މާލެ އިން އިތުރު 407 މީހުންނާއިއެކު ރާއްޖެ އިން ޖުމްލަ 704 މީހުން މިއަދު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 271 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. ރިސޯޓްތަކުން 18 މީހުން އަދި ހަދަމުންދާ ރިސޯޓްތަކުން 08 މީހަކު މިއަދު ކޮވިޑަށް ފައްސިވިއެވެ.

މިއަދު ކޮވިޑް-19 އަށް ޓެސްޓް ކޮށްފައި ވަނީ 5181 މީހުންނެވެ. މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން %14 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މަދުވި ނަމަވެސް މިއަދު މާލެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ އިއްޔެ ފައްސިވި މީހުންނަށްވުރެ އިތުރު ވެފައެވެ. އިއްޔެ މާލެ އިން ކޮވިޑަށް ފައްސިވީ 373 މީހުންނެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަށް ބަލާއިރު މިއަދަކީ މެއި މަހުގެ 08 ވަނަ ދުވަހަށް ފަހު އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު މިއަދު ވަނީ 23909 އަށް މަދުވެފައެވެ. މިއީ މެއި މަހުގެ 24 ވަނަ ދުވަހަށް ފަހު އެކްޓިވް ކޭސްގެ އަދަދު މިހައި މަދުވި ފުރަތަމަ ދުވަހެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް މިއަދު ވަނީ 197 އަށް މަދުވެފައެވެ. މިއަދަކީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު މެއި މަހުގެ 05 ވަނަ ދުވަހަށް ފަހު އެންމެ މަދުވި ދުވަހެވެ.

ކޮވިޑް-19 ޖެހިގެން މިއަދު ވެސް ހަތަރު މީހަކު ވަނީ ނިޔާވެފައެވެ. ކޮވިޑްގައި ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 171 އަށް އަރައެވެ.