ނަފްރަތު އުފެއްދުން މާނަ ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ އިބާރާތައް ބަދަލެއް ނުގެނެސް، ގާނޫނު އުގޫބާތުގައި މިހާރު އޮތް އިސްލާމްދީނާއި އިދިކޮޅު އަމަލު ހިންގުމުގެ މާއްދާއަށް ބަދަލު ގެންނަން އުޅެނީ ރައްޔިތުން ވާވައްދަން ކަމަށް ދީނީއިލްމުވެރިޔާ އައްޝައިހް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޝައިހް ސަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނަށް ފުރައްސާރަ ކުރުމަށް މަގުފަހިވާ ގޮތައް ގާނޫނަށް ގެންނަން އުޅޭ ބަދަލާއިމެދު ރައްޔިތުން ކަންބޮޑުވި އިބާރާތައް އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެގޮތުގައި ފާސް ކުރުމުގެ ބަހަނާއެއްގެ ގޮތުން ރައްޔިތުންގެ ކަންބޮޑުވުން ފިލުވަން ކަމަށް ބުނެ ގާނޫނުލް އުގޫބާތައް ގެންނަން އުޅޭ އިސްލާހު ކަމުގައި އެޓާނީ ޖެނެރަލް އޮފީހުން ލިޔެފައިވާ އިބާރާތަކީ މިހާރު ވެސް އެގާނޫނުގެ 617 ވަނަ މާއްދާގައި އޮތް އެއްޗެއް ކަމަށެވެ.

"ރައްޔިތުން ވާވެއްދުން ހުއްޓާލަން ޖެހޭ." ޝައިހް އަހްމަދު ސަމީރު ލިޔުއްވާފައި ވެއެވެ.

ނަފްރަތު އުފެއްދުން މާނަ ކުރުމަށް ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހްގައި ބުނެފައި ވަނީ ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމަކީ ކުށެއް ކަމަށެވެ. އެއީ އިސްލާމްދީނާއި ދެކޮޅު މީހުން ހިމާޔަތް ކުރުމަށް ސަރުކާރުން ގާނޫނަށް ގެންނަ ބަދަލެއް ކަމަށް ބުނެ ވަރަށް ބޮޑަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ފާޑުކިޔުންތައް އަމާޒުވުމުން ސަރުކާރުން ވިދާޅުވެފައި ވަނީ ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގައި މިހާރުވެސް އެކުލެވޭ ކުށެއް ކަމުގައިވާ "އިސްލާމްދީނާ އިދިކޮޅު އަމަލުތައް" އިތުރަށް ތަފްސީލުކޮށް، އެ ކުށުގެ އަމަލުގެ ތެރޭގައި، އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް އެ މާއްދާގައި ބަޔާންކުރުމަށްޓަކައި، އެ ގާނޫނަށްގެންނަންޖެހޭ އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އަދިވެސް ނަފްރަތު އުފެއްދުން މާނަ ކުރުމަށް ހުށަހަޅާފައިވާ ބިލަށް އެއްވެސް ބަދަލެއް ގެންނަން ސަރުކާރުން ނިންމާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މޮހޮނު

    ތިޔައީ ހަމަ 100% ތެދުވާހަކަ

    14
    2
    • ސޮހޮލު

      2008 ގެ ކުރިން މިބޭފުޅުންކޮބާތޯ؟ ވައްކަން ކުރުމާ، މީހުން މެރުމާ، ހިލޭއަންހެނުން ކައިރއަށް ދިޔުން އެްީ ރަގަޅު ކަމެއްގޮތަށް ސިފަކޮށް ވަލިއްޔުލް އަމުރު ވާހަކަދައްކާ މޫނުބުރގާއަށް ޖޯކުޖެހިއރު މިބޭފުންނަށްތިބީ ނިދިފަތޯ؟

      • ކަލޭ

        ކަލޭ ދޭބަލަ 2008 ގެ ކުރިޔަށް. ބޯގޯސް.

  2. ޑގގ

    ސަމީރު ފިތުނަ ނުއުފައްދާ. މުސްލިމަކާއި ދިމާއަށް ކާފަރެކޭ ނުބުނެވޭނެ. އަދި ދީނަށް އިހާނެތި ބަހެއް ބުނުމަކީ ކުށެއް. މި ދެކަންތައް ގާނޫނުގައި އެ ހިމެނީ.

    6
    14
  3. މޮހޮރު

    ސަމީރު ތެދުވާހަކައެއް ޔަހޫދިން ހިންގާކަހަލަ މަކަރުވެރިކަމެއް ޤާނޫނަށް ވައްދަން މަސައްކަތް އެކުރަނީ މިޤައުމު ހަފުސްވަމުންދާތަން ފެންނަމުން ދާކަހަލަ ލާދީނީމީހުންކޮބާ

  4. ނުރަބޯ

    މިކަލޭގެ މިއުޅެނީ ފިތުނައުފައްދަން އަނެއްކާ މިމީހުން އެބަޖެހޭ ބޭންކު ރަން