ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލައިގެ ތަހުގީގު ގާތުން ބެލުމަށް އެމްޑީޕީގެ ޚާއްސަ ކޮމިޓީއެއް އެކުލަވާލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 12 މެންބަރުންގެ ސޮޔާއެކު، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި އެ ހުށަހެޅުއްވުމުގައި ވަނީ މި ކަމުގައި އަވަހަށް ގޮތެއް ނިންމައި ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާށެވެ.

އޭގައި ވަނީ އެމްޑީޕީއިން އެ މައްސަލައިގަ ތަހުގީގު ގާތުން ބެލުމަށް ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށެވެ.

ހުށަހެޅުއްވުމުގައިވާ ގޮތުން އެމްޑީޕީން އެކުލަވާލާ ޚާއްސަ ކޮމިޓީގައި ތިއްބަވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާ މެންބަރަކާއި، ރައީސް މުހައްމަދު ނަޝީދު ކަނޑައަޅުއްވާ މެންބަރަކާއި، އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއާއި، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝިހާބާއި، އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިންގާ ގަވައިދުގައިވާ ގޮތުން، މަދުވެގެން 10 މެންބަރުންގެ ސޮޔާއެކު ގައުމީ މަޖިލީހަށް ހުށަހެޅުއްވުމެއް އައިސްފިނަމަ އަދި އެ ކަމުގައި ގޮތެއް ނިންމަން ބައްދަލުވުމެއް ބާއްވަން އެދިއްޖެ ނަމަ އެ ބައްދަލުވުމެއް ބާއްވަން ޖެހެއެވެ. އެނގިފައިވާ ގޮތުގައި، ވަރަށް އަވަހަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މި ކަމުގައި ބާއްވާނެއެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދަށް ބޮމުގެ ހަމަލާއެއް ދިނީ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅެވެ. އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގައެވެ. އޭގެ ކުރިން އޭޑީކޭގައި ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދެވިއެވެ. ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމަތްތަކަށް ފަރުވާ ހޯއްދަވަން އޮޕަރޭޝަންތަކެއް ވެސް ކުރަން ޖެހުނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކިސްމަތު

    ކޮބާ ރަޢީސްޔާމީން ގޮއްވާލީ ސުންފާތަަޑް

    12
    1
  2. ޖަހޯބަރާ

    އަދިވެސް ފުރިހަމަ ނުވޭ.. ތިހޮވާ ކޮމެޓީގެ މަސައްކަތް ބަލަން ސަބްކޮމެޓީއެއްވެސް ހޮވަންވާނެ. ދެން ތިކަން ބެލުމަށް މިހާރު ހެދިފައިވާ ހުރިހާކޮމެޓީން މަސައްކަތް ކުރާވަރު ބެލުމަށް އިތުރު ކޮމެޓީއެއް އެކުލަވާލަންވާނެ. ދެން އަދި އިތުރަށް ހަރުގެއިން ކޮމެޓީއަކާ ޖަގަހަތަށް ތަމްސީލް ވާގޮތަށްވެސް ކޮމެޓީއެއް ނަގަންވާނެ.. އަދި ޕާޓީގެ ދާއިރާތަކުން ހޮވާލެވޭ ކޮމެޓީއެއްވެސް ބޭނުންވާނެ. އަދި އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ޕާޓީއަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މީހުންގެ ތެރެއިންވެސް އެއްކޮމެޓީ އޮންނަންވާން.. ދެން މިކޮޓީތަކުގަ ތިބެންވާނީ ވަރުގަދައަށް ހަޅޭލާ ފިސާރި ދޫފަރިތަ އަދި ކުޑަކޮށް ނަށަން ވެސް އެނގޭ މީހުން. އޭރުން ބެލިފަ ތިއާކަމެއް އޮންނާނީ..

    15
    1
  3. އަނެއް އަންނި

    ބަލަ ނަޝީދު ނޫނީ އިންސާފު ލިބެންޖެހޭ މީހަކު ނެތްތަ؟ މިގައުމުގައި އަނިޔާ ލިބެމުންދާ ހުރިހާ ރައްޔިތުންނަށްވެސް އިންސާފު ލިބެންޖެހޭ ނަޝީދު ވަރުގެ މީހަކު ނެތްކަމަށް ހަދައިގެން ތިޔައުޅެނީ ދެނެހުރިންތަ އޭނައަކީ މިގައުމަށް އެތައް މިލިޔަން ޑޮލަރުގެ ގެއްލުން ދީފަހުރި މީހެއްކަން ޓްއަރިޒަމް ބޮއިކޮޓްކޮށް އެތައް ރައްޔިތުންނަށް ގެއްލުންތައް ދިން މަގުމައްޗަށް ނިކުމެ މުޅިގައުމުގެ ރައްޔިތުން ހަޔާތް ކެނޑުވި ތަންތާ އަލިފާން ރޯކުރި ދެން މިހެންގޮސް ކިޔާނެ ކަމެއްނެތް މިގައުމަށް ހުރި ބޮޑު މުސީބާތެއްފަދަ މީހަކަށް އިންސާފު ހޯދަން އުޅޭއިރު އޭނަގެ ފަރާތުން އެތަކެއް ރައްޔިތުންނަށް ދިމާވި އިސްވެ ދެންނެވުނު ގެއްލުންތަކުގެ ބަދަލު ހޯދައިދީ އިންސާފު ލިބެންޖެހޭނެ މިގައުމުގެ އެންމެ ގިނަ ފައިސާ ވަންނަ ދޮރާށި ޓްއަރިޒަމަކީ ކިތައްފަހަރު ބޮއިކޮޓްކުރަން ގޮވި އެހެން ރައްޔިތުންނަށް ވުރެން ގިނައިން އޭނަގެ އާއިލާ މީހުން ކެއިވަރު މާގިނަވާނެ އޭނަގެ ފެމެލީ އޮތީވެސް މިގައުމުގައި އެވަރު ނުވިސްނޭ ހޭބުއްދި ގެއްލި ދެދުނިޔެއިން އާވާރާވެފަ ހުރި އިބިލިހެއް ދެން މިހެން ތެދު ބަހުން އެއްޗެއް ބުނާއިރަށް ހަރުކައްޓޭ މަޑުކައްޓޭ ކިޔާނެ

    14
    1
  4. ރައްޔިތުން

    ކޮބައިތޯ އެޗްޕީއޭ ގެ އިހުމާލުން މަރުވިހާ މާބަނޑު އަހަރުން ނާ ކުޑަކުދިން ގެ ހައްގު. ކިތައް މީހުންތޯ މަރުވީ ހޮސްޕިޓަލަށް ނުދެވި . މި މީހުންގެ މަރުގެ ތަކުގެ ޒިންމާ ގެ ވާހަކަ މަޖިލީހުން ނުބެލެނީ ކީއްވެ. ކޮބާ ހޭ ހައްގު. ކޮބާހޭ އިންސާފު. ެެއަބަދު އަބަދު ނަސީދު އާ ލާދީނީ މީހުންގެ ގެ ހައްގު. ސަރުކާރުން ޖަވާބު ދީބަލަ. މަބްރޫކް ބުނާނެ މިބަލަނީ އޭ. އެކަމަކު ބަލާތަނެއް . އެޅި ފިޔަވަޅެއް ނެތް ... ހުސްދޮގާ މަކަރުން ތި ހެން ތާ އަބަދައް ތިބެވޭނީ ކަމައް ހީ ނުކުރައްޗޭ !!!!!!!!!!!!

    16
    • ޙަސަނު

      މާބުރު ބަލާނީ ދޮގެއް ހެދޭތޯ ކަމުން ރެކެން ވެގެން

  5. އަލީ

    ހަމަ ބޮޑުނަގުލަށް ދާނި

    10
  6. ދޯހަޅި

    ﷲ اكبر.
    މަޖިލިސް މެމްބަރުންނާ މޑޕ ބައިގަނޑުން ނަޝީދަށް ޕްރޮޓެކ ކްޝަން ދޭން ބައިލައް ކަ މީހުންގެ ފައުޖެއް އައްޔަން ކުރަންވީނު. ދެން އަބަދު ނަޝީދެކ ކޭ ކިޔައިން ކޮން ސަ ކާރާތެއްޖަހާ ކަށްތަ؟ ތި ހޯދަން އުޅޭ ތާއިދެއް ލޯތްބެއް ރައްޔިތުން ފަރާތުން ނަޝީދަކަށް ދެނެއް ނުލިބޭނެ. އެހެން ކަމަކާ އުޅޭ.

  7. ނުވާނެ

    ތިވަރަކުން އަދި ނުފުދޭނެ. އިތުރު ބޮޑު ކޮމިޓީއެއް އުފައްދަން އެމެރިކާއަށާ ޔޫއެންއަށްވެސް ގޮވާލަބަލަ. އެހާވެސް މުހިއްމު މީހެއް ތި އަންނިއަކީ. ގައުމުގަ އެތައް ބަޔަކު ސިއްހީ އިހުމާލުން މަރުވަމުންދާއިރުވެސް އެންމެ މީހަކާ ހެދި އެއް ބަޔަކު ހަނާވަނީ. އެމީހާއަށް ވަނީ ގައުމުގެ އެންމެ ފެންވަރު މަތީ ސިއްހީ ޚިދްމަތް ދީ އެންމެ މޮޅު ގައުމަށް ފަރުވާއަށް ފުރުވާލާފަ. އަދިވެސް އެކަމު އޭނައަށް ޚިދްމަތްދެވޭވަރު މަދުވެގެން މި ބަޔަކު މިއުޅެނީ.

  8. ކޮރަލް

    އެމްޑީޕީ އަށް ވެރިކަން ލިބި ރައްޔިތުންނަށް ކަމެއް ކޮށްދޭން އުޅެ ބަލާށެވެ.

  9. ޗިޅިޔާ މަންނަ

    ދެން އެމްޑީޕީ ކޯޓް ހަދަންވީނު، އެއީ ރާއްޖޭގެ ސްޕްރީމް ކޯޓަށްވުރެއް މަތީ ކޯޓެއްގެ ބާރުލިބޭގޮތަށް މަޖިލީހަށް ބިލެއްލާ ފާސްކޮށްލާ ، ބާރު އެބައޮތެއްނު

  10. ސެންޗޯ

    ރަނގަޅު ޚިޔާލެއް ރައީސް ނަސީދަށް އިންސާފު ލިބެން ޖެހޭނެ

  11. އަބްދޫ

    ނަސީދަށް ލިބެންޖެހޭ އިންސާފުގެ ކުރިން އަފްރާސިމައި ރިޒްވަނަށް އިންސާފު ހޯދާދީބަލަ. އަފްރާސީމް އަވަހަރަ ކޮށްލި އެމްޑީޕީ ގެ އިސްވެރިނަ ކަމުގަ ތުހުމަތު ކުރެވިފަވޭ. ރިޒްވާން ވަގަށް ނެގުމުގަ އަމަލީގޮތުން ބައިވެރި ވީ އެމްޑިޕީ ގެ އެކްޓިވިސްޓުން އެކަމަށް އަމުރުކުރީ އެމްޑީޕީ ގެ އިސް ވެރިއެއް އެމީހުންގެ އާއިލާ އަށް އިންސާފު ހޯދާނުދެވިގެން އުޅެނީ ކީއްވެ ؟