މަގާމުން އިސްތިއުފާ ދޭނަންތޯ ކުރާ ސުވާލަށް ޖަވާބު ދޭނީ، އިހުމާލެއް އޮތްތޯ ބަލާފައި ކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމް (ކެރެފާ ނަސީމް) ވިދާޅުވެއްޖެ އެވެ.

ނަސީމް މިގޮތަށް ވިދާޅުވެފައި ވަނީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ކޮވިޑް-19 ގެ ބަލީގައި އުމުރުން 10 އަަހަރުގެ ފާތުމަތު މިޝްކާ މުހައްމަދު ނިޔާވި މައްސަލާގައި މިނިސްޓަރ އިސްތިއުފާ ދެއްވުމަށް ގިނަބަޔަކު ދަނީ ގޮވަމުންނެވެ.

މިޝްކާގެ އާއިލާއިން މައުލޫމާތު ދިން ގޮތުގައި މިނިސްޓަރު ނަސީމް ވަނީ އެ އާއިލާއަށް ގުޅުއްވައި ވާހަކަ ދައްކަވައިފައެވެ. އަދި އެ ކުއްޖާގެ އާއިލާގެ ކިބައިން މިނިސްޓަރު މައާފަށް އެދިވަޑައިގެން ވާހަކަ ދެއްކެވި ކަމަށް އާއިލާއިން ބުންޏެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިހިނގާދިޔަ ކަންތައްތަކަށް ބަލާފައި މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވަން ވިސްނަންތޯ ުނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން، މިނިސްޓަރ ނަސީމް ވިދާޅުވީ، އެ މައްސަަލާގައި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު، އެކަމުގައި އޭނާގެ އިހުމާލެއް ވެފައިވޭތޯ ބަލާފައި، އެ ސުވާލަށް ޖަވާބު ދެއްވާނެ ކަަމަށެވެ.

"އަޅުގަނޑު ކަންތައްތައް ބަލަމުން މިހާރު މި ގެންދަނީ، އޭގެ ރިޕޯޓްތަކަށް ބަލާފައި، އޭގައި، ސީދާ އަޅުގަނޑުގެ އިހުމާލެއް ވޭތޯވެސް ބަލާނަން،، ބަލާފައި ތި ވިދާޅުވި ސުވާލަށް އަޅުގަނޑު ޖަވާބެއް އަރުވާނަން" މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑަށް ފައްސިވެފައިވާ މިޝްކާގެ ހާލު ސީރިއަސް ވުމުން އެމްބިއުލަންސަށް ތަކުރާރުކޮށް އެތައް ފަހަރަކު ގުޅުމުން ވެސް އެމްބިއުލަންސް ދިޔައީ ދެގަޑިއިރާއި 30 މިނެޓްވީ ފަހުންނެވެ. ހޮސްޕިޓަލަށް ގެންދެވުނުތާ ގިނައިރުތަކެއް ނުވެ މިޝްކާ ވަނީ ނިޔާވެފައެވެ.

މިޝްކާ ނިޔާވުމުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އެމްބިއުލަންސް ބަލި މީހުންނާއި ހަމަށް ފޮނުވުމުގެ އުސޫލު މިހާރު ބަދަލު ކޮށްފައިވާ ކަމަށް މިއަދު ހެލްތު މިނިސްޓްރީން ވިދާޅުވި ނަމަވެސް އެއުސޫލަށް ގެނައި ބަދަލެއް މިރޭ ނޫސްވެރިން ސުވާލު ކުރުމުން ވެސް ނަސީމް ހާމައެއް ނުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ހެޕީ

    އިހުމާލެއް އޮތްތޯ ބަލާފައޭ؟ ނުފެނޭތަ އިހުމާލު؟ އިސްތިއުފާ ދިނުމަށް ގޮވާލަން.

    83
    2
    • ޑީޑީ

      ކުރައްޕާ ބުނާނެ މަށެއްނޫން ދޯ އެމްބިއުލަންސް ދުއްވާނީކީ ނުވަތަ ފޮނުވާނީކީވެސް... އެހެހެންވީމަ އިސްތިއުފާ ދޭން ނުޖެހޭނެ ދޯ؟

      6
      1
    • އިހުމާލުބޭ

      އެ މީހަކު އެމީހެއްގެ އިހުމާލެއް އޮތްތޯ އަމިއްލައަށް ބެލުމަކީ ކޮންކަހަލަ ކަމެއްބާ! އެމީހަކު އަމިއްލައަށް އެމީހަކު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި ނިންމާނީ ކިހިނެތްބާ!

  2. ޟމ

    ނުކެރޭނެ ދޭކަށް އޭރުން ގޭގެ ފެންބިލުވެސް ނުދެއްކޭނެ

    68
    1
  3. މީހާ

    ތިހާވަރަކަށް އިހުމާލު ވާނީ

    62
    1
  4. Anonymous

    ކޮއްކޯ! ތި އުމުރުގައި ތިޔަފަދަ ޒިންމާއެއް އުފުލޭވަރުގެ ޖޯރެއްނެތްކަން ހަމަ ނޭނގެނީތަ؟ ހާދަ ހަކަތައެއް ބޭނުންވާނޭ ތިދާއިރާ ހިންގަން. އަދި މިހާރު ހެލްތު ދާއިރާއަކީ އެންމެ ޗެލެންޖްބޮޑު ދާއިރާ!! ކޮންމެ ނިންމުމެއް ތި ނިންމަނީ ގައުމަށް ނުކަތާވަރަށް. މިސާލަކަށް، ޗައިނާއިން ހިލޭ ވެކްސިންގ ލިބެން އޮއްވަ މިއޮއް ދަރަނި ބޯ ފައިސާ ޗާޕްކޮށްކޮށްވެސް ނުފުދިގެން އުޅޭއިރު، ރަޝިޔާއިން ބޮޑު އަގުގައި ތި ވެކްސިން ގަންނަނީ!!! ކާކުގެ ޖީބުން ލާރި ދެނީ؟؟ ރައްޔިތުންގެ ފައިސާ ކޮޅުނޫންތޯ؟ މިފަދަ ވިޔާނުދާ ތާކުންތާކު ނުޖެހޭ ނިންމުންތަކުންވެސް އެނގޭ ކޮއްކޮއަކީ ހެލްތު މިނިސްޓަރުކަން އަދާކުރެވޭވަރުގެ ގާބިލް މީހެއްނޫންކަން. ބޯވެސް ހަމަނުޖެހޭކަން ދޭހަވަނީ!!!

    72
    1
  5. ރައްޔިތުން ރޯން

    ކޮބާ ސީދާ އިހްމާލަކީ ؟
    ކަލޭއެއްނުން ދޯ އެމްބިއުލަންސް ދުއްވާނީކީ ނުވަތަ ފޮނުވާނީކީވެސް.
    އިހްމާލަކީ މިފަދަ ބޮޑުކަމަކށް ތައްޔާރުވެފައި ނެތުން.
    އެމްބިއުލަންސްގެ ސްޓޭޓަސް އަދި ސްޓެޓިސްޓިކްސް ހަފްތާއަކު އެއްފަހަރު ނުބެލުން.
    ގެންގުޅުނު އެއްވެސް ލިޔެކިއުމެއްގައި އެމްބިއުލަންސްގެ ވާހަކަ ނެތުން.
    އެމްބިއުލަންސް އަށް ގިނައިން ބޭނުންޖެހިއްޖެ ހިނދެއްގައި ދެން ކަންކުރާނެ ގޮތުގެ ޕްލޭނެތުން.
    އެއްދުވަހަށްވުރެ އަނެއްދުވަހު އެމްބިއުލަންސްގެ މޫވްމެނޓް އަވަސްނުވެ ދިޔައީ ކީއްވެތޯ ނުބެލުން.
    އެއީ އިހްމާލު.

    61
    1
  6. ސައްލާ.

    ތިޔަމިނިސްޓަރ ކޮރޮފާނަސީމް އިސްތީއުފާ.

    56
    1
  7. ޝާހިދާ

    އިހްމާލު އޮތްތޯ ބަލާ ނިމޭ އިރު ކުށްވެރިވާނީ އާދައިގެ ވަޒީފާ ތިބޭ ދެރަ ނިކަމެތި ރައްޔިތުން. ދުވަހަކު ވެސް ކަލޭމެން ބޮލުގަ ނާޅާނެ ޒިންމާއެއް. ގަޓް ހުރި މީހެއް ނަމަ ތިމާ މިނިސްޓަރު ކަމާނހަވާލުވި ފަހުން ސިއްޙީ ދާއިރާ ވެއްޓިފަ އޮތް ހާލަތަށް ބަލާފަ ފެއަށް ޖެހި ޤާބިލް މީހަކާ ތިތަން ހަވާލު ކުރީސް. ނަސީމް އިސްތިއުފާ އަށް ގޮވަން އިސްތިއުފާ ދީފަ ގެއަށް ދޭ.

    22
  8. ހުސޭނުބޭ

    އަޅެ ކަލޯ ތި ބުނީނުން އިހުމާލު އެބަ އޮތޭ! ދެން ކޮން ފަޅޮލެކޭ ކިޔާކަށް!
    އިސްތިޢުފާއެއްނޫން ދޭންޖެހޭނީ! ހައްޔަރުކޮށްފައި ޤާނޫނީގޮތުން ދައުވާކުރަންޖެހޭނީ!

    40
  9. މަބޭ

    ކިހާވަރެއްވީމަތޯ އިހުމާލެއްކަމައް ގަބޫލުކުރަނީ

    50
    1
  10. އަސީ

    3013 އިން 2018 އައްހިގި ކޮންމެކަމެއްގަ ތިބޭފުޅުންވިދާޅުވީ ޒިންމާނަގަންޖެހޭނީ ރައީސްޔާނީމްކަމައް ކަލޭމިނާޖެހުނީމަ ތިބަލަނަނީ ކޮންމެވެސްމީހެއްގެ ބޮލައް ކަންޑާލެވޭތޯ

    17
    1
  11. ކާފޫރު

    ކީއްވެތޯ ކޮވިޑް ޕޭޝަންޓުން އަމިއްލައަށް ބޭސްގަންނަންޖެހެނީ.

    15
  12. ޓެލެކޮމް

    މިފިކުރުގެ ކަންތައް ހުންނަގޮތްމީ، އެމީހުންއަތުގަ ބާރުނެތިއްޔާ މުޅިތަންބަނގުރޫޓް ކޮޢްލާން ހިފާފަތިބޭނީ، އަދި އެންމެންގެ އިސްތިއުފާއަށް ގޮވާނެ. މިއަދު މިވަނީ ގައުމު ހުރިހާދިމާލަކުން ފޭލްވެފަ، އެހެނަސް ގަބޫލް ނުކޮށް އަދިވެސް ދިވެހިންގެ ދުވަސް ދުއްވާލަން ހިފާފައެތިބީ.

    19
    1
  13. އަލީ

    ނަސީމްބެ އިސްތިއުފާނުދޭނެ ފަރުވާނުދެވިގެން ފެސިލިޓީތަކުގަތިބި އެއްމެންމަރުވެ ހުސްވިއަސް!ދެން ތިބުނާ އިހުމާލަކީކޮބާ ހޭ؟ މީހުންގެމަރަކީ ކެރަފާއާއިލާކަށް މާބޮޑުއެއްޗެއްނޫންކަން 3 ނޮވެންބަރުގެ ހާދިސާ އިންއެގޭނެ!

    20
  14. އަބްސީ

    ކާކު މައްސަލަ ބަލަނީ، ކޮންކޯޓަކުންތޯ؟ މަކަރާ ދޮގާއި ޙީލަތް ރަތްޔިތުންނަށް ހެދުން ނޫންކަމެއް މިހާރު އެބައޮތްތަ؟ ވަޒީފާގަ ބަގުޑިލައިގެން އޮވޭ. ބަލާނަން ކިހާދުވަހަކު ތިހެން ތިބެވޭތޯ

    16
  15. ނަމީ

    ހައްހައް...ކަލޭ އަމިއްލަޔައްތަ ކަލޭގެ އިހުމާލުއޮތްތޯ ބަލަނީ؟..

    17
  16. ރައްޔިތުން

    ބަލަގަ ދިވެ ހި ރައްޔަތުން . ނޫނެކޭ ބުނީމަ. އެއޮތީ މަނިކުފާން ފޭލް ވެ ފަ.

    18
  17. އަލީ

    ހަރާން ތޯޗެ އިސްތިއުފާ ދީފިއްޔާ. އެއައްވުރެ ވެރިކަމާ މަގާމައް ދަހިވެތި ބައެއްތީ.

    16
  18. Anonymous

    ކިތައް ފުރާނަ ވަކިވެގެން ދިއައީމަބާ މިކަލޭގެއަށް އިހްމާލު ވީކަމަށްވަނީ. ޔާﷲ މިނުބައި ޚާއިނުން ނިކަމެތި ކުރައްވާ ފަޟީޙަތް ކުރައްވާ މިބައިމީހުންގެ ބާރު ނެތިކުރައްވާނދޭވެ. އާމީން
    މިސަރުކާރު ގެންނަށް މަސައްކަތް ކުރި ފަރާތްތަކަށް އެއްޗެއް ވިސްނޭބާއޭ ހީވޭ.
    ދުޢާދެއްވި މީހާގެ ވެރިން ބޮޑު މުޞީބާތަކަށް މިދަނީ ވަމުން.

    5
    1
  19. ހ މ ޒ

    މަޤާމުގައި ހުރެވެސް އަމިއްލަފުޅު އިހުމާލެއް އޮތްތޯ އަމިއްލަފުޅަށް ބެލިދާނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ، އެބޭފުޅާ ޤަބޫލު ކުރައްވާ ގޮތުގައި އަމިއްލަފުޅު އިހުމާލެއް އޮތްކަމަށް އަމިއްލަފުޅަށް ބެލިދާނެ ކަމަށެވެ. އިސްތިއުފާ.

  20. ނާދިރާ

    ތިމީހާ ވާހަކަ ނުވާނެ ދައްކަންވެސް

  21. Anonymous

    ރައްޔަތުންގެ ވަޒިީފަާގަ ކަލެޭ ހުރިީ އެމިީހުން ިސްތިުފަާ އައް މި ގޮވަނިީ ދެން ކަލެޭ ގަދަ ނަހަދަާ އިސްތިއުފަާ ދިނުން އެންމެ ރަގަޅިީ

  22. ޒީ

    ތިކަމުގައި އިޙްމާލު ވާން ޖެ ހޭނެކަމަށް ދެން ބުނާނި އެމްބިއުލާންސްގެ ޑްރައިވަރު.

  23. ޒީ

    ތިކަމުގައި އިޙްމާލު ވާން ޖެ ހޭނެކަމަށް ދެން ބުނާނި އެމްބިއުލާންސްގެ ޑްރައިވަރު. މީކީ އިސްތިއުފާ ދޭނޭ ބަގައެއް ނޫން.

  24. ޒީ

    މީކީ އިސްތިއުފާ ދޭނޭ ބަގައެއް ނޫން.

  25. އަހަންމަދު

    އަހަރެން ހިތަށްއަރާ މި ކެރަފާ ނަސީމު
    މިއީ ކާކުކަން އެގިތިބެ މަޖިލީހުން
    މީނަައަށް ރުހުންދިން މެންބަރުން މިއީ
    ރައްޔިތުންނަށް ކޮންފަދަ
    ޣައްދާރުބައެއްބާއޭ! ލާދީނީ މީހުންނަށް
    ވޯޓުނުދޭންވީ ސަބަބު މިއީ!
    ބަޣާވާތުގެ މުޑުދާރު ހިސްޓްރީއެެއްއޮތް މީހަކަށް މިނިސްޓަރުކަންދޭނީ ރައްޔިތުންނަށް ކިހާ އިޚްލަސްތެރި
    ރައީސެއްތޯ؟ މުމުސްލިމުންނަށް އެބައެގެންޖެހޭ އެބައެއްގެޙާލަތު ބަދަލުކުރުމުގައި ރައްޔިތުންގެބޮލުގައި ﷲތަޢާލާ އަޅުއްވާފައިވާ ޒިންމާ! ވޯޓްދިނުމުގައި އިޚްލާސްތެރިވާންވީ ﷲތަޢާލާއަށް!

  26. ދިވެހި ރައްޔިތެއް

    ޢިހުމަލުން ގެއްލުނު ފުރާނަ އަނބުރާ ދެން ލިބޭނެތޯ؟ ދެވަނަ މީހެއްގެ ދަރިޔަކަށް މިފަދަދެރަކަމެއްވުމުގެ ކުރިން ތިޔަ ނާޤާބިލް މީހާ އިސްތިއުފާދީ. މިހާރު ރައްޔިތުންނަށް ކެތްވާވަރެއްނޫން.

  27. ސޯލިޙް

    ކާކު މައްސަލަ ބަލަނީ، ކޮންކޯޓަކުންތޯ؟ މަކަރާ ދޮގާއި ޙީލަތް ރަތްޔިތުންނަށް ހެދުން ނޫންކަމެއް މިހާރު އެބައޮތްތަ؟ ވަޒީފާގަ ބަގުޑިލައިގެން އޮވޭ. ބަލާނަން ކިހާދުވަހަކު ތިހެން ތިބެވޭތޯ؟ އިންޝާ ﷲ

  28. Anonymous

    ކާކު މައްސަލަ ބަލަނީ، ކޮންކޯޓަކުންތޯ؟ މަކަރާ ދޮގާއި ޙީލަތް ރަތްޔިތުންނަށް ހެދުން ނޫންކަމެއް މިހާރު އެބައޮތްތަ؟ ވަޒީފާގަ ބަގުޑިލައިގެން އޮވޭ. ބަލާނަން ކިހާދުވަހަކު ތިހެން ތިބެވޭތޯ

    4
    1
  29. ދެބޯގެރި

    ކާކު މައްސަލަ ބަލަނީ، ކޮންކޯޓަކުންތޯ؟ މަކަރާ ދޮގާއި ޙީލަތް ރަތްޔިތުންނަށް ހެދުން ނޫންކަމެއް މިހާރު އެބައޮތްތަ؟ ވަޒީފާގަ ބަގުޑިލައިގެން އޮވޭ. ބަލާނަން ކިހާދުވަހަކު ތިހެން ތިބެވޭތޯ

    3
    1
  30. އަހްމަދު

    މުސްކުޅި ވީމާ ނޭނގެނީތާ ކިޔޭނުކިޔޭ އެއްޗެއް! އެއްފަހަރު ބުނަނީ އިހްމާލު އެބައޮތޭ! އެނެއްފަހަރު އިހުމާލު އޮތްތޯބާލާނަމޭ!

  31. ދޮންދޮ

    ބަލަ އިހުމާލެއް އޮތްކަމަށް އެއްބަސްވާވާހަކަ ބުނެ އިތުރަށް މަޑުކުރަންޖެހޭނެ ޖާގައެއްނެތް

  32. ކޮވިޑް

    އިޙްމާލް ވީކަމަށް ޤަބޫލް ކުރެވޭއިރު ހިޔެއް ނުވޭ މި ޤައުމުގަ ތިނޫން މީހަކު ދިރި ހުންނާނެ ހެނެއް. އޭރައް އޯކޭ އިސްތިއުފާ ނުދިނަސް، ސީދާ ކަލޭގެ އިޙްމާލް އިން މި މާލޭން ކިތައް ފުރާނަ މި ދިޔައީ؟ ތިޔަ މަޤާމަށް އައިފަހުން ؟ އިޙްމާލޯ؟ ލަދެއް ހަޔާތެއް ނެތެއްނު. ނުހުންނާނެތާ ލަދެއް ހަޔާތެއް 19 ދިވެހިން ޝަހީދު ކޮށްލާ މި ޤައުމުގާ ހަންގުރާމަ ކުރަން އައި މީހުން ވިއްޔާ.