ރާއްޖެއަށް ފަތުރުވެރިކަން ގެނައުމުގައި އިސް ރޯލެއް އަދާކުރެއްވި އަހުމަދު ނަސީމް (ކެރަފާ ނަސީމް) އަކީ ވަފާތެރި ބޭފުޅެއް ކަމަށާއި، ނަމަވެސް ސިއްހީ ވުޒާރާ އެއް ހިންގުމަށް އެންމެ ރަނގަޅު ބޭފުޅާ ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ފަރުވާދި ނުން ލަސްވެގެން ކުޑަ ކުއްޖަކު ކޮވިޑް ބަލީގައި ނިޔާވި މައްސަލައާ ގުޅިގެން ނަސީމަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަސީމަށް ވީ ވަރަކުން އެންމެ ރަނގަޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ނަމަވެސް މިފަދަ ބަލިމަޑުކަމެއްގެ ހާލަތުގައި ނަސީމް އަކީ ހެލްތް މިނިސްޓަރުކަމަށް ކަމުދާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށް އުޝާމްގެ ޓްވީޓްގައި ލިޔުއްވެވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން މިފަދަ ބަލިމަޑުކަމެއްގެ ތެރޭގައި ނަސީމަކީ ސިއްހީ ވުޒާރާ ހިންގަން އެންމެ ރަނގަޅު މީހާ ކަމަށް" އުޝާމް ވިދާޅުވިއެވެ.

ކޮވިޑް ބަލީގައި އިއްޔެ ރޭ ދަންވަރު ނިޔާވި އައިޝަތު މިޝްކާގެ މަރާ ގުޅިގެން ނަސީމުގެ އިސްތިއުފާއަށް ގޮވާ އަޑު ވަނީ ގަދަވެފައެވެ.ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމު ގައި ނަސީމް ވިދާޅުވީ، އެ މަައްސާލަގައި ބަޔަކު އިހުމާލުވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެެވެ.

މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގައި، އެ ތަހުގީގުގެ މައްޗަށް ބިނާކޮށް ރިޕޯޓެއް އާއްމުކުރާނެ ކަމަށް ނަސީމް ވަނީ ހާމަކުރައްވައިފައެވެ. އަދި އޭނާގެ އިހުމާތެއް އޮތްތޯ ނުވަތަ ނޫންތޯ އެނގޭނީ އެ ތަހުގީގު ނިމުމުން ކަމަށް ނަސީމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ވަރުގަދަ ސުވާލުތަކެއް އަމާޒުކުރެވުނު އެ ބައްދަލުވުމުގައި ނަސީމް ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވާނީ އިހުމާލެއް އޮތްތޯ ބެލުމަށް ފަހު ކަމަށެވެ. މިޝްކާގެ މަރުގެ މައްސަލަ މަޖިލީހުން ވެސް ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހުލާމް

    ގައުމުގެ ވެރިޔަކަށް ހުރީ ބުދެއްތަ؟

    13
  2. ކޮވިޑް

    ކިހިނެއް ރަނގަޅީ؟ މަޖުބޫރު ކޮށް ވަޒީފާގެ ބިރަށް ކޮވިޝީޑް ވެކްސިން ޑޯޒް ވަން ޖެހިތާ ތިންމަސް ވީ، ޖަހާ ޖަހާ ތިގޮވަނީ ކޮބާ ދެވަނަ ޑޯޒް؟ ތިގޭ ކައިރިޔަށް ތަ ރައްޔަތުން ދެވަނަ ޑޯޒް ހޯދަން ދާން ޖެހެނީ؟

    15
    1
  3. ސަޒާ

    މިކަމަކީ އެމް.ޑީ.ޕީ ނޫން އެހެން ޕާޓީއަކަށް ނިނސްބަތްވާ ވަޒީރެއްނަމަ އެރޭ ދަންވަރު މަޖިލިސް ބާއްވައިގެން ނަމަވެސް އިތުބާރުނެއްކަމުގެ ވޯޓްނަގައި ބޭރުކުރީސްކަން ކަށަވަރު. އަދި މައްސަލަ ނިމެންގެން ހައްޔަރުވެސް ކުރީސްކަން ކަށަވަރު. މިހާރުދެން ރައްޔަތުން މި ސަރުކާރާ ދެކޮޅަށް ނިކުންނަން ވެއްޖެ.

    19
  4. ރާކަނި ސައްތާރު

    ޢަހަރުމެން މި ބަލަނީ މާފަންނު ގެ މެމްބަރު އާދަން ކޮއި ގެ ބަހަކަށް

    1
    1
  5. ސެންޗޯ

    ދެން ވަޒީފާ ތަކަށް ކަމުދާންވީ ވަގުންކޮޅު މިހާރު ރަތްޔިޔުން ކަލޭމެން ބަލައެއްނުގަނޭ އަރާ ތިިތިބެނީ ދަތްދިލެފަ

    1
    1
  6. ކެރަފާ

    ވައްކަން ކުރަން ރަންގަޅު ވާނެ.

  7. ނަައީމް

    ތިޔަބުނަނީ ނަސީމު ރަގަޅޭ ކޮންގޮތަކުންހޭ ތަގަޅީ ކިތައްދިވެހިން ލޭ މިފަސްގަޑައްއޮހޮ ރާފަތޯ އެހުރީ ތިޔަމީހުނައް ދުވަހަކު ރައްޔިތުން މާފުނުކުރާނެ ތިމީހާގެ ކުލުނެއް ލޯތްބެ ނުހުންނާނެ ދިވެހިންނާއި މެދުގަ އީވާނު މައުމޫނު މަރާލިކަމައްހަދާފާ ތިޔަމީހުން ނުގޮވަނީ ކީކޭ މިއަދު ތިޔަމީހާ މަގާމުގެ ޒިންމާއެއް ވެސް ނެތް ރައްޔިތުން މިހެން ވިޔަދީގެންނުވާނެ މިކަލޭގެ މަގާމުގެ ޒިންމާ މިކަލޭގެ ބޮލުގާ އަޅުވަންޖެހޭ މިސްކާ މަރުވި ޒިންމާ މީނާ އުފުލަން ނުޖެހޭނެތޯ މައުމޫނުތޯ ހަމައެކަނި ޒިންމާ ނަގަންޖެހެނީ ހައްގު އަދަބުދީ

  8. ގެރި ކުޑޭ

    އިޒްރާއިލަށް އެމްޑީޕީން ކަޑަ އަޅާ އެމްބެސެޑަރެއްގެ މަގާމަށް ވަރަށް ރަނގަޅުވާނެ!