ޚަބަރު ހުސްވެފައި އޮތް ފިރިހެން ކުއްޖަކު އަތްދަނޑިމަތީގައި އައިޖީއެމްއެޗަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާއްމުވެއްޖެއެވެ.
ދައުުރުވަމުންދާ ވީޑިއޯ އަކުން ފެންނަ ގޮތުގައި ސައިކަލެއްގައި ދެމީހަކު ދަތުރުކޮށްފައި އައިޖީއެމްއެޗަށް ދިޔައިރު ސައިކަލްގެ ފަހަތުގައި އޮން މީހާގެ އަތްދަނޑިމަތީގައި ޚަބަރުހުސްވެފައި އޮތް ކުއްޖަކު އޮތެވެ. އެކުއްޖާގެ އެއްވެސް ހަރަކާތެއް ނެތްކަން ވީޑިއޯ އިން އެނގެއެވެ.
އެކުއްޖާ ސައިކަލެއްގައި ހޮސްޕިޓަލަށް ގެންދަން ޖެހުނީ ކީއްވެކަމެއް ސާފެއް ނުވެއެވެ.
އައިޖީއެމްއެޗް އަށް ގެންދިޔަ ކުއްޖާ އާއި ގުޅޭ ގޮތުން އެހޮސްޕިޓަލްގެ ބަހެއް އަދި ނުލިބެއެވެ.
🚨#Breaking: Mirey ves habaru huss vefa oi kuda kujjaku cycle ehga aiydhandimathee hospital ah gendhiya video eh social media gai aanmu vehjje.
Ithuru mauloomaathu: https://t.co/ji8tBNrEUS pic.twitter.com/ZTqM0YLpta
— #MvCrisis (@MvCrisis) June 2, 2021
ހާލުދެރަވި ކުޑަ ކުއްޖަކު ހޮސްޕިޓަލަށް ގެންދަން ރޭ އެމްބިއުލަންސަށް ގުޅިތާ ދެގަނޑިއިރުވީއިރު ވެސް އެކުއްޖާ ހޮސްޕިޓަލަށް ނުގެންދެވުނު މައްސަލަ ވަނީ ފެންމަތިވެފައެވެ. އެންމެ ފަހުން އެކުއްޖާ ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދޭން ފެށުނު ފަހުން ވަނީ ނިޔާވެފައެވެ.
އެކުއްޖާ ނިޔާވުމުގައި އިހުމާލެއް އޮތް ކަމަށް ގަބޫލު ކުރާކަމަށާއި، ނަމަވެސް އިހުމާލުވި ފަރާތެއް އެނގޭނީ ތަހްގީގު ނިމުމުން ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް މިރޭ ވަނީ ވިދާޅުވެފައެވެ.
ހެލްތު މިނިސްޓަރަކައް ކެރެފާނަސީމު ލައިގެން ދެން ކޮންމޮޅެއްހޯދަންތަ މިއުޅެނީ.
މިހެން ކަންކަން މިދިވާވަނީ ސަބަބުތަކެއް ނެތިއެއްނޫން!! އަޅުގަނޑު ދެކޭގޮތުގައި މުޅި މިދައުލަތުގެ ފޯކަސް މިހުރީ ޥެރިކަން ފެށުނީއްސުރެން 3 ކަމަކަށް އަމާޒުހިފާފަ!! އެއީ..
1. މިވެރިކަން ގާއިމުކުރެވިފައިވަނީ އިންޑިޔާގެ މަދަދާ ނުފޫޒާ ފައިސާގެވެސް އެހީތެރިަކާއެކު ކަމަށް ވާތީ ދެފަރާތުން އެއްބަސްވެފައިވާ ކަންކަން މިގައުމުގައި ގާއިމު ކުރުމަށް މަސައްކަތް ކުރުން. ޖުމްލަކޮށް އިންޑިޔާއިން އެދޭގޮތަށް މިގައުމު ބައްޓަންކުރަން އުޅުން.
2. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ނިވަލުގައި ސިޔާސީ ވަކި މަގުސަދުތަކެއް ޙާސިލްކުރުމަށްޓަކައި ރޭވިގެން ވަކިބަޔަކަށް/މީހަކަށް ފޯކަސްކޮށްގެން ދައުލަތުގެ ދެބާރުން ތިންވަނަ ބާރަށްވެސް ނުފޫޒް ފޯރުވައިގެން މަސައްކަތްކުރުން.
3. ދައުލަތުގެ އެއްބާރުން އެބާރަށް ލިބިފައިނެތް ބާރުތަކެއް އަމިއްލައަށް ނަގައިގެން ތަހްގީގު ހިންގުމާއި މިބާވަތުގެ އެތައްކަމެއްކުރުން. ދެން ހަމަ އެއާއެކު އެބާރުން ވަކި މީހަކު ދިފާއުކުރުމުގެ ގޮތުން ގާނޫނުތައް ހެދުމަށް މަސައްކަތްކުރުމާ އޭނާއަށް ބާރުތައް ފަހިވާގޮތަށް ކަންކަން ކުރަން މަސައްކަތް ކުރުން.
ތުހުމަތުކުރެވޭ މިކަންކަން ކުރުމުގެ ބަދަލުގައި ގައުމުގެ ކުރިެރުމާއި ރައްޔިތުންގެ ކުރިއެރުމާއި ލާބަޔަށްޓަކައި މަސައްކަތްތައް ކުރެވެމުން އައިނަމަ އިމަޖެންސީވެގެން އެންބިއުލާންސްއަށް ގުޅީމަ ކުޑަވަގުތުކޮޅެއްތެރޭ ދެވޭނެ އިންތިޒާމް ހުންނާނީ ހަމަޖެހިފަ!! ކޮވިޑް ހާލަތުވެސް މިއަދު އަޅުގަނޑުމެން މިދެކޭފަދަ ހިތާމަވެރި ޙާލަތަކަށް ބަދަލުނުވީސް! ބޭކާރުގޮތުގައި ރައްޔިތުންގެ ފައިސާ ޚަރަދު ކުރާތަން ނުފެންނާނެ!! ފައިސާ ޗާފުކުރާކަށް ނުޖެހުނީސް!! ދައުލަތުން ކުރާ ވައްކަންތައްވެސް ބޮޑުތަނުން ކުޑަކުރެވުނީސް! އިސްކަން ދޭންވާ ތަރުތީބު އެބަޖެހޭ ރަގަނޅުކުރަން!!
އަލަށް އެމްބިއުލަންސްއަށް ގެނެވުނު ބަދަލަކީ.................!
ދެވަނަ އިންޑިޔާއަށް ވެއްޖެ
شَفَاكَ اللهُ، އެހާލަތުގައި އެކުއްޖާފުޅު ހޮސްޕިޓަލަށް ގެންދަން އެކުއްޖާގެ މައިންބަފައިންނަށް މަޖުބޫރުވިޔަސް ތިޔަހިން ފޮޓޯއާއި ވިޑިއޯ ދައުރުނުކުރައްވާ، އެމަންޒަރު ބަލަން މައިންބަފައިންނަށް ކެތްނުވާނެ.
އެ ޢާއިލާއަށް ހެޔޮދުޢާ ޢައި އިޙްތިރާމް ކުރާ ޙާލުގައި ދަންނަވަން.
މިޙާލަތުގައި ޤައުމުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި މިއީ އެންމެ ރަނގަޅު ކަމެއްކަމަށް އަޅުގަނޑު ދެކެން. ސަބަބަކީ މި ޙަޤީޤަތް ޤަބޫލުކުރުމަށް މުއައްސަސާތަކަށް ލިބުނު ފުރުސަތުގައި ރަނގާޅު ނުވުމުގެ ސަބަބުން ކަންކަން ގޯސްވެފައިވާ މިންވަރު ރައްޔިތުންނަށް އެނގެން އެބަޖެހޭ. ރައްޔިތުން މި ޙަޤީޤަތް ޤަބޫލުކޮށްގެން ރައްކާތެރިވާން ވެއްޖެކަމުގެ އިހުސާސް ކުރެވޭނެ.
މުއައްސަސާތަކުންވެސް ރައްޔިތުންގެ ލޮލުގައި އަޅުވާފައިވާ އަނދުން ފޭދޭތަން ފެންނަން ޖެހޭ.
"ނުވާނަމަ ޤައުމުގައި ޙާލަތު ބަދަލުކުރުމުގެ ޚިޔާލާތެއް"... ޤައުމުގެ ޙާލަތެއް ބަދަލެއް ނުކުރެވޭނެ.
ﷲސުބުޙާނަހޫ ވަތަޢާލާ އެދަރިއަށް އަވަސް ޝިފާމިންވަރުކުރައްވާށި. އާމީން. މި ދުޢާގައި ހުރިހާބަލިމީހުން ޝާމިލް ކުރަން
އަހަރެން ދެކޭގޮތުގައި އެކުއްޖާގެ މައިންބަފައިންނަށް އުފަލެއް ލިބޭނީ. ދަރިފުޅަށްޓަކައި އެމީހުން ވަމުންދިޔަ ގުރުބާނީއާއި އުފުލި ބުރަ އެހެން މީހުންނަށް އެނގުނީތީ. އެހެން މީހުންގެ ފަރާތުން ލިބުނު ހަމްދަރުދީއާއި ލޯބި ފެނުނީތީ.
ޒުވާން ހެލްތު މިނިސްޓަރު ގެ މަސައްކަތް މި ހާރު ތި ފެންނަނީ ބަލިމީ ހާ ރައްޔިތު މީ ހާ ކޮނޑުގައި އުފުލަނީ .... ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބު ދެނީޔޭ ކިޔާފަ އަނގަ ހާވަނީ ، ތިމާއަށް ވާވަރު ކަމެއް ކުރީޔާ މާާާރަގަޅުވާނެ ...... މިސާލަކަށް :ބަޣާވަތް ކުރުން / ދިވެ ހިން އަޅުވެތި ކުރުން / ކެރަފާ އާއިލާއިން ދިވެ ހި ރައްޔިތުނަށް ހެވަކަށް ނޭދޭނެ.
މިއޮތީ ގައުމެއްގެ ހާލު ހުރިހިސާބަކީ އަތްގާޑިއަލާ ވީލްބަރޯގަ ބަލިމީހުން އުފުލަންޖެހޭއިރު ލަދެއްނުގަނޭތަ މިގައުމު ހިންގަންތިބިމީހުން ބަލިމީހަކު ބާއްވާނެ އެނދެން ހުރީކީނޫން އޮކްސިޖަން ލެވެލް ދައްވެގެން މީހާމަރުވާއިރު އަޅާލާގެ ޑޮކްޓަރަކު ނޫނީ ނަރުހަކު ހުރީކީއެއްނޫން މިވަރުންވެސް ގައުމު ދަރާވިކިފަ
އަދި ގެންދެވުނަސް ހޮސްޕިޓަލުން ފޮލޯ ކުރާ ޕްރޮސީޖަރ ތަކަކާހުރެ ހުރެ އެތައް އިރެއް ނަގާފާނެ ޚިދުމަތް ދޭން 🤦♀️
މުސްކުޅި ބެ ގަނޑު އިސްތިއުފާ
ގައުމުގައި ޕޮސިޓިވްވާ މީހުންގެ އަދަދުތައް ހާހުން މަތީގައި އުޅޭ އިރު އެބަލީގަ ކޮމްޕްލިކޭޝަންސް އުފެދޭ މީހުންގެ އަދަދުތައްވެސް އިތުރުވެ މަރުވާ މީހުންގެ އަދަދުތައްވެސް އިތުރުވެގެންދާނެ ކިރިޔާ އަދަދުތައް ދައްވެލާއިރަށް މިހާރު އެއްބަޔަކު އެއުޅެނީ ނަމާދުކުރަން މިސްކިތަށް ނުދެވިގެން، ކަސްރަތުކުރަން ނުދެވިގެން ކޮފީބޯލަން ނުދެވިގެން ދެން އަނެއްކާވެސް އަދަދުތަށް މައްޗަށް އަރަންފަށާތަން ބަލަންތިބޭ އޭރަށް އަތްދަނޑި މަތީ އުފުލާ މީހުންގެ އަދަދުތައްވެސް އިތުރުވާނެ
އިސްތިއުފާ
އެމްބިއުލެންސް އަންނަންދެން މަޑު ކުރާނެކަމެއް ނެތް... ސަރުކާރުން ނުބަލާނެ ހާލު ސީރިއަސްތޯ އެއް.. އެމީހަކަށް ވީ ގޮތަކަށް އަވަހަށް ހޮސްޕިޓަލަށް ގެންދެވޭތޯ ބަލާ... ސަރުކާރުން އުޅެނީ ލާދީނީ މީހުންގެ ނަމުގެ ކުރިއަށް ދީނީ ނަމެއް ނުލެވިގެން އެކަމާ ވަރަށް ބުރަކޮށް...
އެމީހެއްގެ ދަރިއެއްގެ ފުރާނަ ސަލާމާތްކުރަން އެމީހަކަށްވެވުނު ކަމެއް ކުރައްވާ!
ސަރުކާރުން ފޮނުވާ އެންބިއުލާންސެއްގެ ފޮނި އުއްމީދުގައި ނުތިއްބަވާ!
އައްޔިތުން އުޅޭހާލު ރައީސަށް ފެނޭބާ. ވާނުވާ އެގޭބަ. ހޮސްޕިޓަލްގަ އެއްޗެއް ހަމަނެތީތަ. ކޮބާތަ ފުލުހުންގެ ވެހިކަލްތައް. ކޮބާތަ އެމްއެންޑީއެފްގެ އުޅަނދުތައް. ވަޒީރުންގެ ކާރުތައް އަތުލާފަ އެމީހުން ހަމަބިމަށް ތިރިކުރަން ވެއްޖެއެއްނު. ކަންކަން ނުކުރެވޭ ވެރިންތައް މަގާމުން ދުރުކުރާނީ ކޮންއިރަކުންބާ. ދަައުލަތުގަ ދުއްވާއެއްޗެހި ހަމަނެތީތަ. ކޮބާތޯ އެއްކަލަ ކޯލިޝންގެ ވެރިންތައް.
ކިއެއްތަވާނީ ހެލްތު ކެރަފާ މަހައް ދިޔަައްޔާ
ނަސީމް: މިޝްކާ ނިޔާވުމުގައި އިހްމާލް އެބައޮތް.
އޯލްސޯ ނަސީމް: މިޝްކާ ނިޔާވުމުގައި އިހްމާލެއް އޮތްނަމަ އިސްތިއުފާދޭންނަން.
ކަލޯ ތިހިރީ ބޮއެގެންތަ؟
ދެން މިިހާރު އެމްބިއުލެންސްއަށް ގުޅާނެ ކަމެއްނެއް. އިމަޖަންސީ ވެއްޖެއްޔާ ގެންދެވުނު ގޮތަކަށް ކައިރީ ހުރި ހޮސްޕިޓަލަކަށް ގެންދޭ. ނަސީމްބެއަށް ޑިޕެންޑް ވެވޭކަށް ނެތް.
ކޮންނސީމޭ އިސްތިއުފާ ކިޔާކަށް ރައްތުނވެއްޖެއެއްނޫން ވިސްނާލާ އަނގަމައިތރި ކޮށްގެން ﷲ ދުޢާދަންވަން މިބަލިމަޑުކުން ސަލާމަތްވޭތޯ ސަބަބުތަކުގައި ހިފައިގެން މިއަދު ކޮންމެ މީހަކު ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އަނގަ ފުރާވާހަކަ ދައްކާއިރު ގޭގައި ތިބޭށޭބުނީ ނުތިބޭނަމޭ މާސްކުއަޅާށޭބުނީމާ ބުުނީ ނާއަޅާނަމޭ ވެކުސިންޖަހާށޭބުނީ ނުޖަޙާނަމޭ މައިމޫނާއްތަ ޖެހޭނީ ސައިޒަށް ތިރިވާށޭ އެހެންވީމާ ކޮންވާހަކައެއް ދައްކާކަށް މިހާރު މައިމޫނާތައްތަ ސައިޒަށް ތިރިވީ
ސާބަހޭ ތީ ދަރިން ދެކެ ލޯބިވުމަކީ..
އިމަރޖެންސީގައި ބަލަންވާނީ ވީހާވެސް އަވަހަކަށް ބަލިމީހާ ހޮސްޕިޓަލަށް ގެންދެވޭތޯ އެވެ! ގަޑި ދެގަޑިއިރު ވަންދެން އެމްބިއުލާންސަކަށް ނުވަތަ ޓެކްސީއަކަށް އިންތިޒާރު ކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ދެން ބުނެލަން އޮތީ ތިނޫނަސް، ކޮވިޑް ވުޖޫދަށް ނާންނަ އިރުގައިވެސް، އަވަހަށް ފަރުވާ ދިނުމަށްޓަކައި، ތިގޮތަށް ސައިކަލްމަތީ ކުދިން ހޮސްޕިޓަލަށް ގެންދާ މަންޒަރު ދެކެމެވެ. އަދި މިވާހަކަޔަށް ހެކިވާނެ ކިތަންމެ ބަޔަކު ތިބޭނެކަން ޔަޤީނެވެ.