މާލޭގެ ގެއެއްގެ ތެރޭގައި ކުނިވެފައި އޮއްވާ ފެނުނު ޒުވާނާގެ ގެއިން ކުނިވަސް ދުވާތީ ދެތިން ދުވަސް ކުރިން ވެސް ފުލުހުންނަށް ރިޕޯޓް ކޮށްފައި ވާނެ ކަމަށް އަވައްޓެރިން ބުނި ނަމަވެސް އެފަދަ ރިޕޯޓެއް ފުލުހުންނަށް ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ނިޔާވެފައި އޮއްވާ ފެނުނު 28 އަހަރުގެ ޒުވާން އަންހެން މީހާގެ ގެއިން ކުނިވަސް ދުވާތީ އެކަން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާނެ ކަމަށް ދެއަވައްޓެރިއަކު "ވަގުތު" އަށް މައުލޫމަތު ދެމުން މިއަދު ބުންޏެވެ.

ނަމަވެސް ފުލުހުންގެ އޮފިޝަލުން ކަށަވަރު ކޮށްދީފައިވާ ގޮތުގައި ފުލުހުންނަށް ގުޅައި ކުނިވަސް ދުވާ ކަމުގެ އެއްވެސް މައުލޫމާތު ރޭގެ ކުރިން އެއްވެސް ފަރާތަކުން ހިއްސާކޮށްފައެއް ނުވެއެވެ. އެގެއިން ކުނިވަސް ދުވާކަމުގެ ކަމުގެ ރިޕޯޓް ފުލުހުންނަށް ރޭ ލިބުމާއިއެކު ފުލުހުން އެގެއަށް ގޮސް ބެލިއިރު ނިޔާވެފައި އޮތް އަންހެން މީހާ ފެނިފައި ވެއެވެ.

އާއިލާ އިން ބުނާ ގޮތުގައި ނިޔާވެފައި އޮއްވާ ފެނުނު ޒުވާނާ ދޭތެރެ ދޭތެރެއިން "ގެއްލެއެވެ." ރޭ އޭނާ ނިޔާވެފައި އޮއްވާ ފެނުނީ ޚަބަރެއް ނުވާތާ ފަސް ވަރަކަށް ދުވަސް ފަހުން ކަމަށް ވެސް އާއިލާ އިން ބުނެއެވެ.

އެޒުވާނާ ދިރިއުޅެނީ ވަކިން ހުންނަ އިމާރާތެއްގައެވެ. އޭނާ ދިރިއުޅޭ ތަނުގައި އިތުރު އެއްވެސް މީހަކު ދިރިއެއް ނޫޅެއެވެ. ނަމަވެސް ޖެހިގެން ހުންނަ އިމާރާތްތަކުގައި އާއިލާގެ ބައެއް މެންބަރުން ދިރިއުޅެއެވެ.

ޒުވާން އަންހެން މީހާ ނިޔާވާން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ. އޭނާ ވަނީ މަރާލާފައިވާ ކަމަށް ބެލެވިގެން ފުލުހުން އަދި ތަހްގީގު ކުރިއަށް ގެންދާ ކަމެއް ވެސް ނޭނގެއެވެ. ފުލުހުން ވިދާޅުވެފައި ވަނީ މިމައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޕީޖޭ

    ކޮބާހޭ ތިމީހާގެ އާއިލާ؟؟

    14
  2. ޙިޔޮބަސް

    03 ދުވަސްކުރިން އެންގިކަމަށް ބުނެ މުޖުތަމަޢުގައި އެއްވެސް އިތުބާރެއް ނެތް ގޮތުގައި ފިތުނަ ފަސާދަ އުފެދޭ ކަހަލަ ވާހަކަ އެއް ފެތުރުމުގެ ކުރިން އެކަން ޔަގީން ކުރަން ޖެހޭނެ މިޒަމާނުގައި ސުމާޓް ފޯނު ގެން ގުޅެނީ އެތަން ޒަމާނަކަށް ކޯލު ލިޮގު ރައްކާ ކުރެވިފަ ހުންނާނެ އެގޮތައް ބިުނުމުން ކޯލު ލިޮގު ކަހަލަ އެއްޗެއް ބަލާލާފައިި އެކަން.ކަށަވަރު ކުރުމީ ނޫސް ވެރިކަމުގެ ހަރުދަނާ ގޮތް ކަމަށް ފެންނަނި އެކަމަކު މިހާރު މުޅިންވެސް މި ފެންނަނީ އެއްވެސް.ޒިންމާދާރު ކަމެއްނެތި ބުނި ބުނި ކިޔާ ހަބަރުތައް ފަތުރަމުން ދާ ތަން.. ކޮށްމެ ކަމެއްގައި މުޖުތަމައު ފަސާދަ ކުރާ ބަޔަކަށް ނޫސްވެރިން ވެއްޖާ އެ ތަނެއްގައި އޮށްނާނީ ފަސާދަޔާ އަނިޔާވެރިކަން... މިއަދު މި ޤައުމުގައި މި ފެންނަނީ.އެފަދަ މަންޒަރު ނޫސްވެރިންނަކީ ވަރަށް.އިތުބާރު ހިފޭ ތެދުވެރިން ނަށް ވާންޖެހޭނެ... އެފަދަ ނޫސްވެރިކަމެއް.އޮތިއްޔާ އެތަމެނެއްގައި ހަމަޖެހުން އިތޮން ވަރަށް ބޮޑައް ގާތްކޮށް އޮންނާނީ

    37
    8
    • 😡

      ކަލޭ އާ…އަދި މިސަރުކާރު ވެރިން މިގައުމު ފަސާދަ ކުރަނީ 🤬😡

      7
      7
  3. ވަރިހަމަ....

    މީހަކު ހަމަ އެއްޗެކޭ ބުނާއިރަށް، ތެދެއްތޯ، ދޮގެއްތޯ ވެސް ބަލާނުލައި، އަވަހަށް ނޫހުގައި ޖަހާލަނީއެވެ. އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއްނޫންކަން ހާމަކޮށްދެނީ، ރަސޫލާ ޞޢޥ ގެ މި ޙަދީޘް ފުޅެވެ. "ތިޔަބައި މީހުންގެ ގާތަށް މީހަކު ޚަބަރަކާއިގެން އަތުވެއްޖެ ނަމަ، އެޚަބަރެއްގެ ތެދުދޮގު ނުބަލައި އެ ނުފަތުރާށެވެ!"

    33
    5
    • އަހުމަދު

      ތީ ސޫރަތް އަލް-ހުޖުރާތުގެ އާޔަތެކެވެ.
      ކޮންމެހެނަސް ވަރަށްދެރަ ކަމެއް އެއީ.....

      6
      2
    • 😡

      ކަލޭ ދޭބަލަ… އަންނި އާ އިބޫ އާ… އިސްލާހު ކުރަން😮‍💨

      3
      5
  4. ށުމަން

    ފުލުހުން ދައްކާ ވާހަކަ ގަބޫލެއް ނުކުރެވޭ!

    3
    9
  5. ހެހެހެ

    ތިފަދަ މައުލޫމާތެއް ފުލުހުންނަށް ދިންނަމަ އޮންނާނީ ޢެޓެންޑްވެފައި، މިވީހާތަނަށް ތިޒާތުގެ ކަންކަމުގައި ފުލުހުން ހުރީ އެޓެންޑުވެފައި.. މިހާރު މި އޮންނަ ގޮތުން ޢާއިލާގެ ނެތް ދޯ ހަމަ އެއްވެސް ޒިންމާއެއް.. ކީއްކުރާނީ އަދުގެ މުޖުތައު އޮތް ގޮތް.. ވަރަށް ދެރަ

    13
    2
  6. އަހަންމަދު

    ތިޔަކަންވީގޮތެއް ބުނާކަށް ނޭނގޭ. ތިހެން ތިކަންވެފައި އޮވެދާނެ. ތަޖުރިބާއެއް ކިޔައިދީފާނަން. ކައިރީގައި ހުރި ގެއަކުން ދަންވަރު ވަޑާންކުރާތީ ނުނިދިގެން ބެލިއިރު ހުއްދަ ނުނަގައި ކުރާ މަސައްކަތެއް. ފުލުހުންނަށް ގުޅާފަ ދެންނެވިން އަޑުގަދަކަމުން ނުނިދިގެންނޭ މިގުޅީ. ސީންއަށް މީހުން ފޮނުވަނީއޭ ބުނި. ގުޅީ 12:30 ގައި. މެންދަމުން އަލިވެ 2 ޖެހިއިރުވެސް މަސައްކަތްކުރާ އަޑަކަށް ބަދަލެއް ނާދޭ. ހަމަ ކަރަންޓް ކީހުން ކީހާ އަޑާއި ތަޅާ އަޑާއި ބުރުމާ ޖައްސާ އަޑު ވަރަށް ގަދަ. ދަންވަރުވީމާ މާގަދައަށް އަޑުއިވޭ. މެންދަމުން އަލިވެ 2 ޖެހުމާ ދެމެދު ފަސްފަހަރު ގުޅިން. ޖަވާބަކީ ސީންއަށް ދާނެއޭ. 2 ގެ ފަހުން ގުޅީމާ ބުނީ، ސީންއަށް މީހުން ދިޔައޭ އެކަހަލަ ކަމެއް ތިބުނާ ތަނުގައި ހިނގާކަމެއް އެނގިފައެއް ނެތޭ. ދެންނެވިން ފޯނުކުރީއްސުރެ މި އިނީ ބެލްކަނީގައޭ އެއްވެސް ފުލުހަކު މިހިސާބަށްވެސް ނާދޭ. ބުނީމާ ބުނީ މި ބަލަނީއޭ. އޭގެ ގަޑިއެއްހާއިރު ފަހުން ދެ ފުލުހަކު މަގުމަތިން ދަމުން ޕޭމަންޓްކައިރީގައި މަޑުކޮށްލި ދެތިން މިނިޓަށް. އެމީހުންވެސް ހިނގައްޖެ. އަނެއްކާވެސް ގުޅައިފިން. ބުނީ ދެމީހުން ފޮނުވީމޭ ގޮސް ބެލިއޭ. އެކަހަލަ ކަމެއް ހިނގާކަމެއް އެނގޭކަށް ނެތޭ. މިބުނާ ތަނުގައި އެރޭ ފަތިސްނަމާދުން މީހުން ފައިބައިގެން އައިއިރުވެސް ހުއްޓުމެއް ނެތި މަސައްކަތްކުރޭ. މިކަހަލަ ތަޖުރިބާ ކުރެވިފައި ހުރީމާ ގަބޫލުކުރަން ދަތިވަނީ. މައާފުކުރައްވާތި.

    12
    3
  7. ޝަހޫ

    ރިޕޯޓު ކުރިކަމަކައް ނުވާނެ ދުވަހަކުވެސް. ތިއީ މިތާއުޅޭ އިންޓަނެޓް ޚިދުމަތްދޭ މީހުން ދޭކަހަލަ ޖަވާބު. މައްސަލަ އަކީ ފޯނު. ދުވަހަކުވެސް އެމީހުންގެ ނެޓްވޯކަކު މައްސަލައެއް ނޫޅޭނެ. ދެން އެކަންއޮތްގޮތް ހޯދޭނެ އެއްގޮތެއްވެސް ނޯވޭ. ބުނާ މިހާގެ ބަހާއި ބުނެވޭ ފަރާތުގެ ބަސް މިއޮންނަނީ. ޒިންމާއަކީ އެއްގޮތަކައްވެސް އެއްޗެއްނޫން މިބައިމީހުންނައް.