މިދިޔަ އޭޕްރީލް މަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މިސްބާހު މުހައްމަދު (25އ) ހުރީ ބޭރުގެ ޑްރަގު ނެޓްވޯކެއްގައި ރަހުނުކޮށްފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އިމިގްރޭޝަންގެ ރިކޯޑްތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ 22:13 ގައި ފްލައި ދުބާއީގެ EZ1570 ނަންބަރު ފްލައިޓުން މިސްބާހު ދުބާއީއަށް ފުރާފައިވާކަން އެނގޭ ކަމަށާއި އޭނާ ދުބާއީއަށް ގޮސްފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު އާ އެކު ކަމަށެވެ.

މި މައްސަލައިގައި ހިމެނޭ އިރުފާން މިދިޔަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު 'މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ވިދާޅުވީ، އިރުފާން އާއި މިސްބާހް ދުބާއީއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ދުއްވާ ކާރެއް ކަމަށްވާ "AB1B P1939" ގައި ކަމަށެވެ.

މި މައްސަލައިގައި ހިމެނޭ އިރުފާން ރާއްޖެ އައިސްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ކަމަށާއި އެހެން ނަމަވެސް އިރުފާން އާއެކު މިސްބާހް އައިސްފައެއް ނުވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އަދި މިސްބާހު ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ފްލައި ދުބާއީގެ FZ0343 ނަންބަރު ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ފުރާފައިވާކަން ތަހުގީގުގައި ހޯދިފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

"އެހެންކަމުން، މިސްބާހް މުހައްމަދު ޕާކިސްތާނަށް ގޮސްފައިވަނީ، ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި 'ގެރެންޓަރ' އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިސްބާހް ފުރާފައިވާ ތާރީހަކީ 19 ނޮވެމްބަރު 2020 ކަމަށް މީގެ ކުރިން ދެންވިފައިވަނީ އޭރު ލިބުނު މައުލޫމާތުގެ ކުށަކުން ކަމަށެވެ.

އިރުފާން މައްޗަށް ތުހުމަތު ކުރެވޭ މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައިގެ ތަހުގީގު ނިންމައި ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައި، ފެބްރުއަރީ 14 ގައި ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލާގައި އިރުފާން ތަގިއްޔުއާއެކު ޖުމުލަ 10 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޢާދަނުބެ

  ތިކހަލަ ކަންކަން ނުވާނެ މާބޮޑު މައްސަލަޔަކަށް ދީނީ ކަމެތްނަމަ ވަރަށްކަންތައްހުންނާނެ މި ސަރުކާރުން

  19
  2
 2. ސިކް

  އަދިވެސް ހައްޔަރުގަ ތިބި ޑްރަގް ޑީލްކުރާމީހުން ދޫކުރޭ.

  13
 3. އައްޑޫ މީހާ

  މޯގޭޖް ކޮށްފަ ދެއްތޯ އެހެންވީމަ ކުރިންވެސް ފުލުުހުންނަށް ތިޔަކަން އެގޭނެ މިފަހުން ފުލުހުން ނެގި ޑްރަގްސް ނެޓްވޯކް ތެރޭގައި މޯގެޖް ކޮށްފައިވާ މީހުން ތިބޭނެ ކަމަށް ބެނެފައިވޭ

  12
 4. ލޮލް

  އެކަމު ތިސޮރުވެސް ފެލޭނެ ދީނޭކިޔާފަ ތިވަރުންވެސް ހުސް މިކަހަލަ އެއްޗެހި މާ މާތްވެގެން އުޅެނީ ހިތުން އެހެންމީހުންނަށް ނަސޭހަތްދީފަ ޕާކިސްތާނުގަ ހުންނާނެ ހައްޖުވެވިފަ މިހާރު

  7
  2
 5. އަބްޝީނާ

  އޭނަޔަށް ވާންވީ އެންމެ ރަނގަޅަށް އެވީ. ސަރުކާރުން އެމީހުން ރާއްޖެ ގެންނަން އެއްވެސް މަސަށްކަތެއް ކުރާކަށް ނުޖެހޭނެ. ތިޔަބުނާ އިރުފާނަށް އުމުރު ދުވަހު ޖަލު ހުކުމެއް އިއްވަންޖެހޭ

  8
  2
 6. Anonymous

  މިހާރު މި ވެސް ބޮޑު ކަމަކަށް ވެއްޖެ ދޯ...މި ކަހަލަ ދުވަސްވަރެއްގައި ގަ ކަލޭ މެން މައިތިރި ވެގެން ތިބެބަލަ

  8
  1
 7. ސަދޫމު ފަނޑިޔާރު

  ބުރޯ އިރްފާން ޚާން! މިހާރު މާބޮޑަށް މައްސަލަ ކޮމްޕްލިކޭޓެޑްވީ.. އެއް މިލިއަނަކަށް ނުނިންމޭނެ މިހާރަކު އަގު މައްޗައްދިޔައީ މިވީގޮތުން.

 8. އަޒްރާ

  އެހެން ވިއްޔާ ޕާކިސްތާނުގެ ޑުރަގް އެންފޯސްމަންޓާއި ގުޅިގެން ތިޔަ ނެޓުވޯކު ހޯދައި ހައްޔަރު ކުރަންވީނުން. ތިޔަބުނާ ނެޓްވޯކަކީ ރާއްޖެއަށް ޑުރަގު އެތެރެކުރާ ނެޓުވޯކު ކަމުގައިވާނަމަ. އަޅެ ނޫންތަ...

  10
 9. ބެއަރބޭބެ

  ދެން ތިކަންވެސް އެން.ޑީ.އޭ ބޮލުގަ އަޅުވާފަ ނިންމާލާ. ފަތްބޯ މީހަކު ވިއްޔާ އެމީހާއަކީ އެން.ޑީ.އޭ ގެ ދަރިއަކަށް ހަދަން އުޅޭތަން ފެންނާތީ ހިތާމަ ކުރަން. އެއީ ފަރުވާދޭ ތަނެއް. އެތަނަށް އަމިއްލައަށް ދިޔައިމަ ފަރުވާ ދެވޭނީ ނޫނީ ޑުރަގު ކޯޓުން ހުކުން ކުރީމާ

 10. ޭެެލޮލް

  ހާދަ ދޮގެކޭ މިހަދަނީ

  1
  1
 11. ކަންޒު

  ދެންވީ ދިވެހި ރައްޔިތުންގެ ފައިސާއިން ޚރަދުކޮށްގެން އޭނަ ސަލާމަތްކުރަން.. ތިވަރުގެ މީހަކު މިއޮތް ހާލަތުގައި މީހަކުގޮވައިގެން ރާއްޖެއިން ބޭރަށް ދިޔައިރު ފުލުހުން ތިބީ ނިދާފަތޯ.