މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ މައްޗަންގޯޅި ގެއެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިފައިވާ ކަމަށް މައުލޫމާތު ލިބިފައިވަނީ މިއަދު 11:04 ހާއިރު ކަމަށެެވެ. މި މާރާމާރީގައި ޒަހަމްވެފައި ވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އޭނާ އަށް އައިޖީއެމް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އެމީހާއަށް ލިބިފައިވާ އަނިޔާގެެ ތަފްސީލެއް ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު