ކޮވިޑް ޖެހިގެން ރާއްޖެ އިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ މީހެކެވެ. އޭނާ ނިޔާވެފައި ވަނީ ރޭ މެންދަމު 00:48 ގައެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 172 އަށް އަރާފައެވެ.

މެއި މަސް ފެށުނު ފަހުން ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް އެޗްޕީއޭ އިން ވިދާޅުވާ ގޮތުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދަށް ބަލާއިރު ނިޔާވާ މީހުންގެ ނިސްބަތް އިތުރުވަމުންނެއް ނުދެއެވެ.

ކޮވިޑް ޖެހިގެން އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު މެެއި މަހު 290 އަށްވުރެ ވެސް މައްޗަށް އެރުމަށްފަހު މިހާރު އަންނަނީ މަދުވަމުންނެވެ. އިއްޔެ އިރުއޮއްސުނުއިރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔައީ 197 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިސްމިޑިޔާ

    ކޮބައިތޯ ފަރުދިޒިންމާ ރައީސް ސޯލިހު ކިތެމެކަމެންކުރިޔަސް ރައްޔަތުން ބޯނުލަބާ ވެކްސިން ނުޖަހާ މިބަލިމަޑުކަން ކަންޓްރޯލު ނުކުރެވޭނަމަ ދެން މީހުންމަރުވަނީ ؟؟ބިރުވެރިވަނީ ؟؟ބައެއްމިހުންގެ ނަޒަރުގާ ވެކްސިން އެއީ ޖަހަންޖެހޭވެސްއެއްޗެއްނޫ؟ މިކަހަލަ ފިކުރުގެ މީހުންވެސްއެބައުލޭ؟ ޑޮކްޓަރުންނާ ސިހިއްހީ މާހިރުންނައްވުރެންވެސްމޮޅު ހުރިހާއެއްމެންވެސް އަވަހައްވެސްޖެހުމަކީ މުޅިގައުމު ގޮވާގޮވުން

    3
    2