ރޭގެ ވަގުތެއްގައި ކޮވިޑް-19 ޖެހިގެން ނިޔާވި މިޝްކާ ހޮސްޕިޓަލަށް ގެންދިއުން ލަސްވެގެން ދިޔައީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އިހުމާލުން ކަން ވަރަށް ރަނގަޅަށް މައްސަލައިގައި އެނގިގެން ގޮސްފައިވާ ކަމަށް ޗައިލްޑް އެބިއުސިންގ ޕްރިވެންޝަން ސޮސައިޓީ (ކެޕްސް)އިން ބުނެފިއެވެ.

މިޝްކާގެ މަރާއި ގުޅިގެން އެޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ފަރުވާ ދިނުމަށް ލަސްވުމުގެ ސަބަބުން މިޝްކާ މިދުޔެއާއި ވަކިވެގެން ދިޔަ ހަބަރު އެ ޖަމްއިއްޔާއިން އެހީ ކުއްލި ހައިރާން ކަމާއި ފުން ހިތާމައާއި އެކު ކަމަށެވެ.

އެޖަމްއިއްޔާއިން ބުނީ، އެޗްޕީއޭގެ ގައިޑްލައިންތަކުގައިވާ ގޮތުން ފައްސި ފަރާތްތަކުން ހޮސްޕިޓަލްތަކަށް ނުދިއުމާއި ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި އެއިދާރާއަށް ގުޅާއިގެން ކުރިއަށް ގެންދިއުމަށް ބަޔާން ކޮށްފައިވާއިރު، އެންމެ ފަހު ވަގުތާއި ހަމައަށް ވެސް އާއިލާއިން މަސައްކަތް ކޮށްފައިވަނީ ގަވައިދުތަކަށް ބޯލެނބުމަށް ކަމަށެވެ.

އެގޮތުން އެޗްޕީއޭގެ ހޮޓްލައިނަށް އެތަށް ފަހަރަކު ގުޅައިގެން ވެސް އަލި މަގެއް ނުފެނުމުން އައިޖީއެމްއެޗްގެ އެމްބިއުލާންސްއަށް އެދި އެތަށް އާދޭސްތަކެއް ކުރުމުން ވެސް ކޮވިޑަށް ފައްސި ފަރާތެއް އުފުލުމުގައި އަމަލު ކުރަން ހާއްސަ ގަވައިތަކެއް އެޗްޕީއޭއިން ކަނޑައަޅާފައިވާ ކަމަށް ވިދާޅުވެ، އެމްބިއުލާންސް ފޮނުވުމަށް އެ ހޮސްޕިޓަލުން އިންކާރު ކުރުމުން އާއިލާއަށް ގޮށް ހުސްވެ ދަރިފުޅުގެ ހާލަތު ދަށަށް ދާތަށް ބަލަން ތިބުން ނޫން އެހެން ގޮތެއް ނެތި ތިއްބާ ދަރިފުޅު ހޭނެތުނު ކަމަށް އާއިލާއިން ހާމަކޮށްފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

"އެފަދަ ދަނޑިވަޅަކީ އާއިލާއަކަށް ވަރަށް ބޮޑަށް އަސަރު ކުރާނޭ ވަގުތެކެވެ. އެހެން ކަމުން ރޭގެ ހާދިސާ ހިނގާދިޔަ ވަގުތު އެޗްޕީއޭ އަދި އައިޖީއެމްއެޗްގެ ޑިއުޓީގައި ތިބި ބޭފުޅުންގެ ތެރެއިން އެމުއާމަލާތް ކުރެއްވި ފަރާތްތަށް ހޯދައި އެފަރާތްތަކުން އަމަލު ކޮށްފައިވަނީ ކޮންފަރާތަކުން ދެއްވި އިރުޝާދަކާއި އެއްގޮތަށްތޯ ބައްލަވާ ވީއެންމެ އަވަހަކަށް ފިޔަވަޅު އެޅުމަށް މި ޖަމްއިއްޔާއިން ގޮވާލަމެވެ" ބަޔާނުގައި ބުނެފައިވެއެވެ.

އިންސާނެއްގެ ފުރާނައަކީ ހުރުމަތްތެރިވެގެންވާ އެއްޗަކަށް ވީހިނދު މިހާދިސާގައި ގެއްލިގެން ދިޔަ ފުރާނައަކީ ސިއްހީ ދާއިރާގެ އިހުމާލުން ގެއްލިގެން ދިޔަ ފުރާނައެއް ކަމުގައި ދެކޭ ކަމަށް އެ ޖަމްއިއްޔާއިން ވަނީ ބުނެފައެވެ.

އަދި އެމްބިއުލާންސްގެ ހިދުމަތަށް އެދެނީ އާއްމުކޮށް ވަރަށް ބޮޑަށް ބަލީ މީހާގެ ހާލު ސީރިއަސް ވުމުން ކަމަށާއި ނޫންނަމަ އުމުރުން ދުވަސްވީ މީހުން ގެންދަން ޖެހިއްޖެ ހާލަތެއްގައި ކަން އެޗްޕީއޭގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އެނގެން ޖެހޭ ކަމަށް ޖަމްއިއްޔާއިން ވަނީ ބުނެފައެވެ.

މި ހާދިސާގައި ފާއިތުވެގެން ދިޔަ ދެ ގަޑިއިރާއި 40 މިނެޓަކީ މާލޭގެ ގެއަކަށް އެމްބިއުލާންސް ދިއުމަށް ވަރަށް ގިނަ ވަގުތު ކަމަށާއި ކުއްޖާ އާއިލާއާއި ވަކިވެގެން ދިޔައީ ސިއްހީ ހިދުމަތަށް އެދި އާދޭސް ކުރަމުން ދިޔަތާ ތިން ގަޑިއިރު ފަހުން ފަރުވާ ދޭން ފެށުމުގެ ސަބަބުން އެފަރުވާ ދިނުން ލަސްވެގެން ކަމަށް ޖަމްއިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ.

ސިއްހީ ހިދުމަތް ދިނުމަށް ތިއްބަވާ ފަރާތްތަކުން މިއަށްވުރެ ޒިންމާދާރު ކަމާއި އެކު މަސައްކަތް ކުރައްވާ ބަލި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ދޭން ޖެހޭ ފަރުވާ ދިނުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށް އެ ޖަމްއިއްޔާއިން ވަނީ ގޮވާލާފައެވެ. އަދި މި ހާދިސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސިއްހީ ދާއިރާގެ ވަޒީރު އިސްނަންގަވައިގެން އާއިލާއަށް އިންސާފު ހޯދައި ދޭން މަސައްކަތް ކުރުމަށް ވެސް އެ ޖަމައިއްޔާއިން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަލްޖިބްރާން

    އަނެއްކާ މިޝްކާގެ މަންމަ ބޭނުންވި އެންމެ ފަހު ވަގުތު މިޝްކާގެ މޫނުގައި އެންމެ ފަހަރަކު ނަމަވެސް އަތް ޖައްސާލަން. އެކަންވެސް ކޮށް ނުދިން. އެއީ މިޝްކާ އަކީ ކޮވިޑް އަށް ފައްސި ކުއްޖެއް ވީމަ، އެޗްޕީއޭގެ ގައިޑްލައިން ގެ ދަށުން މި އޮތީ ފައްސިވެފަ ތިބޭ މީހުންގެ ގައިގައި ބީހުން މަނަވެފައި. އެކަމަކު މަންމަ ޕޮޒިޓިވް މީހެއް ވީމަ، އަތް ޖައްސަން ހުއްދަ ނުދޭން ޖެހޭ ސަބަބެއް ވެސް. ދޯ؟ ގަމާރުކަމުންތޯ ޗެއް އެ ހުއްދަ ނުދިނީ.

    23
    1
    • ކޮވިޑް

      ގައިޑް ލައިން ފޮލޯކުރަން ޖެހުނީ މިޝްކާ މަންމަ މިސްކާ މޫނުގައި ބީހިލަން ބުނީމަ. އެމްބިއުލައިސް ފޮނުވަން ވީމަ ގައިޑް ލައިން ކޮންމެގޮތެއް އޯކޭ މީ މި މީހުންގެ ފެންވަރު.މީ ދުނިޔޭގަ އުފެދުން އެންމެ ނާޤާބިލް ސަރުކާރު ހުވާ.

  2. އިސްތިއުފާ

    މިކަމުންވެސް ރައްޔިތުން ލިބިގަންނަންވީ ފިލާވަޅަކީ، މިފަދަ ނާގާބިލު ސަރުކާރަކުން އަންގާ އެންގުންތަކަށް ތަބާވެ ތިބެގެން ވާނެ ފައިދާއެއް ނެތްކަން. ޚުދު މިނިސްޓުރީ ހިންގަންލާފައިވެސް އެހުރީ ކަމުގެ އުޑެއްބުޑެއް ނުދަންނަ ގަމާރެއްކަން. މިތާނގައި ކޮވިޑު ފަތުރާ އާލާ ކުރީ ސަރުކާރުންކަން. ކޮވިޑަކީ މިތާނގައި ބަޔަކު އުފެއްދި އެއްޗެއްނޫންކަން. ނަސީމު ބޭރުކޮށްފައި ދެން މިނިސްޓަރުކަންދީ ސައްތާރަށް، އޭރުން ހުރިހާކަމެއް ފުރިހަމަވާނީ..

    22
    1
  3. Anonymous

    ފެއިލްވެފަ ތިބި ބަޔަކައް އަބަދުވެސް ވަނީ ތިހާ ވަރު. ކިނބޫ އިސްތިއުފާ މުޅި ސަރުކާރު އިސްތިއުފާ

    21
  4. ޓޯބީ

    ފިޔަވަޅު އަޅާނީ ފޯނު ނެގި މީ ހާއަށް، މިކަމުގެ އަޑީގައި ހުރި ބޮޑުން އުޅޭނެ ޑިޓެކްޓިވުންނަށް ހެދިގެން!

  5. ހައްވަ

    މިހާވަރު ވެގެން ދާއިރު އަހަރުމެން ވޯޓުދީގެން ހޮވައި އަހަރުމެންގެ ޙައްޤުތައް ރައކައުތެރިކޮށް ދިނުމަށް ކީރިތިﷲގަންދީ ހުވާ ކޮށްގެން ހުރި ވަލީ އަހްދުގެބަހެއ ނުއިވެނީ ކީއްވެ؟ އޭނާ އަނެއްކާ ދުނިޔޭގައި ނެތީބާ؟

  6. ސަޓޯ

    މަގޭ ދަރިއެއް ނަމަ އެޗްޕީއެއް މައުމޫނާއެއް ނޯންނާނެ ގެންދެވުނު ގޮތަކަށް ހޮސްޕިޓަލަށް ގެންދާނަން.. ހާދަ ދެރައޭ ކުޑަކުޑަ މައުސޫމް ކުއްޖަކު މިދުނިޔެއިން އެދިޔައީ... އަހަރެން ރުޅިއަންނަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތައް މޮޅުވާހަކަ ދައްކާފަ މިކަންވެސް އޮއްބާލާނީ... ހެޔޮ ވެރިކަމޯ... އަންނިއަށް އެކަނި ހެވީ...

  7. ކާފަބޭ2020

    އިމްތިޔާޒުފަހުމީވީދާއަޅުއްވަނީ މިޤައުމުގައެންމެބޮޑުކަމަކަށްއޮތީ ނަސީދަށްދިން ހަމަލާގެކަންތައްކަމަށް ވީމާ ދެންތިބިއާދައިގެ ރައިއްޔަތުންމިތިބީވާނެގޮތެއްވާންދޫކޮށްލާފަތާ ބަލަބުރާސްފައްޗާ ތިޔަބުނާމީ ހާގެއެކަނިވޯޓަކުންނޫނޭތިޔަގޮނޑީގަވެޑުވިގެންތިޔައިނީ މިވީ ހާތަނަށްމާފަންނުއުތުރުދާއިރާގެމީ ހުންޙާލުބަލާލަން މެސެޖުގަނޑެއްވެސްފޮނުވާލިންތަ ދުފާއެއްޗިއްސޭނުކިޔާ މުޅިސަރުކާރާއެކުއިސްތިއުފާދޭށެވެ.

  8. ބެއްޔާ

    އިބޫއަށް ނުރޮވޭތަ؟؟