ދިމާވާ ކުއްލި ހާލަތަކާއި ގުޅިގެން ކަމެއް ސާފު ކޮށްލަން ބޭނުންވާނަމަ ޓުވިޓާގައި ޓެގު ނުވަތަ މެސުޖު ކުރައްވުމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު އަލީ އެދިވަޑައިގެންފިއެވެ.

އެފަދައިން ޑޮކްޓަރު ވިދާޅުވެފައިވަނީ އެންމެ ބިރު ގަންނަ އަދި ކަންބޮޑުވާ އެއް ކަމަކީ މީހުން ފޮނުވާފައި ހުންނަ މެސެޖުތައް ލަހުން ފެންނާނެތީ ކަމަށް ވިދާޅުވެއެވެ.

އެގޮތުން މުހައްމަދު އަލީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އެ ބޭފުޅާއަށް އަންނަ މެސެޖުތަކަށް ޖަވާބު ނުދެވިދާނެތީ ނުވަތަ ޖަވާބު ދިނުން ލަސްވެދާނެތީ މިހާރު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި މެސެޖުތަކަށް ދޭ ޖަވާބުތަކަށް ވުރެ، ޓްވިޓާގައި ޓެގްކުރުމުން އެ އަވަަހަށް ފެންނަ ކަމަށް ވެސް މުހައްމަދު އަލީ ވިދާޅުވިއެވެ.

https://twitter.com/Moxamedalu/status/1399990544953090050

މުހައްމަދު އަލީ ވިދާޅުވީ، އެހެންކަމުން އެމަޖެންސީ ހާލަތްތަކުގައި މެސެޖުކުރުމުގެ ބަދަލުގައި އެންމެ ބޮޑަށް އެދެނީ ޓްވިޓާގައި އެ މައްސަލައެއް ޓެގްކޮށްދިނުން ކަމަށެވެ.

ޑޮކްޓަރުގެ އެޓުވީޓަށް ބައެއް ފަރާތްތަކުން ވަނީ ޓެގް ކުރުމުން ވެސް ވަކި އެއްޗެކޭ ނުބުނާ ކަމަށް ބުނެފައެވެ. އެކަމާއި ގުޅިގެން މުހައްމަދު އަލީ ވިދާޅުވީ، އެ މެސެޖު ބެލި ކަމަށާއި އެކަމާއި އަޅާނުލީ، އެއީ އެވަގުތު ކުރެވޭނެ ކަމަކަށް ނުވާތީ ކަމަށެވެ.

މީގެ އިތުރުން މުހައްމަދު އަލީގެ އެ ޓުވިޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާއަށް ތައުރީފު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކިޔާހުވާ

    އަދިވެސް ދޮގެއް ހެދޭތޯތޯ ތިޔަބައްލަވަނީ ކީއްތޯ ކުރާނީ ހުރިހާކަމެއް ޓުވީޓަކުން ނިންމާ ލެވޭތޯ

    8
    2
  2. އަންތަރީސްވޭ ހަމަހުވާ!

    މީ އަނެއްކާ އަނެކަކު. މަރަށް ތެޅި ތެޅި އޮންނަ މީހެއްގެ އާއިލާ މީހަކު އެގަޑީގައި އުޅޭނީ ޓުވީޓް ނުކުރެވިގެންތަ އަޅެފަހެ؟ މިކަމުންވެސް ދޭހަވެގެން މިދަނީ އެމަރޖަންސީ ހާލުގައިވެސް ސަރުކާރު ވުޒާރާތަކަށް ގުޅުމުގެ ބަދަލުގައި، އާދޭސް ކުރަންވީ ޓުވިޓަރގައޭ ތަ؟ ކޮން އިރަކުތަ އެޗް.ޕީ.އޭ އިން މީނާއަށް ޓުވީޓް ކުރަން އާންމުކޮށް އަންގާ އިއުލާން ކުރީ؟ ބުނަން ކޮންމެހެން ޓްވިޓަރ އަކީ އެމަރޖެންސީގެ ހައްލު ކަމުގައި ދައްކުވަން އުޅޭނެ ކަމެއް ނެތް! ފޯނުކޯލަކަށް ވުރެން ޓުވިޓަރ ޓެގް އަކަށް ރެސްޕޯންޑް ވާންވީ ކީއްވެ، ކޮންމެ ކަމެއްގެ ހައްލަކީ ސޯޝަލް މީޑިއާގައި އިޝްތިހާރުވުންތަ؟ މީއީތަ މިއަދު ދިވެހިންނަށް އޮތް ހައްލަކީ؟

    16
    2
  3. 😣

    ދެން އެންމެންވީ ޓެގުކޮަސކޮށް ތިބެން.

  4. Anonymous

    ގިނަ ފޮލޯވަރުން ލިބޭނެތާ މި ގޮތުން މެސެޖާއި ޓެގާއި ނޮޓީފިކޭޝަނާއި ހަމަ ފެންނާނީ ޓުވިޓާ އެޕް މެދުވެރިކޮށް

  5. ހަމަބުނެލީ

    މީގެ އަހަރުތަކެއް ފަހުން ރާއްޖޭގެ މިއަދުގެ އިޖްތިމާޢީ ހާލަތު އެނަލައިޒްކުރާ ބަޔަކު ކީކޭ ކިޔާނެބާވަޔޭ ހިތަށްއަރާ. ސިއްހީ ޚިދުމަތްދޭން (ޚިދުމަތުގެ ވިޔަފާރިކުރަން؟) އުނގެނި ދަސްކޮށް ހުވައިކޮށްގެން ތިބޭ މީސްމީހުންގެ ވިސްނުން ހުރި ދަރަޖަ މިހިރަގެން ހާމަވަނީ. ސިއްހީ ޚިދުމަތް ރޭވިފައި ހުންނަންޖެހެނީ ވަކިފެންވަރަކަށް ތައުލީމުލިބި، ވަކި ވަސީލަތްތަކަކަށް ފާގަތި މީހުންނަށް ފަސޭހަވާނެ ބީދައަކުން ކަމަށް އާދައިގެ ރައްޔިތުމީހާ ގަބޫލުކުރަންތޯވީ؟ ސިއްހީޚިދުމަތް ބޭނުންވާ ހުރިހާ ރައްޔިތުންނަކީ ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންނެއްނޫންކަން، ސިއްހީ ޚިދުމަތްދޭންތިބޭ މީހުންގެ ތެރެއިންވެސް އިސްމީހުންނަށް ނުވިސްނޭކަމީ، އެމީހުންގެ ސިކުނޑިތައް އެމީހުންގެ ފަންނީ މަސައްކަތުގެ ދާއިރާއަށް ފޯކަސްކޮށްފައި ހުންނަލެއް ބޮޑުކަމުގެ އަލާމާތެއް ކަމަށްތޯ ނިންމަންވީ؟ އެންމެބަލި ހާލުގައި އުޅޭ، އެންމެ އެއްޗެއް ނޭނގޭ، އެންމެ އަތްމަތި ދަތި ރައްޔިތުމީހާއަށް ލުއިފަސޭހަކޮށް، އަވަހަށް ޚިދުމަތްދިނުން އެއީ މަޤްޞަދުކަމަށް ހަދައިގެންނޫނީ އާދައިގެ ރައްޔިތުމީހާ ދާނީ ހަމަ މާޖިނަލައިޒްވަމުން.

  6. ކެކެކެ

    ޑިލީޓް ކުރައްވައިފި.