ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު ބޭރަށް ނުކުމެ ކަސްރަތު ކުރުން ހުއްދަ ނޫންކަމަށް ދިވެހިން ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިގޮތަށް ވިދާޅުވެފައި ވަނީ، މިހާރުގެ ހާލަތުގައިވެސް އެތައް ބަޔަކު ބޭރުގައި އުޅުމާއި،ކަސްރަތަށް ނުކުމެ އުޅޭތީ އެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ގެ މިހާލަތުގައި، ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނުކުމެއުޅުން މަނާ ކުރެވިފައިވަނީ އެންމެންގެވެސް ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަމަށެވެ.

އަދި އެންމެން އެކުގައި ކުރާ މަސައްކަތުން މި ހާލަތު ބަދަލުކޮށް، އިތުރު ލުއިތަކެއް ދެވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ އާއްމު ހާލަތަކަށް ދިއުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީ)ގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވެފައެވެ.

"އަޅުގަނޑުމެންގެ ދުއާ އަކީ، މާތް ﷲ ގެ އިރާދަފުޅާއެކު ވީހާވެސް އަވަހަށް އާންމު ދިރިއުމަކަށް ދެވޭނޭ މަގު ތަނަވަސްވުން. އާމީން".. ފުލުހުން ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނީ މެއި 12 ވަނަ ދުވަހު އެވެ. އެ ދުވަހު އެޅި ފިޔަވަޅުތަކާއެކު މާލެ ސަރަހައްދުގައި ކޮވިޑަށް ފައްސިވާ އަދަދުތައް ދަށް ނުވުމުން އަނެއްކާވެސް ފިޔަަވަޅުތައް ވަރުގަދަ ކުރިއެވެ. އެގޮތުން މެއި 25 ވަނަ ދުވަހު އެޅި ހަރުކަށި ފިޔަވަޅުތަކާއެކު މާލެ ސަރަހައްދުގައި ބައްޔަށް ފައްސިވާ އަދަދުތައް މިހާރު ދަނީ ދަށް ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބުލްބުލާ

    ކަލޭމެން އުޅެނީ ހުދުމުހުތާރު ވެރިކަން ދަމަހައްޓަން

  2. މަންތިރި

    ޢެވެސްމަރު މިވެސްމަރު!

  3. ކަހަބު

    ކަސްރަތަކީ ޒަރޫރީ ބޭނުމެއްކަން ގަބޫލު ނުކުރެވެ ނަމަ ބަލި މަނޑުކަމުން ސަލާމަތެއް ނުވާނެ. ބަލިވަނީ ދުޅަހ ހެޔޮ ނުވާތީ. ދުޅަ ހެޔޮ ހަށިގަނޑަކަށް ބޭނުންވާ އެން ޒަރޫރީ ކަމަކީ ކަސްރަތުކޮށްލާ ހަށިގަނޑު ހޫނު ކޮށްލުން. ނުބައި ސަރުބީތައް ދުއްވާލުން. ކޮވިޑަށްވެސް އެންމެ އުދަގުލީ ދުޅަ ހެޔޮ ހަށިގަނޑަކަށް އެޓޭކް ކުރަން.

  4. ޙަނާ

    ޙުޅުމާލޭ ގެސްޓް ހައުސްތަކުގަ ރެސްޓޯރެންޓް ބޭރުގަ ކާން ހުއްދަ ދޯ.

  5. ކޮވިޑް

    ރައްޔަތުންނަށް ރައްކާތެރިކަމާ ސަލާމަތް ކަން އޮތީ ތިކަހަލަ ނުބައި ނުލަފާ ލާދީ ވެރިން އިސްތިއުފާ ދީ ތިޔަ މުއައްސަސާ މިނިވަން ވެގެން ކުޑަކުއްޖާ ވެސް މިހާރު ޖަހަނީ ޖޯކް ތިޔަ މުއައްސަސާ ތަކަށް، ހިތާމަ ހުރި ކަންކަން.