ފެމަލީ ކޯޓުގެ ގާޟީ ހުޒައިފާ މުހައްމަދު އާއި ގުޅޭގޮތުނ ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލަން ފެށި މައްސަލަ ސާބިތުނުވާ ކަމަށް ޖޭއެސްސީން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން މީގެ ކުރިންވެސް ހުޒައިފާއާ ގުޅޭ މައްސަލައެއް ބެލިއެވެ. އެ މައްސަލައިގެ ތަފްސީލެއްވެސް ޖޭއެސްސީން ދީފައެއް ނުވެއެވެ. ފަހުން ޖޭއެސްސީން ވިދާޅުވީ، އެ މައްސަލަ ނުބަލަން ނިންމާފައިވާ ކަމަށެވެ.

މިފަހަރުވެސް އޭނާއާ ގުޅޭގޮތުން ބެލި މައްސަލައިގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހުޒައިފާއާ ގުޅޭގޮތުން ފެބްރުއަރީ 18 ވަނަ ދުވަހު ތަހްގީގެއް ކުރުމަށް ނޯޓިސް ދީފައިވާ ގާޒީ ހުޒައިފާގެ ސުލޫކީ މައްސަލަ، ތަހްގީގު ކޮށް އެ މައްސަލަ ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވާ ކަމަށެެވެ.