މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ހަދަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ހުށަހެޅިޔަސް އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ މިހާރު ވެސް އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް، އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ. އަދި ދީނަށް ފުރައްސާރަ ކުރިއަސް ލާދީނީއޭ ގޮވައި މަރަން އިންޒާރު ނުދެވޭނެ ކަމަށް އިބްރާ ވަނީ ވިދާޅުވެފައެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލަކީ ލާދީނިއްޔަތު ފަތުރަން ހުށަހެޅި ބިލެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް ބިލަށް ފާޑުކިޔަމުންނެވެ. ހިސާންގެ ދިފާއުގައި ނުކުމެ އެމްޑީޕީގެ ސަޕޯޓަރުން ވެސް ދަނީ މީސް މީޑިއާގައި އަޑު އުފުލަމުންނެވެ.

އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ މިހާރުވެސް އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމަށާއި ދީނަށް ފުރައްސާރަކުރާ މީހާއާ ދިމާއަށް "ލާދީނީ" އޭ ގޮވަމުން ނުދުވެވޭނެ ކަމަށެވެ. އަދި ލާދިނީ މީހެއް ކަމަށް ބުނެ އެމީހާ މަރަންވެސްް އިންޒާރު ނުދެވޭނެ ކަމުގައި ވިދާޅުވިއެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ މިހާރު ވެސް އަދަބު ކަނޑައެޅިފައިވާ ކުށެއްކަން ފާހަގަކުރައްވާ އިބްރާ ވިދާޅުވީ އެ ކުށް ކުރި މީހާގެ މައްސަލަ ތަހުގީގުކޮށް އެކަމަށް އަދަބު ދޭންޖެހޭނީ ޝަރީއަތުން ކަމަށެވެ.

"އެމީހާ އާ ދިމާލަށް ލާދީނީއޭ ގޮވައި ފަހަތުން ދުވެ މަރަން އިންޒާރެއް ނުދެވޭނެ، ގާނޫނު ހަދަނީ އެކަން ހުއްޓުވަން." އިބްރާ ވިދާޅުވިއެވެ.

ސަރުކާރުން ހުށަހެޅި އިސްލާހާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި އިތުރު ބިލެއް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައެވެ. އެ ބިލްގައި ވަނީ ސަރުކާރުގެ ފަރާތުން ހިސާން ހުށަހެޅުއްވި ބިލަށް ބައެއް މާއްދާތައް އިތުރު ކުރަން ހުށަހަޅާފައެވެ.

ހިސާން މިހާރު ހުށަހަޅުއްވާފައިވާ ބިލަށް އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ދެކޮޅު ހައްދަވެއެވެ. އެމްޑީޕީގެ ތެރެއިން މި ބިލާ ދެކޮޅު ކަން "ވަގުތު" އާ ވާހަކަ ދައްކަވަމުން ކަށަވަރު ކޮށްދެއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެވެ. ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު (އިއްސެ) ވެސް ދީނަށް ފުރައްސާރަ ކުރަން ޖާގަ ދެވެން ނުވާނެ ކަމަށް ވިދާޅުވެ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފައިވެއެވެ. އެކަމަކު ބިލާ ދެކޮޅު ކަން ސީދާ އަދި ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ޙަސަން

  އިބުރާ ދޮނާ...

  ދީނަށް ފުރައްސާރަ ކުރުމަކީ ކުށެއް... ކުށެއް ކުރުމުން ކުށެއް ކޮށްފިޔޭ ބުނާ މީހާ ކުއްވެރި ވާގޮތައްތޯ ތިޔަ ވިދާޅުވީ.... ތިޔަ ފިކުރަށް ބުއްދި ތަބައެއް ނުވޭ.. ދެން ކިހިނެއްތޯ ހަދާނީ...؟

  38
 2. ކޮރަލް

  އިސްލާމް ދީނައް ފުރައްސާރަ ކުރުމުގެ ހުކުމް ދީނުގަ އޮންނަ ގޮތް މިއުޅޭ ގްރޫޕް އަށް ކިޔާ ދީ ބަލާށެވެ.

  32
 3. ޟަރު

  ޒިނޭ ކުރިޔަސް ހައްދެއްވެސް ނުޖެހޭނެ ދޯ

  24
  1
 4. ކޯބް

  ސޯ ޔޫ އާ ސޭއިން، ވަކިބަޔަކު ކުއްކުރިޔަސް އެވާހަކަ ނުދައްކާށޭ؟
  ވަކި އަދަބެއް ދޭން ގޮވުން ރަނގަޅެއްނޫން އެހެނަސް ކުރި ކުއް ކުއްވެރިކޮށް ވާހަކަ ދެއްކޭނެ. ލާދީނީ ވެގެން އުޅެންޏާ ލާދީނީވެސް ކިޔާނަން. ސްޓޮޕް އަސް އިފް ޔޫ ކޭން ކޯބް.

  28
  1
 5. ވެރިން

  ކަލޯ ދީނަށް ފުރައްސާރަ ކުރީމާ ކަލޭގެ ނަޒަރުގަ ޖެހެނީ ޝަރަފު ވެރި ކަމުގެ އިނާމު ދޭން ދޯ .

  33
 6. Anonymous

  ﷲ ތައާޅައަޢް ޖަދަލުކުރަން ނުކތީ ދޯ ލާދީނީ ކަލޭގެ.

  33
 7. ކޮސް

  ގާނޫނުގާ އަދަބު ކަނޑައެޅިފައިވާ ކުއް ކޮއްފަ އަދަބު ނުލިބި އެދެވެނީ ކީއްވެ. އެކަން އެހެންވީމާ ރައްޔިތުން ޝުޢޫރު ފާޅުކުރާނެ. ކުއްކޮށްފާ އަދަބު ނުލިބި ވަކިބަޔަކަށް އުޅެވިގެން ނުވާނެ ދޯ.

  30
 8. ލާ

  ދީނަށް ފުރައްސާރައެއްވެސް ނުކުރެވޭނެ.

  38
 9. އޭނަ

  އިސްލާމީ ދަޢުލަތެއްއޮތް ޤައުމެއްގަ އިސްލާމް ދީނަށް އެއްވެސްފުރައްްސާރައެއް ކުރެވިގެން ނުވާނެ

  37
 10. Anonymous

  އިބުރާ ކަލެޔަކީ މުސްލިމެއްތަ...؟؟

  25
 11. ޒުހުރާ

  މުރުތަދުވާ މީހާ ހިމާޔަތް ކޮށްފަ ހުންނާތީ ނޫންތޯ މުސްލިމުން އެކަން ބޮޑުވެ ލާދީނީ މަރަންޖެހިފަ ހުތިމީހެކޭ ގޮވަނީ. މިސަރުކާރު ނުކުޅެދުންތެރިކަން ބޮޑުވުމަކީބމުސްލިމުން ހަގީގަތަށް ވާހަކަ ދެއްކުން ހުއްޓުވާ އަނގަމަތީ ޓޭޕް އަޅަންޖެހޭނެ ކަމަކަށް ނުހެދޭނެ. ތިއުޅެނީ އަނިޔާވެރިކަން އިސްކޮށް ލާދީނީ މީހުން ހިމާޔަތްކުރަން.

  12
 12. ޤާދިރު

  މަރާކަށް ނުގޮވޭނެ، އެކަމަކު ލާދީނީއޭ ގޮވޭނެ ގޮވާނަން

  32
 13. ލާދީނީ

  މީނަޔާއި މީނަ އާއިލާގެ ލާދީނީ މީހުންނައް ރައްޔިތުންގެ ފައިސާ ބަހާ ހުސްކުރަނީ ލާދީނީ ސަރުކާރުން. ދެން އެތައްހާސް ބަޔަކު ޖަލައްލެވޭނެބާ މިމީހުންނައް. ލާދީނީ ލާދީނީ. ޖަލައްލާން އާދޭ.

  25
 14. މަހުމޫދު

  ކޮންމެ ބިލެއް ފާސް ކުރިޔަސް ލާދީނީ މީހުންނަން ލާދީނީ ގޮވާނަމް، މިފަދަ ބިލެއް ހުށައަޅާނީވެސް ލާދީނީ މީހުން އަދި ތާއީދު ކުރާނީވެސް ލާދީނީ މީޙުން. އިބުރާވެސް ތީ ލާދީނީ މީހެއް. ބިލް ހުށައަޅީވެސް ލާދީނީ މީހެއް.

  27
 15. އާކިފް

  މި އެމްޑީޕީމީހުންނާ ހެދޭ ރާއްޖެސަކަރާވިއްޖެ
  އިސްލާމްދީނަށް ފުރަސާކުރާމީހުނަށް ބޮޑެތި މަގާމު
  ދެނީއެވެ. އިބޫ އާއި އަނި ހަމަ ހާމާނާއި ފިޜުއާޢުންނެވެ

  11
 16. އަދުރޭ

  މިއަދު ތިމަންނައަކީ މުސްލިމެކޭ ބުނި މީހަކު، މާދަން ރަސޫލާއަށް ފުރައްސާކުރުމުން ލާދީނީކިޔޭނެ. މިފަސްގަޑުގައި އިސްލާމްދީނަށް ފުރައްސާރަކުރަން އިބްރާ ބޭނުންވިޔަސް ޖާގަދެވޭކަށްނެތް.

  12
 17. މައިކް

  ބަލަހެބައްޔާ ކަލޭޔައެގެނީކޯޗެއް . އަހަރުމެން ގެ ރަސޫލާ ޔައް ބަދުބަސް ނުބުނެވޭނެ. ޖޯކެއްނުޖެހެނެ. އމަޑުން ހުރޭ

  11
  1
 18. ޢެސޮރު

  ޥައްކަން ކުރިމީހާއަށް ވަގަށް ގޮވީމާވެސް ކުއްވެރި ވާނެތާ ދޯ

  12
 19. އިބްރާ

  އެހެންވީމާ ހަރުކަށި މީހުނާ ދިމާލައް ހަރުކަށި މީހެކޭވެސް ނުކިޔޭނެ

  12
 20. ރައްދު

  މުސްލިމެއްގެ ގޮތުގައި ހުރެ ދީނަށް ފުރައްސާރަ ކުރެވިގެން
  ނުވާނެއެވެ އަދި ދީނަށް ފުރައްސާރަވާ ގޮތަށް ފަތުރާ ވާހަ ކަ
  ތަ ކަށް ހިއްވަރުދީގެންވެސް ނުވާނެއެވެ ދީނަށް ކުރެވޭ ފުރައްސާރަ ތަ ކާއި ކުޑައިމީސް ބަސްމަގު ހުއްޓުވެން ޖެހެއެވެ
  ޑިމަކ ކްރަސީގެ ނަމުގައި ދީނަށް މަލާމާތް ކުރަން ފުރުސަތު
  އޮވެގެން ނުވާމެއެވެ.

  11
 21. އައްޑޫ މީހާ

  މަރަން އިންޒާރު ނުދިނަސް ލާދީނީ ގޮވޭނެ ގޮވަންވެސް ގޮވާނެ އެހެން ކަމުގައި ވަނީ ނަމަ ޔަހޫދީ ވާހަކަތަކާއި ހަރަކަތްތައް ހުއްޓާލައި ތައުބާވޭ އަދި އެކަން ތަކުރާރު ނުކުރާނެކަމަށް އެއްބަސްވޭ

 22. ގިނިކަނދު

  އަނެއްކާ އެއްކަލަ ލާދީނީ މުނާފިޤުކަލޭގެ އަނގަހުޅުވުނީތަ؟ މިކަހަލަ ލާދީނީ ކަންކަމަށް މަގުފަހިކުރުމަށް ޤާނޫނުތައްމި ހަދަނީ މިކަހަލަ ލާދީނީ މީހުންހިންހަމަޖެއްސުމަށް ކަމަށްބެލެވެނީ މި އިބުރާއަކީ އަދި ބޯގަންވިލާއަކީ މިޢައުމުގަ ލާދީނީ ހަރަކާތް ފަތުރަށް މީގެ އެތަށް އަހަރެއްކުރިންފެށިގެން މަސައްކަތްކުރަމުންދާއާއިލާއެއް މިޤައުމުގަ ބައިބުލް ދިވެހި ބަހައް ތަރުޖަމާކޮށް ނެރުނީކޮންބައެއްބާ؟

 23. އިންޑިއާ އައުޓް

  މަވެސް އިބުރާގެ ބައެއަބަހައް ތާއީދު މަރަން ގޮވައިގެން ނުވާނެ މަރުހިއްޕާވާނީ ﷲ އެކަމައް ކަނޑައަޅުއްވާފައިވާ މަލާއިކަތާ މަރައްގޮވާނީ ށަރުއީ ކޯޓަކުން ހުކުމް ކުރުމުން އެކަމަކު ދީނާހިލާފޔ މީހުންނައް ލާދީނީ ގޮވާނަން ލާދީނީ ލާދީނީ

 24. ދީނީ

  ކާފަރުން ދީނަށް ފުރައްސާރަ އެބަކުރޭދޯ އެކަމަކު އަހަރެމެން ލާދީނީއޭ ނުކިޔަންދޯ ސަބަބަކީ އެމީހުންނަކީ ފާޅުގަ އެހެންދީންތަކައް އަޅކަންކުރާ ކާފިރުންވީމަ

  އެކަމަކު ނަމުން މުސްލިމަކައްވެހުރެ ﷲއާ ރަސޫލާއައް ފުރައްސާރަ ކޮއް ގުރުއާނާ ސުންނަތް ދޮގުކުރާމީހުންނައް އަދި އެހެން މީހުން ދީނުން އެއްކިބާ ކުރަން އުޅޭކޮންމެމީހަކީ ލާދީނީ މީހެއް މުނާފިގެއް

  ދީނައް ފުރައްސާރަ ކުރާކޮންމެ މީހަކައް ކިޔޭނީ ލާދީނީ
  މީހެކޭ ނޫނީ މުނާފިގެކޭ

 25. ނާޅި

  އިސްލާމް ދީނަށް ފުރައްސާރުކޮށް މަލާމާތް ކުރުމަކީ ނޭގި ހުއްޓާ މީހާ އިސްލާމް ދީނުން ބޭރުވެ މުރުތައްދެއްގެ ހުކުމް އަންނަ ކަމެއްކަން ނޭގެނީތޯ ؟ ބަލަ ދީނުގެ ހުކުމަކީ ހިޔާލު ފާޅު ކުރުމާއި ހިޔާލީ ކަންކަމެއް ނޫން !

 26. އަބްދުﷲ

  ދީނަށް ފުރައްސާރަ ކުރިއަސް، ލާދީނީއޭ ގޮވައި މަރަން އިންޒާރު ނުދެވޭނެ: އިބްރާ

  16 ގަޑިއިރު ކުރިން ( ޖޫން 3, 2021 )

  ބަޅެއްގެ ސިފަ ދައްކަން ފެށީމަ ބަޅަަށް އޫރަށް ވެސް ގޮވެން ޖެހޭ: ނަޝީދު
  • 10 ގަޑިއިރު ކުރިން ( ޖޫން 3, 2021 )