ހެލްތް މިނިސްޓަރ އަހުމަދު ނަސީމް މިރޭ ނޫސްވެރިންނާއި ބައްދަލު ކުރައްްވާނެކަން ސަރުކާރުން ހާމަކޮށްފިއެވެ.
މިކަން ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ހާމަކޮށްފައި ވަނީ، ފަރުވާދިނުން ލަސްވެގެން ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާގެ މަރާއި ގުޅިގެން، ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތީ އެކަމާއި، ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި ނޫސްވެރިންވެސް އެކަމަށް ޕްރެޝަރ ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
އެޗްއީއޯސީން ވިދާޅުވީ، މިރޭ އެ ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށާއި، އެ ބައްދަލުވުން އޮންނާނީ މިރޭ 10:00ގައި ކަމަށެވެ.
In today’s HEOC press conference at 10:00pm:
▫️Ahmed Naseem, Minister of health
— Health Protection Agency (@HPA_MV) June 2, 2021
އަދި ބައްދަލުވުމުގައި ބައިވެރިވާނީ މިނިސްޓަރ ނަސީމް ކަމަށް ވިދާޅުވެފައި ވެއެވެ.
ބޮޑު ބާގީއެކޭ
ކޮން ބައްދަލުވުމެއް؟ ކަލޭ އިސްތިއުފާދީފަ ގެއަށްދާށޭ ރައްޔިތުން މިއޮތްގޮވަނީ!! ނާގާބިލް މީހާ!! ކަލޭމެންގެ ފަރާތުން ރައްޔިތަކަށް ހެޔޮކަމެއް ނުވާއިރު ގައުމަށްވެސް ހަމަ ޙަރާންކޯރުވާތަން ފެންނަނީ!! ބައެއްގެ އުނގަށް ވެއްޓުނަސް ފުކެއްބޮޑުވަރު!! 600000 ޑޯޒް ވެކްސިން ހިލޭ ލިބެން އޮތްވާ ހަމަ އެވެކްސިން ބޮޑުއަގުގައި ތިގަތީ!! މިއީ ކޮންކަހަލަ މީހެއް؟ ކޮންކަހަލަ ސަތުކާރެއް؟ ގެރި މޯދީ ހިތް ޙަމަޖައްސަންވެގެން އެތާ ނޫހަކަށް މިކަލޭގެ އިންޓަވިއުދީފިއޭ ޗައިނާއިން ވެކްސިން ނުގެންނާނެކަމަށް ބުނެ!!
ޗައިނާގެ ވެކްސިން ނުގެންނަނީ ކީއްވެތޯއާއި. މުޅި ރާއްޖޭގެ އެންމެން އެއފަހރާ ޓެސްޓްކޮށްނިންމާދޭން ޗައިނާއިންހުށަހެޅިމަ އެކަން ގަބޫލުނުކުރީ ކީއްޗެތޯއާއި މިކަންކަން ނުކޮށް ކޯވިޑް ދެތުރި މަރުވާ އެންމެންގެ މަރުގެ ދިޔައާއި އާއިލާއަށްވީ ގެއްލުމުގެ އަގު ދޭނަނތޯއާއި. ކަންފަތް ބީރުވީމަ 9 މިލިއަންދިން ގޮތަށް ފުރާނައަކަށް 9 ބިލިއަންތޯ ދޭން ގަސްދުކުރަނީ ނަސީމުއާ ސުވަލުކޮށްލަދެއްވައްޗޭ ކޮންމެވެސް ނޫސްވެރިއަކު!!
ނޫސްވެރިންނާ ބައްދަލުކުރާނެކަމެއްނެތް އިސްތިއުފާ ދީވަގުތުން. ފަރުވާ ނުދެވި ލަސްވެ ކިތައް މީ ހުން ލޯބި ތުއްތުކިތައް ކުދިންތޯ އެވަކިވަނީ! ތަނެއްގަ ހުރި މަރުމޯލަކަށް ސިއްހ ހަތާބެ ހޭ ވަޒީރުކަން ހަވާލުކޮށްގެން ގައުމު ފަނާކުރަނީ! ރުޅިއައިސްގެން ރައްޔިތުން މަގުތަކަށް ނުކުންނަންވީ ހަމައަކަށް އަޅުވަން!!
އިސްތިއުފާ ދީފައި އިބޫ އަށް ދަންނަވާއިގެން ނަސީމު ހުރި މަޤާމަށް ތަންކޮޅެއް ހީވާގި މުރާލި ކަން އެނގޭ މީހަކަށް ފުރުސަތު ދީ ބަލަ
ކޮން އިބޫ އަކައް “ދަންނަވާކައް” ތިޔަ އިބޫ ވެސް އިސްތިއުފާ ދޭންވީ.
އިބޫއަކީ ކާކު؟ ބުރާންޗެއްނު.. ނުފެންނަނީތަ މީނަގެ ހާލަތު. އުމުރު ނޭނގެނީތަ. ހިނގާބިނގާވެ އުލެވެނީވެސް އުނދަގުލުން.. އިބޫއަށް ހެޔޮ މިގައުމަށް ކޮންމެ ގޮތެއްވިޔަސް. މަތިފަޑީގަ އެއިނީނު ދެފައިތަޅުވާލަ ތަޅުވާލާ... ގައުމު ހިންގުމުގެ ގާބިލުކަމެއް ނެތް ހުސް ހޮޅެއް އިބޫއަކީވެސް.
ނަސިީމު ކަލެއަާއި ފެޭސް ކުރަން ދިވެހިން ބެޭނުން ނުވެޭ ކަލެއަކިީ ދިވެހިީނގެ ޢަދުއްވެއް ވިީމަާ އަވަހައް އިސްތިއުފަާދިިީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ.
ހެލްތް މިނިސްޓަރ އަހުމަދު ނަސީމް އިސްތިއުފާ.
ކީއްކުރަންތޯ؟ ގަދަބަސް ބުނަންތޯ؟؟
ކޮންމެހެން ކުރި ހުރިހާ ގޯސްކަންތަކުގައި މަތިނުޖަހާ. އިސްތިއުފާދީ ކަލޭމެން ދައްކާ ވާހަކަ ޤަބޫލެއް ނުކުރަން
މިރޭ ރޯން ނުފަށާ އިސްތިއުފާ ދީފިއްޔާ ކިތަންމެހާވެސް ރަނގަޅު
ކަލޭމެން ބުނާ އި ރަށް އިސްތިއުފާ ނުދޭނަން!
މި މުސްކުޅިބޭ އިސްތިއުފާ ދޭށޭ މި ގޮވަނީ. މިނިސްޓަރ ސިދާތާ ބެޑްށީޓުގެ ސަބަބުން އިސްތުއުފާ ދޭން މަޖްބޫރުކުރުވީ ސަރުކާރު މެންބަރުން. މިއަދު އެމީހުން ކޮބައިބާ؟ އަޅުގަޑުގެ ތިމާގެ ކުއްޖެއް ދުރުތާ ވިޔަސް. މިވަރަށް އިހުމށލު ވާކަށއ ނުވާނެ. މުޅި ސރލްޓަރ މި އޮތީ އަތަށް ގޮވާފަ.
ޙެޔޮނުވާނޭ ރައީސޭ މިތަނަށް ޒުވާނެއް ލައިދީ ބަލާށޭ....
ކެރަފާ ނަސީމަކީ ރައީސް ސޯލިހުގެ ސަރުކާރު ޤަތުލުކޮށް ޤުރުބާން ކުރަން ކެރަފާ ނަޝީދު ހަވާލުކުރި ޖައްލާދު. ރައީސް ސޯލިހުގެ ވެރިކަމުގެ އިތުބާރު ގެެްލުވާލަން އެންމެ ފަސޭހަވާނީ މި ނާޒުކު ދަންޑިވަޅުގަ ރާއްޖޭގެ ސިއްހީ ނިޒާމު އިނދަޖައްސާލައިގެން މީ ރައީސް ސޯލިހުގެ ވެރިކަން އެންމެ ފަސޭހައިން ފުނޑާލެވޭނެ ގޮތް. ކެރަފާ ނަސީމު އެކުރަނީ އެމަސައްކަތް. ހަޤީޤަތުގަވެސް ނަސީމަކީ ވަރަށް ނާޤާބިލު ވަރަށް ހީލަތްތެރި އަދި ކޮރަޕްޓު މީހެއް. ބައިނޭޅޭ ގޮތަށް އިނގިލިވެސް ހިއްލާނާނެ. ސްޕަޓްނިކް ވެކްސިން ހިލޭލިބެން އޮއްވާ ގަންނަން ނިއްމީވެސް މިސަބަބާހުރެ.
އެކުއްޖާގެ ހައްގުގަ މިރޭނޫސްވެރިން މިބައްދަލުވުން ބޮއިކޮޓްކުރަން ގޮވާލަން
ހެޔޮ ނުވާނެ ހުރިހާ ނޫސްވެރިން އެއްބަސް ވެފަ މިރޭ މިނިސްޓަރު ހިތަށްއެރި ގޮތަކަށް ޖަވާބު ދީފަ ނިންމާލިއަ ނުދީބަލަ. އެކަކު ކުރާ ސުވާލަށް ކޮސް ޖަވާބު ދީފަ ނިންމާލީމަ ފުރުސަތު ލިބޭ ނޫސްވެރިއާ ބުނޭ އޭނަގެ ސުވާލަށް ޖަވާބު ދޭޭށޭ. މި ކަމުގައި ޒިންމާ އުފުލަން މަޖުބޫރު ވާ ވަރު ކޮށްލަދީ ޕްލީޒް. ނޫސްވެރިންނަކީ ކިހާ ބާރުގަދަ ބައެއް ކަން އަންގާލާ މިރޭ.
މިރޭ ވާނެ ހެސް ކިޔާފަ ބަވަން. މިނިސްޓަރު ރޮއްވާލާތި މިރޭ. ބޮޑު އާފާތެކޭ މީ ޖެހިފަ އޮތް
އަޅުގަނޑުރައީސް އައް ލަފާ އެރުވިން އެމަގާމައް ކެރެފާ ނަސީމް ހަމަޖައްސަން އަލުގަނޑު ކުޑަވެސް ޝައްކެއް ނުކުރަން ؟ ކޮންބޭފުޅެއްތޯ މިހެންވިދާޅުވީ
ދިވެހިން ބޭނުން ނުވޭ ހެލްތު މިނިސްޱަރ ނަސީމް އެއް. އިސްތިއުފާ ދީ.
އިސްތިއުފާ ދީފަ ގޭގަ އޮވެބަލަ. ނުފޯރާ ފޮތިން ފޫ ގަޅަން އުޅުނީމަ ވާގޮތް މިފެންނަނީ
މިއީ ވެރިކަމެއް ނޫން ބަލާވެރިކަމެއް . އިސްތިއުފާދީފަ ގެއައް ދާށޭ ނާގާބިލް ސަރުކާރު
ސުވާލު ތަކައް ޖަ ވާބު ވެސް ނުދެވޭ
މިބޮޑު ބާޢީ އައިފަހުންނޭ ހުރިހާ ކަމެއް ބޮއްސުންލީ...