އައްޑޫ ސިޓީ މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީ އިން ނިންމާލައިފިއެވެ.

އެމްޓީސީސީން ވިދާޅުވީީ އައްޑޫ ސިޓީ މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ނިމިފައިވާކަމަށެވެ.

މި މަޝްރޫޢަކީ 23 ޖޫން 2019 ވަނަ އަހަރު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ އަގަކީ 36.5 މިލިއަން ރުފިޔާއެވެ.

މި މަޝްރޫޢުގެ ދަށުން، އައްޑޫ މީދޫ ބަނދަރު ފުންކުރުމާއި، ބަނދަރުގެ ނެރު ފުންކުރުމާއި، 621 މީޓަރު އެއްގަމު ތޮށި ލުމާއި، އެއްގަމު ތޮށި ވަށައިގެން 3،125 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރުގައި 11 މީޓަރު 11 މީޓަރު ގެ ރޭމްޕް އެއް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި ބަނދަރު ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ އިތުރުން، ބަނދަރުގައި މޫރިންގ ހުކްސް ހަރުކުރުމާއި، ބޮލާޑް ހަރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މި ބަނދަރަކީ އާންމުކޮށް ރާއްޖޭގައި ތަރައްޤީކުރަމުން އަންނަ ބަނދަރުތަކުގެ ޑިޒައިން އާއި ތަފާތު ހިތްގައިމު ބަނދަރެއް ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. މިގޮތުން ވާ އައްސާ ކުޅި ތަކުގެ އިތުރުން ވާ އައްސާނެ ބޮލާރޑް ވެސް ވަނީ ހަރުކުރެވިފައެވެ. އަދި ބަނދަރުގެ ޑިޒައިން ކުރެވިފައިވަނީ ކުރިން މީދޫ ގައި ދިމާވި ބޮޑުދިޔައިގައި ރަށަށް ރާޅުއެރުމުގެ މައްސަލަ ދިމާނުވާނެ ގޮތަށް އުސްކޮށެވެ.

އެމްޓީސީސީ އިން އައްޑޫ ސިޓީގެ ތަރައްޤީއަށް ގިނަ މަޝްރޫޢު ތަކެއްގެ އަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމާއި، ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަސައްކަތާއި، ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމާއި، މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރުން ހިތަދޫގެ ކުރީގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުތަކަށް ގާތްގަނޑަކަށް 237 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

އަދި މިނޫނަސް އައްޑޫ ސިޓީގައި އިތުރު ތަރައްޤީގެ މަޝްރޫޢުތައް ކައިރި މުސްތަޤުބަލެއްގައި ފެށުމަށް ވަނީ ރޭވިފައި ކަމަށް އެކުންފުނިންް ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހައްޗޭ

  މީދޫ ބަދަރުގަ ހުސް މީދާ.

 2. ޟަޒް

  ނެ ރު ބައްތި ވެސް ނުޖަހާ ހު ރީ.

  1
  1
  • ހ.މ

   ނެރު ބައްތި ޖެހި އެމްޓީސީސީއިން، ކުރިން ޖަހާފައި ހުރި ބއްތި ނައްޓަން ދިޔަ ހަމަ ތިރަށު މީހުން އާ ނެރުބައްތި ތަކަށް ކުރި ކަމެއް ކުރީ!

 3. ހަވިޔަނި މަވިޔަނި

  ބަނދަރުގަ ޖެހި ނެރު ބައްތި ނަގާފައި ވަނީ ކުރިން ހުރި ބައްތި ނައްޓަން ދިޔަ ތިރަށުގެ މީހުން އަމިއްލައަށް، އެމްޓީސީސީ އިން މަސައްކަތް ނިންމި އިރު ނެރު ބައްތި ހަމަ ގައިމުވެސް ވާނީ ޖަހާ ނިންމާފައި