ސާދަ މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުލަތުން 40 އަށް ވުރެ ގިނަ ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ވ. ތިނަދޫ، ރެޑް ހައުސިން، އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ގެ ބަންދަށް އަށް ދުވަސް ޖަހައިފިއެވެ.

އައްމަޓީގެ މައްޗަށް ދައުލަތުން 42 ދައުވާއެއް އުފުލާފައިވަނީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ފްލެޓްތައް ނާޅައި މީހުންގެ އަތުން ފައިސާ ނަގައި އަދި އެ ފައިސާ އަށް ހިޔާނަތްތެރިވި މައްސަލައިގައެވެ.

އައްމަޓީގެ ބަންދުގެ މުއްދަތާ ގުޅޭ ގޮތުން ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރިއިރު، ދައުލަތުގެ ފަރާތުން އެދިވަޑައިގަތީ އޭނާގެ މައްޗަށް އުފުލާ ދައުވާތަކުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.

އެކަމަކު އޭރު މުއްދަތު މަޖިލީހުގައި އިންނެވި ގާޒީ އާދަމް މުހައްމަދު ނިންމެވީ އޭގެ ބަދަލުގައި އަށް ދުވަހުގެ މުއްދަތަކަށް ބަންދު ކުރުމަށެވެ. އެއީ ޝަރީއަތް ނިމެންދެން ބަންދު ކުރުމާ މެދު ގޮތެއް ނިންމަން އެންމެ އެކަށީގެން ވަނީ މައްސަލަ ބައްލަވާ ގާޒީ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ގާޒީ އާދަމް މުހައްމަދު ނިންމެވިއެވެ.

މި މަޖިލީހުގައި އައްމަޓީއަށް ބަސް ބުނަން ފުރުސަތު ދެއްވުމުން އޭނާ ވަނީ ބަންދުގައި ހުންނައިރު އޭނައަށް އެކަށީގެންވާ ސިއްޚީ ފަރުވާ ނުލިބޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން ގާޒީ އާދަމް މުހައްމަދު ވަނީ އެ އިންތިޒާމުތައް ހަމަޖެއްސުމަށް ދައުލަތަށާއި އިންވެސްޓިގޭޝަން އޮފިސަރަށް އަންގަވައިފައެވެ.

އަައްމަޓީގެ މައްޗަށް އުފުލާފައި 42 ދައުވާއަކީ ވެސް ގާނޫނުލްއުގޫބާތުގެ އެކި މާއްދާތަކަށް ހަވާލާދީ އޭގެ ދަށުން ދަށުން، އުފުލާފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާތަކެވެ. މި ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މާން

    މިއަށް ހުރިހާ ދުވަހު އެތައްބައެްގެ ފައިސާ އިން ސިއްހީ ފަރުވާ އާއި އެހެނިހެން ކަން ކުރިއިރު ހަމަ އެއްޗެ ކޭ ހިތަހކަށް ނާރާ

  2. މަނީމަނީ

    ވަރައް މޮޅައް ކާރު ހަދަން ދަންނަ މީހަކާ ވައްތަރީ

    2
    1
  3. ބުއްޅަބޭ

    ދޭނި ކަމެއް ނެތް...ތީނަގެ ސަބަބުން ކ ކިތައް މީހުންނަަށް ސިއްހީ މައްސަލަ ކ ކުރިމަތިވި!

    4
    1
  4. ހެހެހެ

    މިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތައް ހެދިފައި އޮންނަނި ބޮޑަށް މިފަދަ މީސްމީހުންގެ ޙައްޤުގައި.. ޙައްޤު ނިގުޅައިގަނެވޭ ނިކަމެތި މީހާއަށް އެއްވެސް ޙައްޤެއް ނޯވޭ..

  5. ހުސޭނުބޭ

    ހައްޔަރުކުރުމުގެ ކުރިން ހަމަ އުދުހުނީ. ހަމަ ޖަލައްލީ ........ ބަލިވީ
    އަޅެ މީ ޖާދުލެއްތަ

  6. ެަހުމްދު

    ތީނަވައްތަރީ ޑްރަގް މާފިޔާގެ ބޮޑުމީހަކާ ، ތިކަހަލަ މީހުން ގިނައީ ކޮންސްޓްރަކްޝަންކ ކުންފުނިހިންގަން އުޅެނީ ، އެޗްޑީސީއިން އެތާގަ ތިބޭވެރިންގެ އަމިއްލަ ފައިދާއަށް ރަތްޔަތުންގެ ގައްގުތަކަށްއަރައި ތި ނުލަފާ ގައްބާރު މީހުންނަ، ބިންތައްދޫކޮށް ، ނިކަމެތި މަާލޭ ރަތްޔަތުން އަބަދުވެސް ގަޑަތަޅަން މިޖެހެނީ ،