ހުުޅުމާލޭގެ ޖަމައައްތަތެރިންނާ، މާލެ ސިޓީގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ބައްދަލުކުރައްވައިފިއެވެ.

ވަރަށް ބުރަކޮތް މަސައްކަތްކުރަމުންދާ ޖަމައައްތަތެރިންނާ ބައްދަލުކުރުމަށް ފަހު ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް ބަލިމަޑުކަމުގެ މިި ނާޒުކު ވަގުތު ހިދުމަތުގެ ކުރީ ސަފުގައި ޖަމައަތްތެރީން އަދާކުރައްވަނީ ދީނީ އަދި އިންސާނީ ވަރަށް ޒިންމާދާރު ވާޖިބެއް ކަމަށެވެ.

"މިއަދު އަޅުގަނޑު އެބޭފުޅުންނާ ބައްދަލުކޮށްލުމުން ފެނުނީ އިހްލާސްތެރި ހިތްތިރި އޯގާތެރި ޓީމެއް" ޝުޖާއު ވިދާޅުވިއެވެ.

ޖަމައަތްތެރިންނަށް ހިތްވަރު ދެއްވަމުން ޝުޖާއު ވިދާޅުވީ، ކޮވިޑް-19 ގައި ނިޔާވާ މީހުންގެ އާއިލާތަކުގެ ހިތްދަތި އިހްސާސްތައް އެންމެ ގާތުން ދެކެނީ ޖަމައަތްތެރިން ކަމަށެވެ.

"ދުނިޔެދޫކޮށްލާ އަޅުގަނޑުމެންގެ ކޮންމެ އަޚަކާ އުހްތަކަށްވެސް ބިންމަތީން އަދާކޮށްދޭ އެންމެ ފަހުގެ ހިދުމަތް އަދާކޮށް އެދެއްވަނީ ޖަމާއަތްތެރީން. އެބޭފުޅުންގެ އިހްލާސްތެރި މަސައްކަތް އިހްތިރާމާ އަގު ވަޒަންކުރުމާއެކު އަޅުގަނޑުމެން ބަލައިގަންނަން ޖެހޭ..." ޝުޖާއު ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޓްވީޓް ނިންމަވާލައްވަމުން ޝުޖާއު ވަނީ ޖަމައަތްތެރިންގެ މަސައްކަތަށް ފަސޭހަވާނެ މަގުތައް ފަހިކޮށްދީ، އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގައި ސިޓީ ކައުންސިލް ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮވިޑް-19 ގައި އެތައް ބަޔަކު ނިޔަވަމުންދާއިރު، ޖަމައަތްތެރިންގެ މަސައްކަތްތަކެއްވެސް ވަނީ އިހުނަށްވުރެ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުން ޖޭ

    ޖަމާޢަތް ތެރިންނާއި އެކީ ކެމްޕައިން ފެށީ ދޯ؟

    3
    20
  2. އަޙުމަދު ބާރަށް

    މުންޖޭ އަށް ބުނެލަން. ސުޖާ އެހުރީ ﷲ އިރާދަފުޅުން ކެމްޕޭނުކޮށް ހޮވިފައި ،މިހާރު އެކުރާކަމަކީ ހޮވުނު ދާއިރާގައި އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަނި. ސުޖާއަކީ މީގެ ކުރީގައިވެސް ހޮވުނުދާއިރާއަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރި ކަމަށް ޤާބިލްބޭފުޅެއް.

    10