ރައްޔިތުންގެ މަޖިލިސް ގޮއްވާލާނެ ކަމުގެ އިންޒާރުދީގެން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މަޖިލީހުގައި ބޮމެއް ގޮއްވާލާނެ ކަމުގެ އިންޒާރު މީސް މީޑިއާގައި ދީފައި ވަނީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ އިއްޔެ އެވެ.

މިފަދަ އިންޒާރުތަކާއި ނިރުބުވެރިކަމާއި ގުޅުން ހުރި ކަންކަން ފުލުހުން ވަރަށް ސީރިއަސްކޮށް ބަލާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ރޭ ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަޖިލީސް ގޮއްވާލާނެ ކަމަށް ބުނި މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން މިއަދު ޖަހާފައިވާ ކަމަށެވެ.

މަޖިލިސް ގޮއްވާލާނެ ކަމުގެ އިންޒާރު ދިނީ ހަސަން އަލާން އަލީ ނަމަކަށް ކިޔާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަރުސަތު ނާމާ

    ﷲ ސުބުހާނަހޫ ވަތަޢާލާ އަދި މާތް ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމް އައް ފުރައްސާރަ ކުރިމީހުން ހައްޔަރު ނުކުރެވި އަދަބު ނުދެވި އަމާން ކަން މަތީގައި ތިބެވެނީ މިސަރުކާރަކީ ލާދީނީ ބައެއްވީމަ. ކިނބޫގެ ކަނާތާ ވާތުގަ ތިބީ ހުސް ލާދީނީ މީހުން، އެއީ ވެރިންނައް ހޮވާފަ ތިބީ ލާދީނީ މީހުން.

    11
  2. Anonymous

    އެސޮރުނުބުނޭ ބޮމެއް ގޮއްވާ ވާހަކައެއް ދޮގުހަބަރު ނުފަތުރާ މީހުންގެ ދިރިއުޅުން ހަލާކުކޮއް އެފުއްމިފުށައް ޖަހާލުމަކީ ވަރައް ފަސޭހަ ކަމެއް. ދެން މިހެން ބުނެގެން އަޅުގަނޑު ހައްޔަރުކޮއް ޖަލައްލާ އަވަހައް.