮތުން އެންމެފު ރަތަމަޖަލަށް ދާންޖެހޭމީހަކީތިޔައީއެވެ. މޭޑޭގެއެއްވުމުގަ ﷲގަންދީހުވާކޮށް ގޮވިގޮވެލިފަތިން ޖަލުގޮޅިވަރަށްސާފްނޫންތޯ؟

    3
    1
  10. ކިނބޫ

    ބިލަށް ވޯޓު ދޭނެ ކަލޭމެންގެ މެންބަރެއް އެތާ ނެތީމަ ތިހެން ތިކިޔަނީ. ތީ ކޮންބައެއް! ތިތިބީ ލާދީނީންނާ ބައިއަތު ހިފައިގެން.

    2
    1