ގދ. ފަރެސްމާތޮޑާގެ މުޖުތަމައު ތެރެއިން ބަލި ފެނި މީހާތަނަށް އަށް މީހަކު މި ބައްޔަށް ފައްސިވެއްޖެއެވެ.

ފަރެސްމާތޮޑާ ހޮސްޕިޓަލްގެ މެނޭޖަރ މުހައްމަދު ސޮބާހު "ވަގުތު" އަށް ވިދާޅުވީ، އެރަށުން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސިވެފައިވަނީ ފަހި ރޯޅި ނަމަކަށް ކިޔާ މާލެ ދަތުރު ކުރާ ބޯޓެއްގެ ފަޅުވެރިއެއް ކަމަށެވެ.

އޭނާ ފައްސިވުމާއި ގުޅިގެން އޭނާ އާއި ގާތުން އެއްތާވި މީހުން ހޯދައި ބެލި ބެލުމުން 21 މީހަކު ފާހަގަ ކުރެވިގެން އެ މީހުންގެ ސުންކުތައް ނެގި ކަމަށް ސޮބާހު ވަނީ ވިދާޅުވެފައެވެ.

އެމީހުންގެ ސުންކު ނަގާފައިވަނީ އިއްޔެ ކަމަށާއި އޭގެ ތެރެއިން ނަތީޖާ ލިބިފައިވަނީ 12 ކަމަށް ސުންކުގެ ކަމަށް ސޮބާހު ވިދާޅުވިއެވެ.

"12 ސުންކު ލިބުނުއިރު، އޭގެ ތެރެއިން 7 މީހަކު ފައްސި" ސޮބާހު ވިދާޅުވިއެވެ.

ފަރެސްމާތޮޑާއިން ކޮވިޑް-19ގެ ވޭދަނަތަކެއް ފެނުމާއި ގުޅިގެން އެރަށް އަރާ ފޭބުން މަނާ ކޮށް މޮނިސްޓަރިންގެ ހާލަތަށް ވަނީ ގެނެވިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަށު މީހާ

    އަދިވެސް ބަލި ނުޖެހެޔޭ ކިޔާފަ ބޭރުގަ އުޅޭ...މުޅި ރަށައް ބަލި ފެތުރުނީ އެންމެ މީހެއްގެ އިހުމާލުން... ވ.ދެރަ

  2. އަފީފު

    ކައުންސިލްގެ ފެއިލްވުމެއް... ބޯޓު ފަހަރުން އަންނަ މީހުން މުޅި ރަށުގައި ކަރަންޓީނު ނުވެ ހޫރޭއިރުވެސް ކުރެވުނު ކަމެއްނެތް.

  3. ޙައްވާފުޅު

    ޢެއްމެ މީހެއްގެ އިހުމާލުން ވި ކަމެއް އެއީ
    ޢޭނަ ބުނެފަ އޮތީ މިފަހަރު މާލެ އިން އަންނާނީ ކޯވޮޑް ހިފަިގެންނޭ. ރައްޔިތުންނަށް ކުޅި ދައްކާލާނަމޭ މިހެންކިޔާފަ ހުރީ
    މިހާރު ކިހާދެރަ މުޅިރައް އޮތީ ބިރުވެރިކަމެއްގެ ތެރޭގަ

  4. ރަށު މީހާ

    ވަރަށް ދެރަ ގޮތެއް މި ވީ.. އެންމެ މީހެއްގެ އިހުމާލުން މުޅި ރަށް މި އޮތީ ބިރުވެރި ހާލަތެއްގައި.... ފަރުދީ ޒިންމާ ނެގުނުނަމަ ދޯ...