ފަރުވާ ދިނުން ލަސްވެ ކުޑަ ކުއްޖަކު ނިޔާވި މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްޗެއް ވިދާޅުނުވާތީވެ، ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ފާޑުވިދާޅުވެއްޖެއެވެ.
އުމުރުން 10 އަހަރު ފާތިމަތު މިޝްކާ ނިޔާވެފައިވަނީ އަންގާރަ ދުވަހުގެރޭގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލްގައެވެ. ކޮވިޑް-19 އަށް ފައްސިވެ ހޯމް ކަރަންޓީނުގައި ހުރި މިޝްކާ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސް ގުޅުމުން ވެހިކަލް ގޮސްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ އެމްބިއުލާންސަށް ގުޅިތާ ދެ ގަޑިއިރާ 25 މިނިޓް ފަހުންނެވެ. އެހެންވެ ފަރުވާ ދިނުމުގައި ވަރަށް ބޮޑަށް ލަސްވި ކަމަށް އާއިލާ އިން ތުހުމަތު ކުރެއެވެ.
އާއްމު ގޮތެއްގައި ސަރުކާރަަށް ފާޑު ވިދާޅުވަމުން ގެންދަވާ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިހުމާލުން ކުޑަކުއްޖަކު ނިޔާވެ އަތްދަނޑިމަތީގައި ބަލި މީހުން ގެންދާއިރުވެސް ރައީސްގެ އަދި ނައިބް ރައީސް ތިއްބެވީ ބިމަށް "ބޯހަރުއްވައިގެން" ކަމަށެވެ.
އިނގިރޭސިވިލާތު ފަދަ ގައުމުތަކުން މިސާލު ނަންގަވައި ޖަމީލް ވިދާޅުވީ، އެ ގައުމުތަކުގައި ދިމާވާ ކަންތައްތަކުގައި ޒިންމާ ނަންގަވަނީ ސީދާ ބޮޑުވަޒީރު ކަމަށެވެ. ވެކްސިން ޕްރޮގްރާމްވެސް ހިންގަވަނީވެސް ބޮޑުވަޒީރު އަމިއްލަފުޅަށްކަން ޖަމީލު ފާހަގަކުރެއްވިއެވެ.
މިޝްކާ ނިޔާވި މައްސަލާގައި ރައީސް ސީދާ އެއްވެސް އެއްޗެއް ވިދާޅުނުވި ކަމުގައިވިޔަސް އެމަނިކުފާނު ވަނީ މިޝްކާގެ އާއިލާ އަށް ގުޅުއްވައި ތައުޒިޔާ ދަންނަވައިފައެވެ. އެ މައްސަލައިގެ ތަހުގީގު ހެލްތް މިނިސްޓްރީން ވަނީ ފަށާފައެވެ. މިއަދުގެ ވަގުތެއްގައި ތަހުގީގު ރިޕޯޓް ހާމަކުރާނެ ކަމަށްވެއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވަނީ ފަރުވާ ދިނުމުގައި ލަސްވީ ބައެއްގެ އިހުމާލުން ކަމަށް އިއުތިރާފްވެ ވަޑައިގެންފައެވެ.
ނޫސްވެރިންގެ ވަރުގަދަ ސުވާލުތަކެއް އަމާޒުކުރެވުނު އެ ބައްދަލުވުމުގައި ނަސީމް ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވާނީ އިހުމާލެއް އޮތްތޯ ބެލުމަށް ފަހު ކަމަށެވެ. މިޝްކާގެ މަރުގެ މައްސަލަ މަޖިލީހުން ވެސް ބަލަމުންދާއިރު ހިއުމަން ރައިޓްސް ކޮމިޝަނުންވެސް މައްސަލަ ބަލަމުންދެއެވެ.
ރާއްޖޭގެ ސިއްހީ ނިޒާމުގެ ދޯހަޅިކަމުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ސަރުކާރުތަކުން ސިއްހީ ދާއިރާއަށް ބޮޑެތި އަދަދުން ފައިސާ ހަރަދުކުރާއިރުވެސް އެކަށީގެންވާ ނަތިއްޖާއެއް ނުނެރެވެއެވެ. މައްސަލަތައް ހައްލުކުރަން ކޮންމެ ސަރުކާރުންވެސް މަސައްކަތް ކުރެއެވެ.
މާބޯޑަށް ރޮވިދާނެތީ އެއްޗެއްނުބުނީ!
ކެރަފާ އިބޫ ކަލޭ އިސްތިޢްފާދީ.................ކަލޭ ގެ ނާގާބިލުކަމުން ކޮވިޑް މެނޭޖުނުކުރެވި މިރާއްޖެ ބޮޑު ކާރިސާއަކަށް މި ވެއްޓުނީ..............
ކީކޭ ބުނާނީ ސޮރީ އޭ ބުނެފަ ފުއްދާ ނުލެވޭނެ. ދެން ރޯނީ އެއީ މިހާރު ޑްރާމާކަން ރައްޔަތުންނަށް ސާފު ވެއްޖެ.
ދާދިފަހަކުން ހެލްތު މިނިސްޓްރީއަށްވަނީ އިތުރު ސްޓޭޓް މިނިސްޓަރުންނާއި ނައިބުން ލާފާ. އަދިވެސް އެކްޓިވިސްޓްނަށް ވަޒީފާ ދެވޭތޯ ސޯލިހުބަލަނީ.
އޭނަކީކޭކިޔާނި އެނަގެ ސަރުކަރު ފެއިލްވެއްޖެ. އަވަހއް ގެޔައްދޭ
ޖަމީލު އެއްޗެެއް ބުނީމަ ނިމުނީއެވެ. ހުރިހާ ކަމާކާ ބެހެމުން ދުވަނީ ޖަމީލެއް ނޫންތޯއެވެ.
އެއްޗެއްބުނެވޭކަށްނެތް . އިހްމާލު އެބައޮތް.
ޞިއްހަތާއި ބެހޭ ވަޒީރު އައްޔަން ކޮށްފައި ބުނީ ތަފާތު ދައްކާނެއޭ. މިއަދު މިފެންނަނީ އެތަފާތު. ކެރަފާ ނަސީމު ވެސް ނަސީމަށް މަޤާމު ދިންމީހާވެސް އިސްތިއުފާދީ.
ބުނާނެއެއްޗެއްނެތީމަ ހަނުހުރީ ބާޣިނަސީމުވެސްއެބުނީނު ތަހުގީގުކުރީމައޭ އެނގޭނީ އޭނަގެކުށެއްއޮތްކަން އަމިއްލަހާލާވެގެންނޫޅެވޭ މުސްކުޅިއަކަށް މިނިސްޓަރުކަންދީފަ ރައީސައްކީކޭބުނެވޭނީ އަމިއްލަބާރުނުހިގާވެރިކަމެއް މިސޯލިހްމިކުރަނީ ދެންހުރިމީހާއެހެރީއެމެރިކާގަ ރައްޔިތުންގެޚަރަދުގަ އަރާމުކޮށްލަން ކީއްކުރަންއަގައިންބުނަންވީ