ގދ. ތިނަދޫގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މީގެ އިރުކޮޅެއް ކުރިން ކަމަށް އެރަށުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ވަނީ ބުނެފައެވެ. އެހެން ނަމަވެސް ހާދިސާ ހިނގި ވަގުތު ކާރުގައި ތިބީ ކިތަށް މީހުން ކަމެއް އަދި ސާފު ވެފައެއް ނުވެއެވެ.

ތިނަދޫގައި ހުންނަ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫތު ދެއްވާ ގޮތުގައި ހާދިސާއާއި ގުޅިގެން ގެނައި މީހާކަށް މިވަގުތު އެމަޖެންސީގައި އަންނަނީ ފަރުވާ ދެމުންނެވެ. ހޮސްޕިޓަލުން އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.

އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ސައީދު “ވަގުތު” އަށް ވިދާޅުވީ، ކާރު ވެއްޓުނުއިރު، އޭގައި 3 މީހުން ތިބި ކަމަށާއި ތިން މީހުންނަށް ވެސް މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސައްޕު

  ވަރަށް ދެރަ

  4
  1
 2. ހައްހާ

  ގަހުގަބާ! ތިވަނީ ނަސީދުގެ އެކުވެރިޔަކައް

  3
  1
 3. އަލިއްޓެ

  ދުއްވިލެއް މަޑީ ކަންނޭގެ

 4. ތުއްތު

  ނަސިބެއްނުން ކާރަށް މާބޮޑުވަރު ނުވިކަން

 5. ސަޓޯ

  އަސްލު ވަރަށް އުފާވެ ގަމާރުންނަށް މިކަހަލަ ލަނޑުލިބޭތީވެ... މަޑުން ދުއްވި ނަމަ މިހެން ނުވީސްތާ..