ވަކި ވިޔަފާރި މަޝްރޫއުތަކުން ލިބޭ އާމްދަނީން ޓެކްސް ނުނެގޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ބާރު ލިބިދޭ ގޮތަށް އާމްދަނީން ނަގާ ޓެކްސްގެ ގާނޫނަށް އިސްލާހު ގެނައިމުގެ ބިލުގައި މާއްދާއެއް ހިމަނައިފިއެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ހުށަހެޅުއްވި ބިލުގައި ޓެކްސް ނެގުން ޚާއްސަ އިސްތިސްނާއެއް ދެވޭ ބާބުގައި ޓެކްސް ނެގުން އިސްތިސްނާވާ އިތުރު އާމްދަނީތަކެއް ހިމަނާފައިވެއެވެ.

މީގެ ތެރޭގައި ރައީސްއާއި ނައިބު ރައީސަށް ދައުލަތުން ހަމަޖައްސައިދޭ ގެކޮޅާއި ކާރުކޮޅާއި ގެކޮޅުގައި މަސައްކަތް ކުރައްވާނެ މުވައްޒަފުންގެ މުސާރައާއި ކާރުކޮޅުގެ ޑްރައިވަރުގެ މުސާރަ ހިމަނާފައިވެއެވެ. އެހެންކަމުން މި މުސާރަތަކުންނާއި އިނާޔަތްތަކުން ޓެކްސްއެއް ދެން ނުނަގާނެއެވެ.

މީގެ އިތުރުން ވަކި ވިޔަފާރި މަޝްރޫއުތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް އިތުރު ކޮށްފައިވާ މާއްދާއެއްގައިވެއެވެ.

މި ގޮތަށް ޓެކްސް ނެގުމުން އިސްތިސްނާ ކުރާނެ މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭނީ ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯއްދަވައިގެން ކަމަށް އެ ބިލުގައިވެއެވެ.

އިސްތިސްނާ ހޯދުމަށް އެދި ހުށަހެޅުމާއި ފުރިހަމަ ވާން ޖެހޭ ޝަރުތުތައް ހިމެނޭ އުސޫލެއް ފިނޭންސް މިނިސްޓްރީން ތައްޔާރުކުރަން ޖެހޭނެ ކަމަށް ބިލުގައިވެއެވެ. އެފަދަ އިސްތިސްނާއެއް ދެވޭ ފަރާތްތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އޮޑިޓު ކުރަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން އެކުލަވާލާ ގަވާއިދާއި މީރާއިން އެކުލަވާލާ އޮޑިޓް ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރަން ވެސް އެ ބިލުގައި ބަޔާން ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ކަނަމަނަ

  މިހާރު މަޖިލިހުގެ ސުޕަމެޖޯރިޓީ މިއޮތީ ތަންދޮރުއެގޭ ބައެއްގެ އަތުގަބާ ؟؟؟؟؟؟

  11
  • Anonymous

   ބަލަ ފައިސާ ނަގަނީ ރައްޔިތުންގެ އަތުން . ބޭކާރުބސޮހޮލެއް ތީ. ނުވިތާކަށް ލިބޭހާފައިސާއެއް ފޮރުވައިގެން މި ކަލޭގެ ހުންނަންވީ. ބައްޔެއްނު. ދިވެހި ރައްޔިތުން މިތިބީ ނިދާފަތަ. މިތިބަގެންރައްޔިތުންފެލަނީ.

 2. ސައިސް

  ކިހަބޮޑު އުދަގުލެއް . މިގައުމް މައުމޫން 30 އަހަރު ދުވަހު ހިނަގީ ރައިތުްން ފެލައިގެނެއް ނުން. ގައުމު ނުހިްނގެން ޏާ ގޭގަ އޮވެބަލާ

  14
 3. ކޮރަލް

  އިންޑިޔާ މަޝްރޫއު ތަކުން ޓެކްސް ނުނަގާ ގޮތަށެވެ.

 4. Anonymous

  ގޭމީހުންގެ އަތުންއެންމެ ލާރިއެއްވެސް ދައުލތަށް ނަގައިގެންނުވާނެ. މިދަނީ މިހާރު ފްރެންވް ރިވޮލިޝަން ގެ ދުވަސްވަރަޢް. ފަގީރުންޓެޖްސް ދައްކަންޖެހޭނީ ދެން.

 5. ކެމްލާ

  އެމްޑީޕީއަކީ އިންސާފަށް ލޯބިކުރާ ޕާޓީއެކޭ ބުނާއަޑު އަހަން، މީތޯ އެ އިންސާފާ ހަމަހަމަ ކަމަކީ؟

 6. ސެންޗޯ

  މައުމޫން ތިރީސް އަހަރު މިގައުމު ފަސާދަ ކުރީ

 7. ޖާބެ

  ގޮ ހޮރުވެސް އިރާލާފަ ނަގާތީ އަނބިދަރިންވެސް ވިއްކާހިސާބައް ދާނެ އަޅުވެތިކަމުގަ ދިިވެ ހިން ދޫދީގެން ތިބެނީބާ ނޫނީ މިކަމުންސަލާމަތް ވާން އެބަޖެ ހޭ ނިކުންނަން

 8. ހ މ ޒ

  އިސްތިއުފާ.