ފާތިމަތު މިޝްކާ މުޙައްމަދު ނިޔާވުމުގައި އިހުމާލު އެބައޮތް ކަމަށް ގަބޫލު ކުރައްވާ ކަމުގައި ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ނަސީމް ވިދާޅުވީ މިޝްކާ ނިޔާވުމުގައި އިހުމާލުވީ ކޮންބައެއްކަން އެނގޭނީ ތަހްގީގު ނިމުން ކަމަށެވެ.
އެމައްސަލައިގެ ތަހްގީގު މިރޭ ނިމޭނެ ކަމަށް ވެސް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
"10 އަހަރުގެ މިޝްކާ (ހޮސްޕިޓަލަށް) ގެންދަން ލަސްވުމުގެ އިހުމާލު އެބައޮތް އިނގޭތޯ. އެކަމަށް އެޓެންޑް ކުރެވުނު މީހުންގެ ފަރާތުން އިހުމާލު އޮތް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެ ތަހުގީގު އަޅުގަނޑުމެން ކުރަމުން މި ގެންދަނީ. އިރާދަކުރެއްވިއްޔާ މިރޭގެ ނިޔަލަށް އެ ތަހުގީގު ނިމޭނެ،" މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
މިޝްކާގެ މަރާއި ގުޅިގެން ނޫސްވެރިން ކުރި ގިނަ ސުވާލުތަކަށް މިނިސްޓަރ ނަސީމް މިރޭ ޖަވާބެއް ނުދެއްވައެވެ. ނަސީމް ވިދާޅުވީ މިޝްކާ ނިޔާވުމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުން އަދި ލަސްވެއްޖެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ތަހްގީގަށް ފަހު ސިއްހީ މައުލޫމާތުތައް ފިޔަވައި އެހެން ހުރިހާ މައުލޫމާތެއް ހާމަކުރައްވާނެ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.
ކޮވިޑަށް ފައްސިވެފައިވާ މިޝްކާގެ ހާލު ސީރިއަސް ވުމުން އެމްބިއުލަންސަށް ތަކުރާރުކޮށް އެތައް ފަހަރަކު ގުޅުމުން ވެސް އެމްބިއުލަންސް ދިޔައީ ދެގަޑިއިރާއި 30 މިނެޓްވީ ފަހުންނެވެ. ހޮސްޕިޓަލަށް ގެންދެވުނުތާ ގިނައިރުތަކެއް ނުވެ މިޝްކާ ވަނީ ނިޔާވެފައެވެ.
މިޝްކާ ނިޔާވުމުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އެމްބިއުލަންސް ބަލި މީހުންނާއި ހަމަށް ފޮނުވުމުގެ އުސޫލު މިހާރު ބަދަލު ކޮށްފައިވާ ކަމަށް މިއަދު ހެލްތު މިނިސްޓްރީން ވިދާޅުވި ނަމަވެސް އެއުސޫލަށް ގެނައި ބަދަލެއް މިރޭ ނޫސްވެރިން ސުވާލު ކުރުމުން ވެސް ނަސީމް ހާމައެއް ނުކުރިއެވެ.
ޟިނިސްޓުރީ ނުވަތަ މުވައްސަސާވިޔަސް ވެރިން އެތައްތަނުގެ މުވައްޒަފުން ކުތާކައްތައްތަކައް މާފައްއެދި އެހިގާދިޔަކަމެއްގެ ތަހުގީގުކޮއްބަލާ ފިޔަވަޅުއެޅުން، އެއައްފަހު އެކަ ްތަކުރާރުވިޔަނުދީ ބެލެހެއްޓޭ ގޮތައް އިއްތިޒާމުކުރުން، މިކަމުގަ މިނިސްޓަރުގެ ފުރަތަމަ ފިޔަވަޅު ރަގަޅު ބާކީބައި ފުރިހަމަކުރޭ
ރައީސް އިބްރާހިމް މުހައްމަދު ސޯލި އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
މިނިސްޓަރ އަހްމަދު ނަސީމް އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
އެމްބިއުލަންސް ބަލި މީހުންނާއި ހަމަށް ފޮނުވުމުގެ އުސޫލު މިހާރު ބަދަލު ކޮށްފައިވާ ކަމަށް މިއަދު ހެލްތު މިނިސްޓްރީން ވިދާޅުވި ނަމަވެސް އެއުސޫލަށް ގެނައި ބަދަލެއް މިރޭ ނޫސްވެރިން ސުވާލު ކުރުމުން ވެސް ނަސީމް ހާމައެއް ނުކުރިއެވެ.
😡ނަސީމު ކައޭ އަދިވެސް ދޮގޭ ތިހަދަނި🤬🤬😡
އެކި ގައުމު ތަކުގެ އެކި ފަންތީގެ ވެރިން އެމީހުންގެ ބެލުމުގެ ދަށުގައިވަނިކޮށް ކަމެއްހިގައިގެން އިސްތިއުފާދީފަ ހުރި ކޭސްތަކެއް ރިސާރޗްކޮއްލާފަ ލިޔެލަދީބަ ޕްލީޒް. 2ޓްރޭން މުޑި އެރީމަވެސް އެބަ ހުރި، ކޮމާގައޮތް ބަލިމީހަކު ރޭޕްކޮއްލީމަވެސް ވެރިންދޭ އިސްތިއުފާ. ޕްރޮޓެކްޓް ޔުއަރ ޑިގްނިޓީ އެންޑް ރިޒައިން ހައިރިސްކް ޕީޕަލް.
ބަލަތީކީ އާކަމެއްނޫނޭ ނެތް އެއްޗެއް ފޮނުވޭތަ؟ ކިތަންމެ ތަހުގީގެއް ކުރިއަސް ފަރުވާދިނުންލަސްވެގެން ކޮންމެފަހަރަކު މީހަކު މަރުނުވެދާނެ އެކަމަކު ހާލުހުރީ ހަމަ މިހިސާބުގަ
އަވަހަށް އިސްތިއުފާ ދީފަ މަސްއޫލިއްޔަތުން ދުރައް ކެހިލާ. ކެރަ ބެއްޔާމެން ކުފޫ ހަމަވާ ކަންކަމައްވުރެ ބޮޑެތި ކަންކަމައް ބޯ މަހާލައިގެން ތިއުޅެނީ. ގޮނޑި ހޫނު ކުރެވޭނެ ގޭދަށު ތިބެގެންވެސް.
ސިއްހީދާއިރާ ވަނީ މުޅިން ބޮއްސުންލާފަ. ފުރާނަތައް ދުނިޔެދޫކޮށް އެދަނީ އެއްވެސް އަޅާލުމެއް ނުލިބި. އަަވަހަށް އިސްތިއުފާ ދެއްވާ. މަނިކުފާނަކަށް ނުވާނެ. ޒުވާން ގާބިލް ބޭފުޅުން އެބަތިބި. ރައީސަށް ފުރުސަތުދެއްވާ ހެޔޮ މީހަކުލާން. ރައްޔިތުންގެ ހައްގުތައް ރަށްކާތެރިކޮށްދޭން އެބަޖެހޭ.
ދެން އަވަހަށް އިސްތިއުފާދީ. ނުކުރެވޭވަރު، ނުއުފުލޭވަރު ބުރަޔާ ހަވާލު ނުވޭ.
އިހުމާލުވިކަމަށްވީ އިޢްތިރާފުގެ ނަތީޖާއަކީ ކޮބާތޯ؟
ދެފައަށް ހިނި އަރާގައިގެން އުޅޭ ބައެއްހެން ޕެންޑްރައިވެއް ފެނިގެން ޢަޒުލްކުރުމަށް ބައެއް މީހުންގެ މައްޗަށް ކަނޑައެޅޭއިރު މި އެއަވުރެ ބޮޑު
ކަމެއް.
ރުހުމުގެ ލޮލަށް ޢައިބު ނުފެންނަކަން މިއެނގެނީ.
މިއަދު ރެކެވިދާނެ މާދާމާ ﷲގެ ޙަޟރަތުގައި ކޮންކަމެއް ދައްކާނީ.